އައްޑޫ ސިޓީގައި މިހާރު ހަދަމުން އަންނަ ފުލުހުންނަށް ތަމްރީނު ދޭ މަރުކަޒު ނުވަތަ ޕޮލިސް އެކަޑަމީ މިއަހަރުގެ ތެރޭ ހުޅުވައި، އެތަނުގައި ފުލުހުން ތަމްރީނުކުރަން ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ފުލުހުންނަށް ތަމްރީނު ދޭ މަރުކަޒު ހުޅުވައި، އެތަނުގައި ފުލުހުން ތަމްރީނުކުރަން ފެށުމުން، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށާއި، އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމަށް، ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުނަސް، މަދަނީ ޚިދުމަތަކަށް ބަދަލުވި ފަހުން އަދި ފުލުހުންނަށް ވީ 16 އަހަރުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ ކުރު މުއްދަތުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ވަރަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދޭ، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި މުހިންމު މަސައްކަތް ކާމިޔާބުކުރުމަށް، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. މި ހިނގާ ފަސް އަހަރަށް އެކުލަވައިލާފައިވާ އިސްތިރާޖީ ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުވެގެން އަންނައިރު، ރައްޔިތުންގެ އިތުބާރު މިހާރަށްވުރެ ބޮޑަށް، މި މުއައްސަސާއަށް ލިބޭނެކަމަށް އަޅުގަނޑު އުންމީދު ކުރަން،" ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ހިތާބުގައި ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލް، މަޖިލީހުން ފާސްވެ ގާނޫނަކަށް ވުމުން، ފުލުހުންގެ ޚިދުމަތް ހަރުދަނާވެ، ފުލުހުންގެ ގާނޫނީ ވާޖިބުތައް އަދާކުރުމުގައި، އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.

އަދި މުޖުތަމައުގައި އާލާވަމުން އަންނަ އާ ބާވަތްތަކުގެ ކުށްތައް ހުއްޓުވައި، ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލެވޭފަދަ ގާބިލު މުއައްސަސާއަކަށް، ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުވެގެން ދިޔުމަށް މަގުފަހިކޮށްދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އަމާން ވެށްޓެއް ގާއިމުކޮށްދީ، ސުލްހަމަސްލަސްކަމުގައި ދިރިއުޅެވޭނެ ކަމުގެ ޔަގީންކަމާއި އިތުބާރު ހޯދައިދިނުމަށްޓަކައި، މުޖުތަމައުގައި ހިންގާ ކުށުގެ އެންމެހައި އަމަލުތައް މަދުކުރުމަށް، ދިވެހި ފުލުހުން މިހާރަށްވުރެ މުހިންމު ދައުރެއް އަދާކުރަންޖެހެއެވެ.

"ފުލުހުންގެ ޚިދުމަތް އެންމެ ބޮޑަށް އަމާޒުކުރަން ޖެހިފައިވަނީ ވެސް، ކުށް ކުރުން ހުއްޓުވުމަށާއި، ކުށްވެރިން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް. ކުށް ކުރުމުގެ ވައްޓަފާޅި އާއި ބޭނުންކުރާ އުކުޅުތައް، އަދި ކުށުގެ ބާވަތްތައްވެސް އަންނަނީ، ދުވަހުން ދުވަހަށް ބަދަލުވަމުން، އިތުރުވަމުން،" ރައީސް ވިދާޅުވިއެވެ.

"މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ މީހުންގެ އަމަލުތައް އަންނަނީ ފުޅާކުރަމުން. ކުޑަކުދިންނާއި އަންހެނުންނާއި، ޚާއްސަ ރައްކާތެރިކަމަށް ބޭނުންވާ އެހެން މީހުންނާއި ކުދިންނާ ދެކޮޅަށް ހިންގާ ކުށްތައް ރިޕޯޓް ކުރެވޭ މިންވަރު އިތުރުވެ، އެ މައްސަލަތައް ހައްލުކުރުމަށް ދެވޭ ސަމާލުކަން އިތުރުވެއްޖެ،"

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ފުލުހުންގެ ޓްރޭނިން ސްކޫލް ހަދަނީ ހިތަދޫ ސަރަހައްދީ ބަނދަރު ކުރިމަތީގައި ހުންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އޮފީސް ކައިރިން ފެށިގެން ބޮޑު ސަރަހަދެއްގަ އެވެ. މި މަޝްރޫ އަށް 18 މިލިއަން ޑޮލަރު އިންޑިއާ އިން ހޭދަކުރާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ޤައުމު

    ތީޕޮލިސް ޓްރޭނިންގްދޭތަނެއްނޫން ތި ގެރިމޯދީ އިންޑިއާގެ މިލިޓްރީ ބޭހެއް ކޮންބަޔަކަށް އޮޅުވާލަންތޯ މުޅިޤައުމުގެ މިނިވަންކަމާ އިސްތިޤްލާލް ބުއްޅަބޭގެބަހަށް މަދުފައިސާކޮޅަކަށް ވިއްކާލާފަ

    38
  2. އައްޑޫ ކޮއްޔާ

    އިންޑިޔާ އަކީ އިންޑިޔާ! ކިހާވަރަކުން ދާނެބާ؟ އެ ތަން ހަދަމުން ދާއިރު، މަސައްކަތުމީހެއްގެ ވަޒީފާވެސް ދިވެއްސަކަށްނުދެނީ، އެތެރޭގަ ކިހާ ބޮޑުސިއްރެއް ހިގާތީބާ؟2 ދެވަނަ ސިއްކިމް އަށް ދިވެހި ރާއްޖެ ނުވާނެ ބާ؟ ހިތާމަ ހުރި. ﷲ އަޅަނެން ސަލާމަތް ކުރައްވާށި. އާމީން

    32
  3. Anonymous

    ދިރިތިބީންނަށް ކުޅިވަރު ފެންނާނެ އަޅާނުލާ މިކަން ދޫކޮށްލައިފިނަމަ!ހާއްސަކޮށް އައްޑޫ ރައްޔިތުން ރައްކާވެތިބިއްޔާ ދަތުރު! މީވަރަށްވާހަކަ

    31
  4. ނޭނގޭ

    ނަމުގަ ޕޮލިސް އެކެޑެމީ. ކަމުން އިންޑިޔާގެ ސިފައިންގެ މަރުކަޒެއް، ކާކަށް އޮޅިފައޮތީ ތިކަން، ދޮގަށްދޮގުހަދައި ތެދުވާވާހަކަ ވިދާޅުވީމެންނޫންތޯ ދާދި އިހަކަށްދުވަހު، އެވާހަކަތޯ ތީ

    27
  5. Anonymous

    އެންމެ މުހިންމުވެގެން އުޅެނީ ޕޮލިސްއެކެޑެމީއެއްތޯ އައްޑޫއަކަށް ތިތަނުން ކުރާނެ ފައިދާއެއްނެތް!ތީ ހަމަސީދާ ކަނޑައެޅިގެން އައްޑޫ ރައްޔަތުނަށް ދިން އަނިޔާއެއް! އިންޑިއާގެ މަގުސަދު ވަރަށް ސާފު!އަޅުވެތިކުރުމުގެ ފުރަތަމަ މަރުހަލާ ތީ!އަދިވެސް ހޭވެރިވާންނުވޭތޯ!އެތަނުގައި ސީދާ އިންޑިއާ މިލިޓަރީ ސިފައިން ވާނުވާ ބަލަން ތިބޭ!އައްޑޫމީހުންނަކީ ގަމާރުންތޯ ނުވަތަ އަޅުވެތިވާން ލޯބިކުރަނީތޯ ޕާޓީދެކެ ލޯބިވިއަސް ތީބޮޑުވަރު

