ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ފައްސިވިކަން އެނގުނު އިޓަލީގެ ދެ ފަތުރުވެރިން ދަތުރުކުރި ރަޝިއާގެ އެއަރޯފްލޮޓުގެ ފްލައިޓްގައި ދަތުރުކުރި އެންމެން ވަނީ ނުރައްކަލަށް ހުށަހެޅިފައި ކަމަށް ބައެއް މީހުން ބުނެފިއެވެ.

މީގެ ކުރިން ވެސް ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ފްލައިޓްތަކުން ނޭނގި ކޮވިޑް-19 ޖެހިފައި ތިބި މީހުން ދަތުރު ކުރުމުން، އެކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާފައި ވެއެވެ. އަދި ގިނަ ފަހަރަށް ފްލައިޓްގައި ތިބި އެންމެން ކަރަންޓީން ވެސް ކޮށްފައި ވެއެވެ.

ރާއްޖެ އިން މިއަދު ރަޝިއާ އަށް ދަތުރު ކުރި ފްލައިޓަކީ ރަޝިއާ އިން އިޓަލީވިލާތައް ދަތުރު ކުރަން ހަމަޖެހިފައި އޮތް ފްލައިޓެކެވެ. ނަމަވެސް ފްލައިޓްގައި ތިބި ދެމީހަކު ކޮވިޑް-19 އަށް ފައްސިވިކަން އެނގުމުން މިހާރު ހުރިހާ ފަސެންޖަރުން ތިބީ މޮސްކޯގެ އެއާޕޯޓްގައެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން ރަޝިއާގައި ކަރަންޓީން ކުރާނެ ކަމަށް ބެލެވެއެވެ. އެއީ ފައްސިވި ދެމީހުންނާއި ކައިރީގައި ތިބި މީހުންނެވެ.

ރާއްޖެ އިން ރަޝިއާ އަށް ފްލައިޓް ދަތުރު ކޮށްފައި ވަނީ ހަތް ގަޑިއިރުންނެވެ. އެހެންކަމުން ފްލައިޓްގެ ތެރެއިން އެކަކު އަނެކަކާއި ގިނައިން ބައްދަލުވެފައި ވުން ވެސް އެކަށީގެންވެއެވެ.

ފެބްރުއަރީ މަހު ކެނެޑާ އެމެރިކާ އަށް ދަތުރު ކުރި ފްލައިޓެއްގައި ތިބި ދެމީހަކު ކޮވިޑް-19 އަށް ފައްސިވުމުން އެފްލައިޓްގެ 18 ވަނަ ރޯއިން ފެށިގެން 22 ވަނަ ރޯއަށް ތިބި ހުރި އެންމެން ކަރަންޓީން ކުރިއެވެ. އަދި ފްލައިޓްގައި ދަތުރު ކުރި އެންމެން އަމިއްލައަށް ގޭގައި އެކަހެރި ވެގެން ތިބުމަށް އެންގިއެވެ.

މާޗް މަހުގެ 12 ވަނަ ދުވަހު އެމެރިކާގެ ފްލޮރިޑާއަށް ދަތުރު ކުރި ފްލައިޓެއްގައި އިން މީހަކު ކޮވިޑް-19 އަށް ފައްސި ވުމުން އެފްލައިޓްގައި ތިބި ހުރިހާ ފަސެންޖަރުން ގޭގައި އެކަހެރި ވުމަށް އަންގާފައި ވެއެވެ.

ފްލައިޓްގައި ތިބި މީހުންގެ އިތުރުން ފައްސިވި ދެފަތުރުވެރިން އެއާޕޯޓަށް ގެންދިއުމުގެ މަސައްކަތް ކުރި މީހުންނާއި، އަދި އެއާޕޯޓްގެ އެކި ކައުންޓަރުތަކުން އެމީހުންނާއި ބައްދަލުވެފައިވާ މީހުންނަށް ވެސް މިހާރު ކޮވިޑް-19 ޖެހިފައި ތިބުމުގެ ފުރުސަތު އެބައޮތެވެ. ސަރުކާރުން މިހާރު ގެންދަނީ އެމީހުންނާއި ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބައެއް މީހުން މިހާރު ވަނީ އެކަހެރި ވެސް ކޮށްފައެވެ.

