ރާއްޖޭގައި ކަރަންޓިން ކުރާ އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރަން ނިންމައިފި އެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ އަބްދުއް ލަތީފު ވިދާޅުވީ، ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގައި ތިބި ހުރިހާ މީހުން ދޫކޮށްލާއިރު ކޮވިޑް-19 ގެ ޓެސްޓް ހަދަން ނިންމާފައިވާ ކަމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ ފާއިތުވި ދުވަސްތަކުގެ އެކްސްޕީރިއެންސާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ގައިޑްލައިންސްގެ މައްޗަށް ބަލާފައި ކަމަށެވެ.
"ފާއިތުވި އެކްސްޕީރިއެންސް އަށް ބަލާފަ، އަދި އަޅުގަނޑުމެންގެ ކޭސްތައްވެސް ގިނަވަމުން ދާތީ އާއި އެކީގަ އަދި ޑަމްލިއުއެޗް އޯގެ ގައިޑެންސް އާއިވެސް އެކަހަލަ ބައިވަރު ކަންތަކަށް ބަލާފައި އަޅުގަނޑުމެން މިހާރު މި ނިންމަނީ ކަރަންޓީން ކުރާ ހުރިހާ އެންމެންވެސް އެމީހުން ކަރަންޓީންގެ ދުވަސް ހަމަވުމަށްފަހު އަޅުގަނޑުމެން ކަރަންޓީން ފެސިލިޓީން ރިލީޒް ކުރާއިރު ޓެސްޓް ހަދަން ވެގެން" ޑރ. ވިދާޅުވިއެވެ.
މީގެ އިތުރުން ކަރަންޓީން ފެސިލިޓީ ތަކުގައި ތިބޭ މީހުން ނެރޭއިރު އެގްޒިޓް ސްކްރީނިން ހަދަން ނިންމާފައިވާ ކަމަށްވެސް ޑޮކްޓަރު ވަނީ ވިދާޅެފައެވެ. މިގޮތަށް ދޫކުރާ މީހުން ޓެސްޓް ކުރުމަށް ބޭނުންވާ ވަރަށް ކިޓް ހުރި ކަންވެސް ޑޮކްޓަރު ވަނީ ފާހަގަ ކޮށްފައެވެ.
މިގޮތަށް ޓެސްޓް ކުރުމަށް މިއަދު ނިންމާފައިވާއިރު، މީގެ ކުރިން ވެސް ވަނީ ބޭރުގައި ތިބެފައި ރާއްޖެ އަންނަ ދިވެހިން ކަރަންޓީނުގައި ތިބޭ މުއްދަތު ހަމަ ވުމުން ބައްޔަށް ޝައްކު ކުރެވޭ ނަމަ ޓެސްޓް ތައް ހަދާފައެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން މީހުން ކަރަންޓީން ކުރުމަށް ފުރަތަމަ ބޭނުން ކޮށްފައިވަނީ ފަރުކޮޅު ފުއްޓެވެ. އެހެން ނަމަވެސް މިހާރު އެ ރަށް ވަނީ މަރާމާތު ކުރުމަށް ހުސް ކޮށްފައެވެ. މިއަދާއި ހަމައަށް ކަރަންޓީން ފެސިލިޓީތަކުގައި 860 މީހަކު އެބަ ތިއްބެވެ.
ކޯވިޑް ނުޖެހުނަސް ކޯވިޑް ހުރިކަމަށް ނިންމާ އެކަހެރިކޮށްފަ މީހުންނަށް ނުފެންނަހެން ވަކިން އެމީހަކަށް ތިދެނީ ކޮންކަހަފަރުވާއެއްބާ؟؟ ސުވާލު އުފެދޭ ޒާތުގެ ކަންކަން މުޅިދުނިޔެއިންވެސް ކުރަމުންގެންދާއިރު އެކަމުގެ ތެރެއަށް ދިވެހިން މިމަޅީގައި އަޅުވާލުމަކީ މިހާރު ކުރެވެން އޮތް ހަމައެކަނި ކަންތައް. މީހުންނަށް ފެންނަގޮތައް ތިފަރުވާދީ ވަކިން އެކަހެރި ކޮށްފަ މީހަކަށް ދޭ ފަރުވާ އެެއް މަރާލުމަކީވެސް.
ޓެސްޓްގެ ނަތީޖާއަށް ބެލުމެއް ނެތި ފުރުވާނުލާކަށް ނުނިންމާތަ؟
14 ދުވަސް ހަމަކޮށްލާފަ ފޮނުވާލާ. ޓެސްޓު ނަތީއްޖާ ހޯދާނީ ފަހުން.
ދަބްލިއު އެޗްއޯގެ ގައިޑްލައިނައް އަދިކިރިޔާ ތިއަމަލުކުރެވެނީ
ކޮވި ންޓް19އެކަކައް2ފަހަރުޒެހިދާ ނެތަ؟
ކޮވިޑް19އެކަކައް2ފަހަރުޒެހިދާ ނެތަ؟