ހޮސްޕިޓަށް ގޮސް ޑޮކްޓަރަށް ދެއްކުމަށް ދަތިވާ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް އޭޑީކޭ ހޮސްޕިޓަލުން ފަށައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓލަުން ގޭގެއަށް ގޮސް، ދެމުން އަންނަނީ ސްޕެޝަލިސްޓުންގެ ފަރުވާ އާއި ލެބޯޓަރީ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކަމަށެވެ. އޭޑީކޭ އިން މި ހިދުމަތް ދެނީ އެ ހޮސްޕިޓަލްގެ އޮންލައިން ކްލިނިކްގައި އެ ހިދުމަތަށް އެދޭ މީހުންނަށެވެ.

އެގޮތުން އެންމެ ފުރަތަމަށް ރަޖިސްޓްރީވުމާއި އެކު ޑޮކްޓަރަކު ބަލިމީހާ ހުންނަ ގެއަކަށް ގޮސް، ވާނުވާ އޮޅުން ފިލުވައި އެއްވެސް ޓެސްޓެއް ހަދަން ޖެހިއްޖެ ހާލަތެއްގައި ލެބޯޓްރީ މުވައްޒަފުން ފޮނުވައިގެން އެމަސައްކަތް ކުރާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އޭޑީކޭ އިން ބުނީ މި ހިދުމަތް ހޯދަން ބޭނުންވާ މީހެއްވާ ނަމަ ހެ ހޮސްޕިޓަލުގެ ނަންބަރު 1440 އަށް ގުޅައިގެން ނަން ނޯޓު ކުރެވޭނެ ކަމަށެވެ. މި ހިދުމަތް ދޭނީ ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނާއި ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމަށް ދަތިވާ މީހުންނަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން ވަނީ ކޮވިޑް-19 އާ ގުޅިގެން އޮންލައިން ފްލޫ ކްލިނިކެއްވެސް ހުޅުވައިފައެވެ. އަދި މި ކްލިނިކުން ހިދުމަތް ލިބޭނީ ހެނދުނު 08:00 ރޭގަނޑު 8:00 އަށެވެ. އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅަން ޖެހޭނީ 3313553 އަށެވެ.