ކޮވިޑް-19 އާ ގުޅިގެން ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ގެއިން ބޭރަށް ނުނިކުމެ ގޭގައި ތިބުމަށާއި މީހުން އެއްވެ އުޅުން އެއްކޮށް ހުއްޓުމަކަށް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދިވެހި ރައްޔިތުންނަށް މިއަދު ގޮވާލައްވައިފިއެވެ.

ދިވެހި ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ދުނިޔެއަށް ފެތުރިފައިވާ ކޯވިޑް-19ގެ ނުރައްކަލުން، ދިވެހި ގައުމު ރައްކާތެރިކުރުމަށް މި ކުރާ ގައުމީ މަސައްކަތުގައި ދިވެހި ފުލުހުން އަދާކުރަމުން އެ އަންނަނީ ވަރަށް މުހިންމު، އަދި އެހާމެ ނުރައްކާތެރި ދައުރެއް ކަމަށެވެ. ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި، ފުލުހުންނަކީ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާނެ ބައެއް ކަން މިކަމުން އެނގިގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ކުރާ ތަންތަނާއި، ބައްޔަށް ޝައްކުކުރެވޭ މީހުން އެކަހެރިކޮށްފައި ބައިތިއްބާ ތަންތަނާއި، ރިސޯޓުތަކުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަމުންދާ އިރު، މިއީ ވަރަށް ނާޒުކު އަދި ވަރަށް ނުރައްކާތެރި މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް، ފުލުހުން އެ ނުރައްކަލާ ކުރިމަތިލައިގެން، ކުރީ ސަފަށް ނުކުމެގެން އެ ތިބީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ވިދާޅުވިއެވެ. މި ދަނޑިވަޅުގެ ނާޒުކުކަމުގެ ނާޖާއިޒު ފައިދާ ނަގައި، އެކި ބާވަތުގެ ކުށްތަކަށް އަރައިގަންނަން މަސައްކަތްކުރާ ބަޔަކުވެސް، އެބަތިބި ކަމަށާއި އެފަދަ ކަންކަމަށް ސަމާލުވެ، އެކަންތައް ހުއްޓުވުމުގައިވެސް ފުލުހުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ، އަޅުގަނޑުމެން އެންމެން، އެ ބޭފުޅުން (ފުލުހުން) އެ ކުރައްވާ މަސައްކަތުގެ އަގު ވަޒަން ކުރަންޖެހޭނެ. މިވަގުތު އެކަމުގެ އަގު ވަޒަންކުރުމަކީ، އެބޭފުޅުންގެ އެ މަސައްކަތް ކާމިޔާބު ކުރުމަށް ފުރުސަތު ދެއްވައި، އަޅުގަނޑުމެން ބޭރަށް ނުނިކުމެ ގޭގައި ތިބުން. މީހުން އެއްވެއުޅުން މުޅިން ހުއްޓުމަކަށް ގެނައުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތެއް އޮތުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން ހިމާޔަތް ކުރުމާއި ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ.

މިއަހަރުގެ ފުލުހުންގެ ދުވަސް މި ބައްދަލުކުރަނީ، ދިވެހި ގައުމާއި ރައްޔިތުންގެ ޚިދުމަތުގައި، ރެއާއި ދުވާލު އެއްވެސް ވަރުބަލިކަމެއްނެތި، ވަރަށް މުހިންމު ގައުމީ މަސައްކަތެއްގައި، ދިވެހި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ދުވަސްވަރެއްގައި ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

ރައީސް އެ އިޝާރާތް ކުރެއްވީ ކޮވިޑް-19 އާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ބުރަ މަސައްކަތަށެވެ.

ރައީސްގެ ހިތާބު ނިންމަވާލައްވަމުން ވަނީ ކޮވިޑް-19 ރައްކާތެރިވުމަށް، ސިއްހީ ޚިދުމަތްތެރިން އަންގާ އެންގުންތަކަށް ފުރިހަމައަށް އެއްބާރުލުންދީ ގެއިން ބޭރުގައި އުޅޭ ވަގުތު މިހާރަށްވުރެވެސް މަދުކޮށްދެއްވުމަށް އިލްތިމާސް ކުރައްވައިފައެވެ.

