ރ. ދަ ސްޓޭންޑާޑް ހުރަވަަޅި މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 ގެ އަލާމާތްތައް ހުރި ދެ މީހަކު ފެނިއްޖެ އެވެ.

ދަރުބާރު ގޭގައި ކުރިއަށް ދިޔާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ހާއްސަ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ރާއްޖޭގެ އިތުރު ރިސޯޓަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ މީހަކު ފެނިގެން ސާމްޕަލް ނެގުމަށް ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެންދިވިފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެރިސޯޓުން ސާމްޕަލް ނެގުމަށް ހަމަ ޖެހިފައިވަނީ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމެއް ނުވަތަ ފަތުރުވެރިއެއް ކަމެއް ސާފު ވެފައެއް ނުވެއެވެ.

ކޮވިޑް-19ގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

"ހުރަވަޅި މޯލްޑިވްސް ރިސޯޓު މިހާރު ވަނީ މޮނިޓަރިންގެ ހާލަތައް ގެންދެވިފައި ދެ ސާމްޕަލެއް ނެގުމަށްޓަކައި" މަބްރޫކު ވިދާޅުވިއެވެ.

ހުރަވަޅި ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާއިރު، މާހާ ސަފާރީ ބޯޓުން ނަގާފައިވާ ސާމްޕަލް ނެގެޓިވް ވުމުން އެ ސަފާރީ ވަނީ މޮނިޓަރިންގެ ހާލަތުން އާންމު ހާލަތަށް ގެންދެވިފައެވެ.

ރާއްޖޭގައި މިއަދާއި ހަމައަށް 17 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު އޭގެ ތެރެއިން 11 މީހަކަށް ވަނީ ފަރުވާ ދެވި ބަލިން ރަނގަޅު ވެފައެވެ. އަދި 4 މީހަކަށް ރާއްޖޭގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އަދި އަނެއް ދެ މީހުން ތިބޭ ރާއްޖެއިން ބޭރުގައެވެ.

އިތުރު ތަފްސީލް އަންނަނީ.....

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢާމިރު

    2ބިދޭސީ ސްޓާފުން