ކޮވިޑް-19 އަށް ޓެސްޓްކޮށްފައި ނަތީޖާ ނުލިބެނީސް އިޓަލީގެ ދެ ފަތުރުވެރިން ފުރުވައިލުމަކީ ލިބުނު ފިލާވަޅެއް ކަމަށާއި އެއީ ބަދަލެއް ގެންނަންޏާ ގެންނަން ދަސްވި އާ ކަމެއް ކަމަށް ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ނަތީޖާ ނުލިބެނީސް އެމީހުން ފުރުވާލި މައްސަލައިގައި ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

53 ކޮމެންޓް

  1. ޑީޑީ

    މިކަމުންވެސް މިއެނގެނީ ދިވެހިސަރުކާރުގެހުރި ފަރުވާކުޑަކަމާއި ނާގާބިލްކަން

    221
    30
    • މަރީ

      ކޮއިފުޅާ، ތިހެންބުނާ މީހުންނަކީ ފިތުނަ އުފައްދާމީހުންނޯ....

      11
    • Anonymous

      14 ދުވަހު ބައިތިއްބާފަ އެ 14 ދުވަސްވީ އިރުވެސް އަލާމާތެއް ނުފެނުނީމަ ފޮނުވާލީ އިގޭތޯ.

      21
      99
      • ރާޢްޖެ

        14 ދުވަސް ހަމަ ނުވަނީސް ފޮނުވާލީ. އައިލެންޑް ސަފާރީން މީހުން ޕޮޒިޓިވް ވި ދުވަސް އެހެރީ ނޫސްތަކުގަ.

        16
        1
      • Anonymous

        މޮޅުވާހަކަ ނުދައްކާ! 14 ދުވަހެއް ނުވޭ. އިތުރު 2ދުވަސް އޮށްވަ ފޮނުވާލީ! މީގެ ސަބަބުން ގެއްމެއް ނުވޭދޯ!! ކޮނަމެހެން ދިފާއުކުރަން އެއްޗިހި ލިޔާނެކަމެއް ނެތް! މިހާރު ވެސް އިޓަލީ މީހުން ބައިވަރު އެބައުޅޭ!! އިޓަލީމީހުން ގެންނަނީ ރަންތަ ނޫނީ ޖަވާހިރުތަ!!! އިޓަލީ މީހުން ގެނައުން ނުހުއްޓުވަނީ! ގައުމުގެ މީހުން މަރަން ތަ ތިއުޅެނީ!!

        13
      • ނަން

        14 ގަ އާބަޔަކަށް 27 ހަށް 14 ދުވަސް ވާނެތަ

      • ބެއްޔާ

        14ދުވަސް މުޅިން ފުރިހަމައެއްނުވޭ. އަދި އެހެންނޫނަސް ސާމްޕަލް ނެގިބަޔަކު ނަތީޖާ ނުލިބެނީސް ފޮނުވާލިކަމީ ވަރަށްގޯސްކޮށްކުރިކަމެއް. ކޮށްގެންވާނެވެސް ކަމެއްނޫން. އެޗްޕީއޭވަނީ ފޭލްވެފާ. ނޫސްކޮންފަރެންސަށްއަރާ ފޮނިވާހަކަދައްކަނީ. ހުރިހާޒިންމާއެއް ސަރުކާރުން އުފުލަންޖެހޭނެ. އެންމެކުރިން ކޮވިޑް ޖެހުނުމީހާގެ މައްސަލަވެސް ތަހުގީގު ކުރަންފެށިޔޯ. މިހާރު ޚަބަރެއްވެސްނެތް. އެކަމުގައިވެސް އިހުމާލުވެފައިވަނީ ސަރުކާރުން.

        11
    • ދޮންނޭ

      "އަޅުގަނޑު ކުރިންވެސް މިދެންނެވީ" 14 ދުވަހެއް ނުވޭ އިނގޭތޯ.