"ވީ އެންމެ އަވަހަކަށް އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ހާލަތަށް އެނބުރި ދިޔުމަށް ހުރިހާ ބޭފުޅުންވެސް މިދުވަސްކޮޅު ގޭގައި މަޑުކޮށްލަދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހިތާބުގައިވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 17 މީހުން ޕޮޒެޓިވްވެ 11 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ ދެ ދިވެހިން އެބަތިއްބެވެ. މި ބައްޔަށް ދެން ޕޮޒިޓިވްވެފައި ވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނާއި ޗުއްޓީ ހޭދަކުރަން ރާއްޖެ އައި ފަތުރުވެރިންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނަކީ އިނގިރޭސި ވިލާތުން ރާއްޖެ އައި ދެ ދިވެހިންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުން ފަސް މީހަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން ދެ މީހަކާއި ކުރަމަތި މޯލްޑިވްސްއިން ދެ މީހަކާއި ސަފާރީއަކުން ދެ މީހަކާއި އަނަންތަރަ ދިގު މޯލްޑިވްސްއިން ދެ މީހަކާއި ރާއްޖެއިން އިޓަލީއަށް ފުރައިގެންދިޔަ ދެ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޗައްކަރޭ

    މަފަ ކީރު މިއަދު މިއޮތީ ބަލިވެ އެނދުގައި، ރޭގަވެސް ލޮލުފިޔައެއް ނުޖެހޭ ކަލާނގެ އަށްޓަ ކައި މި ގޮވަނީ ޕްރައިވެޓްސެ ކްޓަރ ވެސް ބަންދު ކޮށް ދޭށޭ! މަޖުބޫރީ ހާލަތުގަޔޭ މަވެސް ބޭރަށް ދާން މިޖެހެނީ ! ޤައުމު ފުނޑާ ނުލާ ބަންދުކު ކުރޭ 14 ދުވަހަށް. ސަރު ކާރު ބަންދު ކުރުމަ ކުން ނުފުދޭ މިހާލަތުގައި ރައީސޫ!

    58
    5
  2. ޝާހް ރ.ވާދޫ

    ކަލޭ ދައްކާ ވާހަކަތަކަކީ އެއްވެސް ބާރެއްނެތް ރައްޔިތުންނަށް އޮޅުވާލާ ބޭކާރު ވާހަކަތަކެއް! ބީއެމްއެލް ލޯނުގެ އިންޓަރެސްޓް ވާހަކަވެސް ދިޔެއް ހަމަ އެހެން!

    52
    3
  3. މާމިގިލީ މީހާ

    މާމިގިލީ އެޔާޕޯޓް ހުރިހާ ޑިޕާޓްމަންގެ ސުޓާފުން ލައްވާ މިހާރު ކުރުވާަނީ އެޔާޕޯޓްގެ ކޮންކުރިޓް މަސައިކަތް. ސަރުކާރުން މިކަން ކީއްވެގެން ނުބަލަނީ.

    40
    2
  4. އަލީ

    ޕުރައިވެޓް އޮފީސް ތަށް ބަންދެއް ނޫނޭ ރައީސް. އާދޭސް ކޮށް ފަ މި ބުނަނީ މިތަން ތަން ބަންދު ކޮށްދީބަލަ.

    57
  5. ރަދީފް

    ދިވެހީން ނުތިބޭނެ.ނުކުރަން އަންގާ ކޮންމެ ކަމެއް ކުރާނެ.އެހެންމީހަކު ތަނަކަށް ދާނަމަ އޭނަ ދާތަނެއް ބަލަންވެސް ދަނީ.އަނެކާ ދަނީ ކޮންތާކަށް ތޯ ބަލަންވެސް ދަނީ.ދެރަކަމެއް.

