ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ ގެ ރީޖަނަލް ކޮމާންޑަރުން އާއި އިލެކްޝަން ކޮމިޝަނުން ބައްދަލު ކޮއްފިއެވެ.

މި ބައްދަލުވުމަކީ މި އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަނުން ފަރާތުން ބައިވެރިވީ އެކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް އެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓާސް ރަޖިސްޓްރީ އެކުލަވާލުމަށްޓަކައި މަސައްކަތް ފަށާފައިވާއިރު އިލެކްޝަން އިން ވަނީ ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި މަޝްވަރާތައް ކުރަން ވެސް ފަށާފައެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، އަންނަ މަހު ވޯޓާސްް ލިސްޓް އިއުލާނު ކުރިޔަސް ރީ ރަޖިސްޓްރޭޝަން ހުޅުވާލާނީ ޖޫން މަހުގައި ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އީސީން ކުރަމުންދާ އިދާރީ މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށްވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ.

އިންތިހާބަށް ގިނަ ދުވަސްތަކެއް އޮއްވައި ވޯޓާސް ލިސްޓް އިއުލާން ކުރަން ނިންމީ އެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ވަގުތުު ދިނުމުގެ ގޮތުންކަމަށްވެސް އަކްރަމްވަނީ ވިދާޅުވެފައެވެ.

އަންނަ މަހު ވޯޓާސް ލިސްޓު އިއުލާންކުރަން ނިންމާފައިވާ އިރު، އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް ވެސް އަންނަ މަހު އިއުލާންކުރާނެ ކަން އީސީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު