ގާކޮށި ފްލެޓްގެ ދެ ލިފްޓެއްގައި މީހުން ތާށިވެއްޖެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ކެނޑުމާ ގުޅިގެންނެވެ.

މީހުން ތާށިވެފައިވަނީ އޭ ބްލޮކް އަދި ބީ ބްލޮކްގެ ފްލެޓުގައި ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އޭ ބްލޮކުގައި ތާށިވެފައިވަނީ އުމުރުން ދުވަސްވީ މީހަކާއި ކުޑަ ކުއްޖެކެވެ.

އެމީހުންގެ ހާލު ރަނގަޅު ކަމަށްވާއިރު ބީ ބްލޮކުގައި ތާށިވި އަންހެން މީހާގެ ހާލު ރަނގަޅު ނޫންކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އޭނާ މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފް އިން މިހާރު ވަނީ ދެ ލިފްޓު ވެސް ހަލާކުކޮށްލައިގެން މީހުން ނެރެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ލިފްޓުތަކުން މީހުން ނެރެން ގިނަ އިރުތަކެއް ވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޫސާ

    ކޮންރަށެއްގައި ހިނގިކަމެއް

  2. ބެލް

    ތިޔަފަދަ ބޮޑެތި އިމާރާތް ތަކުގައި ސްޑެންޑް ބައި ޖެނެރޭޓަރ ހުންނަން ޖެހޭނެ. ފުލެޓް ތައް ވިއްކުނީ މަ ނިމުނީ ދޯ.

    • ބޮޑުވަރު

      ހެވެއްނު 2 މިލިއަން ރުފިޔާ އަށް ސަރުކާރުން ނިކަމެތި ރައްޔިތުންނަށް ފްލެޓް ވިއްކީމަ ރައްޔިތުންގެ ބެންކަށް ރައްޔިތު މީހާ ވަދެ ދިޔަ ފެލިގެން ތިން ހަތަރު މިލިއަނަށް ދަރައިގެން ލިބުނު ފްލެޓްގަ މިވީ ތާށި.