ސަރުކާރުން ކޮވިޑް-19އާ ގުޅިގެން ކަމެއް ފޮރުވަން މަސައްކަތް ކުރާ ނަމަ، ސާމްޕަލް ނެގި ވާހަކަ ދައްކަންވީ ކީއްކުރަންތޯ ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން އަދި ރައީސް އޮފީހުގެ އަަންޑަރ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިހެން ވިދާޅުވީ، ރާއްޖޭގައި ކަރަންޓީން މުއްދަތު ނިންމުމަށްފަހު ފުރާ މީހުންގެ ތެރެއިން ހައިރިސްކް މީހުންގެ ސާމްޕަލް ދިރާސާކުރުމަށްޓަކާ ނެގި އިޓަލީ ދެ މީހުންގެ ސާމްޕަލް ފައްސިވި (ޕޮޒިޓިވްވި) ކަމަށް ބުނާއިރު، ސަރުކާރުން އެ ދެ މީހުން ފުރުވާލީ ކަރަންޓީން މުއްދަތު ހަމަނުކޮށް ކަމަށާއި އެކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިހުމާލު އޮތްކަމަށް ތުހުމަތު ކުރާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.
"އަޅުގަނޑުމެން އަމިއްލައަށް އައިސް ބުނީ. އަސްލު އެސްއޯޕީ ފޮލޯކުރާ އިރު ސާމްޕަލް ނަގާކަށް ވެސް ނުޖެހޭ. އޭނަ ދިޔަ ފަހުން އޭނަ ސިމްޓޮމެޓިކް ވެގެން ޕޮޒިޓިވްވީއެ ކިޔާފަ ދޫކޮށްލައިގެން ވެސް ތިބެންވީ ނޫންތޯ. އެހެންނަމަވެސް އަޅުގަނޑުމެން އެކަން މި ކުރަނީ، އަޅުގަނޑުމެން ބޭނުމެއް ނެތް، އެއްވެސް ކަމެއް ފޮރުވާކަށް. އަދި އަޅުގަނޑު އަމިއްލަ އަށް ބަލަން." މަބްރޫކް ވިދާޅުވިއެވެ.
ކޭސްތަކާއި ގުޅޭ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކަށް ގުޅައިގެން އޮޅުން ފިލުވާ ކަމަށާއި، ކަމަކާއި މެދު ދޮގެއް ހަދަން ޖެހޭ ދުވަހަކުން މަޤާމުގައި ނުހުންނަވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"އަޅުގަނޑު މިތަނަށް އައި އިރުގައި އައީ އަމިއްލައަށް ފައިލްތައް ބަލައިގެން. ރޭގައި ނިންމާފައި އަޅުގަނޑު އަމިއްލަ އަށް ހޯދައިގެން ގުޅިން މިއަދު ހެނދުނު ގުޅިން އެ ބޯޓުގެ ވެރި ފަރާތަށް. މިކަމެއް ފޮރުވަން އޮތްނަމަ ނުކުރާނެ ނޫންތޯއޭ. އަޅުގަނޑު މިދަންނަވަނީ ސާމްޕަލެއް ނެގި ވާހަކައެއް ތިބޭފުޅުން ކައިރީ ދައްކާކަށް އަމިއްލަ އަށް އިސްނަގައިގެނެއް. ކުރަން ނުޖެހޭ ކަމެއްގެ ވާހަކަ އަޅުގަނޑުމެން ދެއްކީ." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވަނީ ސަރުކާރުން ކަމަކާއި މެދު ދޮގު ހަދާކަމަށް ނުވަތަ އޮޅުވާލާކަމަށް ބުނުމުގެ ކުރިން، ތެދުބަހުން މައުލޫމާތު ކިޔާދޭން ފުރުސަތު ދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ކަމާއި ބެހޭ ފަރާތްތަކުން އަމަލު ކުރަނީ އެސްއޯޕީ އަށް ތަބާވެގެން ކަމަށާއި އެ ޕޮލިސީ ބަދަލުކުރުމަށް ފާޑުކިޔުމަކީ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް މި ބައްޔަށް ފައްސިވެފައިވަނީ 16 މީހެކެވެ. އޭގެތެރެއިން 11 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ.
