ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަސައްކަތް ކާމިޔާބު ވާނީ، ފުލުހުންގެ މަސައްކަތް ކާމިޔާބުވެގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުރިހާ ފުލުުހުންނަށް މަރްޙަބާ ދަންނަވާ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޖީގެ މަސައްކަތް ކާމިޔާބު ވާނީ ފުލުހުންގެ މަސައްކަތް ކާމިޔާބު ވެގެން ކަމަށާއި، ފުލުހުންގެ މަސައްކަތް ކާމިޔާބު ވާނީ ޕީޖީ އޮފީހުގެ މަސައްކަތް ކާމިޔާބުވެގެން ކަމަށެވެ. އަދި އެއްކޮށް މަސައްކަތް ކުރުމުގައި ކުރިއަށްދާނެ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.
https://twitter.com/HuShameem/status/1244197802512494592
ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުމާއި ގުޅިގެން މިއަދު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވި ހިތާބުގައި ވަނީ ފާއިތުވި އަހަރު ރައްޔިތުގެ އެންމެ ބޮޑު ޝަކުވާއަކީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ކުރިއަށްދާ މިންވަރު ނޭނގެ ކަމުގެ ޝަކުވާ ކަމަށް ވިދާޅުވެފައެވެ.

އަދި ރައްޔިތުންގެ މި ކަންބޮޑުވުމަށް ގެނެވުނު ހައްލެއްގެ ގޮތުން މައްސަލަ ހުށަހަޅާ ފަރާތަށް މައުލޫމާތު ހިއްސާކުރުމަށް ކުރިން ހަމަޖެހިފައި އޮތް އުސޫލުތައް ބަދަލުކޮށް، ތަހުޤީގުތަކުގައި ފުރިހަމަކުރަންޖެހޭ މައިގަނޑު ކަންކަން ފުރިހަމަ ކުރަންޖެހޭ މުއްދަތު ކަނޑައެޅުމުގެ އިތުރުން، އެކަންކަން ފުރިހަމަވަމުންދާ ގޮތުގެ އަޕްޑޭޓް އެސްއެމްއެސްގެ ޒަރިއްޔާއިން ހުށަހެޅި ފަރާތަށް ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ އަނިޔާލިބޭ ފަރާތްތަކައް ދޭންޖެހޭ ރައްކާތެރިކަމާއި އެހީތެރިކަން ދިނުމަށްޓަކައި ވިކްޓިމް ސަޕޯޓް މެކޭނިޒަމް އިތުރަށް ތަރައްޤީ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަމަހަމަ

    ފުލުހުންގެ މަސައް ކަތް ރަނގަޅު. ޢެ ކަމަ ކު މި ކަހަލަ މޑޕ ފި ކުރު މީހުން ކަށީގަ ހުންނަ ކަމެއް އަމިއްލަ މައްސޫލިއްޔަތު އަދާނު ކޮށް ފުލުހުންނާ ސިފައިން ބަދުނާމު ކުރުން.