ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމުމުން، އެ މީހަކު ފަނޑިޔާރު ކަމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ނޫން ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.

މިއަދު މައްސަލާގައި ހުކުމް އިއްވައި ދެއްވީ މިއަދު ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. ހުކުމް އިއްވުމަށް ދޮޅުގަޑިއިރު ވަނީ ހޭދަވެފައެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނުނަށް ގެނައި އިސްލާހަށް މަޖިލީހުގައި ވޯޓަށް އެހީ 43 މެންބަރުންގެ ވޯޓުން ކަމަށާއި އެއީ މަޖިލީހުގެ ކޯރަމް ހަމަ ނުވެ ކަމަށް ބުނެ އެ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ އަނާރާ ނައީމް އާއި އަލީ ހުސެއިންއާއި އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ އެ ގާނޫނު ފާސްކޮށްފައި ވަނީ ޟަރޫރީ ހާލަތެއްގައި ކަމަށް ފެންނާތީ މަޖިލީހުގެ 43 މެމްބަރުން ހާޒިރުވެ ތިބި ނަމަވެސް އެ އިސްލާހު ބާތިލުވާނެ އެއްވެސް ސަބަބެއް ފެންނާން ނެތް ކަމަށެވެ.

ނަމަވެސް ފަނޑިޔާރުންގެ ގާނޫނަށް ގެނައި ފަސް ވަނަ އިސްލާހު ފާސްކުރުމަށް ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ)ގައި ބުނާ ފަދައިން 43 މެންބަރުން މަޖިލީހުގައި ތިބުން ލާޒިމްވާ ކަމަށް ވިދާޅުވިއެވެ. އަދި 43 މެންބަރުން ހަމަނުކޮށް އެ ބިލް ފާސްކުރަން ޖެހުނީ ނަޒަރިއްޔާތުލް ޟަރޫރާއަށް ރިޔާއަތްކޮށް ކަމަށް ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ކުށެއް ސާބިތުވެ ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭ ގޮތަށާއި ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ތިބޭ މުއްދަތުގައި މުސާރަ އާއި އިނާޔަތްތައް ވެސް ނުލިބޭ ގޮތަށެވެ. އަދި އެ އިސްލާހުތައް ރައީސް އަބްދުﷲ ޔާމީން ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކޮމިޓީތަކަށް ހާޒިރުވުމަށްފަހު ޖަލްސާތަކަށް ހާޒިރުނުވެ ނުތިބެވޭނެ ކަމަށް މިއަދު ކުރި ހުކުމުގައި ވެސް ފާހަގަކޮށްފައިވެއެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ކުރާ ކަމެއް ކަމުގައި ފެންނާން އޮންނަ ކަމަށް ވެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ހާޒިރު ނުވާ ނަމަ އެމީހުންނާއި މެދު ފިޔަވަޅު އެޅޭނެ އުސޫލުތައް ކަނޑައެޅިފައިވާ އިރު މެމްބަރުންނާއި މެދު ފިޔަވަޅު އެޅޭނެ އެއްވެސް އުސޫލެއް ރާއްޖޭގައި ގާއިމުކޮށްފައި ނެތް ކަމަށްވެސް އެ ހުކުމުގައި ވިދާޅުވެފައިވެއެވެ.

އެންޓި ޑިފެކްޝަން ގާނޫނު ބާތިލު ނޫންކަމަށް އިއްޔެ ކުރި ހުކުމާއި އެއްގޮތަށް މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވެސް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ކުރިއަށް ނުދާނަމަ އެކަމަށް ހައްލު ހޯދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ގާނޫނު ހަދާ މަޖިލީސް އުވާލައި އައު އިންތިހާބެއް ބޭވުމުގެ ބާރު ބައެއް ގައުމުތަަކުގައި ރައީސްއަށް ލިބިވަޑައިގެންވާ ކަމަށް ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކޮބާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ރާކަނި މަސް ކެވުނުތޭ. މަހަށް ދޭބަލަ ދެން. މަަހަށް މަަހަށް މަހަށް މަހަށް ދޭބަލަ ދެން. އަހާން މަހަށް ދޭބަލަ ދެން.

  2. ނެތީމޭ

    ކުށް ސާބިތުވުމާ އެކު ފަނޑިޔާރުން ވަކިވާ އިސްލާހު ސައްހަ ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފިނަމަ މިހާރު ދެން ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް އަންޑަރސްޓޭންޑް ވާނެ އެއް ނޫންތޭ ތަމެން ތިޔާ ދައްކާ އަނިޔާވެރި އޭ ކިޔާ ފަތުރާ ޕްރޮފެގެންޑާ އަކީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ އެއް ކަން ވެން އިޓް ކަމްސް ޓު ޔޫ ޔޫއާރ އަ ފްރީކީ ފެއިލިއަރ އެކޭ މަމެން ބުނަން ނެތީމު ދޯ.

