ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ވައިރަހުން ސަލާމަތްވުމަށް، އެންމެންވެސް ގޭގައި މަޑުކުރުމަށް ސިއްހީ މާހިރުން ލަފާދީފައިވާއިރު ކަރަންޓީނުވެގެން ގޭގައި ހޭދަކުރާ ވަގުތު ތަކުގައި މުނިފޫހިވިލުވުމުގެ ގޮތުން އެކި މީހުން ކުރަމުން އަންނަނީ އެކި މަސައްކަތެވެ. އެގޮތުން ސޯޝަލް މީޑިއާގައި ގިނަބައެއްގެ ސަމާލުކަން ހޯދާފައި އެއް ކަމަކީ #ސްޓޭއެޓްހޯމްޗެލެންޖް އެވެ.

ނިޔޭގެ ފުޓްބޯޅައިގެ ނަން މަޝްހޫރު ކުޅުންތެރިންގެ ތެރޭ ހިމެނޭ ބާސެލޯނާގެ ތަރި ލިއޮނެލް މެސީ އާއި އެ ޓީމުގެ އަރްޓޫރޯ ވިޑާލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް އަދި ރެއާލް މެޑްރިޑްގެ އިސްކޯ އަކީ މިހާތަނަށް މި ޗެލެންޖް ފުރިހަމަ ކޮށްފައިވާ ބައެއް ކުޅުންތެރިންނެވެ.

ރާއްޖެއިން ވެސް މި ފޯރި އަންނަނީ ގަދަވަމުންނެވެ. އެގޮތުން މި ޗެލެންޖުގައި ރާއްޖޭގެ މަޝްހޫރު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މި ޗެލެންޖު ފުރިހަމަ ކޮށްފައިވާއިރު ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ މި ޗެލެންޖު ފުރިހަމަ ކުރައްވާފައެވެ. އެ ދެ ބޭފުޅުންގެ ހުނަރަށް ގިނަބައެއްގެ ސަމާލުކަން ލިބިފައިވާއިރު މިފަހަރު މި ޗެލެންޖު ފުރިހަމަ ކުރެއްވި ބޭފުޅަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މިވަނީ ހިމެނިވަޑައިގެންފައެވެ.

އާއްމު ގޮތެއްގައި މި ސަރުކާރުގެ އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ މިނިސްޓަރު ޝާހިދަކީ އާއްމު ގޮތެއްގައި ރާއްޖޭގައި ހުންނަވާ ދުވަސްތަކަށްވުރެ ރާއްޖެއިން ބޭރުގެ ކޮންމެވެސް ގައުމެއްގައި ރަސްމީ ދަތުރުތަކުގައި އުޅުއްވާ ބޭފުޅެކެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެމަނިކުފާނުވެސް މިވަނީ ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯލަނބާ ގޭގައި މަޑު ކުރައްވާފައެވެ.

މިނިސްޓަރު ޝާހިދަށް މި ޗެލެންޖު ފުރިހަމަ ކުރެއްވުމަށް ހަވާލު ކުރެއްވީ ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަލީ އާޒިމްއެވެ. މި ޗެލެންޖު ޝާހިދު ފުރިހަމަ ކުރެއްވިއިރު އެމަނިކުފާނު ވަނީ އެ ޗެލެންޖު ފުރިހަމަ ކުރެއްވުމަށް ނާއިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަވާލު ކުރައްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުއިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ގިނަ ގައުމުތަކެއް ލޮކްޑައުން ކޮށްފައިވާއިރު، އެތައް މިލިއަން މީހުން ތިބީ ކަރަންޓީނުގައެވެ. ކަރަންޓީނުގައި ތިބޭއިރު ތަފާތު ގޮތަކަށް ވަގުތު ހޭދަކުރުމުގެ ގޮތުން ދުނިޔޭގެ އެކިކަންކޮޅުގައި މީހުން މުނިފޫހިފިލުވަން ކުރާ އެކި ކަންތައްތަކުގެ ވީޑިއޯތައް ދަނީ ކޮންމެ ދުވަހަކުވެސް މީސްމީޑިއާގައި އާންމު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޟިނިކާ

    ކީކޭ ދެން ބުނާނީ!!! މީ ނަމޫނާ ދަކަންވީ ގޮތް...

