އިންޑިއާގެ ޓުޓުކޮރިން ބަނދަރުން ރާއްޖެއަށް ކާޑުގެ ބާވަތްތައް ހިފައިގެން ދަތުރުކުރި ބޯޓު މިއަދު މާލޭގެ ވިޔަފާރި ބަނދަރުގައި ބަނދަރުކޮށްފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.

އިންޑިއާއިން މިއަދު މާލެ އައި ބޯޓުން ގެނެސްފައިވަނީ 500 މެޓްރިކް ޓަނުގެ ހަކުރާއި 993 މެޓްރިކް ޓަނުގެ ހަނޑުލެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަދު ރާއްޖެއަށް އައިސްފައިވާ ކާޑުގެ ބާވަތްތަކުގެ އިތުރުން، އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރު ވަރަށް އަވަހަށް ރާއްޖެ ގެންނާނެކަމަށެވެ. މީގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ 5000 މެޓްރިކް ޓަނުގެ ސިމެންތި ވެސް ކުރު މުއްދަތެއްގައި ރާއްޖެއަށް އަންނާނެކަމަށް އިންޑިއަން ހައިކޮމިޝަނުން ބުނެއެވެ.

އިންޑިއާ ހައި ކޮމިޝަނުން މީގެކުރިން ވަނީ ރާއްޖެއަށް ކާޑުގެ ބާވަތްތައް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ދީފައެވެ. ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ލޮޖިސްޓިކަލް ދަތިތަށް ދިމާވި ނަމަވެސް ހަނޑޫ، ފުއް އަދި ހަކުރު ފަދަ ކާޑުގެ ބާވަތްތަށް މެދުނުކެނޑި އިންޑިއާއިން ލިބިލިބި ހުންނާނެ ކަމު ގެ ޔަގީންކަން އަރުވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

"ހާސްކަންމަތީގައި ތިއްބަވައިގެން ގަނޑުކޮށް ކާޑުގެ ބާވަތްތަށް ބައްލަވައި ނުގަންނަވާ." އިންޑިއާ ހައިކޮމިޝަނުން މީގެކުރިން ވަނީ ބުނެފައެވެ.

ރާއްޖެ އަށް ކާބޯތަކެތީގެ ގިނަ ބާވަތްތައް އިންޑިއާ އިން އެތެރެ ކުރެއެވެ. އިންޑިއާ މި މަހުގެ 24އިން ފެށިގެން ފުރަބަންދު (ލޮކްޑައުން) ކުރުމުން ބައެއް މީހުން ގެންދަނީ ރާއްޖެ އަށް ބައެއް ތަކެތި އެތެރެ ކުރުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް ބުނަމުންނެވެ.

ނަމަވެސް ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރާ ސަރުކާރުގެ ކުންފުނި އެސްޓީއޯ އިން ވެސް ވަނީ ހުރިހާ ބާވަތެއްގެ ކާބޯތަކެއްޗެއް ވެސް ދަތިކަމެއް ނެތި ރާއްޖެ އިން ލިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަސަނާ

    މިތަކެތި މިފޮނުވާދިނީ ހިލޭ އެހީގެދަށުންތޯ...

    12
    3
  2. ޥޯރާ ލުޓޭރު

    ހިލޭ އެހީތޯ ސުވާލުކޮށްލަން ބޭނުން، ދިވެހިރާއްޖޭގެ ސިއްޚީ ދާއިރާއާއި ތައުލީމީ ދާއިރާ ހިޞޯރުކޮށްގެން ތިބެ ރާއްޖޭގެ ބައިތުލްމާލު ލޫޓްވާ ލުޓޭރުން އެދުމެއް ނެތި ވެދުމެއް ނުކުރާނެ.

    16
    1
  3. ފއިޒް

    ތީ ހިލެޔަކުނޫން އިންޑިޔާ އަށްވެސް މިވަގުތު ބެނުންވާނެ ކޮންމެސްގޮތަކުން އިގްތިސާދު ކުރިއރުވަން ލާރިދީފަ ގެންނަ އެއްޗެހި ސުރުހީ ރަނަގޅުކޮށްލައްވާ އިނޑިޔާއިން އެސްޓީއޯއަށް ކާޑުގެބސިޕަންޓެއް ގެނެސްފި

    13
  4. ރައްޔިތުމީހާ

    ތިޔައީ އެސް.ޓީ.އޯ އިން ގަނެގެން ގެނައި އެއްޖެހި. އިންޑިޔާއިން ހަމައެކަނި ކުރިކަމަކީ ބޯޓު އިންޑިޔާއަށް ވަދެ، މުދާބަރުކޮށް، ފުރުމުގެ އިންތިޒާމް ހަމަޖައްސަދިނުން.

    19
  5. ޑޮލަރު

    ހުރިހާކަމަކުންވެސް މަކަރާ ހީލަތް މިދަނޑިވަޅުގަވެސް އޮޅުވާލުން އިންޑިޔާއިން ދުވަހަކުވެސް އެދުމެއްނެތި ވެދުމެއް ނުކުރާނެ މިހާރު މިގައމަކީ އިނޑިޔާގެ ކޮންޓުރޯލްނދަށުގަ އޮންނަ ވެރިކަމެއް މިކުރަނީ ރައްޔިތުނ މިތިބީ ވާނުވާގަ ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން ފަަަޅާއރާނީ އަދިވެސް އަތްޖަހާ ލާދީނި ޔަހޫދީން މިތަނަަށް ހެވެއް އެދޭނެތަ ހުސްވައްކަމާ މަކަރާހީލަތް

  6. ކެޔޮޅު

    ތިޔައީ ރައީސްޔާމީންގެ ސަ ރުކާ ރުގެ ދުވަސްވަ ރު ގައުމު މިފަދަނާޒުކު ދުވަހެއް އައިސްފިނަމަ ކާޑު ގަންނަން ބެހެއްޓި ފައިސާއިން އެސްޓީއޯއިން ގަތްކާޑު އިންޑިއާއިން މުސްލިމުންނަކަށް ހެވެއްނޭދޭނެ އަޅުގަނޑުމެން ރައްޔަތުން އެކަންބަލައިގަންނަން.

  7. އެމްޑީޕީ ބުރޯ

    5000 ޓަނުގެ ސިމެންތި ރާއްޖެޔަށް އިންޑިއާއިން ގެންނަވާހަކަބުނުމުން އެބަސުވާލު އުފެދޭ! ކޮބައިތޯ މޯލްޑިވްސް ސިމެންޓް އާއި ވިލާ ސިމެންޓް ؟؟؟

  8. ޖޮބޭ

    ރާއްޖޭގެ ޓްރާންސިޓް ބަނދަރަކަށް އިންޑިޔާހަދައިފި