    28
    • ހހހހ

      އެއީ މިސަރަހައްދުގައި އިންޑިޔާ ނުވަތަ އިޒްރޭލުގެ އެލަޔަންސްގެ ބާރު ގަދަ ކުރުމަށް ހެދި މިލިޓަރީ ބޭސްއެއް. ތިތަނަށް ޓްރޭނިންގ ސެންޓަރ ކިޔުމުގެ ބަދަލު މިދުވަސް ކިޔަންވީނު ކޮރޯނާ ވައިރަސް ޓެސްޓް ކުރާ ލެބެކޭ. ދިވެހިން ގަބޫލު ކުރާނެ. މުދުވަސް ކޮޅު މިއީ އެންމެ ގަދައަށް ދޮގުހަދާ ރައްޔިތުންގެ ބޮލަށް ޗިޕް ޖެހޭނެ ދުވަސްކޮޅު. މުޅި މާލެ އެނދިއަސް ކޮރޯނާ ވައިރަސްއާ ގުޅުން ހުރިކަމެއް ނޫނީ ދެނަހުރިކަމަކަށް ނުހަދާނެ. އަލިފާންގަނޑުވެސް ފަސާދަ އުފައްދަނީއޭ ގޮވާނީ.

      24
  6. Anonymous

    ތި މިލިޓަރީ ބޭސް، އުފް ޕޮލިސް ޓްރޭނިންގ ސެންޓަރ ހުރިހާ ނަުސްވެރިންނަށް ދައްކާލަން ކެރޭނެތަ؟

    24
    1
  7. Anonymous

    ތި ީއައްޑޫ މީހުންނަށް މުހިއްމު ތަނެއްނޫން! ބޮޑު މާސިންގާ ބިމެއްގަ މިލިޓަރީބޭސްއެއް އެޅުމަށްވުރެ ގެދޮރު ނުލިބި ބޯހިޔާވަހިކަން ބޭނުންވެފައިވާ ނިކަމެތި ރައްޔަތުންނަށް ތިތަނުން ބިން ދޫކުރިނަމަ މާތާހިރުވީސް! ތީ އައްޑޫ އަޅުވެތިކޮށް ރާއްޖޭގައި ދާއިމީގޮތެއްގައި އިންޑިއާ ސިފައިން ބައިތިއްބާ ރާއްޖެ އަޅުވެތިކުރުމަށްޓަކާ ހިންގާފައިވާ ބޮޑު ޖަރީމާއެއް! ތިކަމުގެ އަޑީގައި ހުރީ އިސްތިއުފާދިން ނަށީދާއި އޭނާގެ އައުވާނުން

    23
  8. Anonymous

    މިވަރުގެ ބޮޑު ޖަރީމާއެއް ހިންގަމުންދާއިރު މިގައުމުގެ އަމަންއަމާންކަން ބަލަހައްޓަން ރައްޔިތުން ހިމާޔަތްކުރަން ހުވާކޮށްގެންތިބި ދީނާ ގައުމުދެކެ ލޯބިވާ ފުލުހުންނާ ސިފައިން ކޮބައިތޯ ތިބޭފުޅުން ލޯބިވަނީ މަގާމާއި ފައިސާދެކެތޯ ތިބޭފުޅުން ފަސްޖެހެނީ ކޮންކަމަކާތޯ! މިއަދު ތިބޭފުޅުންގެ އެހީތެރިކަން މިކަމުގައި އިންތިހާއަށް ބޭނުންވޭ!

