ކޮވިޑް-19 އާ ގުޅިގެން ހަސަދަވެރިކަމާއި ބަދަލު ހިފުމުގެ ރޫހު ދޫކޮށްލައި ގައުމީ އެއްބައިވަންތަކަމެއް އުފައްދަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ސިޔާސީ ހަތަރު ލީޑަރުންގެ ފޮޓޯއާ އެކުގައި ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ މިހާރު މިއޮތީ އަރައިނުގަނެވޭ ހާލަތެއްގައި ކަމަށެވެ. އެކަމަކު، ރާއްޖެ އިން ފެންނަ ހަސަދަ ވެރިކަމާ ބަދަލު ހިފުމުގެ ރޫހު ދޫކޮށްލައިފި ނަމަ، މި ހާލަތުން އަދިވެސް އަރައިގަނެވިދާނެ ކަމަށް ރިޔާޒް ގަބޫލު ކުރައްވައެވެ.

"ގައުމު މިހާލަތަށް ދިޔައިރު ކޯލިޝަން ހަތަރު ލީޑަރުން ނުފެނޭ. ރައްޔިތުން ގައުމު ހަވާލު ކުރީ މި ހަތަރު ލީޑަރުންނާ،" ރިޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން ރިޔާޒް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ މިއޮތީ އިގުތިސާދީ ގޮތުން ވެސް އަރައިނުގަނެވޭ ފަދަ ހާލަތެއްގައި ކަމަށާއި މި ހާލަތުން އަރައިގަނެވޭނީ ގައުމީ އެއްބައިވަންތަކަމެއް އުފެއްދިގެން ކަމަށެވެ.

ރިޔާޒްގެ ޓުވީޓުގައި އެ އިޝާރާތް ކުރެއްވި ހަތަރު ލީޑަރުންނަކީ ގާސިމްގެ އިތުރުން ހޯމް މިނިސްޓަރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށެވެ.

ރިޔާޒް ކުރެއްވި ދެ ޓުވީޓުގެ ތަފްސީލް ދެއްވައި، އޭނާ "ވަގުތަށް" މިއަދު ވިދާޅުވީ ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ ދިވެހިންގެ އެއްބައިވަންތަކަން ދައްކައިދިން ރީތި މިސާލެއް ކަމަށާއި އެ މިސާލުން މިއަދު އިބުރަތް ހާސިލް ކުރަން ޖެހިފައިވާ ކަމަށެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ރާއްޖެ އަށް ސުނާމީ އެރުމުގެ ތިން މަސް ކުރިން، އޮގަސްޓް 12/13 ގައި މާލޭގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ގާސިމާއި އެތައް ބަޔަކު އޭރުގައި ތިބީ ހައްޔަރުކޮށްފައެވެ. އެކަމަކު، ސުނާމީއާ ގުޅިގެން އޭރުގެ ރައީސް މައުމޫން، ގައުމީ މަސްލަހަތު އިސް ކުރައްވައި، މަގާމުތަކަށް ގާސިމް ފަދަ ހަރުދަނާ ބޭފުޅުން އައްޔަންކުރެއްވި ކަން ރިޔާޒް ފާހަގަކުރެއްވިއެވެ. ރިޔާޒް ވިދާޅުވި ގޮތުގައި އޭރު އޮތް ހާލަތުން އަރައިގަނެވުނީ ހަރުދަނާ ބޭފުޅުން މަގާމުތަކަށް އައްޔަން ކުރެއްވީމައެވެ.

"އޭގެ އެއް ހެއްކަކީ ގާސިމް. ގާސިމް ފިނޭންސް މިނިސްޓަރު ކަމަށް ވަޑައިގެން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ގައުމުގެ ކަންކަން ސުނާމީ އަރައިގެން ލިބުނު ގެއްލުންތަކަށް ވުރެ، ރަނގަޅު ހާލަތަކަށް ގެނެސްދީފި. އެއީ ގައުމީ މަސްލަހަތު އިސް ކުރުމުގެ ނަތީޖާ،" ރިޔާޒް ވިދާޅުވިއެވެ.

