ރާއްޖެ އިން ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެނިފައިވާތީ ފަސްކުރަން ޖެހުނު ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު އަންނަ ޖެނުއަރީ 6 ގައި ބާއްވަން ޚާއްސަ ގާނޫނެއް ހަދަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފުރަތަމަ ނިންމާފައި އޮތީ ލޯކަލް ކައުންސިލް އިންތިޚާބުު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސް ކުރަން އީސީން ނިންމިއެވެ.

އޭގެ ފަހުން، އިންތިޚާބު ބާއްވާ ތާރީޚް ފަސްކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް އީސީން ހުށަހެޅިއެވެ. އެކަމަކު، މި މައްސަލައަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ރައްޔިތުންގެ މަޖިލިހުން ތައްޔާރަށް އޮތުމާ ގުޅިގެން ސުޕްރީމް ކޯޓަށް އީސީން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔައީއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި"ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނު"ގެ ނަމުގައި ބިލެއް އެކުލަވާލައި މި ހަފުތާގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ބިލްގެ މަގްސަދަކީ، މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ތާރިޚްގައި ނުބޭއްވޭނެތީ އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން މަޖިލިހަށް ސަރުކާރުން ހުށަހަޅާ ބިލެކެވެ.

އެނގިފައިވާ ގޮތުގައި މި ބިލް އެކުލަވާލުމުގެ މަސައްކަތް ކުރަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. އެ ބިލްގައިވާ ގޮތުން އިންތިޚާބަށް އަލުން ހުޅުވާނުލައި ކުރިއަށް ގެންދާނީ މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާ އެކުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އެދެން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހާލަތާއި ދުނިޔޭގެ ހާލަތު ވެސް އަންދާޒާ ކުރަން ނޭނގޭ ގޮތަށް ބަދަލުވަމުންދާތީ ކަމަށެވެ. އަދި މީހުން އެއްވެ ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން އެންގި އެންގުމަށް ތަބާވުމުގެ ބޭނުމުގައި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމާ އެކު ގިނަ ބަޔަކު ފޯމު ހުށަހެޅިއެވެ.

އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން އިންތިޚާބުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނައީމް

    މިހާރު ކައުންސިލް މެންބަރުކަމަށް ކުރިމަތިލާފަހުރި އެއްވެސް މެންބަރަކުގެ މުއްދަތު ދެމިގެންދިއުމަކީ ދެން އިތުރަށް ކުރިމަތިލާފަތިބިމީހުނަށް ސީދާ ދެވޭ ބޮޑު ގެއްލުމެއްކަން ފާހަގަކުރަން ހީކުރަން ކޮމެޓީ މަރުހަލާގަ މިކަމާ ފުންކޮށް ވިސްނަވާނެކަމަށް

    20
  2. މުހައްމަދު

    ޖެނުއަރީ އޭ ތޯ؟ ޖެނުއަރީ ވިއްޔާ އެއީ 2022؟ ޖޫން މަސް ކަމަށް ލަފަކުރެވޭ!

    17
  3. ކަނީރު

    ÷ޕީޕީއެމް ކުދިން ބޭނުންވާގޮތަށް އެއޮތީލަސްވެފަ. އެހެންވީމަ މިފަހަރު އެމްޑީޕީއަށް އެންމެ ގޮޑިެއްވެސް ނުދޭތި ހުރިހާގޮނޑެއް ކާމިޔާބު ކުރާތި. އެކަމު އަދިވެސް ކޮންމެވެސް ހާސަރެއް ދަމާލަންވާމެ އެއިރުން ފުރިހަމަވާނީ

    3
    3
  4. ހ

    މުހައްމަދާވ 2021 ވަނަ އަހަރުޖަނަވަރީ. 2022ނޫން.