    49
    4
    • Anonymous

      ކާޕޭޓް ރޯލެއް ވަގަން ނަގައިގެން އެ ރޯލާއި ކުޅެބަލަ

      9
      2
  2. އަލީ

    ވައްކަން ވެސަ ވަކިދެރަ އެއްނޫން،،،،

    44
    2
  3. ސަންފަ

    ގޭގަ ތިބެގެން ނަމާދު ކޮށްފާ ދުއާ ކުރެއްވިއްޔާ ކީއްތަވާނީ މިކަމުން ސަލާމަތްވޭތޯ.

    49
  4. ޑިންތަލަ

    ????????????????

    12
  5. ޢަަރަބި ކާޕެޓް

    ޚކާޕަޓް ފެނޭ ތަ..ކާޕެޓް

    25
    1
  6. ނަފީސާ

    މާ ތާހިރެއްނުން ކޮންމެ މީހަކު ގައިންތާހިރުވެ އޮރިޔާން ނިވާކޮށްގެން ފާޑުފާޑުގެ ޗެލެންޖޭކިޔައި އައިރު މުސްލިމުންގެ ކަންތައްތައް ޕްރޮމޯޓްނުކޮށް ތިމާމެންގެ އީމާންކަން ހަރުދަނާކުރުމަށް ކަންތައްތައްކޮށް މިއަދުގެ ކުޑަކުދިންނަށް އެގޮތުން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ނަމޫނާ ދެއްކިއްޔާ. އިސްލާމްކަމުގެ ރުކުންތައް، އީމާންކަމުގެ ރުކުންތައް، 99 އިސްމުފުޅު ، ދަސްކޮށް ނުވަތަ ދަސްކުރަން ޗެލެންޖް ކުރިއްޔާ. ކީރިތި ޤުރުއާނުން ކޮންމެވެސް ވަރެއް ދަސްކުރަން ޗެލެންޖް ކުރިއްޔާ. ތިފަދަ މަގާމުތަކުގަ ތިބޭ ބޮޑެތިމީހުން މިއަދުގެ ކުޑަކުދިންނަށް ދައްކަންވީ ތިކަހަލަ ކަންތައްތަ؟ ލަދުން ބޯހަލާކު. މިއަދު ތި ޗެލެންޖްއިން މަޝްހޫރުކަން ހޯދިދާނެ. މާދަމާ ތިކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަން ޔަގީން.

    18
  7. އަޙުމަދު

    މިއީ މޮޔަ ބައެއްތަ!

    29
    2
  8. ށާހިދު

    މަންމަނާ....ތިޔަށްވުޜެ ދުޢާއެއްކު ރަން ކިޔައިދިން ނަމަވެސް މާ ރަނގަޅުވާނެ.

    29
  9. ޢަލިބެ

    މިވެސް ދެންކަމެއްދޯ. ޓޮއިލެޓް ޕޭޕަރ ރޯލު ކުޅުމުގެ މުބާރާތެއް އަންނަ އަހަރު ބާއްވަންވާނެ.

    25
  10. ކައްޕިތާން

    ރަނގަޅު ނަސީބެއްނު ފާޙާނާ ސާފުކުރާ ވީޑިއޯއެއް ނުލިކަން މިހާރުތިފެންނަނީ ޓޮއިލެޓް ޕޭޕަރ ރޯލެއްނު

    25
  11. ސަލާހު

    ޝާޑުވެސް ގަދަ އިނގޭ.

    1
    12
  12. ނަފީސާ

    ނުކެރުނު ދޯ ކޮމެންޓް ޖަހާލަން.

    3
    1
  13. Anonymous

    ވަގަން ނެގި ކަޕެޓު ރޯލު ކުޅެބަލަ

    12
  14. Anonymous

    ލަދުޙަޔާތުގެ ކަންފުޅެއްވެސް އެބަހުރިތަ. މިއޮއް ނުރައްކާތެރި ބަލިމަޑުކަމުގެ ޙާލަތުގައި ވެރިންނަށް މިބަލީގެ ސީރިއަސްކަން ނޭނގޭތީ ހިތާމަކުރަން.

    14
  15. ޑެގު

    ޢައުރަކޮޅު ކަޝްފުކޮށްގެން މިޖަހަނީ ކޮންސަކަރާތެއްތޯ.

