ކޮވިޑް-19 އާ ގުޅިގެން ރަޝިޔާގެ ގައުމީ އެއާލައިން، އެއަރޯފްލޮޓަށް ރަޝިޔާ ނޫން އެހެން ގައުމެއްގެ ބަޔަކު ނާރުވަން ނިންމައި، އެކަން އަންގައިފިއެވެ.
ރަޝީޔާގެ ގައުމީ އެއާލައިނާއި އެ ގައުމުގެ ސަރުކާރުން އެގޮތަށް ނިންމީ ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ފައްސިވިކަން އެނގުނު އިޓަލީގެ ދެ ފަތުރުވެރިން ދަތުރުކުރި ރަޝިއާގެ އެއަރޯފްލޮޓުގެ ފްލައިޓް މޮސްކޯގައި ކަރަންޓީންކޮށްފައި ވަނިކޮށެވެ. ފްލައިޓްގައި އިޓަލީއަށް ދިޔަ ދެ މީހުންނަކީ، އައިލެންޑް ސަފާރީން ކޮރޯނާވައިރަސްއަށް ދެ ޓޫރިސްޓަކު ފައްސިވުމާ ގުޅިގެން ވިލިވަރުގައި ކަރަންޓީންކުރި ބައެކެވެ.
ފައްސިވި ދެމީހުން ރާއްޖެ އިން ފުރުމުން 360 އަށް ވުރެ ގިނަ މީހުން ނުރައްކަލަށް
ނަމަވެސް ކަރަންޓީންގެ 14 ދުވަސް އިއްޔެ ހަމަވުމާ އެކު އެ މީހުންނާއި ކަރަންޓީންގައި ތިބި އިޓަލީގެ އިތުރު ބަޔަކު އެއަރޯފްލޮޓުން ފުރުމަށް ސަރުކާރުން ހުއްދަ ދިނެވެ. އޭރު އެމީހުންގެ ސާމްޕަލްތައް ނެގި ނަމަވެސް، ޓެސްޓްޓުތަކުގެ ނަތީޖާ ނުލިބެއެވެ. ޓެސްޓްތަކުގެ ނަތީޖާ ނުލިބެނީސް ދެ މީހުން ފުރުވާލި މައްސަލަ މިހާރު ވަނީ ބޮޑުވެފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުުމުގައި ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ރޭ ވިދާޅުވީ ކަރަންޓީންގައި ތިބި މީހުންގެ ޓެސްޓްތައް ހެދި ނަމަވެސް އެއީ މިހާރު އަމަލްކުރާ އުސޫލުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެގޮތަށް ކަންތައްކުރީ ކޮވިޑް-19 ފެތުރުމުގެ ހާލަތު އޮތް ގޮތް ދެނެގަތުމަށް ކަމަށާއި މިކަމުން ވެސް ލިބުނީ ފިލާވަޅެއްގެ ގޮތުގައި މައިމޫނާ ވަނީ ސިފަ ކުރައްވައިފައެވެ.
ރާއްޖެ އިން ފުރިފަހުން ފައްސިވި ދެމީހުން ތިބި ފްލައިޓް ރަޝިއާގައި ކަރަންޓީންކޮށްފި
'"އެއީ ރަނގަޅަކަށް ވީ ކަމެއް ކަމަށް އަޅުގަނޑުމެން ބަލައިގަންނަން. އެ ކަންތައްތައް އެގޮތަށް ކުރަން، ދެން ބަދަލެއް ގެންނަންޏާ ގެނައުމަށް ލިބުނު ވަރަށް ރަނގަޅު ލެސަންއެއް ކަމަށް ނޫނީ ލާނިންއެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" މައިމޫނާ ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ފައްސިވި މީހުން ތިބި ފްލައިޓް ރަޝިއާގެ އެއާޕޯޓްގައި ކަރަންޓީން ކުރުމުން އެފްލައިޓްގައި ތިބި މީހުން އިޓަލީއަށް ގެންދިއުމަށް އެހެން ފްލައިޓެއް ހަމަޖެއްސުމުގެ މަސައްކަތް އިޓަލީ ސަރުކާރުން ކުރަމުން ގެންދާ ކަމަށް ވެއެވެ.
އެ މަތިންދާ ބޯޓުގައި 360 އަށް ވުރެ ގިނަ މީހުން ތިބި ކަމަށްވެއެވެ.
ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ދަތުރު ކުރުމުގެ ތެރޭގައި ފްލައިޓް ތެރެއިން ބައެއް މީހުންގެ ގަޔަށް ވައިރަސްގެ އަސަރު ކޮށްފައިވާ ބައެއް ކޭސްތައް ދުނިޔޭގެ ބައެއް ގައުމުތަކުން މީގެ ކުރިން ރިޕޯޓް ކޮށްފައި ވެއެވެ.
ފިލާވަޅު ދަސްކުރުމުގެ ތެރޭގައި އެތައް ބަޔަކު ނުރައްކަލަށް ލެވުން ކަޑަ ދޯ!
14 ދުވަހަށް ވުރެ ކަރަންޓީނުގރ މުއްދަތު އިތުރުކުރުން ބުއްދިވެރި
ނޫނީ ކުރީގެ ފިލާވަޅު ދަސްނުވަނީ
ފިލާވަޅު އިތުރަށް ދަސްކުރަން ނުޖެހޭ މީހުން ތިކަމުގެ ސިޔާސަތު/އުސޫލުތައް ހަދަން ބައިވެރިކުރަންވީނު. ދަސްކުރާމީހުން ލައިގެން ގައުމު ނުރައްކަލަށް ދޫކުރެވޭކަށް ނެތް. މިސާލަކަށް އަލީވަހީދު އަދި އަމީނު. އެދެމީހުނަކީވެސް އެ ދެމިނިސްޓްރީ ގެ އިލްމެއް ތަޖްރިބާ ހުރި ބައެއް ނޫން.