    31
    4
  6. ރައީސުގެ މީހާ

    އަންނި އުޅެނީ އަންބޮނޑި ބޮޑުނުވެގެން ގައުމު އޮތީ ބިރުވެރިކަމެއްގަ

    ކޮންގާނޫނެއް ނެހެދިގެން ކޮރޯނާ ނުހުއްޓުވެނީ.. މިވަގުތު ގާނޫނު ހަދާ މަޖިލިސް ބޭއްވުންތަ މުހިއްމީ ރައިޔަތުންނަށް އެހީވުންތަ..؟

    ރައިޔަތުްނ ކަމަކާ ޖެހުނީމަ.. މަޖިލީހުގެ މެމްބަރުން މިއުޅެނީ ކިހިނެއްވެގެން..

    ޚާއްސަކޮށް ބޮޑު ގޮނޑީގަ އިންނަމީހާ އުޅެނީ ނުތަކާއިގެން ދޯ..؟

    ނަމާދު ނުކުރެވޭނަމަ.. މަޖިލިސް ބޭއްވިގެން ނުވާނެ..ހުއްޓުވާ.. ނޫނީ އަހަރުމެން ވެސް ވާޖިބު އަދާކުރަން ދާނަން..!

    37
  7. ޖޯން

    މާތްކަލާކޯ ރާއްޖެއިންބޭރުގައި ތިބި ދިވެއްސަކަސް އަރަތްބަކަސް މިވަގުތު މިގައުމަށް ނުގެނެސްބަލަ. އެމީހުން ދިވެހިރާއްޖެދޫކޮށް ގެދޮރު ކުއްޔައްދީފައި ގޮސްއެތިބީ މިގައުމަށްވުރެ އެބުނާގައުމުތަކުގައި މާ އަރާމުކޮށް އުޅެވޭތީ ނޫންތަ؟ މިމީހުން ހީވަނީ އެބުނާ 19އެއް މިގައުމުގާ ނުފެތުރިގެން އުޅޭހެން.

    38
    2
  8. ފިރުޝާން

    މިއީ ކިހާ ބޮޑު ބއެއް މިކަން ހުއްޓުވާ.. ކޮރޯނާ ވައިރަސް ހުއްޓުވަންތޯ ގާނޫނު ހަދަނީ..

    މިއުޅެނީ ރައިޔަތުން ބިރުވެރިކަމެއްގައި..

    މިކަލޭގެ ބާރުތައް ބައްކުރަން... ވެރިކަން ވެއްޓީ އޭ ފެބުރުއަރީ އޭ ދައުވާ އޭ..

    މަށަށް ހުކުމް ކުރީ ހުޅުމާލޭ ކޯޓޭ.. އުވާލާށޭ.. މީތޯ ރައިޔަތުްނގެ ފައިދާ އަށް ކުރާ ކަމަކީ..

    ހުއްޓާލާ... ނޫނީ މިސްކިތް ހުޅުވާ އަހަރުމެން ގެ ވާޖިބުއަދާކުރަން ދާން ބޭނުން..

    މިތަން ހިންގޭނަމަ އަހަރުމެން ނަށް މިސްކިތަށް ވެސް ދެވެން ވާނެ..