ދިރާސާކުރަން ސާމްޕަލް ނެގީ އެ 2 މީހުން އެކަނި ނޫންކަމަށާއި ކުރިން ޕޮޒިޓިވް 2 މީހުން ފިޔަވައި އެ ސަފާރީގައި ދެންތިބި އެންމެންގެ ސާމްޕަލް ދިރާސާކުރަން ނެގިކަމަށާއި އޭގެ ތެރެއިން ޕޮޒިޓިވްވީ 2 މީހުން ކަމަށް މަބްރޫކް ބުނީ. ލިޔެފައި ތިޔައޮތީ ދިރާސާކުރަން ސާމްޕަލް ނެގީ އެ 2 މީހުން އެކަނިކަމަށް ދޭހަވާގޮތަށް. މީހުން ދައްކާ ވާހަކަ، ދައްކާގޮތަށް ލިޔަން ނޭނގެންޏާ އެއްޗެހި ނުލިޔެ ތިބެބަލަ.
ދިރާސާކުރަން ނަގާ ސާމްޕަލްތަކުގެ ނަތީޖާ މިލިބެނީ ހާދަފަކަކުންނޭ ދޯ. ދިރާސާ ސާމްޕަލް ޓެސްޓްކުރަން ފޮނުވަނީ ހިންދޫކަރައިގެ ޓުޓިކޮރިންނަށްތޯ. ވަރަށް ދޮގުވަސް ދުވާ އެބަ.
ބަލަގަ، ދިވެހިރައްޔިތުންގެ ޓެކްސްފައިސާއިން ހަރަދުކޮށްގެން ކަރަންޓީން ފެސިލިޓީތައް ހަދާ އެކަން ތަންފީޒުކުރުމުގަ އުޅޭ މީހުނަށް ރައްޔިތުންގެ ފައިސާއިން މުސާރާދޭން ދޫކޮށްގެން އަހަރެމެންތިބޭއިރު މިނުރައްކާތެރި ހާލަތާ އެންމެ އެކަށީގެންވާގޮތަށް “އެސް.އޯ.ޕީ” އެއް ހެދިފަނެތުން އެއީ ކިހާބޮޑު އިހުމާލެއްތޯ؟ އެކަށީގެންވާ އެސްއޯޕީ ހަދަން ދެން ނުކުންނަންވީ އާންމު ރައްޔިތުންތޯ؟ ނޫނީ ނަމެއްގަ ކަން ކުރާ އުސޫލުތޯ އަދިވެސް ސަރުކާރުން ތިގެންގުޅުއްވަނީ؟ ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން ރައްޔިތުންނަށްޓަކައި ކަމެއްކުރާއިރު ތިހާ ދޯހަޅިކޮށް ފަރުވާކުޑަކޮށް ތިކަންކުރީމަ އެހުށަހެޅެނީ އެތައް ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް. ތިޔަ ބުނާ ބަޔަކު އެއާޕޯޓަށް ދަތުރުކުރި ލޯންޗު ދުއްވަން އިންނާނީ ދިވެއްސެއް. އެމީހުންގެ އަތުގަހިފާފަ ލޯންޗަށް އަރުވާނީ ދިވެހި ފަޅުވެރިޔެއް. އެމީހުން އަތްލާފަހުރި ލަގެޖްތައް އުފުލާނީ ދިވެހި ފަޅުވެރިޔެއް. އެމީހުން ޗެކިންކުރުމުގެ ކުރިން ވަންނާނީ ދިވެހިކުދިން ސާރވްކުރާ އެއަރޕޯޓް ކެންޓީނަކަށް. އެމީހުން އަތްލައިގެން އެއަރޕޯޓްގެ ޗެކިންކައުންޓަރާ ހަމަޔަށް ގެންދިޔަ ޓްރޮލީ އެތަނުން ގެންދާނީ ދިވެހި މުވައްޒަފެއް. އެމީހުން ކައުންޓަރަށް ދިއްކޮށްލި ޕާސްޕޯޓުގަހިފާނީ ދިވެހި އަތަކުން. އެމީހުން އިމިގްރޭޝަން ކައުންޓަރަށް ދިއްކޮށްލާ ޕާސްޕޯޓުގަ ހިފާނީ ދިވެހި އަތަކުން. އެމީހުން ޑިއުޓީފުރީގަ ކިތައްފިހާރަޔަށް ވަދެ އެއްޗެހީގަ އަތްލާނެތާ. އަދި އޭއްޗެހި