ކޮންމެ ސަރުކާރެއް އޮތްނަމަވެސް، ސަރުކާރަށް ފާޑު ކިޔާނެކަމަަށާއި، އެފަދަ ފާޑުކިއުންތައް ބިނާކުރަނިވި ގޮތެއްގައި ބަލައިގަނެ، ހަޖަމު ކުރަން ދަސްކުރުމަށްވެސް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޑިމޮކްރަސީއެއްގައި އޮންނާނީ ހަމައެކަނި ސަރުކާރަށް ސަނާ ކިއުން ނޫންކަން ޤަބޫލު ނުކުރެވޭތީ ހިތާމަކުރާ ކަމަށެވެ.

އަދި ޑިމޮކްރަސީއެއްގައި ސަރުކާރަށް ފާޑު ކީނަމަވެސް އެފަދަ ކަންކަން ސަރުކާރަށް ހަޖަމު ނުވެ މީހުންނަށާއި މުދަލަށް ގެއްލުން
ދިނުމުގެ ގޮތުން މިފަދަ ނާތަހުޒީބު ޢަމަލުތައް ހިންގުމަކީ، ޑިމޮކްރަސީގެ ޅަފަތުގައި ޑިމޮކްރަސީ ނެތިކޮށްލުމަށް ކުރަމުން ގެންދާ ކަމެއްކަމުގައި ނުނީ ނުވާނެ ކަމަށް އިދިކޮޅު ކޯލުޝަނުން ނެރުނު ބަޔާނުގައި ވެއެވެ.

އިދިކޮޅު ކޯލިޝަން އެ ބަޔާން އަމާޒުކޮށްފައި ވަނީ ޕީ.ޕީ.އެމް.ގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒުގެ ހިއްސާ އޮންނަ ނިއު ޕޯޓް ވިއު ހިންގާ އިމާރާތަށް ސަރުކާރުން ވަދެ އެ ތަން އިއްޔެ ބަންދު ކޮށްފައިވުމާއި ގުޅިގެންނެވެ.

"ފާއިތުވެދިޔަ ދުވަސްތަކުގައި، ވިޔަފާރީގައި އިސްކޮށް ޙަރަކާތްތެރިވާ ބައެއް ފަރާތްތަކުން، ހާއްސަކޮށް ޕީ.ޕީ.އެމް.ގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު، އޭނާގެ ޓްވިޓަރ ހެންޑްލްގައި، ސަރުކާރަށް ވަރަށް ގިނައިން ބިނާކުރުވަނިވި ގޮތެއްގައި ފާޑު ވިދާޅުވަމުން ގެންދަވާފައިވާކަން ފާހަގަ ކުރެވެއެވެ. އަދި، ކަންކަން ރަނގަޅު ކުރުމަށްވެސް ސަރުކާރަށް ނަސޭހަތްތެރިވަމުން ގެންގޮސްފައިވެއެވެ". އެ ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

އެ ކޯލިޝަނުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އަމިއްލަ ފަރާތްތަކުގެ ވިޔަފާރި އިމާރާތްތަކަށާއި މުދަލަށް ގެއްލުން ލިބޭ ގޮތަށް ސަރުކާރުން ގެއްލުންދެމުންދާ ކަމަށާއި، އަދި އެފަދަ ޢަމަލުތައް ކުށްވެރި ކުރާ ކަމަށެވެ.

އަދި ދިވެހިރާއްޖެގެ އިޤްތިޞާދީ ހާލަތު ދަށަށްދަމުން ދާ މި ހާއްސަ ހާލަތުގައި، ރާއްޖޭގެ ވިޔަފާރިތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ސަރުކާރުގެ ފަރާތުން ވިޔަފާރިތަކަށް ގަސްތުގައި ގެއްލުން ދެމުންދާކަން ފަހަކަށްއައިސް ވަނީ ފާހަގަ ކުރެވިފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑަކައިތި 12

    އާޓިފިސަލް ބިޗްގައި ހުރި ނިއުފޯޓް ކިޔާތަނަކީ މިހާރުވެސް އެތަންނަގާލައި ބިންހުސްކުރަންޖެހޭތަނެއް އެސަރަހައްދަކީ އެގޮތކަށްވެސް ފިހާރަތަކާއި ރެސްޓޯރެންޓުހުންނަންޖެހޭތަނެއްނޫން ނިއުފޯޓްއެތާހުރުމުން ގިނސމީހުންނަށް އުދަގޫތަދިމާވޭ އެސަރަހައްދަކި މީހުން މޫދަށާއި ފިނިކޮށްލަންދާންހުރިތަނެއް ނިއުފޯޓަކީ ދައުލަތަށް ދައްކަންޖެހޭ ބިމުކުލިއާއި ޓެކްސްނުދައްކާ ތަނަކަށްވާއިރު ކީއްވެހޭ ކޯޓަކުން އެކަންބަލައނުލަނީ

    16
    12
  2. ޑަކައިތަ

    އާޓިފިސަލް ބިޗްގައި ހުރި ނިއުފޯޓް ކިޔާތަނަކީ މިހާރުވެސް އެތަންނަގާލައި ބިންހުސްކުރަންޖެހޭތަނެއް އެސަރަހައްދަކީ އެގޮތކަށްވެސް ފިހާރަތަކާއި ރެސްޓޯރެންޓުހުންނަންޖެހޭތަނެއްނޫން ނިއުފޯޓްއެތާހުރުމުން ގިނސމީހުންނަށް އުދަގޫތަދިމާވޭ އެސަރަހައްދަކި މީހުން މޫދަށާއި ފިނިކޮށްލަންދާންހުރިތަނެއް ނިއުފޯޓަކީ ދައުލަތަށް ދައްކަންޖެހޭ ބިމުކުލިއާއި ޓެކްސްނުދައްކާ ތަނަކަށްވާއިރު ކީއްވެހޭ ކޯޓަކުން އެކަންބަލައނުލަނީ

    17
    6
  3. އަލްޖިބްރާ

    ތިޔައީ ފާޑުކިއާ ބައިގަޑެއް ނޫން ! ތިޔައީ މިޤައުމުގައި ފިތުނަ ފަސާދަ ފަތުރަން އުޅޭ ބައިގަޑެއް !

    6
    10
  4. ނަމަ

    ހަޖަމު ކުރަރ ރަން ދަސްނުވެގެން އެބައުލޭތަ ތިޔަތަލާ ބޭކާ ރު އަގަ އަޑު އަހާނެ ބަޔަކު އެބައުލޭބާ؟

    1
    1
  5. ހަޖަމް

    މިޤައުމުގަ ފިތުނަ ފަސާދަ އެންމެގަދައައް އުފެއްދީ ތިބައިގަނޑު އެއީ ކުރިންވެސް އަދިމިހާރުވެސް ތިބައިގަޑުން ކުރާކަމެއް ހަޖަމްކުރަން ދަސްކުރޭ

    1
    1