އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެއްސަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސި ވިލާތަކީ މި ބަލި އެންމެ ބާރަށް ފެތުރެމުން އަންނަ ގައުމެވެ. އެ ގައުމުގައި އިއްޔެ އެކަނި ވެސް 2،855 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 181 ވަނީ އަރައިފައެވެ.

މިހާތަނަށް އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 14,543 އަށް ވަނީ އަރައިފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 759 އަށް އަރައިފައެވެ.

އިނގިރޭސި ވިލާތުގައި ފައްސިވި ދިވެއްސަކީ، އެ ގައުމުގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ ޑޮކްޓަރެއްގެ އަނބިކަނބަލުންނެވެ. އެ ޑޮކްޓަރު ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި ކޮވިޑް-19 އަށް އަނބިކަނބަލުން ފައްސިވީ ރޯގާގެ އަލާމާތްތަކެއް ޓެސްޓްކޮށްގެން ބެލުމުން ކަމަށެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި އަނބިކަނބަލުން މިހާރު ހުރީ ސެލްފް އައިސޮލޭޝަންގައެވެ. އަނބިކަނބަލުންގެ ހާލު ސީރިއަސް ނޫން ކަމަށާއި، ފަރުވާދިނުމުގެ ސަބަބުން ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.

"މިހާރު ގޭގައި މި އުޅެނީ އެކަހެރިވެގެންނެވެ،" ޑޮކްޓަރު ލިޔުއްވި ޕޯސްޓުގައިވެއެވެ.

ޑޮކްޓަރު ވަނީ ކޮވިޑް-19 ޖެހުނު މީހުންނަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަތާ މިހާރު ދެ ހަފްތާވި އިރު، އެ ބަލި ގެއަށް ގެނައީ އޭނާ ކަމަށް ވިދާޅުވިއެވެ. ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރެގެން ޓެސްޓުތަކެއް ހެދި ކަމަށް ޑޮކްޓަރު ވިދާޅުވި ނަމަވެސް، އޭގެ ނަތީޖާއަކީ ކޮބައިކަން އޭނާ ވިދާޅެއް ނުވެއެވެ.

އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެއްސަކު، ކޮވިޑް-19 އަށް ފައްސިވި އިރު، އެ ގައުމުން ރާއްޖެ އައި ދިވެއްސަކު ވަނީ ބައްޔަށް ފައްސިވެފައެވެ. އެކަމަކު ރާއްޖެ އައުމާ އެކު އޭނާ ހުރީ ކަރަންޓީންގައި ކަމަށްވުމުން، އޭނާގެ ފަރާތުން ބަލި ފެތުރުމުގެ ދޮރު ވަރަށް ކުޑަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ޔޫއޭއީގައި ވެސް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްކަމަށް މީޑިއާގައި ހަބަރު ފެތުރުނެވެ. އެކަމަކު، ދިވެހި ސަރުކާރުން އެކަށް އަދި ކަށަވަރުކޮށެއް ނުދެއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ 16 މީހަކު މިހާތަނަށް ވަނީ ފެނިފައެވެ. އޭގެތެރެެއިން ގިނަ ބަޔަކު ރަނގަޅުކޮށްފައިވާ އިރު، ފަރުވާދެނީ މަދު ބަޔަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ރުފިޔާ އެކަނި އެއްޗަކީ މިހާރު

  އަވަހައް ގެންނަން އުޅެމާ ހިނގާ ދެން.

  5
  24
 2. މުހިންމު

  ދެން އޭނަގެނޭ މިގައުމަށް މިގައުމުގަތިބި ރައްޔިތުންގެ ލޭބޯ ސަރުކާރު މުޅިދުނިޔެ ގޮވަމުން އެދަނީ އެއްތަނުން އަނެއްތަނަށް މީހުން ދަތުރުނުކުރުމަށް މި މުސީބާތަށްވުރެ މިގައުމުގާ މިވެރިކަންކުރާ ލާދީނީ ޔަހަުދީ ބައިނޑުގެ ގެ ނުރައްކާ މުޅިދުނެއަށްވެސްބޮޑު އިއްޔެ އެނަގާލީ 360މީހުން މިމުސީބަތަށް ހުށައެޅިގެންދިޔައީ މި މަކަރުވެރި ގައްދާރުންގެ ސަބަބުން މިކަމުގަ މިމީހުން ޒިންމާ ނަގަންޖެހޭނެ އެ އެއާލައިނުން މިމީހުންނާމެދު ދައުވާކުރާނެ ބަލންތިބޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ މިނުބާ ފާސިދިންގެ އަނިޔާވެރިކަމާ ކޮރޯނާ 19އިން މިގައުގެ ރައްޔިތުން ސަލާމަތްކުރައްވާ އަޅމެންނަށް މިއަށްވުރެ ރަނގަޅު ގޮތެއް މެދުވެރިކުރައްވާންދޭވެ އާމީން