  2. ސައިއްޓޭ

    ކޮވިޑް އެކްސްޕޯރޓް ކުރާ ބައެކައް ވީބާ

    49
    2
    • ފަރުވާކުޑަ

      ރަނގަޅު ވާހަކައެއް..މިތާތީ ފެތުރިއްޖިއްޔާ ސަރުކާރުން ޒިންމާ ނަގަން ޖެހޭނެ...ހާދަފަރުވާ ކުޑަބައެކޭ މާލޭގައިތިނެއްކަމެއްވެސް ނޭގެމިހާރު

  3. ވީ

    ކިހާ ދެރަކަމެއް ކަމެއް ދަސް ވަނީ ތިވަރަށް

    61
  4. ޢަބޫ

    އަދިވެސް އެކި ކަކަރަތަކުން ރާއްޖެ މީހުން ގެނޭ. މިހާ ރު މި ރާއްޖޭގެ ހާލަތު އޮތް ގޮތެއްވެސް ނޭނގޭ. ބޯހަލާކު.

    65
    3
  5. ބީރު

    މައިމޫނާމި ދޢްކަނީ ތާކުންތާކު ޖެހޭ ވާހަކަ އެއް ނޫން.
    ރާއްޖޭގަ ފިލާވަޅު މި ދަސްކިރަނީ ބަޔަކުމީހުން މަރުގެ ރިސްކަށް ހުށައަޅާފަ.
    ރިސޯޓް ކަންތައްވެސް އޮތީ އެގޮތައް،
    ތި މަޤާމް ތަކަށް ޤާބިލް މީހުން ލާން ސަރުކާރަށް ގޮވާލަން .

  6. ނަމަ

    ޢެކި ގައުމު ތަކުން އަންނަ ދިވެހިން ވަކި ތަނަކު ކަރަންޓީން ކުރަން ވެސް އަދިވެސް ހަމަ ނުވިސްނޭނެބާއޭ ހިތައް އަރާ

  7. ަިއިދުރީސް

    ބަލަގަ. ރާއްޖޭގަ ތިބިއިރުވެސް ޕޮޒިޓިވްވެފަ ތި ތިބީ. އެހެންވީމަ މި ރާއްޖެއިން ތިޔަ ދެމީހުންނާ ކޮންޓެކްޓްވި އެންމެން މިހާރު ޔަގީން ޕޮޒިޓިވް ވާނެ. މާތްކަލާކޯ. އެންމެން ޓެސްޓް ކުރޭ.

    62
    3
  8. ބްރޯ

    މިކަމުގަ ގޯހެއް ހެދިއްޖެ ކަމަށްދެކެން .ސަބަބކީ ސާމްޕަލް ނެގީ ސައްކުކުރެވިގެން ކަމުގައިވަނަމަ ފްލައިޓުން ފުރުމާހަމަޔަށްވެސް އަދި ފްލައިޓްގަވެސް އެކަހެރިކުރުމުގެ ވިސްނުން ހުންނަންޖެހޭނެ، ނަތީޖާ ލިބުމާހަމަޔަށް މިކަން ކުރުމުގެ ވިސްނުން ހުންނަން ޖެހެންވާނެ ކަމަށް ދެކެން.

  9. ޑޮންޑޮން

    ޓެސްޓު ނަތީޖާ ނުލިބި ތިބި އެންމެން ފުނުވާލާ، ދެން ބުނޭ އިތުރު އާފިލާވަޅެކޭ މިލިބުނީ އަނެއްކާވެސް...?އަޅެ ފަހެ އަޖައިބެއް ނުން މި...ކޮވިޑް 19 ގެ ނުރައްކާތެރިކަން ނޭގެނީތަ ކަލޭމެންނައް...ކުފޫ ހަމަނުވާ ތަންދޮރު ނުދަންނަ ނާގާބިލު މީހުން އިސް މަގާމުތަކުގަ ބޭތިއްބީމަ ވ ރީއްޗެއް ނުން...ވާނެއެއްޗެއް ވާން ދޫކޮށްލާފަ ދެން އަނގައޭ ކީމަ މާކަ ރީއްޗެއް ނުން...ބޭރުގެ އެތައްގައުމެއްގެ ހާލަތުން އެތައްފިލާވަޅުތަކެއް ލިބިފަ ދަސްވެފަ ހުންނާނީ މިހާރު، އިތުރައް ކޮންފިލާވަޅެއް...ތީ ގަސްތުގަ ކުރިކަމެއްހެން ވ ހީވޭ...ކޮށްލި ތަޖުރިބާއެއް ނޫނީ ބަލާލި އަޖުމައެއް...ތި އަޖުމައެއް ބަލަންހަދައިގެން ކިތައްބަޔެއްގެ ފުރާނަ ނުރައްކަލަކަށް ވައްޓާލީ ތި...ދިވެހިން ނޫނަސް އެވެސް ހަމަ އިންސާނުން...

