އޮންލައިންކޮށް ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ބާއްވާ ފުރަތަމަ ގައުމަކަށް ރާއްޖެވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އޮންލައިންކޮށް، ވަޒީފާ އަދާކުރަމުން ގެންދިޔަ ނަމަވެސް އަދި ދުނިޔޭގެ އެއްވެސް ގައުމެއްގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް އޮންލައިންކޮށް ބާއްވާފައެއް ނުވެއެވެ.

ވާޗުއަލްކޮށް ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ބާއްވަން ހަމަޖެއްސި ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ ވުމުން އެކަން ބައިނަލްއަޤުވާމީ މީޑިއާތަކުން ވެސް މިހާރު އަންނަނީ ފާހަގަ ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ އޮންލައިންކޮށް ކުރިއަށް ގެންދަން ފަށާނެއެވެ. ސަރުކާރުން އިއުލާން ކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަން ދެން އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ "ޒީ މީޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ތިބީ ގޭބަންދުގައި ހުންނަ ކޮންމެވެސް އެހެން ކަހަލަ އައިސޮލޭޝަނެއްގައި ކަމަށެވެ. "މީގެ ތެރޭގައި ޤާނޫނު ހަދާ މަޖިލިސް ތަކުގެ ވަރަށް ގިނަ މެންބަރުން ވެސް ހިމެނޭ. ނަމަވެސް މިހާލަތުގައި ވެސް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް، އެމެންބަރުން ތަމްސީލް ކުރާ ރައްޔިތުންގެ އަޑު ނީއްވާ ތިބެވިގެން ނުވާނެ. ޑިމޮކްރަސީގައި، މުއައްސަސާތަކުގެ މަސައްކަތް ހުއްޓިގެން ނުވާނެ. ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ އެހެންވެގެން." ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ހަޒަން ޒިޔާއު ބައިނަލްއަޤުވާމީ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އާއްމު އުސޫލުން ކުރިއަށްދާނެ ކަމަށާއި ހަމައެކަނި އަންނާނެ ތަފާތަކީ މެންބަރުން މަޖިލީހުގެ ޗެމްބަރަށް ވަޑައިނުގެން އޮންލައިންކޮށް މަސައްކަތް ކުރައްވާ ގޮތައް ހަމަޖެހުން ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ބައެއް ލީޑަރުން ވަނީ އޮންލައިންކޮށް ބައްދަލު ކުރައްވާފައެވެ. އެންމެ ކުރިއަރާފައިވާ 20 ގައުމު ހިމެނޭ ޖީ-20 ގައުމުތަކުގެ ލީޑަރުން ވެސް މިދިޔަ ހަފްތާގައި ވަނީ ވާޗުއަލް ބައްދަލުވުމެއް ބާއްވާ، މިހާރުގެ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މިހާރު ދުނިޔޭގެ ތިން ބިލިއަނަށް ވުރެ ގިނަ މީހުން ތިބީ މީގެ ކުރިން މަސައްކަތް ކުރަމުން އައިގޮތައް މަސައްކަތް ކުރަން ހުރަސް އެޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ގަފޫރު

  އިރާދަ ކުރެއްވިއްޔާ ދެން ދުވަހަކުވެސް އެއްވެސް އިންތިހާބެއްގަ އަންނި އަށް ކާމިޔާބެއް ނުވާނެ

  35
  3
 2. ސާހިދު

  މީ މި ޤައުމުގެ ހަލާކު ކެނެރީގެ ވަބާ މި އުޅެނީ މި ޤައުމަށް ދިމާވެގެން ބުއްލަބޭގެ ދުލުގެ ވިހައިން ރައްޔަތުން މި އުޅެނީ ސަލާމަށް ނުވެގެއް