  3. Anonymous

    ތިއީ ފަނޑިޔާރުންނަކީ. ޖިނާއީ ކުށެއް އެމީހުންކޮށްފިނަމަ އެކަށީގެންވާ ހެކިން އެމީހުން ވަކި ކުރުން ޖޭ.އެސް.ސީއަށްވެސް ދޭންވީ. ގައުމުގެ ރައްޔިތުން ދީނަށް ޣާފިލުކަން ހުރިވަރުން މިފަދަ ކަންކަންވެސް އެބަޖެހޭ ކުރަން

  4. ކާށިހޮވާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެން އެމްޑީޕީ ހަރުގޭގެ ކުރިމަތީ ޖެއްސި އެއްވެސް ޑާންސް އެއް ބިލް ބޯރޑްގެ ޓޮޕް 100 އަށް ވެސް ނޭރި ދޯ ތަމެން ދެން މަމެންގެ ވެރިކަން ވައްޓާލަން އުޅުން ހަނދާން ނައްތާލާ ރަށުތެރޭން އެހެން ކަމަކާއި ގެން އުޅުނިއްޔާ މާ ތާހިރުވާނެ އެއް ނޫންތޭ. ތަމެން ދަގަ ދެން ކާށި ހޮވަން ކާށިހޮވާދޯ.

  5. ރީޒަން

    ކުށް ސާބިތުވުމާ އެކު ފަނޑިޔާރުން ވަކިވާ އިސްލާހު ސައްހަ ނަމަ ދެން ރަންރީނދޫ ޓްވިޓަރޭ ތަމެން ޕެކް އެން ލީވް އޭ މަމެން ބުނަން ނެތީމު ދޯ. ތަމެން ކުނޫޒު ކިއްލާ ތެރެއަށް ކޮންމެ ރެއަކު ދަ ޑަމްބް ކަންޓްރީ ސައިޑަރސް އިން ވައްދައިގެން އޭނަ އިނދެފި މީނަ ވަރިކޮށްފި މިލަވަ ކީ ނަމަވެސް އެއީ ސެންސް މޭކް ކުރާ ވާހަކަ ތަކެއް ނޫން ކަން ހުރިހާ ރައްޔިތުންނަށް ވެސް ދަނީ އެނގިފާޅުވަމުން ގަބޫލުކުރަމުންނޭ ދެން ތަމެން ދާނީ ދަށަށް ކަން އެއީ ޔަގީން ކަމެކޭ މަމެން ބުނަން ބޭނުންވެއޭ ތަމެން ރާއްޖޭގެ ސިޔާސީ މައިދާނަށް އަދި ކޮލިފައި ނުވެއޭ ވަރަށް ގިނަ ސަބަބު ތަކެއް އެބަހުއްޓޭ ސަބަބު ތައް އެބަހުއްޓޭ ސަބަބު ތައް އެބަހުއްޓޭ އިޓްސް ސަމްތިން ޔޫ ގޮޓާ ބިލީވް...

  6. ރީޒަންސް

    ރައްޔިތުންގެ މަޖްލީހުގެ ކޯރަމް ހަމަ ވެގެން މަޖްލީހުން ފާސް ކުރާ ބިލް ރައީސް ތަސްދީގު ކުރައްވާ ގާނޫނަކަށް ހެދުމުން އެފަދަ ގާނޫނެއް ސައްހަ ނޫން ކަމަށް ނުނިންމާނެއޭ ސްޕްރީމް ކޯޓުން އެއީ އިދިކޮޅު އެމްޑީޕީ އާއި ޖޭޕީގައި ތިބި ކަންޓްރީ ސައިޑް އީގޯ ސިންްޑްރޯމް ޖެހިފައިވާ ބަޔަކަށް ހީވަނީ އެމެން ރަށުގެ ރަށު އޮފީސް ތެރެއަށް ވަދެ ގަދަ ކަމުން ކަތީބު ލައްވާ ކަންކަން ކުރުވާ އުސޫލުން ދަ ގްރޭންޑް މާލޭގައި އެކަން ކުރެވޭނެއޭ ސްޕްރީމް ކޯޓަށް ވަދެގެން ނުވަތަ ކުނޫޒު ކިއްލާ ގައި ޖަލްސާ ބާއްވައިގެން އެކަން އެހެން ނުވާނެއޭ ނުވާނެއޭ. މީ މަމެންނަށް އިނގޭ އެއްޗެކޭ މާ ބޮޑަށް ކުރިން ވެސް އައި ވިޝް ދެޓް ޔޫ ކޭން ވޭކް އަޕް ނައު. އައި ފައުންޑް އައުޓް ތައުޒަންސް ރީޒަންސް ފޯރ އިޓް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ ލެޓްސް ޕްލޭ ދަ ޕިއާނޯ އެން ޑާންސް ޑާންްސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާްންސް...

