ރާއްޖޭގެ ދެވަނަ އަށް އެންމެ މަގުބޫލް އޮންލައިން ނޫސް "ވަގުތު" ގެ ހުރިހާ މުވައްޒަފުން ޗުއްޓީ އަށް ދާން ނިންމައިފިއެވެ.

"ވަގުތު" މުވައްޒަފުންގެ ޗުއްޓީ ދަތުރަކީ "ވަގުތު" ގެ މެނޭޖްމަންޓް އިން ހުރިހާ ޚަރަދެއް ކުރާ ގޮތައް ރާއްޖެ އިން ބޭރަށް ކުރަން ހަމަޖެހިފައިވާ ޗުއްޓީ ދަތުރެކެވެ. 15 ދުވަހުގެ ޗުއްޓީ ފަށާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. "ވަގުތު" ގެ ހުރިހާ މުވައްޒަފުން ޗުއްޓީ އަށް ދިޔަ ނަމަވެސް މިހާރެކޭ ވެސް އެއްފަދައިން "ވަގުތު" ވެބްސައިޓް މެދުވެރިކޮށް ތާޒާކަމާއި އެކު ޚަބަރުތައް ގެނެސްދެވޭނެ ގޮތައް ހުރިހާ އިންތިޒާމެއް ވަނީ ފުރިހަމަ ކުރެވިފައެވެ.

"ވަގުތު" ހުރިހާ މުވައްޒަފުން ކުރުމަށް ހަމަޖެހިފައިވާ ޗުއްޓީ ދަތުރާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން "ވަގުތު" ގެ ސީއީއޯ އަހްމަދު އިމްރާން ވިދާޅުވީ މިދަތުރު ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ "ވަގުތު" މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުން ކަމަށެވެ.

"ހުރިހާ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މުވައްޒަފުންނަށް ޗުއްޓީ ދަތުރެއް ދޭން ނިންމި އެއްސަބަބަކީ. މިދަތުރުގައި އެއްވެސް ޚަރަދެއް މުވައްޒަފުން ކުރާކަށް ނުޖެހޭނެ. ހުރިހާ ޚަރަދެއް ކުރާނީ ވަގުތު އިން." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ "ވަގުތު" ގައި އޮތީ އެހެން މީޑިއާތަކުން ޖެހިލުންވާ ވަރުގެ ޓީމެއް ކަމަށާއި އެހެންކަމުން "ވަގުތު" ޓީމްގެ ގުޅުން ބަދަހި ކުރަން "ވަގުތު" މެނޭޖްމަންޓުން ވެސް ބޭނުންވާ ކަމަށެވެ.

"ވަގުތުގައި އޮތީ ވަރަށް ޒުވާން ޓީމެއް. އުއްމީދީ ޓީމެއް. އެހެން މީޑިއާތަކުން ޖެހިލުންވާނެ ޓީމެއް. މިހުރިހާކަމެއް ވީމާ އަޅުގަނޑުމެން މިޓީމް މިހާރަށް ވުރެ ވެސް ވަރުގަދަކޮށް މިގޮތުގައި މަސައްކަތް ކުރަން ބޭނުން. ވަގުތު ޓީމް ތަފާތު ވާނެ. އެތަފާތު ވަގުތު އިން މިފެންނަނީ." އިމްރާން ވިދާޅުވިއެވެ.

ވަޒީފާ އަދާކުރާ އޮފީހުން ހުރިހާ ޚަރަދެއް ކުރާ ގޮތައް ރާއްޖޭގެ އެއްވެސް ކުންފުންޏަކުން މިހާތަނަށް މުވައްޒަފުން ޗުއްޓީ އަށް ފޮނުވިކަން އެނގިފައެއް ނުވެއެވެ. އެހެންކަމުން "ވަގުތު" ވެގެންދާނީ ރާއްޖެ އިން މުވައްޒަފުންގެ ޗުއްޓީ އަށް ހުރިހާ ޚަރަދެއް ކޮށްގެން ހުރިހާ މުވައްޒަފުންނަށް އެއް ފަހަރާ ޗުއްޓީ ދޭ ފުރަތަމަ ކުންފުންޏަށެވެ.

