ރާއްޖެއިން އިޓަލީއަށް ދިޔަ 2 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެ އެވެ.
ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ އަމީން ވިދާޅުވީ، އެ ދެ މީހުން ކޮވިޑް 19 އަށް ފައްސިވިކަން އެނގުނީ ރީސަރޗްގެ ބޭނުމަށް، ނަގާފައިވާ ސާމްޕަލް ޓެސްޓް ކުރުމުން ކަމަށެވެ.
ކަރަންޓީން މުއްދަތު ނިންމުމަށްފަހު ފުރާ މީހުންގެ ތެރެއިން ހައިރިސްކް މީހުންގެ ސާމްޕަލް ދިރާސާކުރުމަށްޓަކާ ނަގާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ކޮރަންޓައިން ނިންމާފައި ހައިރިސްކް މީހުން ފުރައިގެން ދިއުމުގެ ކުރިން ވެސް ސާމްޕަލް ނަގާ އެއީ އަޅުގަނޑުމެންގެ ބޭނުމަށް ރިސާޗަށް ސާމްޕަލް ނަގަން އެގޮތުން ނެގި ސާމްޕަލްގެ ތެެރެއިން ދެ މީހަކު ޕޮޒިޓިވްވިކަން މިއަަދު އަޅުގަނޑުމެންނަށް ފާހަގަކުރެވުނު. އެ ދެ މީހުން އިޓަލީއަށް ދަތުރުކުރަމުން ދަނީ." އަމީން ވިދާޅުވިއެވެެ.
މިކަމާއި ގުޅޭ ގޮތުން ޑރ. އަލީ ލަތީފް ވިދާޅުވީ އާއްމުކޮށް ކަރަންޓީން ކުރާ މީހުން ދޫކޮށްލަނީ 14 ދުވަހުގެ ނިމުމަށް ފަހުގައި ކަމަށެވެ.
"އާއްމުކޮށް އަޅުގަނޑުމެން ދޫކުރަނީ 14 ދުވަހުގެ ކަރަންޓީން ނިމުމަށް ފަހުގައި، ހުރިހާ އެންމެންވެސް ދޫކުރަނީ އިނގޭތޯ. އެ އުސޫލުން މިހާރު ކަރަންޓީން ކުރެވިފައި އަޅުގަނޑުމެން ދޫކޮށްފައި ތިބި މީހުންނަކީވެސް 14 ދުވަސް ހަމަކޮށްފައި ދޫކޮށްފައިވާ މީހުން. މިހާރުގައި އަޅުގަޑުމެން ކަރަންޓީން ފެސިލިޓީތައް ހުރީމަ މިހާރު އަޅުގަނޑުމެން ކޮންމެ ކޮޓަރިއަކަށް ވަކިން މީހަކު ލަނީ. ބައެއް ފަަހަރު ރިކުއެސްޓްކޮށްގެން އަޅުގަނޑުމެން ދެ މީހަކު ލާފަ ހުރެދާނެ." އޭނާ ވިދާޅުވިއެވެ.
އެގޮތަށް އެކުގައި ތިބޭ މީހުންގެ ތެރެއިން އެކަކު ފައްސި ވެއްޖެ ނަމަ ދެމީހުން ވެސް ޓެސްޓްކުރާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި ކަރަންޓީން ފެސިލިޓީތައް ހުރި ވަރަކުން ވަކިވަކިން މީހުން ކަރަންޓީން ކުރަމުންދާނެ ކަމަށާ، މުސްތަގްބަލްގައި ކަރަންޓީން ކުރާ މީހުން ގިނަ ވެއްޖެ ނަމަ އެއްކޮޓަރިއަކަށް ދެ މީހުން ލާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ 14 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މިއަދު ފައްސިވި ދިވެއްސަކާ ބިދޭސީންނެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 9 މީހުން ވަނީ އެ ބަލިން ރަނގަޅުވެފައެވެ.
ތިދެމީހުން ރާއްޖޭގަ ތިބި އިރުވެސް އެހެންވީމަ ޕޮސިޓިވް ނޫންތޯ... ސުވާލަކި އެދެމީހުން ރާއްޖެއާއިރު ޕޮސިޓިވްތޯ؟؟؟ ނޫނީ ރާއްޖެއިންތޯ އެމީހުނަ ވައިރަސް ޖެހުނީ...
