އަވައްޓެރި ސްރީލަންކާގައި ކޮވިޑް-19 ފެތުރުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އެޤައުމުގެ ދިރިއުޅޭ ދިވެހި އާއިލާއެއް ހާލުގައި ޖެހިއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ލަންކާއަށް ކިޔަވަން ގޮސް ހުރި ދިވެހި ދަރިވަރަކު "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން ލަންކާގެ ހާލަތު "ހީނުކުރާހައި ގޯސް" ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހި ގިނަ އާއިލާތަކެއް ހާލުގައި ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނެފައިވާ ގޮތުގައި ކޮވިޑް-19 ފެތުރެމުންދާތީ ލަންކާގައި ކާފިއު އިއުލާނުކޮށް އާންމުން ގެއިން ބޭރަށް ނިކުތުން މަނާކޮށްފައި އޮތުމާއި އެކު ފިހާރަތަކާއި ސުޕަމާކެޓްތައް ބަންދުކޮށްފައި ހުރުމުން ކެއުމަށް ބޭނުންކުރާ ތަކެތި ހޯދުމަށްވެސް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން "އެކި ތަންތަނަށް ގުޅައިގެންވެސް މިހާތަނަށް ހައްލެއް ލިބިފައި ނެތް" ކަމަށް އޭނާ ބުންޏެވެ.

މައުލޫމާތު ދިން ފަރާތުން ބުނެފައިވާ ގޮތުގައި ލަންކާގައި އެ އާއިލާއަށް ކުރިމަތިވެފައިވާ ދަތިތަކާއި ގުޅިގެން ހައްލެއް ހޯދުމަށް އެކި ފަރާތްތަކަށް ގުޅާތާ މިހާރު ވަނީ ތިން ދުވަސް ވެފައެވެ. އެގޮތުން ބައެއް ތަންތަނަށް ގުޅުމުން، "ޚިދުމަތް ދެނީ ހަމައެކަނި ލަންކާ ރައްޔިތުންނަށް ކަމަށް" ބުނާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ގޭތެރޭގައި ތާށިވެފައި ތިބޭތާ މިހާރު ހަތަރު ވަރަކަށް ދުވަސް ވެއްޖެ. ކާއެއްޗެއް ގަނެވޭނެ ގޮތެއްވެސް ނެތް. ގޭގައި ގަނެފައި ހުރި ކާއެތިކޮޅުވެސް ހުސްވެ ހާލުގައި ޖެހިއްޖެ. ގިނަ ތަންތަނުން ފޯނެއް ނުނަގާ. ޑެލިވަރީ ޚިދުމަތެއް ނުލިބޭ. ބައެއް ތަންތަނުން ބުނަނީ ޑެލިވަރީކޮށްދެވޭނީ ހަމަ އެކަނި ލަންކާ މީހުންނަށް ކަމަށް،" މަޢުލޫމާތުދިން ފަރާތުން ބުނެފައި ވެއެވެ.

އޭނާ ބުނިގޮތުގައި ކުޑަކުދިންނާއި އެކު ލަންކާގައި ދިރިއުޅެމުންދާ ދިވެހި ގިނަ އާއިލާތަކަށް މި ހާލަތު ކުރިމަތިވެ ކުދިންނަށް ބޭނުންވާ ކާނާ އާއި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. އަދި އެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު މިހާރު ބޭނުންވަނީ އެނބުރި ޤައުމަށް އާދެވޭނެ ގޮތެއް ހަމަޖެހިގެން ދިއުން ކަމަށް އޭނާ ބުނެފައި ވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ލަންކާގައި ކާފިއު އިއުލާނުކޮށްފައި އޮންނަތާ ހަފްތާއެއްހައި ދުވަސް ވެއްޖެއެވެ. ކާފިއު އިއުލާންކޮށްފައިވާ ވަގުތުތަކުގައި ކުއްލި ހާލަތެއް މެދުވެރިގެން ނޫން ގޮތަކަށް މަގުމައްޗަށް ނިކުތުމަކީ މަނާކަމެއް ކަމަށް ސްރީލަންކާގެ ފުލުހުން ވަނީ ބުނެފައެވެ.

ލަންކާގައި ކޮވިޑް-19 ފެތުރެން ފެށުމުން އެޅި ފިޔަވަޅުތަކާއެކު އެޤައުމުގެ ގިނަ ސުޕަމާކެޓްތަކާއި ފިހާރަތައް ބަންދުކޮށްފައި ވާއިރު، ގިނަ ފިހާރަތަކުން ތަކެތި ހުސްވަމުންދާ ކަމަށް ވެސް ވެއެވެ. އަދި ކާފިއު މެދުކަނޑާލާ ވަގުތުތަކުގައި ވެސް ފިހާރަތަކަށް ވަދެވޭ ކަސްޓަމަރުންގެ އަދަދު ލިމިޓުކޮށްފައި އޮތުމާއި އެކު އެތަށް ހާސް ބަޔަކު ބޭނުންވާ ތަކެތި ގަންނަން ގޮސް ފިހާރަތައް ކައިރިއަށް ޖަމާވާތީ، ގިނައިރުތަކެއް ވަންދެން ފިހާރަތައް ކައިރީގައި ކިޔޫ ހަދައިގެން ތިބެން ޖެހެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ލަންކާގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެއަށް ގެނައުމަށް ޗާޓަރު ފްލައިޓެއް ބޭއްވުމަށް މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ވަކިވަކި ފަރާތްތަކުން ޗާޓަރުކޮށްގެން އޮޕަރޭޓްކުރަން ހުށަހަޅާ ފްލައިޓުތަކަށް ހުއްދަ ދިނުން މެދުކަނޑާލައިފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ފަހުން ވަނީ ވިދާޅުވެފައެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އެކި ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުން ވައިގެ ދަތުރުފަތުތައް ހުއްޓިފައިވާ ގައުމުތަކުގައި ތިބި ދިވެހިންގެ ހާލަތު ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ބަލަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

65 ކޮމެންޓް

 1. އަން

  މިހާލަތައް ލަންކާ ދިޔައީ ކުއްލިޔަކަށް ނޫން. ފަހަރަކު ފިޔަވަޅަކުން ފިޔަވަޅަކުން ގޮސް މިހާހިސާބައް ދުނިޔެވެސް ގޯސްވީ. ކުރީކޮޅުގައި ފަރުދީޒިއްމާ އަދާކުރިނަމަ މިހެން ނުވީސް. ސަރުކަރުން ބުނި ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ހައިކޮމިށަނުގައި ނަންނޯޓްކޮށްގެން އަންނާށޭ. އެކަމަކު އައްޑިހަފަސް އިންސައްތަ މީހުން އަބުރާއައީ އަންގާލުމެއްވެސް ނެތި.

  182
  14
  • ރާއްޖެ

   ލަންކާއިން ކިޔެވޭ ހުރިހާއެއްޗެެއް ރާއްޖޭން މިހާރު ކިޔެވެން އޮންނައިރު މާމޮޅުކަމެއްކަމަށް ދެކިގެން ބުދަށް އަޅުކަންކުރާ ގައުމަކަށް ހިޖުރަކޮށްގެން އުޅެންޏާ ތިކަހަލަ ކިތަންމެކަމެއް ދިމާވާނެ. ބުދަށް އަޅުކަންކުރާ މީހުންގެ ނުހުންނާނެ އެއްވެސް އިންސާނިއްޔތުކަމެއް.

   77
   16
   • ލަޔާން

    ވަރަށް ބޮޑު ތެދެއް... އަޅުގަނޑު މީގެ އެތައް އަހަރެއް ކުރިން ލަންކާގަ އުޅުނުއިރު ދޭތެރެއަކުން ސިންހަޅައިންނާ ތަމަޅައިން ފައިޓެއް ދޭނެ... ކޮންމެ އަހަރަކު ކުރިމަތިލުމެއް ހިންގާ... ކުރުމަތިލުން ހިންގާ ދުވަސްކޮޅު ގޭގަ ހުންނަން ޖެހެނީ....

    19
    1
   • ގޯޓާ

    ލަންކާ އަށް އެންމެން ދަނީ ކިޔަވަންތަ؟ބޭސް ފަރުވާއަށް ކިތައް މީހުން ގޮސް ތިބެނީ

    1
    1
  • ކިނބޫ

   ކުރީ ސަރުކާރު ކުރީ ސަރުކާރު. މިހާރު ނުވާނެ ތިކަހަލަ ކަމެއް.

   4
   1
  • އެމްޑީޕީ ބުރޯ

   އެމީހިން އެއުޅެނީ ހާލުގަޖެހިގެނެއްނޫން! އެއުޅެނީ އެތަނުގަ ކޮވިޑް19 ވަރަށް ބާރުމިނުގަ ފެތުރެމުންދާތީވެއާއި މިވަގުތު ސްކޫލް ތަކާއި ކޮލެޖްތައް ބަންދުވެފަ ހުރީމަ ޗުއްޓީހަދާލަން ރާއްޖެޔަށް އަންނަން! މި ދިވެހިރާއްޖެޔަކީ އެމީހުންގެ ސެކަންޑް ހޯމް

   15
   5
 2. ލާމު

  މި ވަގުތު އެންމެ ރައްކާތެެރި ގޮތަކީ އެބަޔަކު ތިބި ތަނެއްގައި ތިބި ޙާލަތެއްގައި ތިބުން. ﷲ އީ ހުރިހާކަމަކަށް ކުޅަދުންވަންތަ ކަންތައްތައް މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެ. މާތް ﷲ އަޅަމެން އެންމެންނަށް ކެތްތެރިކަން ދެއްވާށި...

