ހަތަރު މީހުންގެ ގުރޫޕަކުން މީހެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހުމަށް ފަހު، މިލިއަނެއްހާ ރުފިޔާ ފޭރިގެންފި އެވެ.

ވެސްޓަން ޔުނިއަންގެ ގޮތްޕެއް ހިންގަމުން އަންނަ އެ މީހާ " މިހާރު ނޫހަށް" ދިން އިންޓަވިޔުއެއްގައި ބުނެފައިވަނީ ނޮވެލްޓީ ބުކްޝޮޕް ކުރިމަތީގައި އޮންނަ މާފަންނު ބެންތެޔޮ ގޯޅިން އޯކިޑް މަގަށް ނުކުންނަނިކޮށް ހެނދުނު 7:30 ހާއިރު ދެ މީހަކު ސައިކަލްގައި ކުރިމައްޗަށް އަރައި ފައިސާތަކުގައި ހިފި ތަނުން އެހެން ދެ މީހަކު ގޮސް އޭގެ ތެރެއިން އެކަކު މޫނަށް ޕެޕާ ސްޕެރޭ ޖެހި ކަމަށެވެ

އަދި އޭނާ ބުނި ގޮތުގައު އެކަން ދިމާވީ ޕާކްކޮށްފައި ހުރި ސައިކަލަށް އަރަން ދިޔަ މަގުމަތީގައެވެ.

" މިއީ ބަޔަކު ވަރަށް ބޮޑަށް ޕްލޭން ކޮށްގެން ކޮށްފައި އޮތް ކަމަށް ބެލެވެނީ،" " މިހާރަށް" ދިން އިންޓަވިޔުއެއްގައި އޭނާ ބުންޏެވެ.

އަދި ފޭރިގަތް ފައިސާއަކީ ޗާންދަނީމަގުގައި އޭނާ ހިންގާ ވެސްޓަން ޔުނިއަންގެ ގޮތްޕެއްގެ ފައިސާ ކަމަށާއި އެތަން ކޮންމެ ދުވަހަކު މެންދުރު ފަހު ބަންދު ކުރުމުން އެ މަސައްކަތް ކުރަނީ ގޭގައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"މިއީ ރޭ ލިބުނު ފައިސާ. މީގެ ތެރޭގައި ހުންނާނެ ޑޮލަރާއި ސިންގަޕޫރު ޑޮލަރާއި ދިވެހި ފައިސާ ވެސް. ހުރިހާ ފައިސާއެއް އެއްކޮށްލީމަ މިލިއަން ރުފިޔާ މީގެ ތެރޭގައި އުޅޭނެ،" އޭނާ ބުންޏެވެ. "އެ ފައިސާ މިއަދު ވެސްޓަން ޔުނިއަނަށް ގެންދިއުމުގެ މަގުމަތީގައި މިކަން މި ދިމާވީ." " މިހާރަށް" ދިން އިންޓަވިޔުގައި އޭނާ ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ތަހުޤީގު ކުރަމުން އަންނައިރު މި މައްސަލައާއި ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނިބެ

    ކޮންތާކުން ޕެޕަރސުޕްރޭ އާންމުންނައްވެސް މިހާރު ޕެޕަރސުޕްރޭ ދީފަތަ ހުންނަނީ!!!!