ކޮވިޑް-19 އާ ގުޅިގެން މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ހުރިހާ ރިސޯޓެއް ބަންދު ކުރަން ނިންމައިފިއެވެ.

އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު ކަން ކުރައްވާ ސިޔާމްގެ ފަސް ރިސޯޓެއް ރާއްޖޭގައި ހިންގައެވެ. އެއީ ރާއްޖޭގައި ހިންގަމުން އަންނަ ހަތަރު ރިސޯޓާއި ސްރީ ލަންކާގައި ހުންނަ ރިސޯޓެކެވެ. މި ތަންތަނުގައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާ އަދާކުރަމުންދެއެވެ.

ސަން އެކުއާ އިރު ވެލި މޯލްޑިވްސް

ސިޔާމްގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ހިންގަމުން އަންނަ ސަން އެކުއާ ވިލު ރީފް މޯލްޑިވްސް އާއި ސަން އެކުއާ އިރު ވެލި މޯލްޑިވްސް އާއި ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް އާއި އޮޅުވެލި ބީޗު އެންޑް ސްޕާ މޯލްޑިވްސް އާއި ސްރީލަންކާގައި ހިންގަމުން އަންނަ ސަން އެކުއާ ޕަސިކުޑާއެވެ.

ގާސިމްގެ ހަތަރު ރިސޯޓު ބަންދުކޮށް، ހުރިހާ މުވައްޒަފުން ނޯޕޭއަށް

ސިޔާމްގެ ހުރިހާ ރިސޯޓުތަކެއް ބަންދު ކުރަން ނިންމި އިރު، ވިލާ ހޮޓެލްސް އެންޑް ރިސޯޓުގެ ދަށުން ހިންގަމުން އަންނަ ޕެރަޑައިސް އައިލެންޑް ރިސޯޓު ފިޔަވައި އިތުރު ހަތަރު ރިސޯޓު ބަންދުކުރަން ނިންމައި އެ ރިސޯޓުތަކުގެ ހުރިހާ މުވައްޒަފުންނަށް ނޯ ޕޭ ލީވްއެއް ދިނުމަށް ވިލާ ކުންފުނިން ކުރިން ވަނީ ނިންމައިފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ކުރައްވާ ގާސިމް އިބްރާހިމްގެ ޕެރަޑައިސްގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓު އޮވެއެވެ. ގާސިމް ވަނީ ހޮލިޑޭ އައިލެންޑް ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓު ކަރަންޓީނު ފެސިލިޓީއަކަށް ހަދައި އެ ތަނުގައި އައިސޮލޭޓް ކުރަން ޖެހޭ މީހުން ބައިތިއްބަން ސަރުކާރަށް ދެއްވައިފައެވެ.

ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް

މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް ޔުނިވާސަލްގެ ހުރިހާ ރިސޯޓެއް ބަންދު ކުރަނީ

ގާސިމްގެ ރިސޯޓުތަކުގެ ތެރެއިން މިވަގުތު ފަތުރުވެރިން ތިބީ ހަމައެކަނި ޕެރަޑައިސް އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓުގައި އެކަންޏެވެ.

މީގެއިތުރުން މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް ޔުނިވާސަލް އެންޓަޕްރައިސް އިން ހިންގާ ހުރިހާ ރިސޯޓެއް ބަންދުކުރަން ޔުނިވާސަލް ކުންފުނީގެ ބޯޑުން ވަނީ ނިންމައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިހާތަނަށް 50 އަށް ވުރެ ގިނަ ރިސޯޓުތައް ބަންދުކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ސިފަ ކުރެއްވި ގޮތުގައި މިއީ ޓޫރިޒަމް އިންޑަސްޓްރީ އަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެކެވެ.

މި ގެއްލުމުން އަރައިގަނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މި އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި އިގްތިސާދީ "ބޫމް"އެއް އަންނާނެ ކަމަށް ވެސް ތަޖުރިބާކާރުންނާ ހަވާލައި ދެއްވައި ރައީސް އެ ދުވަހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބްރޭކިން ނުލިޔުނަަސް ހެވޭ

  މިހާރު ޓޫރިސްޓުން ނާނަންޔާމު ހުރިހާ ރިސޯޓްއެށް ބަންދުވީ ނޫންތޯ؟؟؟

  18
 2. ވީޕީއެން

  ސްޓާފުން ތިބީ ވާނުވާގަ..

  22
  1
 3. ނިކަމެތި މުވައްޒަފު

  ޟުވައްޒަފުންނަށް ވިސްނާފަ ކުރިކަމެއް ނޫން އެއީ އެއްވެސް ފަތުރު ވެރިއެއް ނެތީމަ އޮޓޯއިން ބަންދުވީ ނުން. ސަރުކާރު ބަންދު ކުރީމަވެސް ސިޔާމްގެ ސްޓާފުންގެ އެންމެ ވަގުތު ކޮޅެއްވެސް މަދު ނުކުރޭ ހެނދުނު 8.30ި އިރު އޮއްސި ހަޔަކަށް މުވައްޒަފުން އެއްވެސް ކަމެއްނެތި އޮފީސްގަ ތިބެނީ ނެރެފަ

  13
  1
 4. އިކުރާމު....

  މިގޮތައް އެކަކައް ރާއްޖޭގެ ރައްތައް ދެވިގެންނުވާނެ އެންމެ ނިކަމެތި މީހާޔައްވެސް ބޭންކުން ލޯނު ނަގައިގެން ރިސޯޓު ހިންގާ ތަނަވަސް ވެވެންވާނެ މި ރައްތަކަކީ ހު ރިހާ ރައްޔިތުންގެ ހައްގެއް

  10
  1