    25
  9. Anonymous

    ރައްޔިތުން ގުނބޯ ހައްދަން ދަންނަ ނުލަފާ ދޮގުވެރިބައެއް ވެރިކަމުގަ ތިބީ. މިމީހުން އިންޑިޔާ ސަރުކާރާ ގުޅިގެން މިހިންގާ ޖަރީމާތަކުން މިގައުމުގެ މުސްތގްބަލްގެ ޖީލު އަޅުވެތިކަމަކަށް ވައްޓާލާނެ. މިޗަގުތުގެ ބާރުވެރިކަން ހޯދުމަށް މުޅިގަމު އަޅުވެތިކުރަނީ. ދިވެެހިންނަކީ ފަރުވާ ކުޑަ ގާފިލް ބައެއް.

    24
  10. Anonymous

    ނޫނޭ ވާ އައްޑޫ މެޖޯރިޓީއަށް ހަމަ އައްސަރިބަހާ ސާބަސް! ކަލޭމެން ތީ ބުރާންތިންތަކެއްތަ! ޕާޓީ އަށްޓަކާ ތަންތަން އަންދާ ހުޅުރޯކޮށް ނުވިތާކަށް ޕޮލިސްއެކެޑަމީގެ ނަމުގައި މިލިޓަރީބޭހެއް އަޅާނިމޭއިރުވެސް ހެވިދިއްލިފަ ރީނދޫ އުނގުޅައިގެން ތިޔަތިބެނީ!

    24
  11. ޙައުލާ

    ދިވެހި ގައުމަށް ކަލޭމެން ތިދޭ ގެއްލުމުގެ ދެރަ ކަލޭމެނަށްވެސް ލިބޭނެ. ދައްޖާލުގެ ރޭވުމުގައި މިސަރުކާރުވެސް ބައިވެރިވެ އިންސާނީ ދަރިފަސްކޮޅުއެކީ އަޅުވެތިކޮށް ﷲ ގެ މަގުން އެއްކިބާކޮށް ޝައިތާނާ އެދޭގޮތަށް ޝައިޠާނާ އެންމެ ހަސަދަވާ "އާދަމްގެ ފާނު ދަރިފަސްކޮޅު" އާދަމްގެ ދަރިން ބިމުގައި ނިކަމެތިތިކޮއްލުމުގެ މެގަ ޕްރޮޖެކްޓްގެ ބައެއް ތިއީވެސް. މިސަރުކާރު މިތާ އޮވެއްޖެނަމަ ހަލާކުވެ ދާ ބައެއްކަމުގައި ނޫނީ ދިވެހިންވެސް ނުވާނެކަން ކަށަވަރު.

    18
  12. Anonymous

    އިސްލާމްދީނާ މިދިވެހި ވަތަން ހިމާޔަތްކުރަން އިހްލާސްތެރި ފުލުހުންނާއި ސިފައިން ކޮބާ!ސިޔާސީ މީހުން ކޮބާ! ގައުމުދެކެ ލޯބިވާ ބަޔަކު ނެތީމާނޫންތޯ ތިހާހިސާބަށް ތިކަންދިޔައީ! އެންމެންވެސް ނަފްސީ ނަފްސީ ވެފަތިބޭވަރުންނޫންތޯ ބަޔަކު މީހުން މިގައުމުން ނުފައިބާ އެގާރައަހަރު މިވަނީ! އެކިއެކިނަންނަމުގަ އެމީހުން އެއަންނަނީ!ހުއްޓުވާނެ ފަރާތެއް ނެތް!ކޮމެންޓެއް ލިޔެލާ ނުރުހުން ފާޅުކޮށްލުމަކުން ނުފުދޭނެ! ގައުމަށްޓަކާ އަތުގުޅާލާ އިންޑިއާ ސިފައިން ބޭރުކުރަންޖެހޭ!

    18
  13. ޣގގގ

    އަރަބިންނާ އަދި މުސްލިމުންނާ ދެކޮޅަށް ފަށަން ތައްޔާރުވާ ހަނގުރާމައިގައި ބޭނުންކުރާ މިލިޓްރީ ބޭސްއެއް ތިއީ. ﷲ ތަޢާލާ މިނުލަފާ މީހުންގެ ނުބައި ރޭވުން ބޭޒާރު ކުރައްވާނދޭވެ.

