ރާއްޖެއިން ކޯވިޑް-19 އަށް ފައްސިވި ފުރަތަމަ ދިވެހި މީހާ އއ. ވެލިދޫ އައިލެންޑް ރިސޯޓުގައި ހުރި އައިސޮލޭޝަން ފެސިލިޓީ އަށް ބަދަލުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ ހޮލިޑޭ އައިލެންޑް ރިސޯޓުގެ ކަރަންޓީނު ފެސިލިޓީގައި ހުރި އެ މީހާ ވެލިދު އަށް ބަދަލު ކުރީ ރޭ 12:30 ހާއިރު ކަމަށެވެ. އެމީހަކީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ކަމާބެހޭ ފަރާތްތަކުން އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ހާލު މިހާރު ރަނގަޅެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މިވަގުތި ވެލިދޫ ކަރަންޓީނު ފެސިލިޓީގައި ތިބީ ކޮވިޑް-19 އަށް ފައްސިވި ތިން މީހުންނެވެ. އެއީ ދިވެހި މީހާގެ އިތުރުން ދެ ބިދޭސީންނެވެ.

މީގެއިތުރުން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމަތްތައް ހުރި ދެ މީހުންނާއި، ފުރަތަމަ ޓެސްޓު ނައްސިވެފައިވާ ދެ މީހުން، އަދި ދެ ޓެސްޓުން ނައްސިވެފައިވާ ޖުމްލަ 13 މީހުން އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހާއާ ކޮންޓެކްޓްވި މީހުން ހޯދަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، އިނގިރޭސިވިލާތުން ރާއްޖެ އައި މީހެކެވެ. އޭނާ މި މަހުގެ 22 ވަނަ ދުވަހު ރާއްޖެ އައި ގޮތަށް ހުރީ ކަރަންޓީންކޮށްފައެވެ.

އަމީން ވިދާޅުވީ، އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އޭނާއާ ބަޔަކު ކޮންޓެކްޓްވިތޯވެސް ނުވަތަ ނޫންތޯ ވެސް ބެލޭނެ ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވި ދިވެހި މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބްރޯ

    އައި ގޮތަށް ކަރަންޓީނުގަ ކޮންޓެކްޓް ވި މީހުން ނޭގެނީ ކީއްވެ ؟ ފްލައިޓް/ އެއާޕޯޓް/އިމިގްރޭސަން/ ކަރަންޓީނު ކުރަން ގެންދެވޭ މިފަދަ މީހުން ރާއްޖެ އަންނަހިސާބުން ފެށިގެން ކަރަންޓީނުގާ ބަހައްޓާތަނަށް ދިއުމާހަމަޔަށް ބައްދަލު ވާހުރިހާމީހުން ވަގުތުން ނޯޓްކުރެވިފާ ހުންނަންވާނެ އައޑީ އާ ފޯނުނަމްބަރ އޭރުން މީހާއަށް ބަލިޖެހިފައިވަކަމަށް ޓެސްޓުން ފެނުމާއެކު އެފަރާތްތަށް ޓެސްޓް ކުރަން އަވަހަށް މަގުފަިހުރެވޭނީ

  2. ވަކިމީހަކައް ވަކިގޮތެއް

    އެއީ ކޮންނަމެއްކިޔާ ކޮންރަށަކު މީހެއްބާ މިހެންމި އަނހާލީ ބައެއްމީހުން ކަރަންޓީންކުރީމަ އެމީހާގެހުރިހާ ވަނަވަރެއް އަދާކުރި ވަޒީފާއައްދަންދެން އެބަހާމަކުރޭ ވަކިމީހަކައް ވަކިގޮތެއްނަހަދާ ތިތަފާތުކުރުން ނުގެންގުޅެބަލަ

  3. ތެޮއްޓޭ

    ކޮނަފައްސި އެކޭތަ މިކިޔަނީ މީހުންނަށް އޮޅުން އަރުވަން ، މިވަގުތު ނޫހުން އެކަނި ފައްސި ، އައްސިވަނީ

    10
  4. ޚުރ9

    ބަޔަކަށް ތިވައިރަސް ޖައްސަން އުޅޭހެން ހާދަހީވޭ! ކަރަންޓިންގަ ހުރި މީހަކު އެހެންތާކަށް ބަދަލުކުރީ ކީއްވެތަ؟ ށަރުކާރުން ތިކުރާކމތިކުރާކަމެއް ނޭނެގެ!

    3
    4
  5. ޙޭލާ

    ދީނީ އިރުޝާދުތަކުގައި އޮވޭ ބަލިކަން ފެތުރޭނަމަ އެރަށަކަށް ނުދިއުމަށް، އަދި އެފަދަ ރަާެއްގައި ތިބިނަަމަ އެތަނުން ނުފޭބުމަށް، ދެން ކީއްކުރަން ޤައުމުން ބޭރުގައި ތިބި ދިވެހިން ގެންނަން ސަރުކާރުން ހޭބޯނާރާ މިއުޅެނީ، ވެރިންގެ ދަރިން ތިބީތަ! ޥަކިކަމެއްގަދަ ދީނީކަންކަަމަށްބަލނީ

    • އަޖައިބު

      ދެން ބޭރުގަ ދިރިއުޅޭ ފަރާތްތައް މަރުވާން ދޫކޮށްލަން ވީތޯ؟ ދީނު ގަ އޮވޭ އެއްބަޔަކު އަނެއް ބަޔަކަށް އެހީވާން ވެސް، އެއްފަޅިންތޯ ދީން ވެރި ވަނީ?‍♀️