  31
  1
 3. އިންސާފު

  މިދަނޑިވަޅުގަވެސް ޗަރުކޭސް ކުޅެވޭތޯ... ކަލޭމެންނަށް ހަމަ ސާބަސް. މީ ކޮންމެހެން ދިވެހިންނަށް ރަނގަޅުވެގެންނެއް ނޫން ހަމަ މޮޅުކަމެއް ކޮއްލަންވެގެން. ކޮބާ މިހާރު ހިޝާން ކަންތައް މިމީހުން ބޭނުންވާ މިނިސްޓަރު ބޭރުވީމަ އޯކޭ ދެން ވަރިހަމަ ހިޝާން އެކަން ކުރިއަސް ނުކުރިއަސް. ސާބިތު ނުވާކަމެއްގަ މިނިސްޓަރ ބޭރުކޮށްފަ ސާބިތު ކުރަން ނުވެސް އުޅޭ.

  27
  1
 4. ޏަސް

  ޏަސީރު ހެއއޢްދެވި ފަރާތަޢް ބިރުގަނެބަލަ
  ޢނގަ ނުތަޅާ ހުރެބަލަ.. މާޢެގިގެން ނޫޅޭ މޯދިހެން

  24
  1
 5. ރފގތހހު

  ތިޔައީ ވަރަށ މޮޅު ކަމެއްކަމަށް ދެކެނީތަށް މިދަޑިވަޅުގައި ކުރަން ހުސް ވޭސްޓް ވޭސްޓް

  29
  1
 6. އިބްރާހިމް ފުޅު

  މިކަމުގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރީ ކިހާފައިސާއެއްތޯ ރައްޔިތުންނަށް އެގެން އެބަޖެހެއެވެ. ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ޚަރަދު ބަރަދު ކުޑަކުރައްވާނެކަމަށް ވިދާޅުވެފައި ވަނިކޮށް ސަރުކާރަށްވެސް ބާރުނުފޯރުވޭނެ ބާރަކުން މިގޮތައް އެތައްލައްކަ ފައިސާއެއް މިދަނޑިވަޅުގައި ޚަރަދު ކުރުމަކީ ކިހިނެއްވީކަމެއްކަން ހާމަކޮށްދޭންޖެހޭ، ފަޔަށް ހިނިއަރާގެން އުޅުއްވާ ބޭފުޅުންވެސް މިނާޒުކުފައްތަރުގައި ރާއްޖެ އޮއްވައި ނުވާނެ ދޯ ތިމޭރުމުން ވާހަކަފުޅުދައްކަވާކަށް، ނިކަންބައްލަވާ ބާޒާރުގައި އަދުގެ ކާބޯތަކެތީގެ އަގުތައް ހުރިވަރު އަޅުގަނޑުމެންނަކީ ކެއުންބުއިމަށް ބޭނުންކުރާ ހުރިހާ ތަކެއްޗާއި ، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންތަކަށް ވެސް ބޭނުންކުރާ އެއްމެ ކުޑަމިނުން ދަތްކޮށްޓާ އިލޮށްޓަށް ދާންދެން ބޭރުން އިމްޕޯރޓްކޮށް ގެން ބޭނުންކުރާ ރައްޔިތުން އުޅޭ ޤައުމެއް އެހެންކަމުން މިޤައުމުގެ އަދުގެ ޙާލަތައް ބައްލަވާއިފައި ނޫނީ ބޮޑުބަޖެޓަކުން ޚަރަދު ކުރުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަން ކަށަވަރެވެ. ރަނގަޅު ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ނުކުރާ ކިތައްމެ ކަމެއް ރެކޯރޑް ހަދަން ކުރެވިދާނެވެ، ނަމަވެސް އެއީ އަޅުގަނޑުމެން ރައްޔިތުން ރުހޭނެކަމެއްނޫނެވެ.

