ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޭނުން ކުރައްވާ ކަސްޓަމަރުންނަށް ހިލޭ އިންޓަނެޓް ބޭނުން ކުރުމަށް 10 ޖީބީގެ ބޫސްޓަރ އެއް ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ދިރާގުން ބުނީ، މިއީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން ވަރަށް މުހިންމު ވެފައިވާތީ، ރިމޯޓް އެޑިއުކޭޝަން، ރިމޯޓް ވަރކިންގ އަދި އާއިލާއާއެކު މުނިފޫހިފިލުމަށް އިންޓަނެޓް ބޭނުންކުރުމަށް އިތުރު ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެއް ކަމަށެވެ.
މި 10 ޖީބީގެ ހިލޭ ލިބޭ ބޫސްޓަރ މާރިޗް އަދި އެޕްރިލް މަހުގައި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް (https://portal.dhivehinet.net.mv/home) މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރެވޭ ވަރު ބަލާލުމަށް ވެސް މި ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން އެކްޓިވޭޓް ކޮށްލެވޭނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ދިރާގުން ދަނީ ރިމޯޓް އެޑިއުކޭޝަން އަދި ރިމޯޓް ވޯކިންގ މަގުފަހިކޮށްދިނުމަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ މާރިޗު މަހުގައި ވަނީ ދީފައިއެވެ. އަދި މި އަންނަ އެޕްރިލް މަހުގައި ވެސް ދޭން ވަނީ ނިންމާފައިއެވެ.
ހަމަމިއާއެކު، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮންތަކަކުންވެސް 50 އިންސައްތަ ޑިސްކައުންޓް ދީފައިވެއެވެ. އަދި، ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީ އިން 25 އިންސައްތަ ޑިސްކައުންޓް މާރިޗު އަދި އެޕްރީލް މަހު ދޭން ވަނީ ނިންމާފައިއެވެ. މީގެ އިތުރުންވެސް، ދިރާގުން ވަނީ ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް އިތުރު ޑޭޓާއާއި ޑިސްކައުންޓް ވެސް ފޯރުކޮށްދީފައެވެ.
ދިރާގުން ބުނެފައިވަނީ، މި ކަންތައްތަކުގެ ސަބަބުން ކިޔަވާ ކުދިންނާއި، ޓީޗަރުން އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ދިރާގުން ވަނީ މިދުވަސްރަވަރު އިންޓަނެޓްގެ ޚިދުމަތް ންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުންވެސް ބޭނުން ކުރުމަަށް އިލްތިމާސް ކޮށްފައެވެ. ހަމަ އެއާއެކު، ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާގެ ދަށުން ހުރިހާ އެންމެންވެސް އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށެވެ.
ދިރާގުން އަބަދުވެސް ބަލަނީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާއި މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށެވެ.
ޙާދަ ފައްކަލޭ.. އަދިވެސް ލާޜިޔާ ހެދިބޫތް ކާފަ، .
1000 ޜ ސިމް ވިއްކާލި ވަގުން ތީ، ދުވަހަކުވެސް
ޜަގަޅެއް ނުވާނެ... ރައްޔިތުން ފެލާ ބައެއް ތީ
އަޅޭ އާރ އޯ އެލް އިން ވެސް މިހެން ހަދާނެ ނަމަ ދޯ ؟؟ އާރއޯއެލް މީހުން މިހާރު ވަރަށް ކަންޖޫސް ވެއްޖެ.. ދިރާގައް ބަދަލްކޮއްލަންވީ އަވަހަށް...
މެލޭޝިއާގަ ހިލޭ.....
އެކްޓިވޭޓެއް ނުކުރެވޭ ހުސް ފޭކު،
ދޮގު ބުހުތާން، އެއްވެސް އެއްޗެއް ނުކުރެވޭ، އެދްރެހަށް ނުވެސް ވަދެވޭ، ދިރާގު އެޕްވެސް ކަޑަ، އައުޓްޑޭޓެދް. ހުސްފޭކު
ތިޔަ ބުނާ ކަނެކްޝަނެއް ހޯދަން މިހާރު ފޯރމްފުރާފަ ތިޔަ ދިރާގަކަށް ލީ ފަހުން މިހާރު 2 މަސް ދުވަސް ވަނީ... ފިނި ހަކަ ދިރާގް.. ވަރަށް ސަލާމް،
އެކްޓިވޭޓް ކުރަން ނޭނގޭނަމަ ކޮމެނޓް ނުކުރުން ރަނގަޅީ. އާރޓިކަލް ކިޔައިލީމަ އިނގޭނެ އެކްޓިވޭޓް ކުރަނވީ ގޮތް. ވަރަށް ފަސޭހަ. 10ޖީބީ ލިބޭ.
ބަލަ ދިރާގަކީ ބަޓެލްކޯ %52 ވާކުންފުޏެއް އޫރިދޫއަކީ ބަޓެލްކޯ %46 ވާކުންފުންޏެއް ބޭރު ކުންފުންޏެއް ކުރީގަދިރާގަކީ ސަރުކާރުގެ ހިއްސާބޮޑު ކުންފުންޏެއް ދޮޅުއަހަރު ވެރިކަންކުރި ރައީސް ނިދާހޭލެވުނުއިރު %52 ބަޓެލްކޯ ދެވިއްޖެ ދެންއެވަރުވާކަންވެސް ރަނގަޅެއްނު މިހާރު ގައުމަކުނެއި %7 ޕަސެންޓް ގަންނާނެ ލާރިޔެއް ހުސްބަޑާކައެފައެއް ދެންހިންދިރުވާލަމާދޯ ވޯޓްކާރިވީމަ ހަދުބާލަދޭނެ އެވަރުންވާނެ