    19
  14. އިބުރާ

    އެންމެ މުހިންމުވެގެން އުޅެނީ ޕޮލިސްއެކެޑެމީއެއްތޯ އައްޑޫއަކަށް ތިތަނުން ކުރާނެ ފައިދާއެއްނެތް!ތީ ހަމަސީދާ ކަނޑައެޅިގެން އައްޑޫ ރައްޔަތުނަށް ދިން އަނިޔާއެއް! އިންޑިއާގެ މަގުސަދު ވަރަށް ސާފު!އަޅުވެތިކުރުމުގެ ފުރަތަމަ މަރުހަލާ ތީ!އަދިވެސް ހޭވެރިވާންނުވޭތޯ!އެތަނުގައި ބިމުއަދިޔައް ހަދާފަހުޜީ ދިވެހިރާޖޭގެ ކަޑުގެހުރިހާ ސާރަހާދެއްގެ މަުލޫމާތުދޭ ރާޑާރްސިސްޓަމެއް ސީދާ އިންޑިއާ މިލިޓަރީ ސިފައިން ވާނުވާ ބަލަން ތިބޭ!އައްޑޫމީހުންނަކީ ގަމާރުންތޯ ނުވަތަ އަޅުވެތިވާން ލޯބިކުރަނީތޯ ޕާޓީދެކެ ލޯބިވިއަސް ތީބޮޑުވަރު މިޖަރީމާތައް ހިންގިއިރު ދިވެހިސިފައިން ނަށްވެސް ނުވަދހެވޭ ގައުމުއަޅުވެތިވެ ނިމެނީ

    18
  15. އައްޱޫ މީހާ

    2014 ވަނައަހަރު ތިޔަތަނުގައި މަސައްކަތް ފެއްޓެވިއަރު ރާއްޖޭގެ ވެރިކަމުގައި ހުރީކޮންބޭފުޅެއްތޯ؟

    2
    16
    • Anonymous

      އެތަން އަޅަން އެއްބަސްވުމުގައި ސޮއިކޮށް އެކަމުގެ ބިންގާ އެޅީ ކާކުތަ؟އާދެ އިސްތިއުފާ ދިން ރައީސްމީހާ ނަޝީދު އިނގޭތޯ! އޭނަ އަޑީގަ ހުރެގެން ކުރިކަމެއް އަދި މިހާރުވެސް އޭނައާ އޭނަގެ އައުވާނުން އަޑީގައެތިބީ ! ރޔާމީން ގެ ސަރުކާރުގަ އެތައްފަހަރަކު އިންޑިއާ ސިފައިން ފައިބައިގެންދާން ވާނީ ގޮވާލާފަ!އެކަމަކު އެ އައްދާރުން ނުގޮސް ތިބީ ގަދަދައްކާލައިގެން!ރޔާމީން ހުރިނަމަ މިހާރު އެމަސައްކަތް އިތުރަށް ފުޅާކޮށް އެމީހުންބޭރުކޮށް މިގައުމު އެމީހުންގެ ކިބައިން ސަލާމަތްކުރީސް! ކޮންމެ ކަމެއް ޔާމީން ބޮލުގަ އަޅުވާލާ އޮޅުވާލަންއުޅުނަސް ހަގީގަތް ވަރަށް ސާފު! އޮޅުވާލަންނޫޅޭ! އިންޑިއާ އުނގަށް ވެއްޓިގެންއުޅޭބަޔަކު ވަރަށް ސާފު! ބުރިޖު އެޅިއޭ ކިއާފަ ޗައިނާގެ ސިފައިންވެސް މިތާކުނޫޅޭ!