  23
  2
 7. ވައްޑޭ

  އަސްތާ؟؟؟ ތިޔަފަދަ ބޮޑު ޚަރަދެއް ކުރައްވަން ހެޔޮނުވާނެ މިދަނޑިވަޅުގައި، އެއްވެސް މީހަކަށް ކުޑައިމީސް ބަހެއް ބުނާކަށް ބޭނުމެއްނުވޭ ،، އެކަމަކު ރައްޔިތުން ބަޑަށް ޖެހިދާނެތީ ކަންބޮޑުވޭ،

  27
  1
 8. ސާބިތު

  ތިޔަ އިއްޒަންތެރި ވަކަރުގޭގައި ކިތަން ބޭފުޅުންބާ ތިއްބެވީ އޮންލައިން އެއީ ކޮންއެއްޗެއްކަށް އިގޭވަރުގެ އެހެއް ނުބުނެވެއްވި ސަބަބެއްނެތް ވަކަރުގެ އިއްޒަންތެރި ބޭފުޅަކު މި ވިދާޅުވަނީ މި ހެލްތު މިނިސްޓަރަކަށް މި އުޅޭ އަމީން އަބަދު ަބަދު މި ކިޔަނީ ކީކޭހޭ ރައްޔަތުންނޭ ކިޔާފަ ޕެނިކުވަނީއޭ ޕެނިކުވަނީއޭ ކޮބާހެއްޔެ ޕެނިކުގެ މާނައަކީ މި ސުވާލު ކުރަނީ އެފެއްވަރުގެ ބޭފުޅުން އުޅުއްވާ ތަނެއްގައި އޮއްލައިންކޮން ޖައްސާ ބާއްވައް ހަދާއިގެ ކުރެވުން އެއްމެގާތީ ޒު އޮންލައިންކޮން އެ ބޭއްވިކަހަލަ ކަހަލަ ޖައްސާހެއް ހީވަނީ

  21
  1
 9. ކައްޕިތާން

  ނަސީބެއްނު ކަނޑު އަޑީގަ ސަބްމެރީނުގަ ނުބޭއްވިކަން އެހެން ގައުމުތަކުގަ އެބަލަނީ ރުފިޔާއެއް ޙަރިދުނުކޮއް އުޅެވޭތޯ ވާނުވާއެއް ނޭންގޭ ބައްޔެއްވީމަ މިވެރިންނައް ހީވަނީ އީދެއް އައިސްގެންއުޅޭހެން އެއްބަޔަކު ސީފުހޭ ކަރުދާސް ރޯލުން ބޯޅަ ކުޅެވޭތޯ ބަލަނީ އަނެއްބަޔަކު ޓީވީ ތަކައްއަރާ ކެންޕޭނު ކުރެވޭތޯ ބަލަނީ ނަމުގަ ކޮންވާޓް 19 އޭ މިޔާފަ ޓީވީ އެނައުންސަރެއް ހެނދުނު ގަޑީގައި ބުނާހެން މީވާ ގައުމެއް ލަދުންނާއި ބިރުން ހަލާކް

  22
  1
 10. ޙުސައިން

  ގައުމުގެ ޖޯކަރުން

  23
  1
 11. މަރޭ

  އިިންޑިޔާ ނޫން އެހެންތަންތަނުން ހަޑޫހަރުކު ހޯދަންގާނުންނެއްފާސްކުރަންޖެހޭ. ތިއިންޑިޔާއަށް މާބޮޑަށްޑިޕެންޑްނުވެ ދުނިޔޭގެ އެކިގައުމުތަކަށް ހަޑޫ ހަކުރު ފުއްހޯދަށް އޯޑަރުދީފަ ބަހައްޓަންވީ. އިންޑިޔާ އަކީ އިތުބާރުކުރެވޭގައުމެއްނޫން ކަމެއްވީމައިގޭނީ މީގެ ކުރިންހިލަގެނައުންމަނާކުރިބައެއްތީ އަދި ފިޔާވެސް އެތެރެކުރިބައެއްތީ، އެހެންތަންތަނުން އެތެރެކުރަންފެށީމަ އަވަހަށް ހުއްދަތަށްދިނީ ތިމަންނަމެއްނެތަސް އެހެންމީހުން މިކަންކޮށްދޭނެކަންއެގޭތީ. ޕާކިސްތާނުތަންތަން ކުރިއަރާފާނެތީ