  187
  5
  • ކިއާން

   އާމީން

   23
   1
 3. ދުންމާރި4

  އެމްޑީޕީ ސަރުކާރުން ލަންކާގެ ހައިކޮމިޝަނަރަކަށް ހަމަޖައްސާފައިވަނީ މީގެ ކުރިން ޑުރަގު މައްސަލަ ޖެހިފައިވާ ލަންކާއަށް ނިސްބަތްވާ ދިވެއްސެއް އެހެންވީމާ ލަންކާގަ ދިރިއުޅޭ ދިވެހި އާއިލާތައް ހާލުގަ ޖެހުންދީގެން ނުވާޏެ ދައުލަތުން ބޮޑު ޚަރަދުކޮށްފަ އެމްބަސީތައްހަދައި އެތަށް މުވައްޒަފުންނާ ވަސީލަތްތައް ޤާއިމުކުރަނީ އެތަނުގަ ދިރިއުޅޭ ރައްޔިތުންނަށް އެހީތެރިވުމަށް ބަޔަކު ކާލައިގެން އަރާމުގަ ދެއަތް އުރާލައިގެން ސަރުކާރުގެ ޚަރަދުގަ ދެކޮޅަށް ދުއްވާކަށްނޫން ލަންކާގަ ދިރިއުޅޭ ދިވެހިންނަށް ލަންކާގަ ހުންނަ އެމްބަސީން އެހީތެރި ނުވަންޏާ އެމްބެސެޑަރު އަދި އިސް މުވައްޒަފުން އަވަހަށް އިސްތިއުފާދިނުމަށް ގޮވާލަން

  171
  7
  • ހަބޭސް

   ވަރަށް ތެދު ވާހަކަފުޅެއް.

   43
   1
 4. މުމްތާޒު

  ދިވެހި އެމްބަސީ އަށް ގުޅީމަހުރިހާ ކަމެ އް ހަމަޖެހޭނެ ކަމަށް ބުނެފަވަނީ. ފޮރިންމިނިސްޓަރ ބުނަނީ ހާލުގަ ޖެހިގެން އެއ އްވެސް އާއ އިލާ އަކުންނުގުޅާ ކަމަށް.

  90
  16
 5. ސާނީ

  އަދިވެސް ދާތި ލަންކާއަށް މަށަ ދިިރިއުލެވޭނެއޭ ކިޔާފާ......
  މި ދިވެހިރާއްޖޭ ކުޑައީތައް......................

  85
  17
 6. ހަސަނު

  މީ ކަނޑައެޅިގެން ދޮގެއް. މަވެސްމީ ބަޔަކު ލަންކާގަ ބަހައްޓައިގެން އުޅޭ މީހެއް އަދި މަގޭ ބައިވަރު ރައްޓެހިންވެސް އެބަތިބި ތިހާވަރެއްނުވޭ،

  67
  15
  • ކޮއްކޯ

   ކާ އެއްޗެއް ގަންނަން ބޭރަކަށް ނުނިކުމެވޭ. ފިހާރަތައް ބަންދު. ނޯޓްރާންސްޕޯޓް. ދެން ކޮބާތަ ހާލުގަ ޖެހުމަކީ؟

   2
   1
 7. ޚާލިދު

  ހުސް ދޮގުު. ހުސްދޮގު އަހަރެންގެޢާއިލާވެސް ލަންކާގަ

  59
  12
 8. ޙަލާލް

  ހާދަދޮގެކޭ ތިހަދަނީ

  53
  15
 9. ޑީ

  އެއީ ތެދެއް. ހުރިހާ ސަރަހައްދަކުން ފަސޭހައެއް ނޫން. އަދި މާލެ ދެވޭނެގޮތެއްވެސް ނެތް. ކިއްތޯވާނީ ސަރުކާރުން ކުދިންގެނެވޭނެ ގޮތެއް ހަމަޖައްސާ ދިނީޔާ

  43
  20
 10. ފުުއްްޕިި

  އަދިވެސް ގޮސްތިބޭ ތިތަންތާ ވަރަށް ރަނގަޅު ވެއްޖޭއްނު

  41
  10
  • ނަމަ

   ކޮންމެތާކު ހުރިއަސް ކަމެއްދިމާވެދާނެދޯ

   24
   2
  • އައްދޭ

   ހީވަނީ އަޗާ ތަޅަން ގޮސް އުޅޭ ތަނެއް ކަމަށްތަ ލަންކާ އަކީ. މަޖުބޫރު ވެގެން ދަނީ. ތަންދޮރު ނޭގޭ އިރު އަނގަ ނުތަޅާ

   4
   2
 11. އަޙްމަދު މ

  މުޅިއަކުން ތި ކުއްޖާގެ ވާހަކަތަށް ޤަބޫލު ކުރެވޭކަށްނެތް. ލަންކާ އޮތީ ކާމިއުގަކަން ނޭގޭ އެއްވެސް ރައްޔިތަކުވެސް އަދި ދިވެއްސަކުވެސް ނުހުންނާނެ. އެއްޗެތި ގަންނަން ފުރުޞަތު ހުޅުވި. ތިވާހަކަ ތަކަށް ބަލާއިރު ދެވިފައިވާ އިރުޝާދުތަކަށް ޢަމަލު ކުރެވިފައި ނުވޭ. އެއްދުވަހަށް ބޭނުން ވާ ސާމާނު ގަނެގެން ހުރުމުން ލިބޭ ގެއްލުން ތިޔަ ފެންނަނީ. ދިވެހިންނަށްވެސް އެގެންޖެހޭ ކާރިސާތަކުގައި ކަންތަށް ބަހައްޓަންޖެހޭ ގޮތް. އެއް ޤައުމަކުން ބައްޔެއް ފެތުރިދާނެތީ ކޮންމެ ގޮތެއް ވަރިހަމަ ވެފައި ނުތިބޭނެ. އެކަން ކަމަކީ މި ދިވެހި ޢާއިލާއަށްވެސް ރަގަޅަށް ނިންމިފައި ހުރި ނިންމުންތަށް.
  ރަގަޅު. ރާއްޖޭގެ އެމްބަސީން އެބަހުރި ބައެއްމީހުން ގުޅަން އުޅެއުޅެ ނުގުޅިފަވެސް. އަދި ލަންކާ ސަރުކާރާ ރަގަޅަށް ނެގޯޝިއޭޓު ކުރުރެވޭކަންވެސް އެބަ އެނގޭ. ތެދުވާހަކައެއް އެބުނާ ނަމްބަރު ތަކުން ޖަވާބެއް %95 ރެސްޕޮންޑެއް ނުކުރޭ. އެއީ އެމްބަސީން ދިވެހީންނަށް ފޯރުކޮއްދިނުމަށް ބޭނުންވާ އެހީ ފޯރުކޮށް ނުދެވޭތީ ދިމާވެގެން އުޅޭ ކަމެއް.

