މިރެއިން ފެށިގެން އަންނަ މަހުގެ 27ގެ ނިޔަލާއި ހަމައަށް ކޮންމެ ރެއެއްގެ 9:00 އިން ފެށިގެން ހެނދުނު 6:00އާ ހަމައަށް ރާއްޖޭގެ ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ބަންދު ކުރުމަށް ނިންމައިފިއެވެ.

ވީއައިއޭ ހިންގާ ކުންފުނު އެމްއޭސީއެލް އިން ބުނީ އެއާޕޯޓު ބަންދު ކުރި ނަމަވެސް ރާއްޖެއިން ބޭރުން އެހީ ހިފައިގެން އަންނަ ބޯޓުތަކަށް އެއާޕޯޓު ހުޅުވާލާނެ ކަމަށެވެ. އަދި ޝެޑިއުލްގައި ނެތް ދަތުރުތަކަށް ތިން ގަޑިއިރުގެ ކުރިން އެއްވެސް ނޯޓިސްއެއް ދިނުމަކާއި ނުލާ އެއާޕޯޓު ހުޅުވާލާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ނުރައްކާތެރި ކޮވިޑް-19 ގެ ކޭސްތަކެއް ރާއްޖެއިން ވެސް ފެނިފައިވާއިރު އެކަމަށް ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ އިއްޔެ ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުން މެދުކަނޑާލާފައެވެ. އެހެންކަމުން ދެން ރާއްޖެއަށް އެހެން ގައުމުތަކުން ފަތުރުވެރިންނެއް ނާންނާނެއެވެ. ނަމަވެސް މިހާރުވެސް ރާއްޖޭގައި ބައެއް ފަތުރުވެރިން ތިބުމާއި އެކު އެމީހުން ބަލާ އަންނަ ފްލައިޓުތައް ރާއްޖެ އަށް އަންނާނެއެވެ.

ކޮވިޑް-19 ގެ ސަބަބުން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމުގެ ކުރިންވެސް ރާއްޖެއަށް ފަތުރުވެރިން އަންނަ ގިނަ މަންޒިލްތަކުން މީހުން އައުން މަނާ ކުރުމާއި ގުޅިގެން ފަތުރުވެރިން އަންނަ މިންވަރު އެތައް ގުނައެއް މަދުވެގެން ދިޔައެވެ. އެގޮތުން ކުރިން ޖުމްލަ ގޮތެއްގައި 5000 ފަތުރުވެރިން ދުވާލަކު ރާއްޖެއަށް އަންނައިރު މިފަހަކަށް އައިސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 100އާ 200އަށް އަރާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކޮވިޑް-19 ގެ ސަބަބުން އިތުރު އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރުމަށް ނިންމާފައެވެ. ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބި ރާއްޖެއަށް ވަންނަމުންދާ ބޭރު ފައިސާގެ އަދަދުވެސް ބޮޑަތަނުން ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިކަމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ސަރުކާރުން ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ހަ މަސް ފަސްކޮށްދޭން ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ. ފުރަތަމަ ހަ މަސް ފަހުން ދައްކާއިރު އިތުރު 20 ޕަސެންޓް ކުޑަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮރަލް

    މާލޭ މަގުތައް ރޭގަނޑު 9 ކުން ހެނދުނު 6 ށް ބަންދުލޮށް ބަލާށެވެ.

    22
    1
    • ށާޜާާ

      އިރުއޮއްސި 6 ކުން ހެދުނު 6 އައް ބަން ދުކުރަން ފެންނަނީ

  2. ޫދުރ

    ރަގަނޅު

  3. ށާޜާާ

    އިރުއޮއްސި 6 ކުން ހެދުނު 6 އައް ބަން ދުކުރަން ފެންނަނީ

  4. ބަކުރުބާބީ

    ރަށްޔަތުން ތިވާހަކަ ގޮވާ ގޮވާ ކަ ރުބުޑުގަ ލޭ ރަހަލީމާތަ ބަންދުބޯޑު އަޅުވަން ނިންމީ ގޮތްހުސްވީ އުތަ؟

  5. ސަލާމްބެ

    އަޅުގަނޑުގެ ޚިޔާލް.
    ކޮންމެބައްޔެއްޖައްސަވަނީ އަދި އެބަލީގެ ޝިފާދެއްވަނީ ﷲ.
    އެހެންކަމުން ކޮންމެވެސް ވަ ރަކަށް މިސްކިތްތަކުގަ ޖަމާއަތުގަ ނަމާދުކުރެވޭނެގޮތް ހަމަޖެއްސުމަކީ އެދެވިގެން ވާކަމެއްކަމުގަ ދަންނަވަން. އަދިއެމިސްކިތްތަކުގެ ޖަަމާއަތައް ދާމީހުން ޓެމްޕް ރޭޗަރ މޮނިޓަ ރ ކޮށްް ޖަމާއަތުގަ ނަމާދުކުރެވޭނެގޮތައް ކަނކަން އިންތިޒާމް ކު ރެއްވުމަކީ ކުރެވިދާނެކަމެއްކަމުގަ ދެކެން.

  6. ޞޮނިބެ

    ނުކެރެޭނެ 6ކުން 6 ޔަކަށް ބަންދުކުރަާކަށް

  7. ލޯންސްޓަރ

    ކޮބާ އަހަރުމެންގެ ބޮޑުވަޒީރަށް އެބަފެނޭތަ؟ ދުނިޔެ ހުއްޓެ، ރާއްޖެ ހުއްޓެގެންދާތަން. ހުންއަންނާނެކަމަށް ރަޖާ ނުލާށޭވެސް ބުނިންދޯ؟ ކުރިން ހުންއަންނާނެކަމަށް ރަޖާނުލިނަމަ މިގައުމުވާނީ ދެވަނަ އިޓަލީއަށް. މޮޅެތި ބަސްބުނެފަ މަނިކުފާނު ފިލީދޯ؟ މަނިކުފާނު ޖެހޭނެ ބުނެވުނު ބަހަށް ރައްޔިތުންގެ ކައިރިން މާފަށް އެދެން.