ތިހެން މީހުން ފުރާއިރު ކޮބާތޯ އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރައްކާތެރިކަން. އެމީހުން ފުރިއިރު އެއާޕޯޓްއިން ކޮންޓެކްޓް ވިމީހިން ހޯޯދިއްޖެބާ
އެޗެޕީއޭ އިން ކަރަންޓީން ކޮށްފަތިބި އިޓަލީ މީހުން ފޮނުވަނީ ޓެސްޓް ވެސް ނުކޮށްތަ! ދެން ވެލާނާ އެއާރޕޯޓް ގަ ތިބި މުވަޒަފުންނޯ؟ ބޯޓް ގަ ތިބި އެހެން ފަސެންޖަރުންނާ ކުރޫއިންނޯ؟ ވަރަށް ފަރުވާކުޑަ...
ހަގީގަތަކީ ދިހިފަހުއްޓަސްނޭގި ވަރަށް ގިނަދުވަސްވަންދެންހުރޭ. 30 ވަރަކަދުވަސް. އެހެންވީމަ މީ އެހާފަސޭހައިން ދޫކޮށްލައިގެން ތިބެވޭވަރުގެ ކަމެއްނޫން. ވަރަށް ބޯޑަރުތަށް ބަންދުކުރުމަކީ ހަމައެކަނިހައްލަކީ . އެހެންނޫންނަމަ ޖެހޭނީ އަބަދުވެސް ބިރުވެރިކަމެއްގައި ތިބެން
20 ދުވަހަށް ކަރަންޓީން މުއްދަތު އިތުރުކުރުން ބުއްދިވެރި
ކޮބާ ކިހިނެއްމިވީ ؟ ހަމަ ވީނުވީއެއް އެއްގޮތަކަށްވެސް އޮޅުމެއްއ ނުފިލި
ނުގެންނާށޭ ގޮވާ ހަޅޭއްލަވަލަވާ ތިއްބަ ވިއްޔަ ގެނައީ ލާރިއާހެދި
ތިދެމީހުން ފުރައިގެން ދިޔައިރު އެއަރޕޯޓުން ދިމާވި މީހުން ކޮބާ؟ އެމީހުން ކަރަންޓީން ކުރިތަ. ވަގުތު ނޫސްވެރިން މިސުވާލުގެ ޖަވާބު ހޯދަދީބަލަ
އާންމުންގެ ހިތް ނުތަނަވަސް ކުރުމުގެ ބަދަލުގައި އެެއަރޕޯރޓްތައް ބަންދުކޮށް މީހުން ތިބި ތަނެއްގައި މި ބަލިމަޑުކަން ނިމެންދެން ތިބުމަށް އަންގަންވީނުން
ކަރަންޓީނުން ދޫކޮށްލުމުގެ ކުރިންވެސް ޓެސްޓް ހަދަންޖެހޭކަން ތީގެން ވަރަށް ސާފުކޮށް އެނގިއްޖެ
ފަރިވާޔެރިކަމާއެކު ކަންކަން ކުރުން ވ މުހިއްމު ދަނޑިވަޅެއް
އެދެމީހުން ޗުއްޓީ ހޭދަކުރީ ކޮން ރިސޯޓެއްގަ؟
ސަރުކާރުގެ އިހުމާލް
ސަރުކާރުގެ އިހުމާލް
ޢިޓަލީ މީހުން ވިއްޔާ އެތިބީ ރިސްކް ގްރޫޕް ގައި ކަމަށް ބަލާ ޓެސްޓް ކުރެވޭނީ ވެސް ޓެސްޓް ކުރާ ކިޓް ހުރެގެންތާ! ޓެސްޓް ކުރީމާ ދެއްތޯ ފެންނާނީ! ކެއްސާ ހުން އައިސް ނޭވާކުރުވުމުގެ އަލާމާތް ހުންނަ މީހުން ގެ ރިޕޯޓެއް މުޅި ރާއްޖޭން ދުވާލަކު އެއްފަހަރު ނަގާ އެމީހުންތަށް ޓެސްޓް ކުރަން ދެންވެސް ފަށާބަލަ! ޢެއިރުން ތިކުރާ ކަމެއް ދެކޮޅުޖެހޭނީ! ނޫނީ ތިކަހަލަ ޅައެއްޗެހިއަޅަން އަދިވެސް ބައިތިއްބާ!
ސަރުކާރުގެ އިހުމާލް
ސަރުކާރުގެ އިހުމާލް
ބަލަންވާވަރަށް ސަރުކާރުން ނުބަލަނީ
ސުރުޚީ ބަދަލުކޮށްލާ. ރާއްޖޭގައި ކޮވިޑްޖެހުނު ދެމީހުން ސަރުކާރުން ފުރުވާލައިފި.