ރީ އެރޭންޖްކުރާނީ ދިވެހި ކުދިބައެއްގެ އަތުން. އެމީހުން އެއަރޕޯޓު އެތެރޭގެ ކެންޓީނަކުން އެއްޗެއްކެއިނަމަ އެ އަތްލި ޓްރޭތައް ނަގަން އަންނާނީ ދިވެއްސެއް. އެމީހުން ދިއްކޮށްލާ ބޯޑިންޕާސް ދެބަޔަށް ބައިކޮށްފަ އަނެއްބުރި ދިށްކޮށލާނީ ދިވެއްސެއްގެ އަތުން. މިދެންނެވި ހުރިހާ ދިވެހި މުވައްޒަފުންވެސް ޑިއުޓީ ނިންމާފަ ދާނީ އާއިލާތައް ކާރިޔަށް. ނުވަތަ ރައްޓެހިން ކާރިޔަށް. ހަމަގައިމުވެސް އޭރަކު އެމީހުނަކަށް ނޭގޭނެ ކޮވިޑަށް ޕޮސިޓިވް ދެމީހަކާ ކޮންޓްކްޓވިކަމެއް. ދެން އެހެންކަމުން މިހާރު މާލެތެރޭގެ ހާލަތު ނުރައްކަލަށް ހުށަހެޅިފަ އޮވެދާނެ ވަރު ވިސްނާލައްވާ.
ކޮންޓެކްޓްވި އެންމެން ޓްރޭސްކުރެވޭނެބާ. މިހާރު އެވީގޮތުން ހާދަ ގިނަބަޔަކަށް ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ހުޅުވާލެވުނީތާ. ތިޔަ ހެދުނީ އިޔާދަނުކުރެވޭނެ ވަރުގެ ބޮޑު މިސްޓޭކެއް. ވީ ކެނޮޓް ފޮގިވް ޔޫ.
އެމީހުން އެޅި ލައިފް ޖެކެޓްތައްވެސް ވާނެތާ
މި ބަލި ޖެއްސީ އިޓަލީން. ފެތުރީ އިޓަލީން. އިޓަލީގަ ހާލަތު އެހާ ނުރައްކާކޯސް އޮއްވާ އިޓަލީން މީހުން ގެނުވާ ބޯޓުވެސް ކެންސަލްނުކޮށް އުޅުނު ޑޮލަރޭ ގެ މައްޗަށް ދައުވާކުރަންޖެހޭ. ލާދީނީ ޑޮލަރޭ ގެ ބަލާވެރިކަން މީ. މިހާރު އެ އުޅެނީ އޮންލައިނުން ޑޮލަރ ހޯދަން ވެގެން. މީހަކު ނޫޅޭ ކުޅިކުޅޭތަން ބަލާކަށް. މީ އިސްލާމީ ގައުމެއް. މި ގައުމުގަ ކުޅިއެއް ނުކުޅެވޭނެ!
ތިޔަ ބޭފުޅާ ނުވަތަ ސަރުކާރުން އެވާހަކަ ނުބުނި ނަމަވެސް، ތިޔަ ޓެސްޓު ހެދީ ދިވެހި ރާއްޖޭގެ ހޮސްޕިޓަލެއްގަ ދިވެހިންނެވެ. އެވަރުގެ ބޮޑުކަމެއް ހިނގައިފިނަމަ މިޒަމާނުގަ ފޮރުވައިގެން ނުތިބެވޭނެއެވެ. އަނެއްކާ ސިއްރުކުރަން އުޅެނިކޮއް ފަޅާ އަރައިފިނަމަ ސަރުކާރައް ލިބޭ ގެއްލުން ބޮޑުވާނެއެވެ. ކުޑަކުދިން ދައްކާކަހަލަ ވާހަކަ ނުދައްކަވާށެވެ. ނޫސވެރިން އެކިޔަނީ ކަރަންޓީން މުއްދަތު ފުރިހަމަ ނުކޮށޭ ފުރުވާލީ، ސަފާރީގައި ތިބި އެންމެންނަކީ ކޮންޓްރެކްޓް ވި މީހުނޭ ކީއްވެހޭ ޓެސްޓު ނުކުރީ، ސިއްހީ މާހިރުން އެބަކިޔާ އަލާމާތް ނުފެނި އެތައްދުވަހަކު އެބަހުރެއޭ. އަލާމާތް ނުފެނި އެބަ ރަނގަޅުވެޔޭ. ކީއްވެހޭ ޓެސްޓުނުކުރީ ކޮންޓްރެކްޓްވި މީހުން. ސިއްހީ މާހިރުންގެ އަޑުއަހަން ޖެހެނީ ވަކި ކަމެއްގަތޯ.