  45
  3
  • ޕަކޭ

   ދެން ކިތައް ހަފްތާގެ ސާމާނުތަ ގަންނަންވީ؟ގިނަ ފިހާރަ ތަކުން ވިއްކީ ކޮންޓްރޯލްކޮށް. ގިނަ އެއްޗެހު ހުރީ ހުސްވެފަ. 4 ގަޑި އިރު ކިއުގަ ހުރެގެން ވަދެވުނު އިރު. މަހުގެ ފަހުކޮޅު. 6 މީހުންގެ މަސް ދުވަހުގެ ކޮއްތު ފައިސާ ކޮންތާކުން ނެރެނީ. ހޭޖެހޭ ވާހަކަ ދައްކަ ބަލަ. މާބޮޑަށް އެނގި ގަނެގެން ނޫޅެބަލަ

   1
   2
 12. ހައްގާނިއްޔާ

  މިއީ ދަތި އުނދަގޫ ދުވަސްވަރެއް. އެކަމު ހަބަރު ތިޔަ ލިޔެވުނީ ތަންކޮޅެއް ކަން ބޮޑުކޮށް. ހީވަނީ ތިޔަ ގުޅީ ރައްޓެއްސެއްހެން. އެހެން ޤައުމުތަކުގަވެސް ދިވެހިން ހަމަ އުނދަގުލުގަ އެބަތިބި. ހެޔޮނުވާނެ މިދުވަސްވަރު ނޫސް ތަކުން ތި ސަކަރާތް ހުއްޓާލަބަލަ.

  42
  7
 13. ހުސޭނުބޭ

  ކޮބައިތަ އުދުހޭ ޝާހިދު! އެއީވެސް އަނގައެއް އެކަނި އޮންނަ މީހެއް!

  42
  7
 14. ފާތުމަތް

  ކާފިއު އިއުލަނުކުރީ މިދިޔަ ހޮނިހިރުދުވަހުން ފެށިގެން. އަނގާރަދުވަހު ހެދުނު 6 ކުން މެންދުރު 2 ކާފިއުނެތް. އެންމެންނިކުމެ އެޗެހިގަތީ ކިއުގަތިބެގެން. ދުރާލާ އެޗެހުގަނެ ގެޔައް ވަންދަންވާނެނު، އަދި އެކިހިސާބުތަކައް ވެޖިތަބަލް ލޯރީތައްގޮސް އެޗެހިވިއްކާހަދާ . މިއަދު މުޅިދުނިޔެމިއޮތީ މިހެން. ހިތްވަރު ކޮއް މާތްކަލާގެޔާވަކީލް ކޮއް ލިބެންހުރި އެޗެކުން ކައިގެން ތިބިތަނުގަތިބުން މިއަދު ބުއްދިވެރީ. ތިބަޔަކު ތިހާހާލުގަ ޖެހުނިންޔާ އެންބަސީ އެހީ ވަންވާނެ. ނުވީ ކީއްވެބާ. އެނަބަސީއައް ގޮތްގޮތްވެސްހޯދޭނެ. ލަންކާސަރުކާރުން ބާހާ ޕެކެޖްނުލިބިދާނެ އެކަމު އެކިއޭރިޔާތަކުގަ ހުއްދަނަގައިގެން މީހުން ގޮސް ކާއެޗެހިވިއްކާހަދާ. ލަންކާގަ މިލިއުމްމިބުނާހަ ގޯހެއްނޫން އިރާދަކުރެއްވިއްޔާ.ﷲ ދުވާކުރުން ގިނަކުރައްވާ މަގުދައްކަވާނެ

  38
  4
  • އައްދޭ

   މާ ބޮޑަށް ތިއުޅެނީ އިނގިގެން. ކާއެއްޗެހި ގަންނަން ނުލިބޭ. ބޮޑެތި ސުޕާ މާކެޓުތައްވެސް ތަޅު އަޅުވާފަ ހުރީ އޮންލައިން އޯޑާވެސް. ފިހާރަ ތައް ބަންދު. ދެން ކޯޗެއް ކާން ވީ؟. 5 ގަޑި އިރު ކިއުގަ ހުރެ ވަން ފިހާރަ ހުސްވެފަ. އިތުރު ކިއު އެއްގަ ޖެހެވޭނެ ވަގުތެއް ނެތް. ކިރޮޅި އެއް ނުލިބެ. ބޭރަކަށް ނުނިކުމެވެ. އޭޓީއެމް ކައިރި އަކަށް ނުދެވެ. ވާނުވާ ނޭގޭ އިރު ކޮމެންޓު ކުރަން ނޫޅެބަލަ