      18
    • Anonymous

      2014 ވަނަ އަހަރޭ ކިޔައިގރން ދޮގު ހަދާނެ ކަމެއްނެތް. ތިއީ 2019 ވަނަ އަހަރު މިހާރުގެ ސަރުކާރުން އިންޑިޔާއާއެކު ވީ ސިއްރު އެއްބަސްވުމެއްގެ ދަށުން ގެދި ތަނެއް. ބިރުވެތިވެބަލަ. އަތްވާވެދާނެ. ނުލަފާ ދޮގުފަތުާނީ ފިތުނަވެރިން. މީހަކާ މެދު ހަސަދަވެރިވިޔަސް ބޯދުވަރު. ޔާމީންއެއްނޫން ކަލޭމެންގެ ތި ނުލަފާ ދޮގުގެ ސަބަބުން އަދާނީ. ހަސަދައަކީ އަލިފާން ކަމުގައި ބުނަނީ ތިމާ ނަރަކައަށްވެއްޓިދާފަ ތިފަދަ ނުބައި ދޮގުހަދަމުން ދުވާތީ!

      14
    • Anonymous

      ﷲ އަކްބަރު. ކަލޭގެ ނުބައި ދުލާ އަތުގެ ނުބައިކަމުން މި އުއްމަތް ސަލާމަތް ކުރައްވާނދޭވެ. ކޮންފަދަ ބޮޑު ދޮގެއް ތިހަދާލީ. ﷲ އަާް ބިރުވެތިވެ ބަލަ. ހަމަ ބުއްދި ހުރިމީހަކު ގަބޫލުނުކުރާނެ ތިކަމެއް. ޔާމީން މިގައުމުގެ ބިމުން އިންޗިއެެްވެސް އިންޑިޔާއަށް ނުދޭނެކަން އެނގޭނެ. އިންޑިޔާއަކީ 1800 ގައި ބްރިޝް އަޅުވެތިކަން މިހާރު ޕްރެކްޓިސްކުރާ ބައެއްކަން މުޅި ދުނިޔެ ދަނޭ.

      17
  16. ސަލާ

    އައްޑޫ މީހުން މިކަމަށް ބަސްބުނާކަށް ނުޖެހޭނެ. އެމީހުންނީ މިހާލަތު ގެނައުމަށް ކަންނެލީއޮޑީގައި ޖަލްސާބާއްވައި، ނަޝީދު ގޮވައިގެން މުޅި އަތޮޅު ދެރޭ ދުވެނަގާ މިސަރުކާރު ގެންނަށް ފުރިހަމަޔަށް ތާއީދު ކުރިމީހުން، ނުވިތާކަށް ކައުންސިލާއި މަޖިލިސް އެއޮތީ އެއްކޮށް ދީފައި. ދެން މިއަދު ދައްކާނެ ވާހަކައެއް އޮވެގެން ނުވާނެ. މިސަރުކާރު ނަގަހައްޓަނީ އިންޑިޔާއިން، އެހެން ކަމުން އިންޑިޔާއިން އެދޭ ކޮންމެ އެދުމެއް މިރާއްޖޭގެ ކޮންމެ ތަނެއްގައި ހިންގަންޖެހޭނެ، އެކަމަކަށް މިސަރުކާރަށް އާނބަސް ނޫން އެހެން އެއްޗެއް ނުބުނެވޭނެ. ޕޮލިސްޓްރެއިނިންގ ސެންޓަރަކަސް، މިލިޓަރީބޭހަކަސް ދަބަރު ތަޅަތަނަކަސް އެމީހުން ބުނީމައި ޖެހޭނީ ބުނާ ގޮތަކަށް ހަދަން. އައްޑޫ މީހުންނަށް މާކަ ގިނަ ޗޮއިސްތަކެއްނެތް، މިވަގުތަށް އޮތީ ރުހިގެން ސަރުކާރުން ކުރާކަންކަމަށް ފާޑުނުކިޔާ ބުނާ ބަސްއަހައިގެން ތިބުން. އައްޑޫމީހުންގެ ފަރާތުން ބަސްބުނަން އެވެރިން ހޮވާފައިތިބި މަޖިލިސްމެމްބަރުންވެސް އެވިދާޅުވަނީ ހަމަ މިގޮތަށް، އެވެރިންގެ ކައުންސިލުންވެސް ކަންކަން އެކުރަނީ މިގޮތަށް.

