ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހުރިހާ ލޯނެއް ދެއްކުން ހަމަސް ދުވަހަށް ފަސް ކުރި ނަމަވެސް އެކަމުގައި އެ ބޭންކުން އިތުރު އެއްވެސް އިންޓްރެސްޓެއް ނުނަގާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިފަދައިން ވިދާޅުވެފައި މިވަނީ ބީއެމްއެލްގެ ހުރިހާ ލޯނެއް ދެއްކުން ހަމަަސް ދުވަހަށް ފަސް ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަ ބަޔަކު އެކަމާއި ގުޅިގެން ތަފާތު ވާހަކަތައް ދައްކަމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން ގިނަ ފަރާތްތަކުން ބުނަމުން އަންނަނީ މިހާރު ބޭންކް އިން ލޯނަށް ނަގާ އިންޓްރެސްޓުގެ އިތުރު އިންޓްރެސްޓެއް ވެސް ނަގާނެ ކަމަށާއި އެ ނިންމުން ސަރުކާރުން ނިންމި ނަމަވެސް އެކަމުގައި ފައިދާ ވާނީ ބީއެމްއެލް އަށް ކަމަށެވެ.
ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބީއެމްއެލްގެ ހުރިހާ ލޯނެއް ދެއްކުން ހަމަސް ދުވަހަށް ފަސް ކުރި ނަމަވެސް އެ ބޭންކުން އެއްވެސް އިތުރު ފީއެއް ނުވަތަ އިންޓްރެސްޓެއް ނުނަގާނެ ކަމަށެވެ. އަމީރު ވިދާޅުވީ ބީއެމްއެލްގައި ގާބިލްކަން ހުރި މިންވަރަކުން ކަސްޓަމަރުންނަށް އެ ބޭންކުން ހިދުމަތް ފޯރު ކޮށްދެމުން ގެންދާނެ ކަމަށެވެ. އަމީރު ވިދާޅުވީ މި ދަނޑިވަޅުގައި ވެސް ބީއެމްއެލް އިން ކަސްޓަމަރުންނަށް ދޭންޖެހޭ ހިދުމަތްތައް ދެމުން ގެންދާނެ ކަމަށެވެ.
This is all while ensuring the continued operations of the bank throughout this difficult and uncertain period.
— Ibrahim Ameer (@iameeru) March 29, 2020
ބީއެމްއެލް އިން ބުނި ގޮތުގައި މި ގޮތުން މި ވަގުތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވައި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް މި ފަރާތް ތަކުން ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު ހަ މަސް ދުވަހަށް ފަސްކޮށްފައެވެ.
މި މުއްދަތުގެ ލޯނުގެ އިންޓަރެސްޓް އަށް ވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވިގެންދާނެތީވެ، ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވެސް މިވަނީ ހަ މަސްދުވަހަށް އިތުރު ކުރެވިފައެވެ. މީގެ އިތުރުން ލޯނު ދެއްކުން ފަސް ކުރާ ހަ މަހަށް ފަހު ޖެހިގެން އަންނަ ހަ މަސް ދުވަހުތެރޭ ކޮންމެ މަހަކަށް ދައްކަން ޖެހޭ އަދަދު 20 ޕަސެންޓް މަދުކޮށް ދެއްކުމުގެ ފުރުސަތު ވެސް މި ވަނީ ހަމަޖެހިފައެވެ.
މިވަރުންދެން ކުލި ކުޑަކޮށް ނުދޭނީ އިންސާނިއްޔަތުކަމެއް ނެތް މީހުން.
މީހުންގެ މުސާރަތައް ކުޑަވެފަ ވަޒީފާ ގެއްލެމުންދާއިރު ހަމަސް ދުވަހަށް ގެތަކުގެ ކުލި ކުޑަކޮށްދިނުން ކީއްތޯ؟
އަހަރުމެންގެވެރިމީހާބުނީ ލޯނުތައްދެއްކުން ހަމަސްދުވަހައް ފަސްކޮށްދެއްވާ ވާހަކަޔާ މިހަމަސްދުވަހުލޯނައްދައްކަނޖެހޭފައިސާ ދައްކަންނުޖެހޭވާހަކަ ރައްޔިތުންމިގަބޫލުކުރަނީ ރައީސްމީހާއެވިދާޅުވަނީ މިހަމަސްދުވަހުގެ އިންޓްރެސްޓްވެސް ދައްކަންނުޖެހޭނެކަމަށް ހަމަސްފަހުންދައްކަންފަށާއިރުވެސް ލޯނުގައިންނާނީ މިހާރުވެސް އިންޢަދަދުކަމަށް މިނިސްޓަރުމިހާރު ތިވިދާޅުވަނީ ފައިސާދައްކަންނުޖެހޭ ހަމަހުގެވެސް އިންޓްރެސްޓްލޯނުގެ ޢަދަަދައް އިތުރުވާނެވާހަކަ އެހެންވީމަ ރައްޔިތުމީހާއައްހީކުރެވުނީނުބައކޮށް އެހެންނޫންތޯ
މި ކިޔާދެނީ ވާގޮތް. މިސާލަކަށް ބެންކަށް ދައްކަން އޮތީ އެއް ހާސް ރުފިޔާގެ ލޯނެއް. އެ ލޯނު ދައްކާ ނަމަ ޖެހިގެން އަންނަ މަހު ދައްކަން ޖެހޭނީ އެއް ހާސް ރުފިޔާއަށް ވުރެ ކުޑަކޮށް. އޭގެ މާނައަކީ ދެން އިންޓްރަސްޓެ ވެސް ނަގާނީ ކުޑަކޮށޭ. އެކަމަކު ހަ މަސް ދުވަހަށް ކުޑަނުވެ އެއް ހާސް ރުފިޔާ ދައްކަންއޮތީމަ ހަ މަސް ވަންދެން ނަގާނީ އެއް ހާސް ރުފިޔާއަށް ވާ އިންޓްރަސްޓް. (ދައްކަމުންދިޔަ ނަމަ ކުޑަވާނެ އެއްްޗެއް ނުދައްކާ އޮތީމަ ބޮޑުވީ) މި ހަގީގަތް ކިޔާނުދޭންވެގެން ފޮނުއަރުވަނީ. އޯގާތެރިކަމުން ހައްދުފަހަނައަޅައިފައި.