    37
    1
  9. ކޮންޓެކްޓް

    ކޮވިޑްއަށް ޕޮސިޓިވް ވި ދެފަތުރުވެރިޔަކު ދިވެހި އެތަށްބަޔަކާއި ޑައިރެކްޓް ކޮންޓެކްޓް ކުރުވުމަށްފަހު ފުރުވާލާފަ ދެން ކޯއްޗެކޭ ކިޔާކަށް؟ ސައުތުކޮރެޔާގެ ޕޭޝަންޓް-31 ގެ ސްޓޯރީ އިން އިބްރަތް ހާސިލުކުރިނަމަ. އޭނާގެ ފަރާތުން އެކަނިވެސް އިތުރު އެތަކެއްހާސް ބަޔަކަށް ސައުތުކޮރެޔާގަ ބަލި ޖެހުނު. ރާއްޖޭން އެފުރުވާލި ދެ ފަތުރުވެރިންގެ ފަރާތުން ހަމައެކަނި ދިވެހިންނަށް ބެލިޔަސް އެތަށް އާއިލާ އަކަށް ބަލިޖެހުމުގެ ފުރުސަތު އެބައޮތް.
    - އެމީހުން އަތްލި ލަގެޖް ލޯންޗަށް އެރުވި ފަޅުވެރިޔާ އާއި އޭނަގެ އާއިލާ
    - އެމީހުންގެ އަތުގަ ހިފާފަ ލޯންޗަށް އެރުވި ފަޅުވެރިޔާ އާއި އޭނާގެ އާއިލާ.
    - ލޯންޗު ކެޕްޓަނާއި އޭނާގެ އާއިލާ
    - ލޯންޗުގަ އެ ދެ ފަތުރުވެރިން އެޅި ލައިފްޖެކެޓް އެދުވަހު ފަހުން އެޅިބަޔަކާއި އެބަޔެއްގެ އާއިލާ
    - އެދެފަތުރުވެރިންނާއި އެެއަރޕޯޓުން ހަވާލުވި ރެޕާއި އޭނާގެ އާއިލާ
    - އެދެފަތުރުވެރިންނާއި ނޭގިދިމާވި އެންމެހާ ފަރާތްތަކާއި އެމީހުންގެ އާއިލާ
    - އެދެމީހުނާއި އެއަރޕޯޓް ޑިޕާރޗަރ ކެންޓީނުން ކޮންޓެކްޓްވި އެންމެހާ ފަރާތްތަކާއި އާއިލާތައް.
    - އެމީހުން އަތުންކޮށްޕި ޓްރޮލީތަކުގަ ފަހުން އަތްލި އެންމެހާ ފަރާތްތަކާއި އާއިލާތައް.
    - އެދެމީހުންގެ ޕާސްޕޯޓުގަ އަތްލި ޗެކިން ކައުންޓަރުގެ ސްޓާފުންނާއި އާއިލާތައް
    - އެދެމީހުންގެ ޕާސްޕޯޓުގަ އަތްލި އިމިގްރޭޝަން އޮފިސަރާއި އޭނާގެ އާއިލާ
    - އެދެމީހުނާއި ޑިއުޓީފުރީއިން ކޮންޓެކްޓްވި ދިވެހި ސްޓަފުންނާއި އާއިލާތައް
    - ފްލައިޓަށް އެރުމުގެ ކުރިން ވަތް ކެންޓީނުން ކޮންޓެކްޓްވި އެންމެހާ ސްޓާފުންނާއި އާއިލާތައް.
    ޢަދި ކޮބާ ޑިއުޓީ ނިމުމަށްފަހު މިދެންނެވި އެންމެހާ ދިވެހި ސްޓާފުންނާއި ކޮންޓެކްޓްވި ރައްޓެހިންނާއި އެމީހުންގެ އާއިލާތައް؟؟ ވީއިރު މީގެ ކޮޅެއްމެދެއް ހޯދުމަކީ މިހާރު ވާނެކަމެއްތޯ. މާތްކަލާނގެއާ ވަކީލު.

    104
    • މަކަރުކާރު

      އެންމެން ގޭގަ ތިބޭށޭ ކިޔާފަ ގެތަކުގަ ތިބި ނިކަމެތި އާއިލާތަކަށް ކޮރޯނާ ޖައްސުވަން މަގުފަހިކޮށްފަ ބޮޑުން ޓިޝޫބޮޑިން ނާޗަރަންގީކުޅެ ވީޑިއޯކޮށް ޝެއަރކޮށް މަޖާކުރުމުގަ. ނިކަމެތިމީހާ ގޭގަ ކީއްކުރަން ބިންގަރާހެއްގަ އޮތަސް އާއިލާ އެހެން މެންބަރުންނަށް ކޮރޯނާ ޕޭޝަންޓުންނާއި ޑައިރެކްޓް ކޮންޓެކްޓްވާނެ ދޮރުތައް ސަރުކާރުން ހުޅުވަދެންޏާ މީގަ ސަލާމަތެއްނެތް. މިހާރު މާލެތެރޭގަ ފެތުރިފަވާ މިންވަރެއްވެސް ނޭގެ.

