ހަށިގަނޑު ރީތިކުރުމަށްވެސް ކުރެވިދާނެ އެތައް ކަމެއް އެބަ އޮތެވެ. އެގޮތުން މީހާގެ ބައްޓަން ރީތިކޮށްދިނުމަށް ވަކި ވައްތަރެއްގެ ކާނާއެއް ކެއުމަކީވެސް ކުރެވިދާނެ ކަމެކެވެ. އެފަދަ ކާނާއަކީ އޭގައި ހިމެނޭ ވަކި މާއްދާތަކެއްގެ ސަބަބުން ހަށިގަނޑު އިތުރަށް ވަރުގަދަކޮށްދީ މަސްތައްވެސް ވަރުގަދަކޮށް، އިތުރުކޮށްދޭ އެއްޗިއްސެވެ.

އެގޮތުން އެންމެ ފުރަތަމަ ހަށިގަނޑުގެ ބައްޓަން ރީތިކުރުމަށްޓަކައި ކެއުމުގައި ހިމަނަންވީ ކާ އެއްޗިއްސަކީ އޯޓްސްއެވެ. އޯޓްސް އަކީ ސުޕާރފުޑްއެއް ގޮތަށް ސައިންސްވެރިން ނަންދީފައިވާ އެއްޗެކެވެ. ބަރުދަން ލުއިކޮށްދީ މީހާގެ ހަންގަނޑުވެސް އޯޓްސްގެ ސަބަބުން ރީތިކޮށްދޭކަމަށް ވަނީ އެކި ދިރާސާތަކުން ވަނީ ދައްކުވައިދީފައެވެ. އޭގެ އިތުތުންވެސް އޯޓްސްއަކީ އޭގައި ކޮޕާރ، ޒިންކް އަދި ނިއަސިން ފަދަ މުހިންމު މާއްދާތައްވެސް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ.

ބްލޫބެރީސްއަކީވެސް ހަށިގަނޑު ރީތިކުރުމަށް ބޭނުންވާ ފަރާތްތައް ކެއުމުގައި ކޮންމެހެންވެސް ހިމެނުން މުހިންމު އެއްޗެކެވެ. ހާވާޑް ޔުނިވާރސިޓީއިން 93000 މީހުން ހިމަނައިގެން ކުރި ދިރާސާއަކުން ވަނީ ބްލޫބެރީސް ކެއުމުން މީހާ ހިތުގެ ބަލިން ރައްކާތެރިކޮށްދޭކަމަށް ދައްކުވައިދީފައެވެ. ބްލޫބެރީސްގައި ހިމެނޭ ފައިބަރގެ ސަބަބުން މީހާގެ ބަރުދަން ލުއިކޮށްދިނުމުގެ އިތުރުން މީހާގެ ބަނޑުހައިހޫނުކަންވެސް ފުއްދައިދެއެވެ.

ދެން ސައިންސްވެރިން ސުޕަފުޑްއެއް ގޮތަށް ނަން ދީފައިވާ ހަށިގަނޑުގެ ބައްޓަން ރީތިކޮށްދޭ އަނެއް ކާ އެއްޗަކީ އެވޮކާޑޯއެވެ. އާންމުކޮށް އެވޮކާޑޯ ކާ މީހުންނަކީ ބަރުދަނުގެ އެއްވެސް މައްސަލައަކާއި ކުރިމަތިލާން ނުޖެހޭ ބައެކެވެ. އެވޮކާޑޯގެ ސަބަބުން ޑައިބިޓީސް އަދި ހިތުގެ ބަލިންވެސް މީހާ ރައްކާތެރިކޮށްދެއެވެ. ވިޓަމިން ސީ، ވިޓަމިން އީ އަދި އޭގެ އިތުރުން ވިޓަމިން ކޭވެސް އެވޮކާޑޯއިން ގިނަ އަދަދަކަށް މީހާގެ ހަށިގަނޑަށް ލިއްބައިދެއެވެ.

މިއީ ހަށިގަނޑުގެ ބައްޓަން ރީތިކޮށް، ރީތި ހަށިގަނޑެއް ބޭނުންވާ ފަރާތްތައް ކެއުމުގައި ހިމަނަންވީ ބައެއް ކާނާއެވެ.

ކިޔުންތެރިންގެ ހިޔާލު