އެހެންވެ، އެއިން ފިލާވަޅު ލިބިގަނެ، ހަރުދަނާ މީހުން މަގާމުތަކަށް އިސްކޮށްގެން މި ހާލަތުން އަރައިގަންނަން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒް ވިދާޅުވި ގޮތުގައި މިވަގުތު މަދުވަނީ ތަޖުރިބާ ހުރި ބަޔަކު ކަންކަން ހައްލު ކުރަން ނެތީމައެވެ. ތަޖުރިބާ ހުރި މީހުން ގައުމުގައި މިވަގުތު ތިބީ އެކަހެރިކޮށްފައި ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"މި ގައުމު ކޮޅަށް ޖަހަން އިގްތިސާދީ މާހިރުންނާއި ވިޔަފާރިވެރިން އެބަތިބި. އެމީހުންގެ ބައިވެރިވުން އޮންނަން ޖެހޭ. އެކަމަކު، މިއަދު ފެންނަނީ ޒުވާން ކުދިންތަކެއް، ތަޖުރިބާ ނެތް ބަޔަކު ކަންކަން ނިންމުމުގެ މަސައްކަތުގައި އުޅެމުންދާ ތަން،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ސިޔާސީ ހަތަރު ލީޑަރުންނަކީ އެކި ފިކުރުތަކުގެ ބޭފުޅުންނަށްވާތީ އިންސާފުވެރިކަމާ އެކީގައި ރައްޔިތުންގެ އެދުންތައް ހާސިލް ކުރެވޭނީ އެ ބޭފުޅުންނަށް ކަމަށެވެ. އެކަމަކު، އެ ބޭފުޅުން ތިބީ ހަތަރު ފަރާތަށް އެނބުރިގެންގޮސް ކަމަށާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ބަޔަކު ދަރަނިވަމުންދާ މަންޒަރު. މި ހާލަތުގައި ކޮބައިތޯ ޓާސްކް ފޯސް؟" ރިޔާޒް ވިދާޅުވިއެވެ.

"މި ވާހަކަ ދައްކާ މީހާ އެއް ނޫން ދެން ހައްޔަރު ކުރަންވީކީ. މީގައި ރަނގަޅު ވާހަކަތަކެއް ހުރި ނަމަ، އެކަންކަމައިގެން ކުރިއަށްދާން މަސައްކަތް ކުރަންވީ،"

ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރާއްޖެ އަށް އަންނަ މީހުންނަށް އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތައް ބަންދުކުރުން ހިމެނެއެވެ. އަދި ކެއުން ބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ހަމައެކަނި ދެވޭނީ ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. މީގެކުރިން ދުވާލެއްގެ މައްޗަށް އެތައް ހާހަކުން އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސް، ސަތޭކަ އަށް ވެސް އެރިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 17 މީހުން ޕޮޒެޓިވްވެ 11 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ ދެ ދިވެހިން އެބަތިއްބެވެ. މި ބައްޔަށް ދެން ޕޮޒިޓިވްވެފައި ވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނާއި ޗުއްޓީ ހޭދަކުރަން ރާއްޖެ އައި ފަތުރުވެރިންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނަކީ އިނގިރޭސި ވިލާތުން ރާއްޖެ އައި ދެ ދިވެހިންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުން ފަސް މީހަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން ދެ މީހަކާއި ކުރަމަތި މޯލްޑިވްސްއިން ދެ މީހަކާއި ސަފާރީއަކުން ދެ މީހަކާއި އަނަންތަރަ ދިގު މޯލްޑިވްސްއިން ދެ މީހަކާއި ރާއްޖެއިން އިޓަލީއަށް ފުރައިގެންދިޔަ ދެ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސީނު...........

    ސިޔާސީ ޕާރޓީތަށް އުވާލއިގެން ނޫނީ ތިކަމެއް ނުވާނެ

    41
    1
  2. ގަބުޅި

    ތެދެއް އޮންނަންޖެހޭނީ ރީނދޫޕާޓީ އެކަނި

    14
    30
  3. ހަސަންތަކުރު

    ކަލެއާއިގާސިމު،މައުމޫނު ހަސަދައޭނުކިއާ

    18
    2
    • ޙައްގުބަސް

      ރިޔާޒޫ ކަލޭ ދައްކާ ވާހަކަ އަޑުއަހާނީ ކަލޭކަހަލަ ދެފުއްކެހެރިން! ކަލޭތީ ޔާމީނުގެ ސަރުކާރުގައި ސަނާކިޔަމުން އެވެރިކމުގައި ނެގިހާ ފައިދާއެއް ނަގާފައިވާ މީހެއް! ވެރިކަން ނިމުނު ހިސާބުން ކަލޭ ބެޗީ! އަމިއްލައެދުން ބޮޑު މީހެއް! މީހާރު ކޯޗެއް އެއްނުވެގެން ތިއުޅެނީ! ތިތާތެރޭ ތިއުޅޭ ލީޑަރުންނަކީ ކަލެއަށްވުރެން އަމިއްލަ އެދުން ބޮޑު ބައެއް! ލިބޭ އެއްޗެއްގެ ނުވަތަ ބައިއެޅޭއިރު ބޮޑުބައި ނުލިބިގެން ތެޅޭ ބައެއް! ދެން ރީނދޫ ބައިގަޑަކީ އަދި މާ ހަޔާތްކުޑަކޮށް ޑީލްކުރާ ވަރަށް ހިޔަޅު ބައެއް! އެމީހުން އެވަނީ މިބުނި ލީޑަރުންގެ ކަރަށް މަޅި ފައްތައިގެން ވެރިކަން ދަމައިގެންފަ! ދެން ރިޔާޒު ކަލޭ ބުނާގޮތަކަށްވެސް ތިބުނާ ލީޑަރުންގެ ބަސްވިކޭ ގޮތަކަށްވެސް ކަންކަން ނުގިގާނެ! ކަލޭމެން އެންމެން ރީނދޫ ބޮޑުންވެސް ހިމެނޭގޮތުން ކުރި ވައްކަން ފޮރުވަން ވެގެން ޔާމީނު ޖަލަށް ލައިގެން ތިއުޅެނީ! ކަލޭމެންނަށް ނިކަން ރަގަނޅަށް ރަހަދައްކާލާނެ! ހުސް ވަގުންނޭ ތިއުޅެނީ! އަމިއްލަ އެދުން ގައުމަށްވުރެން ކުރިއަށް ނެރެގެން އުޅޭ ލުޓޭރުންނޭ ބުންޏަސް ދޮގަކަށް ނުވާނެ!!