   2
   1
 15. ޖާބިރު

  ހާލުގައި ޖެހޭނެ ދޯ ، ބޭރުގައުމެެއްގައި އުޅޭއިރު އެތަނެއްގެ ގަވާއުދަށް ހުރުމަތްތެރި ވާންން ޖެހޭ ދަންވަންދަން ހޭލާ އުލެފާ ފިހާރަތަކަށް ދިޔައަކަސް ނުލިބޭނެ ، ވަކި ގަޑިތަކެއް ހަމަޖައްސާފަ އޮންނަނީ ، މަގޭ އާއިލާ ވެސް އެބަ އުޅޭ ، އެމީހުން ފަތިހު ތެދުވެ ކިއުގަ ޖެހިގެން ލިބޭ

  41
  3
  • ކޮޔާ

   އެންމެން ނަކީ އެއް ހާލެއްގަ ތިބި ބައެއް ނޫނޭ. ސިންގަލް މަމްސް އެބަ އުޅޭ ކުޑަ ކުދިން ގޮވައިގެން. ކިއުގަ މަޑުން ނުތިބެވޭ ކުދިން ވެސް އެބަތިބި. އާއިލާ އެންމެން މިތާ އުޅެންޏާ އެއް ބަޔަކަށް ދެވިދާނެ. ބޮލުގަ ނެތްތަ ތެއްކަމެއް

   1
   1
 16. ނ

  ކޮބާ ފުނަމާ އާދަން މަނިކު.. ެ
  އެންބަސީ ގެ ފަސްޓް ސެކްރެޓަރީ....
  މާލޭގައި ވެސް އެބަތިބި ސިލޯނު ސަރުކާރުން އަދި
  ޢަދި ގަބޫލު ނުކުރާ ސިޔާސީ 9 މީހުން...
  ޢެމެރިކާ އެންބަސީ އަށް ވުރެ
  ދިވެހި އެންބަސީގައި މުވައްޒަފުން ގިނަ

  31
  1
 17. ބްރޯ

  ގައުމުތަކުގެ ހާލަތު މިހިސާބަށް ދާއިރުވެސް ބައެއް ދިވެހިންނަށް ކަމެއްވެޔޭ ވެސް ހިތަށް އަރާހެނެއްހިއެއްނުވޭ .ފުރައިގެން ބެންކޮކް އިންޑިޔާ ލަންކާ މެލެސިޔާ އަދި ޔޫރަޕަށް ދަތުރު ކޮށްލަނީ ގައުމު ތައް ބަންދުވެ ހާލުގަ ޖެހުނީމާ ވިސްނޭ ހިސާބަށް މިދެވެނީ އަދި ލަންކާގަ މިބަލި ފެށުނުފަހުން މަހަކަށް ވުރެ ގިނަދުވަސް ވެއްޖެ .ހާލަތު ބަދަލުވަމުނަވަމުންގޮސް މި ފިޔަވަޅަހަމަޔަށް މިދިޔައީ މިފަދަ މައްސަލަ ދިމާވާނެތީ ސަރުކަރާން ކުރިން މީހުންގެނައުމުގެ މަސައްކަތް ކުރީ ވެސް އެފިޔަވަލަށް ވެސް އަމަލުނުކުރި ބަޔަކު ތިބީމަ މިހާރު ހާލުގަ ޖެހެންމިޖެހުނީ

  17
  3
 18. ޓ

  24 ގަޑި އިރު ހަމައިގާ ނެއް މީހަކު އެންބަސީގެ
  ޥެރިއަކަށް ލީމާ ވާނެ ހަތަރެތި ތިޔަވަނީ
  ސިލޯނުގާ ބޮންގޮވި ހާދިސާގައި ވެސް ހަމަ
  ޓިޔަހާލަތުގާ އެންބަސީ އޮތީ

  34
  3
 19. ޑިކްޓޭޓަރ

  ޖީއްކުރަންތަ ފިހާރަތަކަށް ގުޅަނީ؟ އެބުނީނު ލަންކާމީހުނަށް އެކަންޏޭ ޑެލިވަރީ ކޮށްދެނީ! ތިގައުމުގަ ދިވެހި އެމްބަސީއެއްވެސް ހުރޭ، ކީއްވެތަ އެތަނަށް ނުގުޅަނީ؟ ގުޅިނަމަ ތިހާލަތަށް ދިޔައިރު އެމީހުން ބުނިއެއްޗެއްވެސް މިނޫހުގަ ޖަހާލިނަމަ!

  25
  2
 20. ސައުދީ

  ލަންކާޔަށާ އިންޑިއާއަށް ގޮސް އެތައް ހާސް މީހުން މިއުޅެނީ ކީއްކުރަންތަ؟ ރާއްޖޭގާ ނޫޅެ ކަމެއް ވާއިރަށް ޓެކްސް ފައިސާއިން ހަރަދުކުރަން މި ޑިމާންޑުކުރަނީ. ރާއްޖޭން ބޭރުގާ އުޅޭ މީހުންނަށް އާސަންދަ ދޭކަށް ނުޖެހޭ. އަދި ވަޒަންވެރިވެގެން އުޅޭ ހުރިހާ މީހުންގެ ކަންކަން ދިވެހިރާއްޖޭގައި އުޅޭ މީހުން ދައްކާ ޓެކްސް ފައިސާއިން ހަމަޖައްސާކަށްވެސް ނުޖެހޭ

  38
  6
  • އައްދޭ

   ލަންކާ އިންޑިއާ އަށް ދަނީ ބޭސް ފަރޔވާ އަށް. އަޗާ ތަޅާކަށް ނޫން. ރާއްޖޭން ވާން ނެތީމަ ދަނީ

   1
   3
 21. ޒާހިރު

  ޥަގުތު ނޫހަށް ބަސްދީގަތުން ދިންމީހާ އުޅެނީ އެކަނި ނޫންކަމާ އިތުރު މީހުންވެސް ގޭގަ އުޅޭކަން އެމީހާގެ ވާހަކައިން އެބައިނގޭ، މިމަހުގެ 24 ވަނަދުވަހު ކާބޯތަކެތި ގަންނަން ފުރުސަތ ލިބުނު، ގޭގަތިބި މީހުން އެކިތަންތަނަށް ގޮސް އެއްޗިހި ހޯދިނަމަ ތިހެނެއް ނުވީސް، މިހާލަތަކީ އެނެނަށްވެސް ފަތިތަކެއް ކުރިމަތިވާނެ ވަގުތެއްކަން ގަބޫލުކުރުން ރަނގަޅުވާނެ، ދޮގުމައުލޫމާތު ނުދީ

  15
  6
 22. ކަމަނަ

  ކީއްކުރަން ރާއްޖެ ދޫކޮށް އެހެން ޤައުމުތަކުގައި އުޅެންދަނީ؟؟؟؟

  15
  5
 23. މުބީނު މާރނީ

  އެންބެސެޑަރ އުމަރުގެ ފަރާތުން އަހަރުމެންނަށް ފައިދާ އެއް ނުވާއިރު އުމަރު ގެ ފަރާތުން އަހަރުމެންނަށް ޖެހެނީ އުނދަގޫ. 18 އަދި 19 ބަންދު ކަމުގެ އެސް،.އެމް،އެސް އައީ ވެސް އެރޭ ގެ ދިހަ ގަޑި ބައި ގައި. އެމްބަސީ އަކީ ދުވަހަކުވެސް ފޯނު ނަގާ ތަނެއް ނޫން. ހެޔޮނުވާނެ މީނާ ބަދަލު ކޮށްދެއްވާ ! ލަންކާ ގައި ބޮން ގޮއްވީމާ ހާލުގަ ޖެހިގެން ސީދާ އުމަރު ގެ ނަންބަރަށް ގުޅީމާ ކުއްލިއަކަށް ނަގާފަ ބުނީ ފަސް މިނެޓް ތެރޭ އެބަ ގުޅަމޭ. އެ ފަސް މިނެޓެއް އަދި ނާދޭ މިއަދާ ހަމައަށްވެސް !

  19
  1
 24. ދިވެހި ލަންކާ ކުދިން

  ކޮބާ އޯގާތެ ރި ސަ ރުކާ ރު ؟ އެންމެ ފަހު ރުފިޔާ ވެސް ހަ ރަދު ކު ރަނީ ދިވެހިން ނަށޯ ބުނި..!!
  ކޮބާ ސާހިދު ފޯނެއް ނުނަގާދޯ . ެ

  19
  7
 25. ޙަސަނާ

  ދިވެހިންގެ ބައެއްމީހުންގެ ހާލަތަކި ދިވެއްސަލައްވީތީވެސްލަދުގަނޭ...ދުނިޔެމަތީސުވަރުގެ އޭ ބުނާ ދިވެހިފަސްގަޑު ދޫކޮއް ކޮންމޮޅެއްހޯދަންތޯ ލަންކާއައްގޮސްމިއުޅެނީ ތިމީހިން ދިރިއުޅެންކުރާހަރަދުތަކުން ޖީއެސްޓީވެސް ދހެނީ ލަންކާސަރުކާރައް ބޭސްފަރުވާ ކުރަންމިޖެހެނީ މިތާ ދިރިއުޅޭމީހުން ދާޓެކުސްފައިސާ އިން އާސަންދައިން މިކަންވެސް އެބަހުއްޓުމަކައްއަންނަންޖެހޭ....

  10
  1
  • ކޮއްކޯ

   ބޭސް ފަރުވާ ކުރެވެން ނެތީމަ ދަނީ. އިތުރު މޮޅު ތަކެއް ހޯދާކަށް ނޫން.