    14
  17. ޢަންސާރު

    ތޫ ޖާ ބާޅްމޭ..މާދަރް ޗޯދް

  18. އައިމަން

    ވަގުތު ބަލާފަ އިންޑިއާއިން ބުނެގެން އަވަސްއަވަހަ ތިތަން ހުލުވާ މީ އިންޑިއާ އަށް ވަރަށް މުހިމު ވަގުތެއް ތިތަން މުށުތެރެއަށްލާން ކާއެއްޗިއްސާ ބޯފެނާ އަލުވި ފިޔާ ބިސް ލިބޭނެ ރޯދަޔަށް

    11
  19. ވަކަރުފަޅި

    މަރުކަޒު ހުޅުވީމަ ހުރިހާ ކަމެއް ނިމުނީ. ރާއްޖެ ކާޑަކަށް ނުޖެހޭނެ. މުޅިގައުމު ބަލަހައްޓަދޭނެ. ޗީފުންނަށާއި ކޮމިޝަނަރުންނަށް މުސާރަވެސް ދޭނީ އެތަނުން. ޓްރެއިނަރުންނަށް އިންޑިޔާ ޔުނިފޯމު ދޭނީ.
    ގޭތެރޭ ޕޮލިސް، ގޭތެރެ ތަހްގީގު، އާއިލީ ޕޮލިސް ކޮމިޝަނަރު
    ފުލުހުންގެ އަހަރީ ދުވަހުވެ ހެޔޮއެދުން ގައުމީ ފުލުހުންނަށް އެކަނި

    11
  20. ކަނަމަނަ

    ތިޔަތަނުގަވެސް ތަމުރީނުދޭންތިބޭނީ އިންޑިޔާމީހުން މުޅިގައުމު އިންޑިޔާއައް ވިއްކާޙަލާސްކޮއްފި އަދިވެސް ރައްޔަތުންތިބެނީއަތްޖަހަންސާބަސް

  21. ރައީސުގެ މީހާ

    ހެޔޮނުވާނެ އާދޭސް ކޮށްފައި މިއެދެނީ.. އައްޑޫއިން އިންޑިޔާ މީހުންބާލަދީ.!

    އެމީހުން އިންޑިޔާގެ މުސްލިމުންނަށް އެހަދާގޮތް ހަމަ ލޮލަށް މިފެންނަނީ..އެއީ އެއީ އަދި އިންޑިޔާގެ މީހުން.. އަހަރުމެން މީ އިންޑިޔާ ބަޔެއް ނޫން.. އަހަރުމެންނަށް ކިހިނެއް ހަދާނެ..!

    ގޭގެޔަށް ވަދެ މީހުންނަށް އަނިޔާކޮށް ނެރެނީ..

    މިއައްޑޫގައި އެކަން ހިގާނެ.. އޭގެ ކުރީން އެމީހުން ބާލަދީ.. ތި އެކަޑަމީގެ ނަމުގައި އެމީހުން ބޮޑުސިންގާ އެއަރ ބޭސްއެއް މިތާގައި މިހަދަނީ..!

    ގެތަކުން އަހަރުމެން ނެރެ އިންޑިޔާ މީހުން މިތަންތަނުގައި ވަޒަންވެރިކުރާނެ ދުވަސް ވަރަށް ކާރި.. އަވަހަށް މިވަބާއިން ސަލާމަތް ކޮށްދީ..!

  22. ރައީސުގެ މީހާ

    ރިޒުގު ދެއްވަނީ ﷲ އެމީހުން އަލުވި ފިޔާ ނުދިނަސް ވެސް މިރާއްޖެ މީހުން ދިރިއުޅޭނެ..
    އެހެންނޫނަސް ބަންގާޅީން ޕާކިސްތާނުން ހަމަ އެގޮތަށް ގެނެވޭނެ..