  10. ޢަހުމަދު

    ސުވާލު
    1. މިއީ ބަލިވީ މީހުން ތެ ރެއިން ބައެއްތަ؟
    2. ޓެސްޓް ހެއްދީ ރާއްޖެއިން؟
    3. ރާއްޖެއިން ފު ރުމުގެ ކު ރިން މީހުންގެ ޓެސްޓް ހައްދާތަ؟
    4. ރާއްޖެ އަންނަ މީހުން އެމީހުން އަންނަ ގައުމުން ޓެސްޓް ހައްދާތަ؟

    34
    3
  11. ހަމްދު

    އިބޫ ވަނީ ފެއިލްވެފަ. ލާދީނީ މީހުން ދޮގުހަދާ އޮޅުވާލުން ނޫންކަމެއް ނުކުރޭ!

    7
    1
  12. އައްސިގަނދު

    ބޭކާ ރު ހަބަ ރު ސު ރުހީ ނުވިއްކާ ވިސްނާލުން ރަނގަޅު.. ސަ ރުކާ ރުން ޓެސްޓް ނަތީޖާ ވަގުތުން އެންގުމުގެ ސަބަބުން 360 މީހުންގެ ފު ރާނަ ސަލާމަތަށް ... ސާބަހޭ ސަ ރުކާ ރު

    1
    6
  13. ކޮރޯނާ

    ކޮން ރޯ އެއްތަ؟ 18ވަަނަ ގޮނޑި ބަރިން 22 ވަނަ ގޮނޑި ބަރިއަށް...

  14. އިސގީ ތާރަބޭ

    މީ ރައްޔަތުންނާ ދޭތެރޭގަޔާ އެހެން މީހުންނައް ވެސް ނުބެލުން ކިޔާނެ އެއްޗެއްނެއް ބަޔަކު ނާގާބިލް ވީމަ ނުވަތަ އެގިގެން ކުރިޔަސް މީ ބަލައި ގަނެވޭނެ ކަމެއްނޫން 24 ގަޑިއިރު ޓީވީ ތަކުގަ ބުރީފިންގް ދީފައި މިބަލީގެ ކުރައްކާ ތެރިކަން ކިޔައިދީފައި މިކަން ބޮޑައް ބެލެވެނީ މީގެ ކުރިން އައިދެމެފިރިން އިމިގްރޭ ޝަނުން އެތެރެވިޔަ ނުދިނީމަ މީހަކުގޮސް މަސްވަރާދީގެން ލަންކާޔައް އެތެރެވެފައި އަނެއްދުވަހުގެނައި ވާހަކަ ފަޙުރުވެރިވެލާފަ ޙަބަރުތަކުގަ ފެތުރި ކަހަލަ ކަމެއްހެން

  15. ހަމަ މިހާރުން މިހާރަށް އިސްތިއުފާދީ ނާގާބިލް ސަރުކާރު

    އިބޫއާއި ހުރިހާ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖްލިސް ހަމަ މިހާރުން މިހާރަށް އިސްތިއުފާދޭނެވީ. ކަލޭމެންގެ ނާގާބިލްކަމުން ރާއްޖޭގެ ނަން ހަޑިމިވަނީ. ޑޮލަރަށް ވުރެ ފުރާނަ މުހިންމުވީމާ ފުރާނަތައްވެސް ނުރައްކަލަށް. ފުރާނަތައް ސަލާމަތްކުރަން އިތުރު ހޭދައެއްކޮށް ޑޮލަރުވެސް އެގެއްލުނީ. މިސަރުކާރުން ޖެހޭނެ މިސަރުކާރުގެ ގޮތް ދޫނުކުރުމުގެ މިބަލި ފެތުރުމުގެ ސަބަބުން ލިބުނު ހުރިހާ ގެއްލުމަކަށް ޒިންމާވާން. މިސާލަކަށް ފްލައިޓެއްގެ އެންމެން އިންފެކްޓްވެ، އެކަކުވެސް ސީރިޔަސް ހާލަތަކަށް ދިޔައިއްޔާ އެކަމުގެ ޒިންމާވާން ޖެހޭނީވެސް މިސަރުކާރުން. ނުވިސްނޭވަރުގެ ކުޑަކުދިން ކުށްކުރީމާ ބެލެނެވެރިން ޒިންމާވާ ފަދައިން ސަރުކާރު ޖެހޭނެ މަންމަން ބިދޭސީންނާއި ދޭސީންގެ ކަންކަމަށް ޒިންމާވާން.

