ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން އައުން މަދުވެފައިވާތީ އަންގާގާ އައިލެންޑް ރިސޯޓް އެންޑް ސްޕާ އިން ބައެއް ގަޑިތަކުގައި ފެނާއި ކަރަންޓު ކަނޑާލަން ފަށައިފިއެވެ.

އެ ރިސޯޓުގައި މަސައްކަތް ކުރާ މީހަކު "ވަގުތަށް" ބުނީ ކޮންމެ ދުވަހެއްގައި ހަތް ގަޑިއިރަށް އެ ރިސޯޓުން ކަރަންޓާއި ފެން ކަނޑާލަމުންދާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ކަރަންޓާއި ފެން ކަނޑާލަނީ ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން 11 އަށާއި މެންދުރު އެކަކުން ހަވީރު ފަހެއް ޖަހަންދެނެވެ.

އެކަމުގެ ސަބަބުން މުވައްޒަފުންނަށް ވެސް އެކިވަރުގެ ދަތިތަކާ ދިމާވާ ކަމަށް އޭނާ ބުންޏެވެ.

" މެނޭޖްމެންޓުން ސްޓާފުންނާއި މީޓިން އެއް ބޭއްވި. ބާއްވާފައި ބުނި މިހެން ކަންތައް ކުރާނެ ވާހަކަ. އެ ވަގުތުތަކުގައި ތިބެން ޖެހެނީ އެއްވެސް ވަރަކަށް ފާހަނާ ވެސް ނުކޮށް. މިދިޔަ ބުރާސްފަތި ދުވަހު ގެސްޓުން ހުސްވީ އޭރުއްސުރެ މިހެން މި ހަދަނީ. ސްޓާފުން ވެސް ތިބީ ހިތްހަމަ ނުޖެހިފައި އަސްލު،" އެ ރިސޯޓުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.

އެ ރިސޯޓްގައި ހުރި އިތުރު މުވައްޒަފަކު ބުނީ ކަންބޮޑުވުންތައް މެނޭޖްމަންޓަށް ހުށަހެޅި ނަމަވެސް އެކަމަށް އިޖާބަ ދީފައިނުވާ ކަމަށެވެ.

މިއީ ރާއްޖޭގެ އެހެން ބައެއް ރިސޯޓްތަކުގައި ވެސް މިހާރު ދިމާވާ މައްސަލައެއް ކަމަށްވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ 14 ދުވަސް ވަންދެން ރިސޯޓުތަކުން މީހުން ފޭބުން މަނާކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފިތުނަ

    ދ.އިރުވެލި ރިސޯޓް ގަވެސް ހަދަނީ ދިހެން ކޮންމެ ދުވަހަކު

    3
    1
  2. މޫ

    ވަށައިގެން މޫދު އެރިފާހާނާ ކޮއްލާ

    6
    6
  3. ާއަލީ

    އެއީ ހާލަތަށް ބަލާފަ ކުރުން ރަގަޅު ކަމެއް. ދިވެހިންނަކީ މިފަދަ ކަންކަމުގައި އެއްވެސް ކެއްތެރިކަމެއް ހުންނަ ބައެއް ނޫން. މިއީ ޝަކުވާ ކުރަން ޖެހޭ ކަންކަމެއް ނޫން. މި ވަނީ ކީއް ކަން އަމިއްލައަށް އިހުސާސް ވާން ޖެހޭ. ﷲގެރަހުމަތް ފުޅުން ދުނިޔޭގެ ޙާލަތު ވަޒަން ކޮށް ލުމަށް ދިވެހިންނަށް ފުރުސަތެއް ނުލިބޭ.

    10
    17
  4. އަހުމަދާ

    މިފަދަ ހާލަތެއްގައި ކެއްތެރިވާން ދަސްކޮށް ބަލަ. އަބަދު ޝަކުވާ ކުރުމުގެ ބަދަލުގައި މިކަމުން ސަލާމަތް ވުމަށް އެއްބާރުލުން ދެއްވާ. ހަރަދު ތަށް ކުޑަކުރުމަށް އެއްބާރުލުން ދެއްވާ.

    7
    10
  5. ކޮމެންޓު

    އެންމެ ފަގީރީ މުއްސަނދިން

    21
    1
  6. ކީކޭ ބުނާނީ

    އިތުރު ބަލި މަޑުކަމެއް ދެން ތިރަށްރަށުން ފެތުރެން ފަށާނެ.
    ތި މީސް މީހުންގެ ސޯޝަލް މީޑިއާގައި ތިކަހަލަ ކަމެއް ހިްނގައިގެން ބަޔަކު ލިޔެފައިވެސް ނެތް.

    2
    2
  7. ކޮމެންޓު

    އޯނަރުންނަށް މިލިއަނުން ފައިދާ ހޯދާދިން ކުޑަ އުޖޫރައެއްގެ މުވައްޒަފުންނަށް ޖައްސާ ހާލު.

    17
    2
  8. ނަސޭހަތްތެރިޔާ

    ކަރަންޓު ކަނޑާލާއިރު ފެންވެސް ކެނޑޭނެ. ޢެއީ ފެނަކީ ކަރަންޓު ޕަމްޕުން ދޫކުރާ އެއްޗެއް. ކަރަންޓު ކެނޑުމުގެ ކުރިން ފުޅިއަކަށް ނޫނީ ބާލިދީ އަކަށް ފެންނެގުން ބުއްދިވެރި.

    5
    1
  9. ހުސެން

    އެކިރިސޯޓުގަ އެކިގޮތަށް ސްޓާފުންނާ ދޭތެރޭ ކަންކުރަނީ، ކަނދޮޅު އައިލެންޑްރިސޯޓުގަ ސްޓާފުންނަށް ބީޗް ޕާރޓީ އޮތީ ' ހުރިހާމީހުން ތިބީ ވާނެހުރިހާކަމެއްވެގެން، އެޗްޕީއޭ އިން އަންގަނީ ސޯށަލް އެއްވުންނުބޭްއްވުމަށް އެކަމަކަށް އަޅާލާނެ ބައެެއްނެށް.