ޢެކަން ފަޅާ ނާރާނެ ގޮތެއް ނެތީމަ. ސާމްޕަލް ނަގަން ދަނީ ދަރުބާރުގޭގަ ތިބޭ މީހުން ނޫން ވީމަ.
ހަގީގަތްވާނީ ހަގީގަތަށް ސަ ރުކާ ރުން އަބަދުވެސް ކޮވިޑު 19 އާއި ގުޅިގެން އާއްމު ރައްޔަތުންނަށް ފަތު ރަމުންގެންދަނީ ދޮގުމައުލޫމާތު އެކަމަކު ނަންވަނީ މަޑިސީލަ ޕު ރޮގު ރާމް މަޑިސީލަގެ ބި ރު މުޅިސަ ރުކާ ރުގަ ވަނީ ގުގުމާލާފަ.
ދެންބުނަގަ ރައީސް ތިމަންނަ އަޑުއަހަނީ ސިއްހީ މާހި ރުންގެ އި ރުސާދޭ ހުސްދޮގު އޭނަ އަޑުއަހަނީ ކެނެ ރީގޭ އި ރުސާދު ދައްކާވާހަކަ .
ސާމްޕްލްނެގީ✓ ޓެސްޓުކުރީ✓ ނަތީޖާ ނުލިބެނީސް ފޮނުވާލީ✓ އެތައް ބަޔަކާ ކޮންޓެކްޓްވީ✓ ނަތީޖާ ޕޮޒިޓިވްވީ✓ ކޮންޓެކްޓްވި އެންމެން ކޮންޓެމިނޭޓްވީ• ރަނގަޅުވާންޖެހޭ ސްޓެޕަކީ ނަތީޖާ ލިބެންދެން އެންމެން ކަރަންޓީނުގައި ބޭތިއްބުން ކަންނޭނގެ! އެނގިވަޑައިންނަވާނީ ތިޔަ ބޭފުޅުންނަށް.
ރާއްޖޭގައި ޓީވީ ޕޮރޮގުރާމެއްގެ ގޮތުގައި ހުށަހަޅަމުންދާ މަޑިސީލައިން ދައްކާ ވާހަކަ އެއީ ތެދެއް ކަމުގައި އަޅުގަނޑުގެ އަތޮޅުގެ ހުރިހާ ރަށްޔަތުން މިއަދުން ފެށިގެން މި ވެރިކަން ނިމެންދެން ގަބޫލުކޮށްފީމެވެ.
ބަލަގަ އެމީހުން އެވާހަކައެއް ނުދައްކަވާނެތޯ
ކުރީގެ ދެމީހުންގެ ވެސް ތިބޭފުޅުނނެއް ނޫނޭ އެންގީ ޕްސިޓިވްވި ވާހަކަ
ސަފާރީން މީހަކަށް ބަލިޖެހިފަ ވަނިކޮށް އެދެމީހުން ޓެސްޓް ކުރުމަށް ނަގާފައިވާ ސާމްޕަލް ގެ ނަތީޖާ ނުލިބެނީސް އަދި 28 ވަނަދުވަހަށް 14 ދުވަސް ހަމަވާ 2 މީހުން ފުރި އިރު ސަލާމަތީގޮތުން އަޅަންޖެހެޭ ފިޔަވަޅު ނޭޅުން.މައްސަލަޔަކީ ފުރުވުން ފޮނުވާލުން މައްސަލައެއްނޫން .އެކަމަކު ފުރުމުގެ ކުރިން ދަތުރު ރޭވިފައިވާ ހުރިހާދިމާލަކަށް އަންގަންވާނެ . ފުރުވަންޖެހޭނީ އެފަރާތްތަކުގެ މައްސަލައެއް ނެތް ނަމަ.