    22
    1
  16. އަހްމަދު

    މިކަހަލަ ރިސްކު ނަގާކަށް ނުވާނެ.. އެއްވެސް ރިސްކެއް ނަގާނެ ފުރުސަތެއް އެއްވެސް ބަޔަކަށް ނުދިނުމަށް ސަރުކާރަށް އަދަބު ވެރިކަމާއެކު ދަންނަވަން.

    55
    1
  17. މޫސަ2023

    ޓުއަރިޒަމް މިނިސްޓަރ އެޗްޕީއޭގެ ވެރިން އިސްތިއުފާދޭންޖެހޭ ޒިންމާނުނެގޭކަންމިއޮތީދިމާފެންނަން ރައީސް އިބޫ ޖެހޭއެބަ ނާގާބިލް މީހުންއެއްފަރާތްކޮށް ގާބިލް މީހުންނާއި ޒިންމާތައް ހަވާލުކުރަން އެަވަހައް މިކަންކުރަންޖެހޭ

    48
    3
    • އަމާ

      އަލީވަހީދު ކައިރީގައި ބުނޭ އެކަމުގެ އުފަލުގައި އެދެމީހުނަށް ހިލޭ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ދޭށޭ.

  18. ސަންފަ

    ޜާއްޖެއަށް މިހާތަނަށް 6،000 ކިޓްލިބިފާވޭ މިހާތަނަށް ޖުމްލަ ޓެސްޓްކުރެވުނީ 863 ސާމްޕަލް މިހާރު ބާކީހުރީ 3،000 ކިޓް ވީމާ 2،137 ކިޓް ވީނުވީ ގޮތެއް ނޭގޭ މި 2،137 ކިޓަށް ވީގޮތް ދިވެހި ރައްޔިތުންނަށް ސާފުކޮށްދިނުމަށް ގޮވާލަން

    48
    1
  19. މޫން1972

    މިކަމުގެ ޒިންމާސަ ރުކާ ރުން ނަގަންޖެހޭނެ. މިގައުމުގެ އަގު ހިފަހަށްޓަން ޖެހޭނެ. 360 މީހުން ނު ރައްކަލުގެ ތެ ރެއަށް ވައްޓާލަން ޖެހުނުގޮތެއް ތަހުގީގު ކު ރަން ގޮވާލަން.

    52
  20. ބަނީ

    އެޗް.ޕީ.އޭ ގެ ވެރިޔާ މިކަމުގެ ޒިންމާ ނަންގަވާ... މިކަމުގައި ފަރުވާ ކުޑަކުރި އެއްމެނަށް ފިޔަވަޅު އަޅާ

    43
    2
  21. ސަމްސިއްޔާ

    ކޮބައިތަ މީކާއިލް. ހިތްވަރެއް ހުރިޔާ އެއްޗެކޭ ކިޔާބަލަ.

    48
    2
  22. ޙަފީޒާ

    ކީކޭދެންބުނާނީ

  23. ދުންމާރި4

    ތިޔަ މައްސަލަ ތަޙްޤިޤުކޮށް އިހުމާލުވީ ފަރާތްތަކަށް ޖިނާއީ ދަޢުވާކުރަން ޕީޖީ ޝަމީމަށް ގޮވާލަން ހަމަ އެކަނި ރިސޯޓަކުން އެހެންރަށަކަށް ދާމީހާގެ މައްޗަށް އެކަންޏެއްނޫން ދަޢުވާކުރަންޖެހޭޏީކީ މިސަރުކާރުގެ ވެރިންގެ ތެރެއިން މި ދަނޑިވަޅުގައި ތިޔަ ނުރައްކާތެރި ޢަމަލު ހިންގި އެންމެންގެ މައްސަލަ ބަލާ ޖިނާއީ ތަޙްޤީޤުކޮށް ދަޢުވާކުރަންޖެހޭނެ

  24. ޔެސް

    ޔެސް

    24
    2
  25. ޥަސީމް

    ފާޑު ނުކިޔާނެ ގޮތަކަށް ކަންތައް ކުރަން ވެއްޖެނުން.