    12
  16. އީޖާބޭރާއްޖެ

    ތިޔައްވުރެ ރަގަޅުވީސް މާމަ ދަރިޔަކައް ނަމާދުކުރަން ދަސްކޮއްދޭ ޗެލެންޖެއް ގެނެސްދިންނަމަ މީ މާތް ﷲ އައް ބިރުވެތިވެ ދުއާކުރަންވީ ދަޑި ވަޅެއްނޫންތޯ އެބުނާ ތަހުޒީބު ކުރިއަރާފައިވާ ގައުމުތަކުގަވެސް އެއުޅެނީ އޮބިނޯވެގެން މީހެއްގެ މޫނުމަތީގަ ނެއް ހިނިތުންވުމެއް މިވެރިން ކުޅިވަރު ކުޅުމާ މަޖަލުގައި އަދިއެވެރުންވެސް ހިއްހަމަނުޖެހިގެން ސޯސަލް މީޑިޔާގައި މިކަން ފަތުރަން ވަރުދައްކާލާފައި ސަހަރޯ މިތިބަބަޔެއވާ ހައދަވާ ބޮޑުކުރެއްވި ރަސްކަލާކޮ މިގައުމުގެ ނިކަމެތި ރައްޔަތުން ސަލާ މައްކުރައްވަފާންދޭވެ އަމީން

  17. ޔަހުޔާ

    ????????????????????????????

  18. Anonymous

    ކާޕެޓް ވަގު

  19. އަޙްމަދު

    މީނަޖިހާކުޅުން

  20. އަޙްމަދު

    މީނާ ނިކަން ރޯލާ ކުލޭ ހިއް ވާނެ

  21. ހަސަންބޭބެ

    ނަމާދު ކޮށް ތަސްބީހަ ކިޔާބަލަ. އަހަރެމެން ކޮންމެ ހުކުރު ދުވަހަކު ޚުތުބާގައި ކަލޭމެނަށް (އަހަރެމެންގެ ތެރެއިން މާތްﷲ ޚިޔާރު ކުރައްވާފައިވާ ވެރިންނަށް)ހެޔޮމަގު ދައްކަވާތޯ ހާދަ ދުޢާއެއްކުރަމޭ. މިފަދަ ދަޑިވަޅުގައި މާތްﷲ އަޅުގަޑުމެން ކޮވިޑް19 ގެ ވަބާއިން ސަލާމަތްކުރައްވާތޯ، އަހަރެމެން ދޭ ޓެކްސް އިން މުސާރަނަގައިގެން ގޭގަ ތިބެ ކަލޭމެން ދުޢާކޮށްދީބަލަ. ޓޮއިލެޓް ކަރުދާސް ރޯލަށް ކޮން ބާރެއް އަރުވާކަށްތަ؟

  22. ކޯ

    އަޖަަބު މިޤަވްމު ހިންގަވަނީ ބަލަ މިޤަވްމެއް މިރާޒުވާ ގޮޑިއެއްނޫން ވަޒީރުންނޭ ވެރިންނޭ ވިސްވަނަވާ ވެރިކަން ރައްޔިތުން ޙަވާާލްކުރީ ތިޔަކުޅި ކުޅޭކައްނޫން

  23. އަފީ

    މި ދުނިޔެމަތީ އިސްލާމްދީނަށް ފުރަށްސާރަކޮށް ނުބައިނުލަފާ މީހުންގެ ސަބަބުން އެންމެންގެ މައްޗަށް ﷲ ސުބުހާނަހޫ ވަތައާލާ މިއަދު މިވަނީ މި ދުނިޔެމައްޗަށް ކޯފާއެއް ފޮނުވައްވާފައި! މިކަމުން ސަލާމަތްވުމަށް ހަމަ އެކަނި އޮތް ހައްލަކީ ﷲ އަށް ދުއާ ކުރުން! ގައުމުގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ތިބި ވަގުތު ދައުލަތުގެ ވެރީން މިކަން ސީރިއެސްކަމެއްގެ ގޮތު ނުދެކި އީމާންތެރިކަމުގެ ކުޑަމިންވަރެއްވެސް ނެތްކަން މިއަދު މިދަނީ މި ވީޑިއޯތަކުން ދޭހަވަމުން!