މިމައްސަލާގަ އެބަހުރި ޝައްކުއުފެދޭ ބައިވަރު ކަންކަން. އެމީހުންގެ ސާމްޕަލް މާރޗް 15 ގަ ނެގިކަމަށް ބުނެވޭއިރު އަދި އެންމެ ލަސްވެގެން ވެސް 2 ދުވަސް ނުވަތަ 3 ދުވަސްތެރޭ މިހާރު ކޮވިޑްޓެސްޓުގެ ނަތީޖާ މާލެއިން ލިބޭއިރު އެބުނާ މީހުންގެ ނަތީޖާ ލިބުނީ އެމީހުން ފުރިފަހުންނޭ ބުނީމަ ގަބޫލުކުރަން ދަތި. މީގަ ވެދާނެ އެމީހުންގެ ނަތީޖާ ޕޮސިޓިވް ވިކަން އެނގިފަ އެމީހުން އަވަހަށް ފުރުވާލެވޭނެ ގޮތެއް ނެތިގެން އުޅެނިކޮށް ރަޝިޔާގެ އެބުނާ ފްލައިޓުން އެދުވަހު އެމީހުން ފުރުވާލެވޭނެ ގޮތެއް އެރޭންޖްވީކަމަށްވެސް. ދެން ފުރިފަހުން ނަތީޖާ ލިބުނުކަމަށް ހެދީކަމަށްވެސް. ސައުދީން ނޫސްވެރިޔާ ހަޝޯގީ މަރާލާފަވެސް ފުރަތަމަ ޖެއްސީ ސްޓޯރީ.
މަބްރޫކް ގެ އިހުމާލެއް ނޯވެދާނެ . އެކަމަކު މިބައްޔާބެހޭގޮތުން ޓާސްކްފޯސް އެއް ހެދިފައިވާނަމަ އެބައެއްގެ އިހުމާލު މިކަމުގާ ނެތޭ ނުބުނެވޭނެ.
ވާނެގޮތްތިވަނީ ވަޒީފާތައް މިދެނީ ބުއްޅަބެއާއެކު މަގުމަތީދުވި މީހުނައް ތަނެއްދޮރެއްއިގޭ އެކަތިވެސް ވަޒީފާއަކުނުހުރޭ ސިޔާސީބަލިމަޑުކަމުގެ ސަބަބުންލިބެނީ ގެއްލުން...
ދޮގުހަދަންޖެހުނަސް ކމަބުރޫކުވެސް ވަޒީފާދުލުއްވެސް ނުކުރާނެ މޮޔަނުގޮވާ ވަޒީފާ އާގެން ބޫތުލަިފަ ތިބިބައެއްހުސް
ޓެސްޓްކުރިވާހަކަ ދެއްކީމައޭ މީތިފަޅާއެރީ، އެއްބަސްވެބަލަ މިސްޓޭކެއްހެދުނުކަމަށް. އަދި ބުނެފިއޭ ތިމަންނަ މިތާ ނީންނާނަމޭ ދޮގުހަދަންޖެހިއްޖެއްޔާ، ބަލަ ސިޔާސީ މަގާމު ދީފަ ރައީސްއޮފީހުގަ ތިތިބެނީ ސަރުކާރު ދިފާއުކުރަން، ދޮގުހަދަން ޖެހިއްޖެޔާ ދޮގުވެސް ހަދާނެ، ދުގޮހަދަން މަޖުބޫރުވެސް ވާނެ، ހަމަ ވަޒީފާގަވެސް ހުންނާނެ، މަބުރޫކުތީ މަތިންފައިބާފަ ހުރި މީހެއް ނޫނެއްނު. ކުޑަކުދިން ކައިރީގަ ދައްކާވާހަކަ ނުދައްކަބަލަ.
މަބު ރޫކު ބުނީމެއްނު ކަމެއްފޮ ރުވަން އުޅެންޏާ މި ވަޒީފާ އަކުމިގޮތަށް މިގޮނޑީގަ ނީންނާނަމޭ ދެން އެހެންވިއްޔާ ދޮގުމައްޗަށް ދޮގު ނުބުނެ އަވަހަށް އިސްތިއުފާދޭންވީނު...