  36
  18
  • ޢަމަލު

   ސުބުހާނަﷲ މީކިހިނެއްވާ މުސްލިމުގައުމެއް. ބަލަކަލޭމެން ގެ އީމާންތެރިކަމާމެދު ސުވާލުއުފެދޭ. އޭނަގެ ފިރިމީހާއަކީ ޑޮކްޓަރެއް އެތަނުން އޭނަފަރުވާހޯދާނެ. ޢެހެންނޫނަސް ޕްރޮޓކޯލްއާއި ހިލާފަށް އެއްވެސް ޕޮޒިޓިވް ކޭސްއެއް ބޯޑަރު ހުރަހެއްނުކުރާނެ. ގަމާރުންގެގޮތުގައިތިބެ ކޮވިޑް ކެވުނިއްޔާ އިނގޭނެތަ. ﷲއެ މީހާއަށް ޝިފާމިންވަރު ކުރައްވާ މިތިބަ މީހުންވެސް މިބަލިން ރައްކާތެރި ކުރއްވާށި

   32
   1
   • ވިސްނާ

    ކަލޯ އޭނަގެ އަންހެނުން ޑަކްރަރަށްވީމަ އޭނަ ޕޮޒިޓިވް ނުވާކަމަށް ވާނެތަ ދެންކީއްވެ ތިހާމޮޅިއްޔަމުން އޭނަ އަންހެނުން ކޮވިޑުން އޭނަ ރަނގަަލުނުކުރީ ތިކަހަލަ މިހުންގެ ސުންޕާކަމުން މުޖުތަމައު ފަސާދަވަނީ އެމެރިކާ އިޓަލީ ޑރ ންނާ ލާރިޔަ ވަސީލަތްތަށް ހުރެގެން ކިއްވެތަ މީހުމްމަރުވަނީ ﷲ އެމީހާ އަށް އަވަސް ސިފާއެއްދެއްވާ މިގައުމުގެބއެންމެހާ އަދި ކަލެޔާ ރައްޔިތުން މި މުސީބާތުން ސަލަމަތް ކުރައްވާންދޭވެ

    7
    7
    • Anonymous

     ބަލަ ޕޮޒިޓިވް ވާމީހުން ބޯޑަރު ހުރަސްނުކުރާނެ. މިވައިރަހުން މަރުވާންހުރިއްޔާ ކަލޭ ފޮއްޓަކަށް އެރިއޮތަސް ބައްދަލުކުރާނެ. ޢިންޓަނޭޝަނަލް ބެސްޓްޕްރެކްޓިހޭ ކިޔާއަޑު ރޭޑިއޯއަކުންވެސް ކަލޭ އަހާފައިވާނެހެނެއް ހިއެއްނުވޭ. މައިތިރިވެ ގޭގަ އިނދޭ. ޢިރާދަކުރެއްވިއްޔާ ކަލޭރައްކާތެރިކުރައްވާނެ. ކަލެއާމެދު އަޖާބުވެއްޖައިން.

 3. ޢެދުރުދައިތަ

  ޢަވަސް ޝިފާ އެއއ އް ދެ އްވާށި.

  53
  2
 4. ދިވެހި ރައްޔިތުންގެ ފަރާތުން

  އެ އުޚްތަށް، ﷲގެ ޙަޟްރަތުން ފުރިހަމަ ޝިފާއެއް މިންވަރު ކުރައްވާށި! އާމީން

  36
 5. ފަޔާ

  ސަރުކާރުންތަ މީހުންގެންނި ކޮންމެމީހަކުވެސް މިހާލަތުގަ ބޭނުންވާނެ އެމީހެއްގެ އާއިލާ ކައިރީހުންނަން ތިއަނގަ ތަޅުވާ މީހާވެސް ބޭނުންވާނެ މިވމ

  2
  2
 6. ރޮޒައިނާ

  މެލޭޝިޔާގަ ތާށިވެފައި.. ނުވެސް އާދެވޭ ފްލައިޓެއްނެތް..

  އަތުގައި ލާރި ހުސްވަނީ.. އެމްބަސީން ބުނީ އަދި ވަކި ގޮތެއް ނުނިންމަޔޭ..

  ދެން ހަމަ އެކަނި އާއިލީ މީހުންގެ ހާލު ބެލިޔަސް ނުފުދޭ.. ދޯ..

  ޔޫކޭ އެމްބަސީން ދަރިޔަށް ވަޒީފާދީގެން ސަރުކާރުގެ ޚަރަދުގައި އުޅޭހެން ނުވާނެ ދޯ އާދައި ގެ މީހުންނަށް..

  މިތާގަ ބައިވަރު ދިވެހީން ނާދެވިފަ އެބަތިބި.. ވާނުވާ ނޭގޭ.. ވަރަށް ބާރަށް އެބަ ފެތުރޭ.. ނަސީބަކުން މިސަރަހައްދުގައި އަދިނެތް..