ނިމިގެން ދިޔަ އަހަރަކީ ފުލުހުންގެ ހިދުމަތަށް މުހިންމު އަހަރެއް ކަމަށާއި، އެކި ކަންކަމަށް ފުލުހުންނަށް ހުރި ގޮންޖެހުންތައް ހުރިނަމަވެސް އެގޮންޖެހުންތައް ދެނެގަނެ މުހިންމު ބަދަލުތަކެއް ފުލުހުންގެ ޚިދުމަތައް އަންނަނީ ގެނެވެމުން ދާކަމަށް ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތަށް 87 އަހަރު ފުރުމާއި ގުޅިގެން އެކަމުގެ ތަހުނިޔާ ހިއްސާ ކުރުމަށް ޓްވިޓާ މެދުވެރިކޮށް މިނިސްޓަރ އިމްރާން ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ފުލުހުންގެ ހިދުމަތަށް 87 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފުލުހުން ގައުމުގެ އަމަން އަމާންކަން ގާއިމް ކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތްތައް ފާހަގަ ކޮށް އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ފުލުހުން ކުރަމުން އަންނަ މުހިންމު މަސައްކަތުގައި ފުލުހުންގެ އާއިލާތަކުގެ ހިއްސާ ބޮޑުކަން ފާހަގަ ކުރައްވައި މިނިސްޓަރ އިމްރާން ވަނީ ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ފުލުހުންނާއި އެފަރާތްތަކުގެ އާއިލާ އަށް ހިއްސާކޮށްފައެވެ.

"ދިވެހިރާއްޖޭގެ ދާހިލީ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމްކޮށްދިނުމަށްޓަކައި ރެޔާ ދުވާލު ގޮންޖެހުންތަކާއި ކުރިމަތިލައި ދިވެހި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ފުލުހުންނަށް ޝުކުރު އަދާކުރަން. ފުލުހުންގެ މި މަސައްކަތް އާއިލާތަކުގެ އެއްބާރުމާއި އެކު މެނުވީ ނުކުރެވޭނެ ކަަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެން ކަމުން ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ އާއިލާތަކަށްވެސް އަރިސްކުރަން" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ މިހާރު މުޅި ދުނިޔެއަށް ނުރައްކާ ކަމުގައިވެފައިވާ ކޮވިޑް-19 އާއި ގުޅިގެން ދިވެހި ރައްޔިތުން އެބަލިން ރައްކާތެރި ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ކުރީ ސަފުގައިވެސް ހަރަކާތްތެރި ވަމުން އަންނަނީ ފުލުހުން ކަމަށާއި، އެކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިކަމުން އަރައިގަތުމަށް ފުލުހުންގެ ހުރިހާ ވަސީލަތްތަކާއި ކޮންމެ ފުލުހެއްގެ ހަކަތަ ދަނީ ބޭނުން ކުރެވެމުން ކަމަށް އިމްރާން ވިދާޅުވިއެވެ.

ފުލުހުން ކުރަމުންދާ މަސައްކަތަށް ބަލައިގަނެ ސަރުކާރުން ފުލުހުންގެ އަގުވަޒަން ކުރާ ކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.

އަލް ސުލްޠާން މުހައްމަދު ޝަމްސުއްދީން-03 ގެ ވެރިކަމުގައި ރާއްޖޭގައި ފުރަތަމަ ފުލުހުންގެ ޚިދުމަތް ފެށީ 1933 ވަނަ އަހަރުގެ މާޗް 29 ވަނަ ދުވަހު އެވެ. ނަމަވެސް ފުލުހުން ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖައްސާ މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ފެއްޓެވީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި 2004 ވަނަ އަހަރުގެ ސެޕްޓެމްބަރ 01 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސާބިތު

    އަޅޭ މީނަ ފެނުމުން ފާދަ އުފަލެކޭ މިބަނީ ކޮންތާކު އުޅެފަ މަނިކުފާނު ތިޔަ ނުކުތީ އި މިސްޔު ލޮޓް

    8
    1
    • ސަދޫ

      ބީރުން ފިލާ އޮތީ

  2. ހަރުމަލުބޭ

    އިމްރާނުން ދައްކާވާހަކަ، ދެން ދުވަހަކުވެސް ގަބޫލެއް ނުކުރެވޭނެ. އެއީ ރައީށް ނަޝީދު އަށް އެވަރަށް ބަވާފަ، މިހާރު މިނިސްޓާރުކަމާއި، ދުނިޔޭގެ އިއްޒަތާ ޖާހަށްޓަކައި މިއަދު ރައީސް ނަޝީދުގެ އަރިހުގައި އިސްދަށަށް ޖަހައިގެން އަދަބު ތަޢުޞީމްގަ ހުންނަތަން ފެނުނީމަ

    18
  3. ައަނިލް

    ކަލޯ، ގޮންޖެހުންތަ ކާއި ފިއްތުން އޮތީ ޔާމީނު ސަރުކާރުގައި ކަލޭމެން ނުކުރާކަށް އުދަގުލެއް
    ދުއްތުރާއެއް ނެއް މިވަރުންވެސް ހިކުމަތްތެރިކަމާއި އެކު މިޤައުމަށް ތަރަޤީ ގެނެސްދެއްވީ
    ރައީސް ޔާމީން ކޮން ގޮނޖެހުމެއްގެ ވާހަކަ ދައްކާކަށްތަ ފާޑު ފާޑު ވާހަކަ ނުދައްކާ
    އިސްތިއުފާ ދީފާ ދާންއުޅޭ

    11
  4. ރައީސުގެ މީހާ

    އަންނި އުޅެނީ އަންބޮނޑި ބޮޑުނުވެގެން ގައުމު އޮތީ ބިރުވެރިކަމެއްގަ

    ކޮންގާނޫނެއް ނެހެދިގެން ކޮރޯނާ ނުހުއްޓުވެނީ.. މިވަގުތު ގާނޫނު ހަދާ މަޖިލިސް ބޭއްވުންތަ މުހިއްމީ ރައިޔަތުންނަށް އެހީވުންތަ..؟

    ރައިޔަތުްނ ކަމަކާ ޖެހުނީމަ.. މަޖިލީހުގެ މެމްބަރުން މިއުޅެނީ ކިހިނެއްވެގެން..

    ޚާއްސަކޮށް ބޮޑު ގޮނޑީގަ އިންނަމީހާ އުޅެނީ ނުތަކާއިގެން ދޯ..؟

    ނަމާދު ނުކުރެވޭނަމަ.. މަޖިލިސް ބޭއްވިގެން ނުވާނެ..ހުއްޓުވާ.. ނޫނީ އަހަރުމެން ވެސް ވާޖިބު އަދާކުރަން ދާނަން..!

    11
  5. ގެރި މޯދީ

    ފާއިތުވި އަހަރު ފުލުހުން ހޯދި އެންމެ ބޮޑު ކާމިޔާބަކީ ސްޓިކަރ ޖަހައިގެ މިލިއަނުން ދައުލަތަށް ފައިސާ ހޯދައިދިނުން.