"މި މުއްދަތުގެ ލޯނުގެ އިންޓަރެސްޓް އަށް ވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވިގެންދާނެތީވެ، ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވެސް މިވަނީ ހަ މަސްދުވަހަށް އިތުރު ކުރެވިފައެވެ."
މިފައިސާ ލޯނަށް އެއްކޮއްފަ ދެން އިންތެރެސްޓް އަރާއިރު ކަސްޓަމަރަށް ގެއްލުން ނުވާނެ ގޮތެއް ބުނެދީބަލަ ކޮންމެވެސް މީހަކު.
ބީއެމް އެލްގެ ލުއިދެވޭ ލޯނުތަކުގެ ތެރޭ ލުއި ލޯނާއި ޕޮރޮފެޝަނަލް ލޯނު ހިމިނޭތޯ ނުވަތަ ނުންތޯ...ބީއެމް އެލް އަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ ބޭންކެއް އެތަނުގެ ބޯޑާއި ވެރިންނާއި މުވައްޒަފުންނަކީ ރައްޔިތުންގެ ނޯކަރުން.
މިއީ ދިވެހިންގެ ބެންކުގެ އިޚްލާސްތެރިކަން ދައްކަންވީ ވަގުތު..ބެންކްގެ ޕޮލިސީތައް ސަރުކާރު ބޭނުންވާގޮތަށް ބަދަލްކުރެވޭނެ..އެއީ ބެންކުގެ ސީއީ އޯގެ ބާރެއްނޫން.
ރައީސް ވިދާޅުވީ ހުރިހާ ލޯނެކޭ،،، އެކަމަކު ބެންކުން ނެރުނު ގައިޑްލައިން ތަފާފް...ސޯ ވަޓް އިޒް ދިސް ..
ލޯނު ލެބޯ ޓްރީ އަކަށް ލަޢިގެންވެސް ބަލަންޖެހޭ ކޮންމެވެސް ގޮތަކުން ބޭންކުން ފަ އިދާ ނަގާނެ އެހެންްނޫނީ ނަން ބަދަލުކުރޭ
ލޯނު ލިބޭނީ ކިހިނެއް؟ ކޮންއިރރަކުން؟ ކުލިދައްކާނެ ގޮތެއް ނެތް، ދުވަހު މަސައްކަތްތަކުން އާމްދަނީ ހޯދާ ފަރާތްތަކަށް އޮތީ ކޮން ގޮތެއް ؟؟؟؟؟؟؟؟؟
"މި މުއްދަތުގެ ލޯނުގެ އިންޓަރެސްޓް އަށް ވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވިގެންދާނެތީވެ، ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވެސް މިވަނީ ހަ މަސްދުވަހަށް އިތުރު ކުރެވިފައެވެ. " ކީކޭ މި ކިޔަނީ . ދޮގުހަދާ އޮޅުވާލުމުގައިވެސް ހައްދުފަހަނައަޅާފަ.
ކަލެއަށް ކޮންޗެއްތެ އެގޭނީ އެމީހުން ނެގިޔަސް، ކަލޭ އަތުން އެހެންވިރު ނުނަގަނީ
ބޭންކަށް ލޯނުން ލިބޭ ފައިދާ އަކީ އިންޓަރެސްޓް. ޖެހިގެން މިއަންނަ ހަމަހަށް ލޯނު ދެއްކުން މެދުކެޑިޔަސް އެ 6މަސްދުވަހުގެ އިންޓރެސް ފަހުން ދައްކާފަ އަދި ހަމަ އިނޓަރެސްޓާއި އެކު ލޯނުގެ މުއްދަތު ހަމަހަށް އިތުރުވީމަ ބޭންކަށް އިތުރު 6 މަސްދުވަހުގެ އިންޓަރެސްޓް ލިބޭނެ. ޖުމުލަ ލޯނުގެ ރިޕޭމަންޓް ބޮޑުވީ. ހާލަތުގެ ނާޖާއިޒުބޭނުން ހިފައިގެން ނަގާ އިންޓރެސްޓް އެއީ އަސްލު ރިބާއަކީ!