    37
    1
  26. އައްޑޫ ލެއި

    ތިކަމުގެ ޒިންމާވަނީ ކާކުބާ ކޮންމެވެސް އެއްބައެއްގެ އިހުމާލުން ހިނގި ކަމެއް ތިޔައީ. ތިކަމުގަ އިހްމާލު ވި ބަޔަކު ލަސްނުކޮށް މަސްއޫލީއްޔަތުން އެކަހެރިކުރުމައް ސަރުކާރައް ގޮވާލަން.

    38
    • Anonymous

      ކުރީ ސަރުކާރު ޒިންމާ ވާން ޖެހޭނީ!! ގޯސްކޮށް ހިނގާ އެއްވެސް ކަމެއްގެ ޒިންމާ ނަގާނެ ބައެއް ނޫން މީކީ!!!

    • އަހްމަދު

      އިހުމާލުވީ ރައީސް ސޯލިހު. އޭނާ އެކަހެރިކުރޭ.

      4
      1
  27. މުހައްމަދު

    ބަލިވުމުގެ ކުރިން ޞިއްޙަތުގެ ފައިދާ ލިބިގަންނާށެވެ. އޭ ގައުމުގެ ވެރިންނޭ އަހަރުމެން ނިކަމެތި ރައްޔިތުންގެ އާދޭސް އަހާށެވެ. ޑޮލަރު ކޮޅެއްގެ ދަހިވެތި ކަމުގައި ރާއްޖޭގެ ރައްޔިތުން މިނުރައްކާތެރި ކަމުގެ ތެރެއަށް ގަންބާނުލާށެވެ. އަޑުއަހާ ކިޔަމަންވޭ..

    48
    2
  28. ރޯނާ 2020

    ރާއްޖޭގައިތިބި ހުރިހާ ފަތުރުވެރިން 14 ދުވަހަށް ކަރަންޓީނު ކުރުމަށްފަހު ފުރުމުގެ ކުރިން ޓެސްޓްތައް ހަދާ ނަތީޖާ ޔަ ޤީން ކުރުމަށްފހު ނޫނީ ފުރުވާ ނުލުމަށް ސަރުކާރަށް ގޮވާލަން. މިވަރުގެ ވިސްނުމެއްވެސް ސަރުކާރުގައި ހުރިހެނެއް ހިއެއް ނުވޭ. ކީއްކުރާނީ މިއޮތީވާ ޤައުމެއް.

  29. ވަޙީ.

    އަދި ވެސް ޓޫރިސްޓުން މިޤައުމުން ހުސްނުވޭ

  30. Anonymous

    މަބުރޫކް ތިހަދަނީ ހުސްދޮގު،ދެކެވޭ ނުދެކެވޭ ވަހަކައެއް މިކަލޭގެ އަކަށް ނޭގޭ.

  31. މެޓްރިކްސް

    މަބުރޫކް ތިހަދަނީ ހުސްދޮގު،ދެކެވޭ ނުދެކެވޭ ވަހަކައެއް މިކަލޭގެ އަކަށް ނޭގޭ.

  32. ައަހައްމާ

    މިހާދުވަސްވަންދެން ރޮމުން އައީ، ފަތުރުވެރިން ގޭތެރެއަށް ނުވެއްދިގެން، އޭރުވެސް އަހުރެމެން ބުނިން ލާރި ފޮތްޗެއްލިބޭނެ އެެހެންގޮތެއް ހޯދާށޭ. ބުނީމަ ބަހެއްވެސް ނޭހި. މިހާރު ފަތުރުވެރިޔާ އަށް އެއްޗެތިނޮގޮވާ. އަދިވެސް ކައްޓަލަކޮޅެއް ނަަމަވެސް ހެއްދޭތޯ ބަލާ. މީ ދިން ނަސޭހަތެއް