  • ކަނީރު

   އިންޑިއާނޫން އެހެން ޤައުމުތަކުން ހަޑުހަކުރު ގަނެގެން އެތެރެ ކުރީމަ ކަލޯމެންނަކަށް ނުގަނެވޭނެ. އަގުބޮޑުވާނެ

 12. ޝާހް ރ.ވާދޫ

  ތީ މުޅިންވެސް ތިކަމުގަ އުޅޭ ބައެއްނު؟ ދެއްކުންތެރި ސަރުކާރުން މުޅިންވެސް މީޑިޔާގެ ސަމާލުކަމަށް ނޫނީ ކުރާ އެއްވެސް ކަމެއް ނޯވޭ! ކޮބާހޭ މާލޭ ހުކުރުމިސްކިތުގެ އަޕްޑޭޓަކީ؟؟

 13. ޙާލަތު

  ވެބްކެމް އަށް ވަރަށް ފަރިތަކުދިން އުޅޭނެ އެންޑީޕީ މަޖިލިސްގަ

 14. ރައީސުގެ މީހާ

  އަންނި އުޅެނީ އަންބޮނޑި ބޮޑުނުވެގެން ގައުމު އޮތީ ބިރުވެރިކަމެއްގަ

  ކޮންގާނޫނެއް ނެހެދިގެން ކޮރޯނާ ނުހުއްޓުވެނީ.. މިވަގުތު ގާނޫނު ހަދާ މަޖިލިސް ބޭއްވުންތަ މުހިއްމީ ރައިޔަތުންނަށް އެހީވުންތަ..؟

  ރައިޔަތުްނ ކަމަކާ ޖެހުނީމަ.. މަޖިލީހުގެ މެމްބަރުން މިއުޅެނީ ކިހިނެއްވެގެން..

  ޚާއްސަކޮށް ބޮޑު ގޮނޑީގަ އިންނަމީހާ އުޅެނީ ނުތަކާއިގެން ދޯ..؟

  ނަމާދު ނުކުރެވޭނަމަ.. މަޖިލިސް ބޭއްވިގެން ނުވާނެ..ހުއްޓުވާ.. ނޫނީ އަހަރުމެން ވެސް ވާޖިބު އަދާކުރަން ދާނަން..!

 15. އެންދެރި

  ސުރުހީ އަށް އަރަން އުޅޭ މީހެކެވެ. ހަރަދު ބޮޑުވަނީ އެވެ.

  4
  1
 16. ދިދަ ދަނޑި

  މިވަގުތު ބޭކާރު ހަރަދުކުރުން ހުއްޓާލާ.. އޮންލައިން އަދި އޮފްލައިން ޖަލްސާވެސް މުހިއްމެއް ނޫން.. ތިޔައްވުރެ މުހިއްމު އެތައްކަމެއް އެބަހުރި ..

 17. އައްޑޫބެތްޔާ

  ބޮލު ރޮދިކެނޑިގެން މިހާރު ކޮންގާނޫނެއް ނެހެދިގެން އުޅޭކަ މިނަށީދު ބަނބުކެޔޮ ގަސްތަކުގަވެސް ފުރާޅޫމަތީގަވެސް ތިކަން ކުރާނެ އޭނަބޭނުން ވަނީ ދެއްކި ތުއިވާން

 18. ތައްހާނު

  އޮންލައިން ކިޔަންވެސް ނޭނގޭ ކިތަންމެ މީހެއް ތިތަނުގެ ތެރޭގަ އެބަތިބި

 19. އަލި

  ނުކާނުބޯ ތިބެގެންވެސް ތިތަނުގެ ޖަލްސާބޭއްވޭތޯބަލާ