      70
    • ޔާރައްބީ

      ޔާރައްބީ! ހާދަ ނުރައްކާތެރި ކަމެކޭ ސަރުކާރުން ތިޔަ ކުރީ.

  10. ޕާޓޭ ގެ ޑެޑީ

    ދިވެހިންނެއްނުން ނުވާނެ ތިކަމެއް އިބޫ ތިހެް

    10
    3
  11. ޕާޓޭ ގެ ޑެޑީ

    ދިވެހިންނެއްނުން ނުވާނެތިކަމެއް އިބޫ ތިހެން ބުނީމަ މިހާރު އިބޫއައް ވުރެން ނުލަފާ މީހަކު ނުހުންނާނެ މިރާއްޖެޔަކު

    9
    10
  12. މާ

    މިހާރު ތިހެން ކިއާ ބަލަ ޑޮކުޓަރުން ކިހާވަރަކައް ބުނީ އިޓަލީން މީހުން އައުން ހުއްޓުވާށޭ ނުވެ ގޮސް ކިތައްދުވަސް ފަހުންތޯ ހުްޓުނީ އެއިރު ވަގުތުފާއިތު ވެއްޖެ ރިސޯޓުތަކުން މިބަލިފެންނަން ފެށީއިޓަލީ މީހުންގެ ގައިންނެވެ މިކަމުގަ ކޮނަމެވެސް ބަޔަކު އިހުމާލު އެބައޮތެވެ އަހަރުމެން މިތިބީ ގޭގަ މަޑުކޮއްގެންނެވެ ބޮޑު މުސާރަލިބޭމީހުން ބޯޅަކުޅެނީއެވެ ހުރިހިތާމައެއްގެ ބޮޑުކަމާއެވެ،،،،،

    33
  13. ފުލޯކް

    ރައީސް ތަޅަނީ ބޭކާރު އަނގަ! ވިސްނަވާބަލ! ބޭރުން މީހުން އައުން ހުއްޓުވަބަލ! ދިވެހިން ވިަޔަސް!
    ޢަނެއްކާ އިްޔެ ރޯޔަލްގައި ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވް މީހާ އެގެންދިޔައީ ވެލިދޫއަށް ކީއްކުރަން! ގެްންދަންޖެހޭބާ ! ކޮބާ އެމީހާ އުފުލި ލޯންޗްގެ ކުދިންނާއި ހެލްތުމީހުންނާއި، އެމީހުން ބައްޔަށް ހުށަހެޅޭނެ ނޫންތޯ! ޭ މަދުވެެގެން 10 މީހުން މިކަމުގައި އުޅޭނެ، އެމީހުންވެސް ކަރަންޓީނުދޯ ! ކިހިނެއް ކޮންމެބަލިމީހަކަށް ކުރޫސެޓަކާ ޑޮކްޓަރއަކާ ހޯދަނީ، ބޯހަޅި ސިޔާސަތު

    20
    1
  14. ޑީން

    ކަރަންޓީނުގައިވާ އެންމެން ޓެސްޓު ކުރައްވާ އަލާމާތް ހުއްޓަސް ނެތަސް. އެއާރ ޕޯރޓުން އަނަމީހުން ޓެކްސީގައި ނުގެނަދަވާ. ޕޮލިހުން ވެސް ބޭކާރު ގޮތުގައި ޓިއުޓީ އަށް ނުނެރުއްވާ

