ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ފައްސިވިކަން އެނގުނު އިޓަލީގެ ދެ ފަތުރުވެރިން ދަތުރުކުރި ރަޝިއާގެ އެއަރޯފްލޮޓުގެ ފްލައިޓް މޮސްކޯގައި ކަރަންޓީންކޮށްފައިވާ ކަމަށް ފްލައިޓްތަކުގެ ދަތުރުތައް ގެނެސްދޭ އޮންލައިން ވެބްސައިޓްތަކުން ބުނެފިއެވެ.
ރަޝިއާގައި މަޑުކުރުމަށް ފަހު އިޓަލީވިލާތައް ދަތުރު ކުރަން ހަމަޖެހިފައި އޮތް ފްލައިޓްގައި ތިބި މީހުން އެއާޕޯޓްގައި މަޑު ކުރުވުމަށް ފަހު ފްލައިޓް ކަރަންޓީން ކޮށްފައި ވަނީ އޭގައި ތިބި ދެފަތުރުވެރިން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން ރާއްޖެ އިން ރަޝިއާ ސަރުކާރަށާއި، އަދި އެމީހުން ތިބި ފްލައިޓަށް ވެސް އަންގާފައި ވާތީއެވެ.
ކޮވިޑް-19 އަށް ޓެސްޓް ކުރި އިޓަލީގެ ދެމީހުންގެ ނަތީޖާ ނުލިބެނީސް އެމީހުން ފުރައިގެން ދިއުމުގެ ހުއްދަ ދިން މައްސަލައިގައި ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އަދި އެމީހުން ރާއްޖެ އިން ފުރައިގެން ދިޔައީ ކަރަންޓީން ކުރިތާ 14 ދުވަސް ހަމަ ނުވަނީސް ކަމަށް ވެސް ވަނީ ތުހުމަތު ކުރެވިފައެވެ.
ނަމަވެސް ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ސަރުކާރުގެ ފަރާތުން ހާމަކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވަނީ އެމީހުން ފުރައިގެން ދިއުމުގެ ހުއްދަ ދޭން ނިންމި ނިންމުން ދިފާޢު ކުރައްވާފައެވެ. މަބްރޫކް ވިދާޅުވީ އެމީހުން ފުރައިގެން ދިއުމުގެ ހުއްދަ ދިނުމުގައި މައްސަލައެއް އަމަލު ކުރަމުން ގެންދާ އުސޫލާއި ހިލާފު ކަމެއް ހިނގާފައި ނެތް ކަމަށެވެ.
"އައިލެންޑް ސަފާރީ ކަރަންޓީން ކުރަން 13 ވަނަ ދުވަހު ލިޔުމުން އެންގިން. މިއަދަކީ 13 މާޗުން ފެށިގެން 14 ވަނައަށްވާ ދުވަސް. މިއަދު އިޓަލީ ސަރުކާރުން ވަނީ ފްލައިޓެއް ފޮނުވާފައި ރާއްޖޭގައި ތިބި އިޓަލީ މީހުން ގައުމަށް ގެންދަން. އެގޮތައް އައި ފްލައިޓެއްގައި މިއަދު 368 މީހުން ފުރި. އޭގެ ތެރޭގައި އައިލެންޑް ސަފާރީގެ ގެސްޓުންނާއި، އިޓަލީގެ ކްރޫން ފުރި. މިހާރު ކުރާ ސުވާލަކީ މިމީހުން މިބޯޓަށް އެރީ ކިހިނެއް ހެއްޔޭ؟ 14 ދުވަސް ވަންދެން ބަލީގެ އަލާމާތެއް ނެތްނަމަ ފުރައިގެން ދެވިދާނެ. އެމީހުންގެ ގައިން ބަލީގެ އަލާމާތެއް ނުފެނޭ. މިހާރު ބެސްޓް ޕްރެކްޓިސް އަކީ 14 ދުވަސް އައިސޮލޭޝަން ގައި ބައިތިއްބާފައި ދޫކޮށްލުން." މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ފައްސިވި މީހުން ތިބި ފްލައިޓް ރަޝިއާގެ އެއާޕޯޓްގައި ކަރަންޓީން ކުރުމުން އެފްލައިޓްގައި ތިބި މީހުން އިޓަލީއަށް ގެންދިއުމަށް އެހެން ފްލައިޓެއް ހަމަޖެއްސުމުގެ މަސައްކަތް އިޓަލީ ސަރުކާރުން ކުރަމުން ގެންދާ ކަމަށް ވެއެވެ.
ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ދަތުރު ކުރުމުގެ ތެރޭގައި ފްލައިޓް ތެރެއިން ބައެއް މީހުންގެ ގަޔަށް ވައިރަސްގެ އަސަރު ކޮށްފައިވާ ބައެއް ކޭސްތައް ދުނިޔޭގެ ބައެއް ގައުމުތަކުން މީގެ ކުރިން ރިޕޯޓް ކޮށްފައި ވެއެވެ.
މިފަހަރު ތިއޮތީ މަބުރޫކް އަތަށް ގޮއްވާލާފަ.. ސަރުކާރުން ތިއޮތީ ކުށެއްނެތް ބައެއް ބަލީގެ ޝިކާރައަކަށްހަދާފަ.. ޓެސްޓްގެ ނަތީޖާ ނުލިބެނީސް ނުވާނެދޯ ފޮނުވާލާކަށް. އިތުބާރު ގެއްލިއްޖެ.
އެހެންވީމާ މިހާރު ނެގަޓިވްވި އެންމެން ޗެކްކޮއްލާ.. ފަހަރެއްގައި ޕޮޒިޓިވްވެދާނެ.. .ފަރުވާކުޑައީ..
އަލާމާތްތަކެއް ފެނިގެންދޯ ޓެސްޓް ސާމްޕަލް ނެގީވެސް އެހެން ކަމުގައިވާނަމަ ފުރިޔަދޭންވާނީ ނަތީޖާ ލިބުމުން ދޯ.
މިފަދަ ދަނޑިވަޅެއްގައި އެފަދަ ހާދިސާއެއް ހިގުން ކައިރި. އެއީ އިންސާނުން މަސައްކަތް މިކުރަނީ މެޝިނަކަށް ބަރޯސާވެ އެިއން ދައްކާ މަގަކުން. އެކަމަކު މި ނާޒުކް ދަނޑިވަޅުގައި ދިވެހި ސަރުކާރުން ފަރުވާ ކުޑަނުކުރުން ވަރަށް އެދެން. އަދި ސަރުކާރުން ތި ކުރައްވާ މަސައްކަތަސް ވަރަށް ސާބަސްދެން.
ހެޑްލައިން އިސްލާހުކޮށްލަން ޖެހޭ.. ބަލިޖެހިފަ ތިބި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި ބަޔަކު 13 ދުވަހު ކަރަންޓީން ކުރެވި ޓެސްޓް ހަދާ، ނަތީޖާ ނުލިބެނީސް 14 ވަނަ ދުވަހު ރާއްޖއިން ފުރައިފި. ފުރިފަހުން ނަތީޖާ ލިބުނުއިރު ވައިރަހަށް ވަނީ ޕޮސިޓިވެފަ. މިއީ ކަން ވެގެންވާނެ ގޮތެއްނޫން.. މީގެ ސަބަބުން މި ވައިރަސް އިތުރައް ފެތުރުމުގެ ބިރު އެބައޮތް. މިކަމުގެ ފުރިހަމަ ޖިނާއީ ތަޙްޤީޤެއް ހިންގާ އިހުމާލުވި ފަރާތް ތަކާމެދު ފިޔަވަޅު އަޅާ ދެއްވުމަށް ކަމާބެހޭ ފަރާތް ތަކަށް ގޮވާލަން. އެހެނީ ބައިނަލްއަގުވާމީ ގޮތުން ބެލިނަމަވެސް ރާއްޖޭގެ އިހުމާލެއް މިކަމުގަ އޮތްކަމަށް ސާފުކޮށް އެބަފެނޭ..މައްސަލަ އަކީ ބަލިހުރި މީހުންނާ ޑައިރެކްޓް ކޮންޓެކްޓް ވެފަތިބި ބަޔަކާ ދޭތެރޭ މިހާ ލުއިކޮށް ކަންކަން ވެގެން ދިޔައުން. ބަލީގެ އަލާމާތް އަދި ނުފެނުމަކީ މިބަލި ހަށިގަނޑައް ވާސިލް ނުވުމެއްނޫން.. އެކި މީހުންގެ ދިފާއީ ނިޒާމް މަސައްކަތް ކުރާނީ އެކިވަރަށްކަން ދަންނަންޖެހޭ..
