ޔޫއޭއީގައި ދިވެއްސަކު ކޮވިޑް-19 ޖެހުނު ކަމަަށް ބުނާ ވާހަކަ އަދިވެސް ކަށަވަރު ނުވާ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ، ޔޫއޭއީގައި ދިވެއްސަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓީވް)ވި ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އެކަން ބަލަމުންދާ ކަމަށާއި،ނަމަވެސް އަދިވެސް އެކަން ކަށަވަރު ވެފައި ނުވާ ކަމަށެވެ.

"އަޅުގަނޑަށް މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރުގައި އަދިވެސް އަޅުގަނޑުމެންނަށް ވަރެފައި ކޮށްނުދެވޭ އެކޮޅުގެ ކަމާއި ބެހޭ ފަރާތްތަކުން، އެއީ ކާކުކަން، ދިވެއްސަކަށް ޖެހުނު ކަން އަދި ރަސްމީ އިދާރާތަކުން އަދި ވެރިފައިކޮށްދީފައެއް ނެތް". އަމީން ވިދާޅުވިއެެވެ.

އަމީން ވިދާޅުވީ، އެގައުމުގެ ނޫސްތަކުގައި ހުރި ވާހަކަތަކަށް ވުރެ އަދި އެކަމުގެ އިތުރު މައުލޫމާތު ނުލިބޭ ކަމަށެވެ.

ކޮވިޑް-19 އަށް އެގައުމުން ފައްސިވި ދިވެހި މީހާގެ މައުލޫމާތު ކަށަވަރު ނުވާތީ އޭނާއަކީ ޔޫއޭއީގައި ވަޒީފާ އަދާކުރާ ދިވެއްސެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ ގައުމުގައި ދިވެހިންތަކެއް ވަޒީފާގެ ބޭނުމުގައިވެސް ދިރިއުޅެމުން ދެއެވެ. އެހެން ނަމަވެސް ކޮވިޑް-19 އަށް އެގައުމުން ފައްސިވި ދިވެހި މީހާގެ މައުލޫމާތު ކަށަވަރު ނުވާތީ އޭނާއަކީ ޔޫއޭއީގައި ވަޒީފާ އަދާކުރާ ދިވެއްސެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޔޫއޭއީގައި ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވި ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވާތީ އެކަން ބަލަމުންދާ ކަމަށެވެ.