 26. ޢައިމިނަަަަ

  ޑެލިވަރީ ކޮށްދޭ. ޢަލުގަނޑުވެސް ހުރިހާ އެއޢްޗެޢް ގެނަޢީ ޕިކްމީ ފްޑް އެޕްލިކޭޝަން. ޢެޢްޔެގާ

  10
  1
  • މަރީ

   ދޮގުހަދާ އަންހެނެއް

  • ކޮއްކޯ

   ކޯޗެއް ގަތީ ޕިކުމީ ފުޑުން؟ ނާސިގިރެން؟

 27. ލިޔާކުއްޖާ

  ތިޔަކީ ކަޑައެޅިގެން ދޮގެއް، މިކަހަލަ ދަޑިވަޅެއްގައި ކާއެއްޗެހި ލިބޭނީ ތަންކޮޅެއް މަސައްކަތް ކޮއްގެން، މަށަށް ހީވަނީ ތިޔަކީ ގޭގަ އިދެގެން ހުރިހާ ކަމެއް ކުރާ ކަހަލަ ވަރަށް ކަތްނެއް ކުއްޖެއްހެން. ފރުދީ ޒިންމާ އަދާ ކުރުމަށް ގޮވާލަން.

  13
  3
 28. ހީރޯ

  ކަނޑައެޅިގެން ފިތުނަ. ތިބުނާ ހާލަތުގައި ބަޔަކު ތިބިއްޔާ އެއީ އެމީހުން އެހާލުގަޖެހި މިގައުމުގެ ސަރުކާރު ބަދުނާމު ކުރުމުގެ ނިޔަތުގައި ގަސްތުގައި ކުރިމަތިވެގަތް ހާލަތެއް. ނޫނީ ތިއީ ކަނޑައެޅިގެން ދޮގު. އަހަރުމެންގެ އާއިލީ މީހުނާއި އެތައް ރަށްޓެހިން ލަންކާގައި އެބަތިބި، ހާލަތު ބަދަލުވަމުން ދިޔަވަރަކަށް އެމީހުން ދިޔައީ ހާލަތަށް ތައްޔާރުވަމުން، ކާބޯތަކެތި ގަނެ ރައްކާކުރަމުން. ރޭގަނޑު ކްލަބުތަކުގައި މަޖާކުރަން އުޅެފަ ދުވާލު ނިދުންނޫން ކަމެއް ނޯންނަ ނަމަ ކާފިއު ކީއްކުރަން އެއައްވުރެން ދެރަ ހާލަތެއް މެދުވެރި ވިއަސް ނޭނގޭނެ.

  8
  5
  • ކޮޔާ

   މަސް ދުވަހުގެ ކޮއްތު ގަންނަން ކޮންތާކުން ހޭ ލާރި ނެރެނީ. މަހުގެ ފަހުކޮޅޭ

 29. އިބްރާ

  މެތްސްޓީޗަރަށް ގުޅާ

  5
  2
 30. ޚކ

  This guy lives off the rent money he gets from his house in Male. Now that is not going to come. So he is lying just to get back here!

 31. ސައަދާމް

  ބަނޑަށް ޖެހުނީމަ ވަގުތަށް ގުޅަންއެގޭ އެކަމަކު ގައުމުން ބޭރުގައި ކަމެއްދިމާވީމަކާ އެގައުމެއްގައި ހުންނަ ރާއްޖޭގެ ސަފާރާއަކަށް ގުޅާކަށް ނޭގޭތަ. މާލެދާނެގޮތެއް ހޯދަންޖައްސާހާ ސްޓަންޓު ބޮޑުވަރު. މިތާ ހާލަކު ނުޖެހޭބަޔަކު އެކަމަކު ކާބޯތަކެތި ހޯދުމަށް ހިސާބަކަށް ދަތިއެބަހުރި. ދަންވަރު ހޭލާތިބެ ދުވާލުނިދީމަކާ ކާބޯތަކެތި ގެންނަބަޔަކާވެސް ދިމާނުވާނެދޯ.

  9
  3
 32. ނައީމް

  ދިވެހިސަރުކާރަކަށް ވާއެއްނުވާއެއްނޭގޭ ހަދާއެއްޗެއް/ހެދޭއެއޗެއްވެސް ދެންހަދަންވީ ކިހިނެއްކަންވެސް ނޭގުނު އިންޑިއާއިން މިހެންނޭ ބުނެފިއްޔާ މިހެން .. ބަލަ އެއާއިލާ އަށް ހެހީތެރިކަމެއް ފޯރުކޮއްލަދީބަލަ ދެންވެސް އަވަހާ

  5
  3
 33. ނަމަ

  ގޮތް ހުސްވެފައިތިބޭކައް ނުޖެހޭނެ ކެއްކޮއްލާ ސަރުކާރުން އެހީވާނެ ވަގުތު ކޮޅެއްނަގާނެ

  5
  7
  • އައްޱި

   ކިތައް ދުވަހު ނުކާ ހުރެގެން ތިޔަ އެހީ އެއްވާނީ

 34. ލަންކާގަ އުޅޭ މީހާ

  ދިވެހި އާއިލާއިން އެވަރުވީއިރު 119 އަށް ނުގުޅަނީ ކީއްވެ؟ ލަންކާ ސަރުކާރުން އަންގައިފާވަނީ ޒަރޫރީ އެއްޗިހި ލަންކާފުލުހުންނަށް ގުޅުމުން ޑެލެވަރ ކޮށްދޭނެކަމަށް! އުއްމީދު ކުރަނީ 'ވަގުތު' ނޫހަށް ހާލުގައި ޖެހިފައިވާކަން އެންގި އާއިލާ އަށް 'ވަގުތު' ނޫހުން މި މައުލޫމާތު ފޯރު ކޮށްދެއްވާނެކަމަށް!.