  7. އައިއެފް

    އެންމެފަހުން އަމިއްލައަށް އަމިއްލަ އަތުން ކަރުމަޅި އެޅުވީދެއްތޮ. 1ފެބުރުއަރީގެ އަމުރުގައި ސޮއިކުރި ތިޔަތިންފަނޑިޔާރުންގެ މައްސަލަބަލައި ފިޔަވަޅުއަޅާ މަގާމުން ވަކިކުރާނެ. ހާލަތުއް ޟަރޫރާގެ ދަށުވީމާވާނީ ތިޔަހެން.

  8. ރީޒަން

    ފަނޑިޔާރުންގެ ޤާނޫނުގެ އިސްލާހު ބާތިލް ނޫންކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. ދެން މިއަންނަ ހަފްތާގައި ބައްލަވަންވީ ސަރުކާރުން ރިޔާސީ އިންތިޚާބުގައި ރިޔާސީ ކެންޑިޑޭޓަކަށް ކުރިމަތިލާ މީހެއްގެ ގައި ގައި ހުންނަން ޖެހޭނެ ޝަރުތު ތައް ބަޔާން ކޮށްދޭ ގާނޫނެކޭ ގާނޫނު އަސާސީގެ އެކަމާއި ބެހޭ ސްޕެސިކް މާއްދާ ބަލައިގެން. ދެން ފާސް ކުރަންވީ ސިޔާސީ ޕާރޓީ ތަކުގެ އެތެރޭގެ ޕްރައިމަރީ އެއް މަޖްލީސް އިންތިޚާބަށް އަދި ރިޔާސީ އިންތިޚާބަށް އަދި ކައުންސިލް އިންތިޚާބަށް ކުރިމަތި ލާ ކެންޑިޑޭޓުން ހޮވަން ބާއްވާނމަ އެކަން ކުރަން ޖެހޭނީ އެއީ ސީދާ އިލެކްޝަންސް ކަމިޝަން ގެ ބެލުމުގެ ދަށުން ކަމަށޭ ބިކޮޒް މަމެން ގެ ދެ ލޮލުން ފެނިފައޭ މިހިރީ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ މެން އެމްޑީޕީން އެންމެ ފަހުން ގަންޖާބޯ ބައިވެރިވި ޕްރައިމަރީއޭ ކިޔާ ލިވޯޓް ގައި ހެދި ވަގާއި މަކަރާއި ހީލަތް. 3 ހާސް މީހުން ވޯޓްލީ އެ ބަދަލު ކޮށްލީ 35 ހާސް މީހުންނަށް ބަދަވިން ތައް. ކަން މިހެން ހުރުމުން ސިޔާސީ ޕާރޓީ ތަކުގެ ޕްރައިމަރީ ދެން ބާއްވަން ޖެހޭނީ އިލެކްޝަންސް ކަމިޝަނުން އަންގާ ގޮތަށް އެކަމިޝަނުންނޭ. އެކަމާއި ބެހޭ ގާނޫނެއް އަވަހަށް ފާސް ކޮށްދޭންވީއޭ މަޖްލީހުން. އަދި ރިޔާސީ އިންތިޚާބާއި ދިމާކޮށް ސްޕްރީމް ކޯޓުން ނެރެފައިވާ ގައިޑް ލައިނާއި އެއް ގޮތަށް ގާނޫނެއް ވެސް ފާސް ކުރަންވީއޭ މަޖްލީހުން އައި ރިއަލީ މެންޓް ޓު ޑޫ ދީސް ތިންގްސް ބިފޯރ އައި ޑައި. އައި ފައުންޑް އައުޓް ތައުޒަންސް ރީޒަންސް ފޯރ ދިސް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަެރ އެން ދަ ރީޒަން އިޒް ދެއަެރ އެން ދަ ރީޒަން އިޒް ދެއަެރ އެން ދަ ރީޒަން އިޒް ދެއަެރ ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާްނސް...