ކު ރިންވެސް ބުނިހެން ކަންތިކު ރަނީ އަމާބުނީމަ ފަ ރައްދާ އުސޫލުން. ގެސްޓުން ތެޅޭނެގޮތަކައް ތެޅެންދޫކޮއްލާފަ ފު ރައިގެންދިޔައީމަ ކަ ރަންޓީނު ވާންޖެހެނީ މުއައްޒަފުން. ރައްޔިތުންނައްވު ރެ ޑޮލަ ރެއް މިސަ ރުކާ ރައް މުހިއްމު. ޕެކޭޖު ހެދީ ރިސޯޓު އޯނަ ރުން ރުއްސާ އެމީހުން އަތުން އިންތިހާބައް ލާ ރިކޮޅެއް ހޯދަން. ތިޕެކޭޖަކުން ރިސޯޓު މުއައްޒަފަކައް ޕް ރައިވެޓް ސެކްޓަ ރ މުއައްޒަފަކައް ލިބޭނެ ލޯލާ ރިއެއްވެސްނެތް. ޖާޑީގަ ހު ރިއްޔާ ސިވިލްސަ ރ ވަންޓުންނަށާ އެކްޓިވިސްޓުންނައް މުސާ ރަދޭނެ ނެތިއްޔާ ރައްޔިތުން ބޮޅުގަ ބޮޑެތި ދަ ރަނި އަޅުވާފަ ލޯނުނަގައިގެންވެސް ސަ ރުކާ ރުގެ މުއައްޒަފުންނާ އެކްޓިވިސްޓުންގެ މުސާ ރަދޭނެ. ހި ރރިގާ މެން ރީނދޫ ޓައިއަޅާފަ ސަ ރުކާ ރުގެ މޮޅުވާހަކަ ފަތު ރާތި
އެއްޗެއް ނުފޮ ރުވަ. ޓެސްޓް ހަދާފަ ނަތީޖާ ނުލިބެނީސް ވަގައް ފޮނުވާލީ ކީއްވެހޭ. މީހް ހަފްތާއެއް ކު ރިން މަޖީމަގައް ވެއްޓިފަ އޮތް ބަންގްލަދޭސް މީހާ އޮތީ މަ ރުވެފަ، އެއީ ކޮންބަޔެއްގަ މަ ރުވި މީހެއްހޭ؟ ވީ ކިހިނެއްހޭ؟ މީގެ ފަސްދުވަސް ކު ރިން ރޭގަނޑު މާފަންނު ހުކު ރަދިގޭން ނެ ރިގެން އެގެންދިޔަ މަ ރުވެފަ އޮތް ބަންގްލަދޭސް މީހާގެ ހަގީގަތަކީ ކޮބާހޭ؟ މި ކަންކަން މިހެންވާތީހޭ ކުއްލިގޮތަކައް ރާއްޖޭގަ ހުއްދަނެތި އުޅޭ ހު ރިހާ ބަނގްލަދޭސްމީހުން ސަ ރު
ާކ ރުގެ ހަހަރަދުގަ ފޮނުވާލާނަމޭބުނެ އިސްތިހާ ރުކު ރީ. އެއީ ކޮން ކަމެއް މަތި އަޅަންހޭ؟
ތިމާމެން ލައްކަ ގިނަ މަސައްކަތް ކުރާކަން ދައްކާކަށްނު ސާމްޕަލް ނެގި ވާހަކަ ދައްކަނީ. ކުރަން ނުޖެހޭ ވަރަށްވެސް އެބަކުރަމޭ ތިބުނަނީތާ. އެވަރުންވެސް އެބައެނގޭނު.
ޓެސްޓުގެ ނަތީޖާ ނޭނގެނީސް ފުރުވާލީ ކީއްވެހޭ؟ ސުވާލަށް ޖަވާބުނުދީ އެހެން ގޮތްގޮތުން.ސުވާލު އުފައްދައިގެން ވާހަކަ އޮޅުވާލަނީ ކީއްވެ!
މިފެންނަނީ ސަރުކާަރު މަަތިފަޑީގަ ނާގާބިލު މީހުން ތިބީމަ ނުފެނި ނުދާނެ ކަންކަން