 35. ވަޒީރެއާލާ

  ސަރުކާރުން އެބަބުނޭ ބޭރުގައުމުތަކުގައި ތިބި ދިވެހީންގެ ހާލަތު މިދަނީ ބަލަމުންނޭ . ތިޔަބައި މީހުންގެ ހާލަތު ނުބަލަނީތޯ؟ އެހެންވިއްޔަ ސަރުކާރުން އެހަދަނީދޮގުތާ؟

  3
  2
 36. ދޮގުނުހަދާ

  ތީ މާލެގައި ބޮޑުއަގުގައި ގެ ކުއްޔަށް ދީގެން އުޅޭ ބައެއް. އެހެން އާމްދަނީއެއް ނޯންނާނެ. ގޭގައި ތިބި މީހުން ކުލި ދައްކަން ދަތިވީމާ އަވަހަށް މާލެ އަންނަން ހިފާލީ ރޯދޮގު ހަދައިގެން.

  2
  3
  • އައްޱި

   މޮޔަވީތަ. ކޯޗެއް އިނގިގެން ތިއުޅެނީ

 37. ހުޗަން

  އިނގިރޭސި، ސިންގަޅަ، އަދި ދުނިޔެގެ އެތައް ބަހަކަށް ފަރިތަ، ހިންގުމުގެ ތަޖުރިބާ ހުރި، ބޭރު ދުނިޔެއަށް ފަރިތަ މީސްމީހުން ތިކަމަށް އެދިއެދި ތިއްބާ، ދެބައިކުޅައެއްބައި ދިވެއްސެއް، އަދި 24 ގަޑިއިރު ހަމައިގައި ނުހެރެވޭ މީހަކު ސަފީރު ކަމަށް ލީމާ ވާނެ ހަގޮތް ތިވަނީ.

  7
  2
 38. ީމަރީ

  ހާލުގައި ޖެހިއްޖެނަމަ ދިވެހި ހައިކޮމިސަންއާ ގުޅާ. 768816666 މަވެސް އެމީހުންނަށް ގުޅައިގެން، ކަން ކަން ކުރުވީ. ހިދުމަތަށް އެދުނީމަ ވާނީ! ނުގުޅާ ނިދާފަ އޮތީމަ ބަޑަށްވެސް ޖެހޭނެ!

  2
  3
 39. ާަްޮއަހަންމަ

  އެންގުމާ އެއްގޮތައް ނޫޅެވުނީހެންހީވަނީ.

  4
  4
 40. ޖުސް

  ޔަގީނޭ ތީ މާލޭގާ ކުއްޔަށްދޫކޮށްފައި ހުރި ތަނުން ކުލި ނުލިބޭ ގޮތްވެގެން އެނޫން އާމްދަނީ އެއް ނުލިބޭތީ އަންނަން ބޭނުންވާ ބައެއްކަން

  1
  3
 41. ބްރޯ

  ދިވެހިގައުމަށް ވުރެ ރަނގަޅުވެގެން ގައުމު ދޫކޮށް ގޮސްތިބޭ ދިވެހިން ކޮންމެފަދަ ހާލަތެއްގަވެސް އެވަގުތާ ހާލަތުގާ ވެސް އެ ރަގަޅުވި ގައުމުގާ އުޅެން އެގެންވާނެ.

  1
  3
 42. ަނިސް

  ރާއްޖެ ގަ ނޫލެން ވެގެން ނުން ގޮސްތިބީ؛:. އާދެވެން އޮއްވަވެސް ސަރުކާރުން ގނޭތޯ މަޑުކުރީ

 43. ޢަބްސް

  ހޯހޯ މި ގައުމައް އެކަކު ވެސްދެން ނުގެންނާތި .. އަހަރރުން ވެސް މިތާ މިތިބީ ވަރަށް ނާޒުކު ހާލަތެއްގަ.. އެންމެ ރަނވަޅު ވާނީ އެބަޔަކު ތިބި ތާކު ތިބިއްޔާ.. ޕްލީޒް ބަލި ހިފައިން ވިއަސް ނު ހިފައިން ވިއަސް ބޭރުގަ ތިބި އެއްވެސް ދިވެސެއް މި ވަގުތު ގެންނާކއް މަ ހިތް ހަމަ އެއް ނު ޖެހޭ

 44. ކޮބާ ޝާހިދު

  ފުޓުބޯޅަ ކުޅުނަކަސް ނުވާނެ ދޯ ފޮރިނެް މިނިސްޓަރޭ ކިޔައިގެން ހުރެ. ސަރުކާރު އިސްތިއުފާ

 45. ބުތު

  މިވަގުތުގަ ދެކަފިޔަ ވާހަކަ ދައްކަންވީ ވަގުތެއްނޫން އެތާތިބިމީހުން ވަރަށްހާލުގަ އުޅެނީ މިބުނީ އަދިބައްމީހުންއަތުގަ ކާއްއެްޗެއް ނެެއްވާހަކައެއްނޫން....ލަންކާގަ ތިބެނީ ފަސޭހަވެގެއްނެއްނޫން މާލޭގަ އުޅެވެނެތުމުން......