ޤައުމަށް ދިމާވާ ކޮންމެ ހާލަތެއްގައި ފުލުހުންގެ ފަރާތުން ފެންނަމުން އަންނަނީ ފަހުރުވެރިވާ ފަދަ ހިދުމަތްތަކެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތަަށް 87 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ދެއްވި ހިތާބުގައި ހަމީދު ވިދާޅުވީ ފުލުހުންގެ ކިބައިން ގައުމަށް ދިމާވާ ކޮންމެ ނުރައްކާތެރި އަދި ހިތާމަވެރި ހާލަތެއްގައި ފެންނަމުން އަންނަނީ ޝުކުރު ހައްޤު، ފަހުރުވެރި ވާފަދަ ހިދުމަތެއް ކަމަށާއި، މިދިޔަ އަހަރު ފަހުކޮޅު މާލޭގައި ހިނގައި ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާ އާއި، މިހާރު މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ވައިރަހާއި ގުޅިގެން އެފަރާތްތަކުން ކުރަމުން ގެންދާ އަގުހުރި މަސައްކަތުން އެކަނި ވެސް ފުލުހުންގެ ހިދުމަތުގެ ރަނގަޅުކަން ސާބިތުވާ ކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވީ މި ދުވަސް ބައްދަލު ވެފައި މިވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައި ކަމަށާއި، މި ނާޒުކު ދަނޑިވަޅުގައިވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމް ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.

"އަދި މި ދަތި އުނދަގޫ ވަގުތުގައި ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އަންގަވާ އެންގެވުންތަކަށާއި، ސިއްހީ މާހިރުން ދެއްވާ އިރުޝާދު ތަކަށް ތިޔަ ހުރިހާ ރައްޔިތުންވެސް އިހްތިރާމްކޮށް އެގޮތުގެ މަތިން އަމަލު ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން" މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަހުން ސަލާމަތް ވުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައި ހަމީދު ވިދާޅުވިއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ 2019 ވަނަ އަހަރު ވަނީ ފުލުހުންގެ ހިދުމަތާއި މެދު ރައްޔިތުންގެ އިތުބާރު ގާއިމް ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށާއި، ފުލުހުންގެ ހިދުމަތަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ދިނުމަކީ ފުލުހުންނަށް ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

"އެއީ އޭގެ ސަބަބުން ފުލުހުންނަށް ފުލުހުން މަސައްކަތް ކުރަން ޖެހޭ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށް ނަތީޖާ ހާސިލް ކުރުމަށް ފަސޭހަވާނެތީ، އަދި ރައްޔިތުންނަށް ފުލުހުންނާއި ގުޅުން ބަދަހިވެ ބައިވެރިއިތުރުވެ ތިޔަބޭފުޅުން [ރައްޔިތުން] އެދިވަޑައިގަންނަވާ ގޮތަށް ފުލުހުންގެ ހިދުމަތްތައް ގާއިމްކުރުމަށް މަގުފަހިވާތީ" ހަމީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަންސާރު

    ޢެކުދިން އަބަދުވެސް އެ ކުރާ ގައުމީ މަސައްކަތުގެ އަގު ދިވެހި ރއްޔިތުން ބަލައިގަނޭ...ބަޔަކު އިސްލާހުވަންޔާ މީ ވަގުތަކީ..މަގެ ލޮބުވެތި ދަރީންނޭ ސަލާމަތް ކުރާށޭ ވަތަން.ކުދި ބޮޑު އެންމެން އެކުވެ އަތާ އަތް ގުޅާލާ.ރޮވިއްޖެ އަހަރެމެން ދިވެހި ގައުމުގެ ހާލަތު.ފެނި...

  2. ޙަސަނާ

    ގަބޫލު ކުރަންދޯ ހަދާންއެބަހުރިތަ 7 އަހަރުވަނދެން ބާގީންނޭގޮވާ ފުލުހުންނައްކުރި އަނިޔާ

    11
  3. ޢާލިމ

    ކޮންހަރުކައްޓޭ މަޑުކައްޓޭ ޓެރަރިޒަމޭ މިކިޔަނީ އެންމެ ބޮޑް ޓެރަރިސްޓް އެހެރީ ގޭގަ ހިފާ ހައްޔަރުކުރޭ ކޮބައި ސެކިއުލާފިކުރު ހުއްޓުވުމަށް ކުރެވުނު ކަމެއް އެފިކުރު ފަތުރާމީހުނަށް ހިމާޔތްދިނި ބޮޑެތި މުސާރަ ދީފަ އެތިބީ އެކަން ފަތުރަންތަ ހަމިދޫ މީ %100 މުސްލުގައުއް ކަލޭމެން ތިބިހާދުވަހަކު މިގައުމުގާ ލާދީނީ ފިކުރާ ހުއްޓުވަން އެއްވެސް ކަމެއްނުކުރޭ އިމްރާން ލަދުގަނޭތަ ދޭނޭ ގައުމެ ކިޔާއިރު މަގާމާހެދި ހޭބަލި ވިޔަސް ބޮޑުވަރު

  4. ހެޔޮނުވާނެ ފުރައްސާރަކުރުން ހުއްޓާލާ!

    މޑނ ގެ ބޮޑުން ރަސޫލު صلى الله عليه وسلم އަށް ފުރައްސާރަކުރުން ހުހުއްޓާލާ! ކަޝްމީރަށާއި ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ވެސް ފުރައްސާރަކުރި.

  5. ފަޚުރުވެރިޔާ

    ކަލޭ ތިޔަބުނަނީ ﷲއަށާއި ރަސޫލާ (ސއވ) އަށް ތިމަންނަ އާއި ތިމަންނަގެ ބައިވެރިން ފުރައްސާރަ ކުރީމާވެސް މިޤައުމުގެ ޕޮލިހުން އަހަރުމެން ހައްޔަރުނުކުރާތީ އެކަމާ ފަޚުރުވެރި ވާ ވާހަކަ ދޯ؟

  6. އައްޔު

    ފުލުހުންގެ މަސައްކަތަކީ އަބަދުވެސް ފަޚުރުވެރިވާ މަސައްކަތެއް އެކަމަކު ފުލުހުންގެ އަގުވައްޓާލުމަށް ކެނޑިނޭޅި މަސައްކަތް ކުރި ފަރާތަކީ އެމްޑީޕީ ސީޕީއަށް ވެސް އިނގޭނެ މިކަން ދެން މިއަދު ކޮން ވާހަކައެއް ތިޔަ ދައްކަނީ

  7. އެނޯ

    ކޮންމެ ހާލަތެއްގައިވެސް ފުލުހުންގެ ފަރާތުން ފެންނަނީ ފަޚުރުވެރިވާފަދަ ޚިދުމަތް. މިއީ ކުރިންވެސް އަދި މިހާރުވެސް ކަން އޮތްގޮތް. މަދު ބަޔަކު ހަދާ ގޯސްތައް އެންމެންގެ މައްޗަށް އާއްމު ކުރުމަކީ ކުށެއް. އެެކަމު މަޖިލިސް ޗެމްބަރުގެ ހިޔާވަހިކަމުގަ މެމްބަރުންނަށް ހުއްދަވާނެ، ނޫންތޯ؟