ޓެސްޓް ތި ކުރަނީ ކިހެނެއްބާ؟ އެމީހުން ފޮނުވާލީ ކީއްވެބާ. ޢިޓަލީ، އިޓަލީ، އިޓަލީ، ދޯހަޅިކަން ފެނޭ މިކަމުން. މިތަނަށް ކޮވިޑް އައީވެސް އިޓަލީން، އެހެން ގައުމުތަކަށް މި ފޮނުވަނީވެސް އިޓަލީން. ޙީވަނީދެން ޕްރެސް ބްރީދިންވެސް މަދުވާނެހެން. ﷲގެ ރަހުމަތުން މިމަސައްކަތުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރުހައްގު. އެމީހުން ބަރާބރު
ރާއްޖެއިން ފު ރި ފަހަކުން ފައްސި ނުވާނެއެއްނު! ފު ރިފަހުން ފައްސިވިކަން އެނގުނީ އެއްނު! އެހެންވީމާ މާކު ރިންވެސް ނުވަތަ ސާމްޕަލް ނެގިއި ރުވެސް ފައްސި ވެފަތާ ހުންނާނީ!!!
ރައްޔިތުންނޭ ހޭ އަރަންވެއްޖެނު ތެދެއްނަހަދާ އަދިވެސް އޮޅުވާލުން ކީއްވެހޭ އެދެމީހުން ފުރުވަލި އެތަށްބައެއް ނުރަށްކަލށް ހުށައެޅުނި 2ވަނަ ފަހރު އަތަށްގޮވީ ނުވަންޔާ ރައްކަވެބަލަ މިަގައުމު ފަނާވުމުގެކުރިން މިގައުމުގާ އެބަތިބި މިގައުމާ އިސްލާމްދީންދެކެ ލޯބިވާ މީހުން މިހަރު ވެރިކަމުގާ މިތިބީ ގައުމަށް ގައްދަރުވެ ތިބި ބާއީ އާއިލާތަށް ނުހުންނާނެ ގައުމަށްކުލުނެއް ރައްތިތުން ނިކުމެ ކަންފަތު ހިފާ ބޭރު ނުކުރަނީސް ފެއްސެންވެއްޖެނު ނުވަންޔާ
ބަލަގަ. ރާއްޖޭގަ ތިބިއިރުވެސް ޕޮޒިޓިވްވެފަ ތި ތިބީ. އެހެންވީމަ މި ރާއްޖެއިން ތިޔަ ދެމީހުންނާ ކޮންޓެކްޓްވި އެންމެން މިހާރު ޔަގީން ޕޮޒިޓިވް ވާނެ. މާތްކަލާކޯ. އެންމެން ޓެސްޓް ކުރޭ.
މާކުރިން ވެސް އިނގެ މި މީހުން ގަޅި ކަމެއް ކޮށްލާނެކަން.
ތަންދޮރު އެގޭ މީހެއް ސަރުކާރުގާ ހުރިނަމަތާ
ވަރަށް ބޮޑު ގޯހެއް ތި ހެދީ. ކަން ކަން އޮޅުވާލަން ހަދައިގެން ވާނީ މިކަހަލަ ގޮތެއް. ވާނުވާ ނޭނގޭ
ބަލަގަ. ރާއްޖޭގަ ތިބިއިރުވެސް ޕޮޒިޓިވްވެފަ ތި ތިބީ. އެހެންވީމަ މި ރާއްޖެއިން ތިޔަ ދެމީހުންނާ ކޮންޓެކްޓްވި އެންމެން މިހާރު ޔަގީން ޕޮޒިޓިވް ވާނެ. މާތްކަލާކޯ. އެންމެން ޓެސްޓް ކުރޭ.