      14
      • ހަސަން

        ވައަކަމުގެ ބޮޑުބައިކުރީ ޔާމީނު ނޫންތޯ

        3
        8
  4. Anonymous

    މިލިޓަރީބޭސް އަޅާނމޭއިރުވެސް ތިތިބެނީ ެއްބައިވެގެން އެވާހަކައެއް ނުދައްކާ! ނާ އެބައަޅާހޭ ކިޔާލަކިޔާލާ! ކޮވިޑް އާ މިލިޓަރީއިންޑިއާގެ ކިބައިން ﷲ މިގައުމު ސަލާމަތްކޮށްދެއްވާށި އާމީން

    35
  5. ކާފަބޭ2020

    ރިޔާޒު އެވެ. ތިޔަވިދާޅުވާހަތަރުލީޑަރުން އެ އްގަލަކުން ފެހިކާންފެށީ ވަކިބޭނުމަކު އެވެ. އެކަންފުދި އްޖެ ދެންކޮންކަމަކާތެޅިފޮޅެންވީ؟ މަށަށްލިބޭބަ އިން ތަންކޮޅެ އްވެސް މަދުވާނަމަތާ އެހެންގޮތެ އްހޯދަން ނުކުންނަންޖެހޭނީ އަހަންނަށްބޭނުމީ އެބަ އި ދެންކޮންކަމަކާސިކުނޑިސުމަކަށްގެންދަންވީ؟؟؟؟؟

    19
    1
  6. ބީރުމީހާ

    މިހާރު ގައުމުގެ ވަކުއްޔުލް އަމުރު ގެ ވިސްނުމަކީ ވިޔަފާރިވެރިން ފައިދަށުލާން ލޯނުތައްދިނުން އެއީ ހަރާމްކަމެއްކަމަކަށް ނުވިސްނާ ދީނީ ޢިލްމުވެރިޔަކުވެސް މީދިޔާއަށް ވާހަކަދައްކާލަން ނާރުވާ ނޫސްކޮންފަރެންސްގައިވެސް އެމީހުންގެ ބޭނުމެއް ނުހިފާ ގައުމު މިޔޮއްދަނީ އޮޔާ މިވަގުތަކީ ދީނީ އެއްބައިވަންތަކަން ރައްޔިތުންގެ ކިބައިގާ ހަރިލަންވީ ވަގުތު

    18
    1
    • 100%

      އެއްވެސް ވެރިކަމެއްގައި ހަރާމެއް ހަލާލެއް ބެލިތަ؟ މީ %100 މުސްލިމް ޤައުމެކޯ. ހުސް ގޮޅާބޯ ވަލިއްޔުލް އަމުރުން.

      1
      2
  7. ޢާޅި

    ކޮއްފާ ހުރި ވައްކަން ތައް މާފެއްނުކުރެވޭނެ އެއީ ރައްޔިތުންގެ ފައިސާ ...އެސްޓީއޯ އިން ނެގި ތެޔޮތައް

    8
    25
  8. ޢާޅި

    ވަގު

    4
    12
  9. Anonymous

    ވަގު

    4
    11
  10. ބޯގޯސް

    ނެތް ހަސަދައެއް ނެތް އެއްބައިވަންތަ ކަމެއް ދައްކަނީ ސަންދޯކަށް އެރެން ޖެހުނީމަތަ؟

  11. ލުޓޭރުންގެ ސަރުކާރު

    ރިޔާޒުރަޝީދު ވާހަކަ ނުދެ އްކުމަށް އެދެން... މިހާލަތު ގަ އުމަށް މެދުވެރިވީ ހަމަ އެކަނި ކޮވިޑް ވަ އިރަސްގެ ސަބަބަކުންނޫން...ރިޔާޒުރަޝީދުމެން އަޑި އަޑިން ކުޅުނުޑްރާމާގެ ސަބަބުން....ގެ އްލުންވީ ހުރިހާ ރަ އްޔިތުންނަ....ދެން ތެޔޮ ވި އްކޭތޯ އުޅެގަ....ނިހާނު ގަ އުމޭ ދީނެކޭ ނުކިޔާތި....މި އަދަކު ރަ އްޔިތުން ބަލަ އިނުގަންނާނެދެން ނިހާނެ އަލީ އާރިފެ ރިޔާޒުރަޝީދެ އިލްހާމެ..

    8
    1