    އަހަރުމެން ފަރމްކޮށް ފިޔަވަޅު އަޅައިފިނަމަ ދެރެވާނީ އިންޑިޔާއަށް..

    އަމުދުން މިއަދު ތިގޮތަށް ފިއްތީމަ، އެއްކަން ކޮށްދީފިނަމަ، މާދަމާ މާބޮޑުވަރުކުރާނެ..

    ޕްލީޒް އައްޑޫއިން އެމީހުން ނަށް ޖާގަ ނުދީ..

    މިއީ އައްޑޫ ދަރިޔެއްގެ އަޑު.. މިއަދު ނޫނީ މާދަމާ އަނެއްކަމަކަށް ޑިމާންޑުކުރާނީ..

  23. ހަސަން

    ޕޮލިސްއެކަޑަމީގެވާހަކަނުދައްކާ ޕެންޝަންފަންޑުގަހުރިއަޅުގަނޑު
    މެންގެފައިސާލިބޭނެގޮތެއްހަދާދީ

  24. ބްރޯ

    ކުރިން ރޯކޮށް އަންދާލިތަނުގެ ބަދަލު ލިބެނީ ކޮންދުވަހަކު

  25. އިސްމެހެލާ

    ޓްރޭނިންގސްކޫލްގެވާހަކަނުދައްކާ
    އެކަނިތަނެއްގައިންނަވައިގެން
    ﷲގެކުޅަދުންވަންތަކަމާދޭތެރޭ
    ވިސްނާފިކުރުކޮއްބަލަ އިއްޔެ
    މަސައްކަތްކުރީރާއްޖޭގެ ޓުއެރިޒަން
    ހަލާކުކުރަން މިއަދުއެކަންކާމޔާބު
    ވެފަ

  26. ބްރޯ

    އަތޮޅާ ރަށް ރަށުގެ އެކައުންޓް ތަކުންނެގިފައިސާ އަބުރާ ދޭނީ ކޮންދުވަހަކު ؟

  27. އައްޔޫބު

    ފުލުހުންނާއި ބެހޭތަބެއްވެސްނޫން.
    އިންޑިއާގެ މިލިޓަރީ ބޭހެއް.

  28. އަޒާ

    ދެން މައްސަލައެއްނޫނެއްނު...؟ ދިވެހިން އަމިއްލަޔަށް ބޯން އުޅުނު ބޮނޑި މިއޮތީ ރަނގަޅަށް ބޮވިފަނު..؟؟ ދެން މިހާރު ކޮން ވާހަކައެއް ދައްކާކަށް..؟ ޔާމީނު ބުނީމާ ޤަބޫލު ނުކުރީ. ޔާމީނު ވަގަކަށްވީމާ އެހުރީ ވެރިކަމުން ބޭރުކޮށްފަ، ދެން މިހާރު މިރާއްޖޭގަ އެއްވެސް ގޯސްކަމެއް ނުހިނގާނެކަމަށް ޤަބޫލުކޮށް ވެރިކަން ބަދަލުކުރީ..

  29. އައްޑޫމީހާ

    އައްޑޫ މީހާ ރައީސް ޔާމީވެރިކަމުގައި އިޑިއާ ސިފައިން ގެންގުޅޭ ހުރިހައި ސާމާނުތަ ހިފައިގެ ރާއްޖޭ ދިއުމަށް ރައީސް ޔާމީން ސަރުކާރުން އޮތީ އަންގާފަ ކެނެރީގޭ ބުއްޅަ ވެރިކަމުގައި ރާއްޖެ އެތެރެ ކުރިބައެއްއެއީ އެއީ ރައީސްޔާމީން ގެނައި ބައެއްނޫން!