    19
  15. އިބުރާހީމު

    ރައީސު އިބުރާހީމޫ ކީކޭތޯ ތިކިޔަނީ، ބަލަގަ ދިވެހި ރައްޔިތުންގެ އެންމެހައިކަންކަން އިންތިޒާމުކޮށް ރަނގަޅު މިސްރާބަކަށް ގެންދިއުމަށޭ މަނިކުފާނު މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ރައްޔިތުން ހޮވާފައިތިޔަހަރީ. ދެއިރު ދެދަޅަޔަށް ނިކުމެ މިހެން ހަދަންވީ ނޫންހޭ އެހެން ހަދަންވީ ނޫންހޭ ތިޔާކިޔަނީ. ބަލަ ސަރުކާރުން އޯޑަރު ނެރެބަލަ، އެއްވެ ނުއުޅުމަށް، ސަބަބެއްނެތި އެއްވެ އުޅޭ އެންމެން ޖަލަށް. ނިމުނީ. މިރާއްޖޭގައި ތިބި ތިންލައްކަ މީހުންގާތު ތިހެން ކުރަންވީނޫންހޭ ބުނަޔަކަސް މިމީހުން ތިހަކަށްނާރާނެ ކަހެރުވަކެކޭވެސް.
    ނުވަންޏާމު އިސްތިއުފާދީފައި ފްރެންޑް ހެދިގޮތަށް ލަންޑަނަށް ދާންވީނު.

  16. ވާނުވާގަ

    މީ ހެއްވާ ރައީސެއް.
    މި ރައީސް މި ހީކުރަނީ ސަރުކާރު ބަނދު ކުރެވުނީމަ ހުރިހާ ކަނެއް ހަމވީ ކަމަށް .
    ސަރުކާރު ބަންދު ކުރީ މިނިސްޓަރުންނާ ސަެުކާރު ބޮދެތި މީހުންނަށް ބައިރސް ޖެހިދާނެތީ .
    މި މީހުން ބުނާކަހަލަ .ވެރިކަން ކުރާނީ ނިކަމެތި ރައްޔިތުން މަރާފައޭ

    10
  17. ޢަންސާރު

    ޢެއްޗިހި ނުގޮވާ އެއްބާރުލުން ދީ.އަހަރެމެން މީ އެއްބަޔެއް.އަހަރެމެން މިތިބީ އަހަރެމެން އާއިލާ އާ ވަކިން އެކަހެރިވެފަ .ތިޔަ ރައްޔިތުންގެ ހައްގުގަ...

    1
    4
  18. ބްރޯ

    މާމިގިލީ އެއާޕޯޓް އަކީ ގާސިމް ގެ އަމިއްލަ ތަނެއް .ގާސިމްގެ ވަޒީފާގަ ތިބޭ މީހުން ޖެހޭނީ ގާސިމް ބުނާ ކޮންމެ މަސައްކަތެއްވެސް ކުރަން ކޮންކްރީޓް މަސައްަކަތް ކުރުމަކީ މައްސަލައެއްނޫން.

    2
    1
  19. ާައަބޫ

    ޜައީސޫ،. މި ގަުއުމުގެ ގިނަ މަސައްކަތްކުރާ ގިނަ ތަންތަން ހުރީ ހުޅުވާފަ. ޕްރައިވެޓް އޮފީސްތަކާ މިފަދަ މަސައްކަތް ކުރާތަންތަން ޙުޅުވާތޯ ބަލާލަދީބަލަ