"ވަގުތު" އަކީ ދެވަނަ އަށް އެންމެ ގިނަ ދިވެހިން ވަންނަ ރާއްޖޭގެ ވެބްސައިޓަށް ވެފައި ވަނީ މިދިޔަ ޖަނަވަރީ މަހު އެވެ. "ވަގުތު" އަށް މިހާރު ދުވާލަކު ދޮޅުލައްކަ އަށް ވުރެ ގިނަ މީހުން ޒިޔާރާތް ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އިންސާނާ

    ދޮޅުލައްކަ މީހުން ޒިޔާރަށް ކުރާއިރުު ގައުމުގެ މަސްލަހަތު ނުގެއްލޭނެ ފަދަ ގޮތަކައް ތެދުހަބަރުގެނެސް ދެއްވާ ނޫހަކައް ވަގުތު ވާނެ ކަމުގެ އުމްމީދުގަ މުވައްޒަފުންނަށް އުފާވެރި ޗުއްޓީއަކަށް އެދެމުން ވަކިވެލަން

    • ެޝެއިޚް ޒާހިރު

      ޖޭ ވީ ދޯ

  2. މ

    ސަޅި.. ދަ ބެސްޓް ނޫސް. ޢުފާވެރި ދަތުރަކަށް އެދެން ހުރިހާކުދިންނަށް ..ޚަބަރު ތައް ގެނެސް ދެއްޗޭ ކުދިން ކޮޅާ..

  3. ޥާޏޭ

    "ވަގުތު"ގެ މުވައްޒަފުން ޗުއްޓީއަށްދަނީ ކޮން ގައުމަކަށްކަންވެސް ބުނެދިންނަމަ،؟؟ތިޔަ ނޫސްއިދާރާގައި ވަޒީފާ އަދާކުރަން ވަރަށް ޝައުގުވެރި ވެއްޖެ!! ތިހާވަރަށް މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރާ ކޮމްޕެނީތަށް ނުވަތަ އޯނަރުންނާއި މެނޭޖުމެންޓުން މިގައުމުގާ ވަރަށް މަދުވާނެ

  4. Anonymous

    ހަގީގަތުގަވެސް މިހާރު "ވަގުތު" ނޫހަކީ ދެވަނައިގެ ނޫހަށްވުރެ ކުރީގައި ވަނަކިޔަންޖެހޭ ނޫހެއް، މާނައަކީ "ވަގުތު" ނޫހަކީ މިހާރުގެ ލިސްޓުގެ އެއްވަނައިގައި ޚަބަރު ފަތުރާ އިދާރާއޭ، ސަބަބަކީ ކޮންމެޚަބަރެއްވެސް ފުރަތަމައަށް ދައުރުވެގަންނަނީ މިނޫހުގައި ދެން ގިނައިރުތަކެއް ފަހުން އެހެން ނޫސްތަކުގައި ޝާޢިއު ކުރެވެނީ.

    • ޢައިޝާ

      މަ އެއްބަސް

  5. ތޯބެ ޕިންކް

    ﷲ މަތިން ހަނދުމަކުރާ ހާލު މިދަންނަވަނީ އަހަރެންގެ ހަޔާތުގައި މިހާގިނައިން ވަންނަ އަދި ވަގުތު ހޭދަކުރާ ވެބްސައިޓެއް އަދި ނެތް. މީ މިހާރު އަހަރެންގެ މުނިފޫހި ފިލުވާ ބައިވެރިޔާއޭ ބުންޔަސް ދޮގަކަށަ ނުވާނެ. ވަގުތު ކުދިން ތިޔަކުރާ ބުރަމަސައްކަތަށް ދޭނެ އެއްޗެއް ނެތްކަމަކު ޝުކުރެއް ދެވިދާނެ ހިތުގެ އެންމެ ފުންމިނުން. އަދި ބާއްޖަވެރި އުފާވެރި ދަތުރަކަށް އެދެން . އަހަރެންގެ ދުއާ އަކީ ވަގުތު ނޫސްއަކީ ރާއްޖޭގެ އެންމެ ވަރުގަދަ ނޫހަށް ވެގެން ދިޔުން. އޭހް!.. ދެން ލައްކަ ވާހަކަ ދެއްކިއްޖެ ދޯ ދެން ހަދިޔާއެއް ގެންނައްޗޭ...

  6. އިބޫ

    ކޮބާތަ އެއްވަނަނޫހަކީ

  7. އަލީ

    ލިޓަސްވެސް ދިޔަ ހުރިހާ މުވައްޒަފުން ގޮވައިގެން ކިހާ ތެދު ދޯ ހަބަރުތަށް

    • ޙޫމް

      ޙަބަރުގައޮތީ ދިޔަކަމެއް އެގިފައެއް ނެތޭ ނުދެއެކޭ ނޫން

  8. ހައިރޯ

    އަހަރުން ކުންފުނި އެންމެންވެސް ދިޔަ. ކުންފުނީގަ އުޅެނީ މަ އެކަނި.

  9. އ.ޖ.އ

    މަހްރަމުން ނުލާ ދަތުރު ކުރުން ހަރާން.

  10. ޛިިަލސsj

    ލިތަސް ކުންފުނިންވެސް ދިޔައީމަ މިމީހުންވެސް ދާންވެއްޖެދޯ؟ ?‍♂️?‍♂️?‍♂️

  11. އަލީ

    ބޮޑު ވަގު ފިލަންވެގެން