އިބޫސޯލިހު ނާގާބިލްކަން
ފައްސިވީ ފުރިފަހުންކަމަށް ބުނުމަކީ ގޯހެއް ފައްސި ވެފައި ވަނިކޮށް ފުރުވާލީ. ނަތީޖާ ނުލިބެނީސް ފުރުވާލުމަކީ އިހުމާލެއް ހިންނަވަރު އިބުރާހިމް އިހުމާލު ވާންޖެހޭނެ ކަމެއް. މުޅި ސަރުކާރު ޒިންމާ ނަގަން ޖެހޭނެ ކަމެއް މިންގަނޑު ތަކަށް އަމަލު ނުކުރުމުން އެތައް ބަޔަކަށް މި ދެވުނީ ބޯޑަރު ހުރަސް ކޮށް ދިވެހި ރާއްޖެއިން ރަޝިޔާ އަށާއި އިޓަލީ އަށް ބަޔޮލޮޖިކަލް ޓެރެރިސް ހަމަލާއެއް.
ސަރުކާރުން އިހުމާލު ވެފަ މި އޮތީ. ޢެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހަޅާފަ..
މިމައްސަލަ ބަލަންޖެހޭނެ...
އެހެންވީމަ 14 ދުވަސް ކަރަންޓީނަކަށް ނުފެތޭތާ. 20 ދުވަހަށް ހަދަންވީހެން ހީވަނީ. 14 ދުވަސް ވާ ދުވަހަކީ ދޫކޮށްލާ ދުވަހަށްވެފަ 14 ދުވަސް ފަހުން އަދި ބަލީގެ އަލާމާތް ފެންނަންޏާ 20 ދުވަސް މީހުން މޮނީޓަރިންގަ ބައިތިއްބަން ޖެހޭތާއެބަ. ސުވާލަކީ 14 ދުވަސްވާން އެންމެ ދުވަހަކަށް ވީމަތޯ ޓެސްޓު ހަދަނީ. އެވެސް ރިސާރޗް ބޭނުމަށް ހެދި ޓެސްޓެެއް ކަމަށް ވިދާޅުވަނީ. އެހެންވީމަ ގެސްޓުންނަށް އެހާބޮޑު ލުޔިތައް ދެންޏާ އެއީ ފަރުވާ ކުޑަކުރެވުން. ފަރުވާ ކުޑަކުރެވުމުގެ ނަތީޖާއަކަށްވާނީ ފޫނުބެއްދޭ ގެއްލުން ލިބުން. ކާކުބާ ޒިންމާވާނީ. ކަންވެނިމޭއިރު އެކަކުވެސް ނުވާނެ. ބުނާނެ އޮންނަ އުސޫލާ އެއްގޮތަށޭ ގެނަދިޔައީ. އުސޫލަކީވެސް ހާލަތައް ރިޔާއަތް ކޮށްފަ ބަދަލުކުރަން ޖެހޭ އެއްޗެެއް. އޭރު މިކަން ފެށުނު އިރުގެ ހާލަތެެއް ނޫންކަންނޭގެ މިހާރު އޮތީ. ބޮޑަށް ބެލެވެނީ ގިނަމީހުން ރަނގަޅުވެފަ އިތުުރު މީހަކު ފައްސިނުވެ ގިނަ ދުވަސް ވުމުން ފަރުވާ ކުޑަކޮށްލެވުނީހެން. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އިތުބާރުކޮށްފަ މިތިބެނީ ގޭގަ. ތިއްބަ މިކަހަލަ ލޫޕް ހޯލްސްތައް ފެންނަންޏާ އިތުބާރު ގެއްލޭ.
ކަރަންޓީނު މުއްދަތުގައި އަލާމާތް ފެނުނަސް ނުފެނުނަސް ޓެސްޓްކުރަން ޑަބްލިއު.އެޗް.އޯ އިން އަންގާފައި އޮންނަނީ. ނަތީޖާ ނުލިބެނިސް ފުރުވާލަން ނޫނީ އާންމުންތެރެއަށް ދޫކޮށްލަންޏާ ކީއްކުރަން ޓެސްޓް ކުރަނީ. ބޮޑު ފެއިލިއަރއެއް. މިކަހަލަ ކަންކަން ރަނގަޅުކޮށްފަ ކުރެވުނު ކަންތައް ދިފާއުކުރަން ނޫޅުއްވާ. ކޮވިޑްއަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ރަނގަޅުކަމަށް އަހަރެން ގަބޫލުކުރަން