މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ކަށަވަރު ކޮށްދެއްވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނިޔާވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝް މީހެއް ކަމަށެވެ.

"ކާސިންޖީ މަގުގައި ހުރި ގެސްޓްހައުސްއެއްގައި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިފައިވޭ. މިއަދު 09:10 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަކީ މ.ކޮޅުފުށިން އައި މީހެއް. ބަނޑަށް ތަދުވާތީ އިއްޔެ އޭނާ އޭޑީކޭ ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކާފައިވޭ. މިއަދު އޭނާ ޑޮކްޓަރަށް ދައްކަން ދާން ޖެހޭ ކަމަށް މައުލޫމާތު ލިބިފައިވޭ." ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނިޔާވެފައި އޮތް މީހާ ހޮސްޕިޓަލަށް ގެންދަން އެންބިއުލެންސަށް އެރުވިއިރު އެކަމުގައި ހަރަކާތްތެރިވި މީހުން ތިބީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުން ކުރާ ހެދުން ލައިގެންނެވެ. އަދި މަގުމަތީގައި ފުލުހުންގެ ޔުނީފޯމްގައި ތިބި މީހުން ވެސް ތިބީ މާސްކް އަޅައިގެންނެވެ. ނަމަވެސް ނިޔާވި މީހަކީ ކޮވިޑް-19 އާއި ގުޅުން ހުރި މީހެއް ކަމެއް އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ނުބުނެއެވެ.

ނިޔާވެފައި އޮތް މީހާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެސަރަހައްދު ޑިސްއިންފެކްޓް ކުރި މަންޒަރު ވެސް ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. އިބްރާހީމް

  ދިވެއްސެއްތޯ؟ ބިދޭސީ އެއްތޯ؟ ޢުމުރު ކިހާވަރެއްތޯ؟

  3
  42
  • ޗ×ޗ

   ކިޔާބަ ހަބަރު

   45
   • ފިނިހިކާ

    އެބުނާހެން ރަނަގަޅަށް ކިޔާބަލަ

    10
  • ފާތުމަ

   ޙަބަރު ކިޔާފަ ކޮމެންޓުކޮށްބަލަ ދޯ

  • އިބްރާހީމް

   ފުރަތަމަ ހަބަރު ޕަބްލިޝް ކުރި އިރު މިއިން އެއްވެސް ސުވާލެއްގެ ޖަވާބެއް ނެތް ދޮންކަލޯ!

 2. ޢިކުރާމު..

  މީޔާމިނު ވެރިކަމުގަނަމަ ހީވާނީ ޔާމިނު ކޮ އްގެން އުޅުނު ކަމެ އްހެން ރ ޓީވީ އެ އީ މިކަން ކުރި ޓީވީ

  43
  11
 3. ޢމޑ

  ރައީސް އިބޫ ބުނީ މާލެއައްއެރޭނީ އެރިސޯޓަކުން ގެސްޓުންހުސްވާތާ 14ދުވަސްފަހުންނޯ އެބުނިގޮތައް އެކަން ހިނގިބާ!!!!!!!؟؟؟؟؟

  31
  6
  • އެކްޓިވިސްޓް

   މ. ކޮޅުފުށި ރިސޯރޓަކަށް ހެދީ ކޮންދުވަހަކު އެއީ ދިވެހިން ދިރިއުޅޭ ރިސޯރޓެއްދޯ؟ ހަމައެކަނި ހެޑްލައިން ނުބަލާ ޚަބަރުވެސް ރަނގަޅަށް ކިއާފަ ކޮމެންޓްކުރަން އާދަކުރަމާދޯ؟ ކޮއްމެހެން ސަލާމަތީފިޔަވަޅުއަޅާ ޑިސް އިންފެކްޓްކުރަނީކީއެއް ކޮވިޑް-19 ގެ ވައިރަސްހުރިކަން ޔަޤީންވެގެނެއްނޫން، ސަލާމަތާއި ރައްކާތެރިގޮތަކީ ކޮވިޑް-19 އަށް ޝައްކުވިއަސް ނުވިއަސް އަޅަންޖެހޭ ހުރިހާ ސަލާމަތާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ޑިސްއިންފެކްޓްވެސްކުރުން، ޞަބަބަކީ އޭނައާއި ބެހޭ އެއްވެސް މަޢުލޫމާތެއް އެނގެންނެތުން

   4
   1
 4. Anonymous

  މާލޭގައި ކޮވިޑް އެބައުޅޭ ސަރުކާރުން އޮޅުވާލަނީ ރައްޔިތުން ޕެނިކް ވެދާނެތީ

  27
  1
 5. Anonymous

  ސުނޕާ ސަރުކާރެއް! މިމީހުންއައިފަހުން ސަހަލުކަމެއްނުވޭ

  61
  7
 6. އިބުރާހިމަށް، ވެދުމާއި ސަލާމް:

  ޙަބަރު ރަގަޅަށް ކިޔާލައްވާށެވެ. ފަހަރެއްގާ ތިޔަހިތުގައިވާ ސުވާލުތަކަށް ޖަވާބެއް ލިބިދާނެ ކަންނޭގެވެ.

  އިޙްތިރާމު ގަބޫލު ކުރެއްވުން އެދެމެވެ.

  -އެން އެނޯއިޑް ކޮމެން ރީޑަރ-

  • ވާނުވާ

   ހަބަރު ފުރަތަމަ ފެނުން އިރު "ތަފްޞީލް އަންނަނީ" އޭރު މަތީގައިވާ އެއްވެސް ސުވާލެއްގެ ޖަވާބު ނެތްކަން ފާހަގަކޮށްލަން... ރެކޯޑަށްޓަކައި!

   3
   1
 7. ބްރޯ

  މިދަނޑިވަޅުގަ ތިކުރީ ހަމަ ކުރަންޖެހޭ ކަންކަން

  5
  1
 8. ޒަހާ

  ސުބުހާނަﷲހި .ކޮމެމީހަކު ވެސް ވަގުތު ފާއިތު ނުވަނީ ހެ ދަކަ ޑޮކުތަރަ