    1
    1
  33. އެނޯ

    ޓެސްޓުގެ ނަތީޖާ ނުލިބެނީސް އެ ދެ ފަތުރުވެރިން ފުރުވާނުލާނެކަން• ކޮންމެ މީހަކަށްވެސް އެނގެންވާނެ ކަމެއް• ޕްރޮސީޖަރެއް އެބައޮތްތަ؟ އެ ލިޔުމުގަ އޮންނަންވާ އާދައިގެ ކަމެއް މިއީ• ދަސްވި އާކަމެކޭ ބުނުމަކީ ލަދުވެތި ކަމެއް•

  34. ރައްޔަތުން

    ނަތީޖާ ނުލިބެނީސް ފޮނުވާލުމުގަ ބައިވެ ރި ވި މީހުން ގެ މައްސަލަ ތަހުގީގު ނުކު ދެވެނީ ކީއްވެ؟
    އަލީވަހީދު އާ މަބް ރޫކް ވީމާ އޯކޭދޯ؟؟؟؟

  35. ހިއްތަލަވިގަނި

    އެހެންމީހުނަށް މާ މޮޅު ލެސަން ނަގާނެކަމެއްނެތް.. ތި ލެސަންތައް ކައިބަލަ އަމިއްލައަށް..

  36. ޙތާމަ

    ހެދުނީ ގޯހެއް. ޢެކަމަކު އެކަކު ވެސް ކީއްވެތަ ގޯހުގެ އިތުރުން ދެންހުރި ރަނގަޅު ކަންތައްތައް ފާހަގަ ނުކުރަނީ...

  37. ކިނބޫ

    ކުޑަމޯޑީ އަޅެ ކެރެންޏާ މިހާރު ނޫސްވެރިންގެ "ގަޅި" ސުވާލުތަކަށް "އަޅުގަނޑު ތިކަމާ ވިސްނާނަން" އޭ ބުނަން ނަމަވެސް ކުރިމަތި ލާބަލަ.

  38. ޫުުގގގ

    މިތާ ކޮމެންޓް ކު ރާ މީހުން ސަ ރުކާ ރަށް އެއްޗެހި ގޮވާ، ނިކަމެތި ރައްޔިތުންގެ އާދޭސް އަޑުއަހާށޭ އެޔޭ މިޔޭ ގޮވާ އި ރު، މިބަލީން ސަލާމަތްވާން އެޅޭ އެންމެ ބޮޑު ފިޔަވަޅަކީ ގޭގަ ތިބުން. ސަ ރުކާ ރާ އެކި އިދާ ރާ ތަކުން ކެނޑިނޭޅި ރޮއެ އާދޭސް ކޮށްފަ ގޮވާ ނަގަނީ ގޭގަ ތިބޭށޭ ގޭގަ ތިބޭށޭ! ޢެކަމު މަގުތައް ހަމަ ފުޜިބާ ރުވެފަ. ޢެއްޗެކޭ މީހަކު ކިޔާހެންވެސް ހީނުވޭ.!!

    1
    2
  39. ކައްބެ

    މިކަމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކޮބާ ޕީޖީ އެކަމަކު ރިސޯޓުބޯއިއެއް ފަތާފަ ރަށަކަށް އަރާއިރަށް ހަމަވަގުތުން 14 ދުވަހުގެ މުއްދަތު ޖެހޭ މިވެރިން ކަމެއް ކޮށްފިނަމަ އެއީ 14 ދުވަހުގެ ހޮލިޑޭ .

  40. މޫސަ754

    ހުރިހާދިވެހިރައްޔިތުންވެސް ވިސްނާ! އަދުގެސަރުކާރުން ރައްޔިތުންނާއިދޭތެރޭގަވިސްނާވަރު މިފެންނަނީ އެތައްދިވެހިރައްޔަތުނަނެއް ނުރައްކަލުގެތެރެއައް އެނގިތިބެވައްޓާލިމަންޒަރު މިއީތޯ ސަރުކާރުގެ އޯގާތެރިކަން؟

  41. Anonymous

    އިޓަލީ މީހުން ބޮޑުކަމުން ދިޔާމާ ވެސް އަންނަނީ ރަން. ޖަވާހިރު. އެހެންވީމާ އެމީހުން ގެނައުން މި ސަރުކާރަށް ކިހިނެއް ހުއްޓުވޭނީ!!

  42. ކާޅު

    އަދިވެސް މި ސަރުކާރުން ބަލަނީ ދީނައް ފުރައްސާރަ ކުރެވޭތޯ