  5. ބްރޯ

    އެއްވެސް އިންތިހާބެއްގަ ތާރީހް ކަނޑައަލާ ފަ އޮތް ގާނޫނެއް ހެދިފައޮއްވަާ އަނެއްކާ އެހެން ތާރީހެއް ކަނޑައަޅާ ގާނޫނެއް ހެދިދާނެތަ؟

  6. ބްރޯ

    ކައުން ސިލް އިންތިހާބަ ބެހޭގޮތުން ގާނޫނެއް ހެދިފާއޮއްވާ އެއިންތިހާބު އެހެން ދުވަހެއްގާ ބެއްވުމަށް އިތުރު ގާނޫނެއް ނެހެދޭނެ. އެކަން ގާނޫނުއަސާސީގެ 80 ވަނަ މާއްދާ ބެލުމުންދޭހަވޭ . އެކަމަކު 80 ވަނަމާއްދާގަ ބުނާފަދަ ގަރާރެއް މިހާލަތުގާ ފާސް ކޮށް ކައުންސިލް އިންތިހާބު ވެސް ފަސްކުރެވިދާނެ . 80 ވަނަ މާއްދާގަ ބުނާ އިންތިހަބަކީ މަޖިލީހުގެ އިންތިހާބު ކަމުގާ ވިޔަސް އެނޫން ކޮންމެ އާންމު އިންތިހާބެއްވެސް މިމާއްދާގެ ދަށުން ބޭއްވިދާނެތޯ ސުވާލު އުފެދިއްޖެނަމަ ގާނޫނުއަސާސީގެ 95 ވަނަ މާއްދާގަ ބުނަފަދަ ގަރާރެއް ފާސްކޮށް ސްޕްރިމްކޯޓަށް މަޖިލީހުން ފޮނުވިދާނެ. އެގަރާރުގަ ޖަވާބު ގާނޫނުއަސާސީގެ 95 ބުނާފަދައިން ސްޕްރީމްކޯޓުން މަޖިލީހަށް ފޮނުވިދާނެ އޭރުން ކައުސިލް އިންތިހަބުގެ ތާރީހާ ބެހޭ މައްސަލަ ހަމަޖެހިގެންދާނެ.

  7. ޕޕޔޯލަ

    ކަނީރޫ ލަސްކުރަނީ ޕޕ އޭތަތިބުނީ ސުލޯ ސަރުކާރަށް އެއްވެސް ކަމެއް އެކަނޑަ އަޅާ ތާރީހެއްގައި ކުރެވިފަ އެބައޮތް ތޯ އަދިވެސް ޕޕޕޕޕޕޕޕޕޕޕޕ އަކުން އަރާކަށް ނޫޅޭތަ ތިދެން ހަޖަމް ނުވިޔަސް ބޮޑުވަރު ސުލޯލިހު ސަރުކާރު ސުލޯކުރަނީ ޕޕޕޕތޯ

  8. ހ

    މުހައްމަދު އެބުނީ ހަމަ ރަނގަޅަށް މިހާވަރުން ދައްޏާ 5ވަނަ އަހަރު ފަހުކޮޅަާ ކިރިޔާ ލައްވާލާނީ އެވެސް އަދި ފަހަރެއް ގައި'

  9. ބްރޯ

    ބްރޯ ޤާނޫނަކަށް ބަލާ ބަޔަކު އެބައުޅޭ ތޯ ޤާނޫނުގައި އޮތަސް ނެތަސް އެމީހުން ކުރަން ބޭނުން ކޮންމެ ކަމެއް އެމީހުން ކުރަން ވީމަ ކުރާނެ އެއީ އެއްކަލަ ޤާނޫނުގައި އޮތަސް ނެތަސް ކުރާ ބައިގަނޑެއްނު އެމީހުނަށް ޤާނޫނެއް އޮންނާނެ ތޯ ކާވެއްޖިއްޔަކާ ހަރާމެއް ހަލާލެއް އޮންނަބައެއް ނޫން އެމީހުންނަކީ އެމީހުން ކުރާކޮންމެ ކަމަކަށް ތަތްޖެހީމަ ރަނގަޅުވާނެ!