  9. ޔޭއްޔޭއް

    ކުށް ސާބިތުވުމާ އެކު ފަނޑިޔާރުން ވަކިވާ އިސްލާހު ސައްހަ ކަމަށް ސްޕްރީމް ކޯޓުން ނިންމައިފިނަމަ ސްޕްރީމް ކޯޓުގެ ޖަވާބު ސައްހަ އޭ މަމެން ވަރަށް ލޯބިވެއޭ ސްޕްރީމް ކޯޓުން މިއަދާއި އިއްޔެގައި ކުރި ހުކުމް ތަަކަށް އެއީ ސީދާ އިންޓަރނޭޝަނަލް ސްޓޭންޑަރޑް ގައި ކުރި ހުކުމް ތަކޭ. މިހާރު މިއިނގެނީ ސްޕްރީމް ކޯޓު ކުރިން ގޯސް ކުރީ އެތަނުގައި ތިބި ބޮޑު ދެ ހުކުމޭ މެން މޭޒު ދަށުން ދަމާ ކުޅެން ވެގެން ކަން މިހާރު ސްޕްރީމް ކޯޓުން ވާރޑިކްޓްސް ތައް މިނެރެނީ އެއީ އެވާރޑިކްޓްސް ތައް ނެރެން އޮންނަ ގޮތަށޭ ޔޭއް ޔޭއް ޔޭއް.

  10. ޑާޑާޑާޑާ

    ފަނޑިޔާރުން ކުށްވެރި ވެއްޖެނަމަ މަޖްލީހަށް ނުގޮސް އޮޓެމެޓިކް އިން ފަނޑިޔާރު ކަމުން ވަކި ވާގޮތަށް ގާނޫނަށް ގެނައި އިސްލާހު ސްޕްރީމް ކޯޓުން އެއީ ރަނގަޅު އިސްލާހެއް ކަމަށް ނިންމުމާއި އެކު އަދި ކުރި ހުކުމް ގައި ބުނަނީ މަމެންގެ ރައީސް އަށް މަޖްލީސް މެމްބަރުންނާއި މެދު ފިޔަވަޅު އެޅުމުގެ ބާރު ލިބިގެން ވާ ކަމަށް. އެހެން ކަަމަށް ވާނަމަ މިހުކުމް އަށް ރިފަރ ކުރުމަށް ފަހު ދެން ސަރުކާރުން އަވަހަށް މިކަމާއި ގުޅޭ ގައިޑް ލައިނެއް ހަދާ މަޖްލީހަށް ހުށައަޅާ އެފަދަ ބިލެއް މަޖްލީހުން ފާސް ކުރަންވީއޭ. އެގޮތުން ފާސް ކުރާއިރު ޖެހޭނެ މަޖްލީހުގެ ޖަލްސާ ކުރާ މާލަމުގައި އެމެން އިށީނދެ އިން ގޮނޑިން ވެސް ގަވާއިދާއި ޚިލާފަށް ތެދުވެއްޖެނަމަ އެއް މަސްދުވަހަށް މަޖްލީހަށް ނުވަދެވޭ ގޮތަށް އެމެން ސަސްޕެންޑް ވާން އަދި މުސާރަ އާއި އިނާޔަތް ތަކާއި އިމްތިޔާޒު ތައް ވެސް ކަނޑާލަން. އެއިރުން ދެން މިރާއްޖޭގެ މަޖްލީސް ހަމަ އަކަށް އެޅިގެން ދާނީ. އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  11. ހަކީމް

    ތިމާފޭހި އިލޮށިގަނޑު ތިމާ ލޮލައް ވަންނާނޭ ބުނާހެން މިހާރު ތިތިބަ ތިނަ ފަނޑިޔާރުންނައް ތިކަމުގެ ހިތި ފެންނާނެ. ސަޅިވާނެ އެދުވަހަކުން

  12. މުހައްމަދު

    އޯ ގަދަ!

  13. ނުރަބޯ

    ކޮބާ މަސްކަނޑާ އަލިބޭ.....!! ހިންނަވަރޭ.....!!!

  14. ނުރަބޯ

    އެއީ އެކަން އޮންނަންވާނެ ގޮތް. ފަނޑިޔާރެކޭ ކިޔާފަ ހިތުހުރި ޖަރީމާ ހިންގޭނެ ފުރުސަތު ގާނޫނީ ގޮތުން ދީފަ އޮވެގެންނުވާނެ. ތިމާއަށް ކުށެއް ކުރެވިދާނެފަދަ ފުރުޞަތެއް ތިމާ އަމިއްލަ އަށް ބަންދުކުރުމަކީ އަމިއްލަ އަތުން ކަރުމަޅި އެޅުމެއް ނޫން......!!!