ކުރެއްދޫ އައިލެންޑު ރިސޯޓުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓު އަމުރެއް ނެރެފިއެވެ.

އެ އަމުރު ނެރެފައިވަނީ މި މަހުގެ 23ވަނަ ދުވަހުއެވެ. އަމުރުގައި ބުނެފައިވަނީ ޕާސްޕޯޓު ހިފަހައްޓަން ބޭނުންވަނީ އަންނަ މަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ކުރެއްދޫގެ ޑޮކްޓަރު ރާއްޖޭގައި މަޑު ކުރުވަން ބޭނުންވާ ސަބަބެއް ކަމަށް އަމުރުގައި ބުނެފައިވަނީ އެ މައްސަލާގައި ޑޮކްޓަރުގެ މައްޗަށް ތުހުތުތަކެއް ކުރެވޭއިރުގައި، ތަހުގީގު ނުނިމެނީސް އޭނާ ފިލައިގެން ހިނގައިދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް އަމުރު ކުރެއްވުމުންނެވެ. ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަޙުޤީޤުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މީގެކުރިން ވިދާޅުވެފައިވަނީ އިޓަލީގެ ފަތުރުވެރިޔާ ފުރި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެކަމާއި އެކުގައިވެސް މައްސަލައިގެ ތަހުގީގު ކުރިޔަށްދާ ކަމަށެވެ.

ކުރެއްދޫ ރިސޯޓްގައި ހުރެފައި އިޓަލީއަށް ގޮސް ހުއްޓާ ކޮވިޑް-19 އަށް ފައްސިވި (ޕޮޒިޓިވް) ފަތުރުވެރިޔާ މާލެ އައި ކަމަށާއި، އޭނާ އައިސް މަޑުކުރީ މާގިރި ހޮޓަލްގައި ކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ. އޭނާ އާއި ބައްދަލުވެފައިވާ ކަމަށް ބެލެވޭ 15 މީހަކު އައިސޮލޭޓް ކޮށްފައިވާކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ 16 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ ވެސް ކުރެއްދޫ އައިލެންޑު ރިސޯޓުންނެވެ. އެ ރިސޯޓުން ފަސް މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެކްޓަރ

    އަނެއްކާ ޗަންޕާގެ ހެޔޮއެދުން ލިބޭނެ...
    ޑރ. ކޮން އިހުމާލެއްތޯ، 30 ޑިސެމްބަރ 2019 ޗައިނާއިން އައުޓު ބްރެކް ވެއްޖެކަން ޑަބްލިއު އެޗް އޯ އިން އިއުލާންކުރި... ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓްތަކުގެ ކުލިނިކުތަކުގައި ތިއްބަވާ ޑރ ..ޕްރެވެންޓިވް މެޝަރސްތަކުގެ ގައިޑްލައިން ފޮނުވީ ކޮންތާރީޚެއްގައިތޯ، ޑރ. ހޭލުންތެރިކުރުމަށް އެއްވެސް ކަހަލަ އިމަތޖެންސީ ތެލަ ކޮންޕަރންސެއްނަމަވެސް ބޭއްވުނުތޯ.... ރާއްޖޭގައި ކޮރޯނާ ލެބް ގާއިމްކޮށް ޓެސްޓްކުރެވޭ އިންތިޒާމު ހަމަޖެހުނީ 50 ދުވަސް ފަހުން 20 ފެބްރއަރީ 2020 ގައި ނުންތޯ...
    ޕީޖީއަށް ހަމަ ސާބަސް، އެއަރޕޯޓް ޕަބްލިކް ހެލްތް ކުލިނިކު ނުވަތަ އެއަރޕޯޓުން އިޓަލީ ބޭފުޅާ ފްރީކޮށް ވައިރަސް ފަތުރަން ދޫކޮށްލި ބޭފުޅުންގެ އެއްވެސް އިހުމާލެއް އޮއްތޯ..އިޓަލީގެ އެ ޓުއަރިސްޓް ފޯނުކޮށް ޕޮޒިޓިވް ވީކަން ނައަންގާ އެކަން ސިއްރުކުރިނަމަ އަދުގެ ހާލަތަކީ ކޮބާތޯ...
    ......ރ.ސޯލިހުގެ ސަރުކާރުގެ ޒިންމާ......
    1.ހެލްތް މިނިސްޓަރގެ ޒިންމާ
    2. އެޗްޕީއޭގެ ޒިންމާ
    3.ރިސޯޓްގެ ޑރ.ގެ ޒިންމާ
    4.ރިސޯޓްގެ މެނޭޖްމަންޓްގެ ޒިންމާ
    5. އެއރޕޯޓް ކްލިނިކުގެ ޒިންމާ.

  2. ހުސޭނުބޭ

    އަވަހަށް ތިކަން ކުރެއްދޫ ޑަކްޓްރުގެ ބޮލަށް ކަނޑާލާ! އޭރުން ސަރުކާރުން ނަގަންޖެހޭ ހުރިހައި ޒިންމާއެއްގައިވެސް ޑަކްޓަރ ކުށްވެރިކުރެވޭނީ! އަދި ނުވިތާކަށް ރައްޔިތުންނަށް ހަދާ ދޮގުތަކުގެ މައްޗަށް އިތުރު ދޮގެއްވެސް ހެދޭނީ!

    17
    2
  3. އައިމަން

    ތިހެން ވެއްޖެޔާ މައިމޫނާ އަބޫބަކަރިގެ ޕާސްޕޯޓާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާއި ވިލިވަރު ކަރަންޓީނު ފެސިލިޓީ ބަލަހައްޓާ އިސް މީހުންގެ ޕާސްޕޯޓު ހިފަހައްޓާ ތަހުގީގު ކުރަންވާނެ ކަމަށްފެނޭ

    16
    1
  4. ކޮރަލް

    ރިސޯޓް އިސްވެރީންނާ ސުވާލޔ ކުރެވެން ޖެހެ އެވެ.

    12
    2
  5. މަކުނުބިސް

    ސަފާރީގަ ތިބި މީހުން ފޮނުވާލުމުގަ އިހުމާލުވާ މީހުންގެ މައްސަލަ ނުބަލާތަ؟

    19
  6. ބްރޯ

    އެމިހާ ގެ ޕާސްޕޯޓް ތޯ ހިފަހައްޓަންވީ އިޓަލީން 1،2،3 ކިޔަމުންގޮސް 26 ގައުމަށް ބަލި އެތެރެ ވިއިރުވެސް ދިވެހިގައުމަށް އިޓަލީން މީހުން އެތެރެވުން ނުހުއްޓުވާ ލަސްކުރި މައްސަލަ ތަހުގީގު ކުރާކަށް ނުވޭތޯ؟އެކަމުގެ ސަބަބުން ދަވްލަތަށް ލިބުނީ ކިހާބޮޑު ގެއްލުމެއް ކަން ބަލަން ނުޖެހޭބާ؟ރައްޔިތުން އުފުލަންޖެހުނީ ކިހާބޮޑު ތަކްލީފެއްކަން ބަލަން ނުޖެހޭބާ؟