    6
    1
  20. ވޯޓުވަގު

    ދެންވެސް ކަލޭބިރުވެތި ވެބަލަ އަދި ކަލޭކުރި ދޮގު ހުވަޔަށް ﷲއަށް ޓަކައި އިޢުތިރާފްވެބަލަ ކަލޭމެންގެ ނުބައި ނުލަފާކަން ހައްދުން ނެއްޓީމަ ކުރިމަތިވި މުސީބާތެއް މިއީ އަދިވެސް ތިބައިގަނޑު ތިތިބީ ގޮތްދޫނުކޮށް ގޮތުގައި ކުރިޔަށް ދިއުމުގައި ކުރިޔަށް އޮތްދުވަސް ތަކުގައި ވާނެގޮތެއް ކާކަށް އެގޭނީ ތިމާމެންގެ ވެރިކަމެއްގައި ތިމާމެން ތިތިބީ ހައްޔަރުވެފަ މިއީ އިބުރަތުން ފުރިގެން ވާކަމެއް ވަގުތު ފާއިތު ވުމުގެކުރިން މިމާމެން ކުރި ވައްކަންތަކަށް އެއްބަސްވެ ރައީސް ޔާމީން އާއި ވެރިކަން ހަވާލުކުރޭ ކަލޭމެން ރާއްޖެ ބޮއިކެޓް ކުރާން ގޮވީކިހާވަރަކަ ށް ބޭރުމީހުނަށް ރާއްގެހިފަންގޮވާ ކަލޭމެ ން ދުޢާ ކުރީމު މިހާރު މިއޮތީ ﷲ ކަލޭމެން ކުރި ދުޢާ އިޖާބަކޮފަ އަދި ކަލޭމެންގެ ވެރިރިކަމެއްގައި މިއީ އިމްތިހާނެއްބާ ކަލޭމެނަށް ހުރިހާބާރެއް ލިބި މިއަދު މިފެންނަނީ އެހުރިހާ ބާރެއް ލިބުނީމަވެސް މާތްﷲ އެހުރިހައި މަގެއް ބަންދު ކުރައް ވާފަވާތަން މިކަމުގައި ވަކި މުށްދަ ތެއްނޭގޭ ގޮތަށް މިހާރުމިހާރަށް މިދުނި ޔޭގެ ސުވަރުގެ ކަމަވާ މިސްކިތްތައް އާމުން ނަށް ހުޅުވާލުމަށް ގޮވާލަ ން އެތަންތަނަށް މީހުނަށް ނުވަދެވޭގޮތަ ށްބަންދު ކޮށްގެން މިބަލިން ނަޖާވާނެ ކަމަށްހީކުރަނީތަ މިސްކިތްތަކަށް ވުރެ ބާރުގަދަ ބޭހެއް ނުހުނާނެ މިހާރު އެގިއްޖެނު ވެރިކަމެއް ނުހައްގުން ހޯދައި ގަތަސް ތިމާމެއން އަތުގައި ނޫންކަން ވެރިކަން ކުރުމުގެ ބާރުއޮތީ މިޖާހިލުންގަނޑު ތައުބާވާނެ ދުވަހެއް ﷲ ދައްކަވާށި އަދި މިބަލިން އެންމެހައި މީސްތަކުން ސަލާމަތް ކުރަށްވާށި އާމީން

    9
    2
  21. ލަބީބު

    މިމީހާ އަލިފެއް ބާއެއް ނުދެނެހުރެ ، ރުފިޔާ އަޅައިގެން ވޯޓުން ވައްކަންކޮށް ވެރިކަން ފޭރިގަތްފަހުން ދިވެހިންނަށް ހަމަނޭވާ ނުލެވޭ! މުޞީބާތަކަށްފަހު މުޞީބާތެއްޖެހި މުޅި ދިވެހި ޤަވްމު ހުރިހާ ފަރާތަކުން ނާމާންވެ މިދަނީ ވީދި ހަލާކުވަމުން! އަދިވެސް މިމީހާ ކުށަށް ތައުބާވެ އިސްތިޢުފާދޭކަށް ނޫޅޭތަ؟

  22. ކިހިނެއްވާނި މިކަން ކޮށްލުން؟

    ތޮއްޖެހިފައިވާ މާލޭގައި ހޯމްކަރަންޓީން ނުކުރެއްވުން އެދެން.
    އަދި އޮފީސްތައް ނުހުޅުވުމަށް އެދެން. ކަނޑުމަގުން މުދާގެންނަ އަދި މުދާ އުފުލާ އުޅަނދުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓުވުން އެދެން.

    4
    1
  23. ބްރޯ

    މަގުމަތީގަޔާ ގޮޅިގޯޅި ކަނުގާ ބޭނުމަކާ ނުލާ އެއްވެ ތިބޭ މީހުން ވަރަށްގިނަކަން ފާހަގަވޭ . އެ މީސްމީހުން އެތަންތާގަ ނުތިބޭނެގޮތް ހަދަން ޖެހޭ.

    4
    1