މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން 17 މީހަކު ފައްސި (ޕޮޒިޓިވް) ވުމާއި ގުޅިގެން ސަރުކާރު ބަންދުކޮށް ރައްޔިތުން ގޭގައި މަޑުކުރުމަށް އަންގާފައިވާ ދަނޑިވަޅެއްގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން "#ސްޓޭއެޓްހޯމްޗެލެންޖު" ގައި ބައިވެރިވުމުން ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ފާޑު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ ކުރެއްވި ޓުވީޓެއްގައި ވަނީ ކޮވިޑް-19 ގެ ސަބަބުން ސިއްހީ މަސައްކަތްތެރިންނާއި ކުއްޔަށް އުޅޭ ފަރާތްތަކާއި އެތަންތަނުގެ ވެރިންނާއި އަމިއްލަ މުވައްޒިފުން ވަޒީފާއަށް ނިކުންނަން ޖެހުމުން ހާސްވެގެން ބޮލުގައި ތަޅާއިރު ސަރުކާރުން މުސާރަ ބަރާބަރަށް ލިބޭ ބޭފުޅުން ހާސްކަމެއްނެތި ޓޮއިލެޓް ޕޭޕަރުގައި ތަޅަނީ ކަމަށް ވިދާޅުވެފައެވެ.

"#ސްޓޭއެޓްހޯމްޗެެލެންޖް" ގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ވަނީ ބައިވެރިވެވަޑައިގެން އާންމުންގެ ސަމާލުކަން ހޯއްދަވައިފައެވެ. އެ ޗެލެންޖުގައި އޮންނަނީ ޓޮއިލެޓް ޕޭޕާ ރޯލެއް ނުވަތަ ޓިޝޫ ރޯލެއް ބޭނުންކޮށްގެން ވީހާވެސް ގިނަ ވަގުތު "ޖަގްލް"ކުރުމެވެ.

އެ ޗެލެންޖަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން އެންމެން ގޭގައި މަޑުކުރުމަށް ސިއްހީ މާހިރުން ލަފާދީފައިވާތީ މުނިފޫހިވިލުވުމުގެ ގޮތުން ސޯޝަލް މީޑިއާގައި ބަޔަކު ފެށި ކަމެކެވެ. އެކަން މިހާރު ސޯޝަލް މީޑިއާގައި ވައިގައި ހިފާފައިވާ އިރު، ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި އާންމުން އަންނަ އެކަމުގައި ބައިވެރިވަމުންނެވެ. އަދި ބައެއް ގައުމުތަކުގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ އެ ޗެލެންޖް ފުރިހަމަ ކުރައްވައި، އާންމުންގެ ސަމާލުކަން ހޯއްދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ުއުނދުޅި

  ރީކޯ އައް ނޭގުނީދޯ ކުޅެން

  43
  34
  • Anonymous

   ރަިކޯއަށް ނޭނގުނީއެއްނޫން. މިވެރިކަމުގައި ތިބީ މީހުންގެ ފެންވަރު ދަށީ. ފަހުޒަޟަނުގައި ރައްޔިތުންނަށް ބަސްކިޔަން ތިބޭނީ. އެތަނެއްގެ އެންމެ ދަށު ދަރަޖައިގެ ގޮތެއްފޮތެއްނެތް ނުވަތަ ސްކަމް ކަމަށް ހަދީޡްގައި ބަޔާންވެފައިވޭ. މިތަނުގައިވެސް މަތީމަގާމެއްގައި ނެތް ގަދަރުވެރި އާއިލާއަކުން އައިމީހަކުވެސް.

 2. ކީރޯ

  ފިލްމު ކުޅޭންވީ

  47
  20
 3. ޞޮނިބެ

  ރިީކޯ އިނބަވިސް ބައިވެރި ވަާންވުޫވެންނަން އެޭރުން ވަރަށްކޮޅިވަާޅަ

  5
  19
 4. މޯދީ

  ރީކޯ ބުންޏަސް އެއީ ހަމަ ތެދުވާ
  ަހަކައެއް!

  89
  43
 5. Anonymous

  ހަމަ ރަނގަޅަށް ތިބުނީ. ޕްރޮޑަކްޓިވް މަސައްކަތެއް ކޮށްލަން ނޭނގުނު. ބިޒީ މީހުނަށް މިފަދަ ފުރުސަތެއް ލިބިއްޖރނަމަ ޢިލްމީ ކަންކަމާ މަގާމާ ސްޓްރެޓެޖިކް މަސައްކަތ ްކުރާނީ. ރައްޔިތުންނަށް ނަސޭހަތްތެރވާނީ. މިގައުމުގައި މިތިބީ ތަސސއްރަފް ނުފުދޭ ސޮރުންތަކެއް މަގާމުތަކަށް ލާފަ.

  17
 6. ބްރޯ

  މޫސާ މިސަރުކާރަށް ފާޑުކިޔާނެ ކަމެއްނެތް .ތިލަފުށި ހިއްކަން ހެދި އެގްރީމެންޓް ގައިވާ މިންވަރު ހިއްކުނުތަ؟ އެކްސްޗޭންޖް ރޭޓް 12/85 ން 15/42 އަށް އަގުބަދަލުވުމުން ލިބުނު ގެއްލުމޭ ކިޔާފަވެސް 51 މިލިއަން ރުފިޔާ ނުދޭތަ؟ އަދިވެސް އަނގަ މަޑުން ބާއްވައިގެން ހުރެވޭތޯ ބަލާބަލަ . އެމްޑީޕީ ސަރުކާރުން ފަޅުުރަށުގެ ކިތައްރަށް ދިންތަ؟

  5
  4
 7. މުސްތަފާ ރަޝީދު

  އަގަނުފަލާ މީހުނަށް ފުރަތަމަދޭންހުރިމުސާރަ ދީފަ އިތުރަށް ވާހަކަދެއްކުން ރަގަލު .

  3
  2
 8. ވެރިޔާ

  މިވެރި ންނނ ނަށްއެ ނގޭކަމެއްތާކުރެވޭ ނީ. ބޭ ނު ންވަ ނީ ސަމާލުކަ ންހޯދު ން. ހެހެ

 9. އެމަންޖެ

  މި ސަރުކާރުގަ ނެތް ބުއްދި ހަމަޖެހޭ އެކަކުވެސް.

  12
 10. ރޯނުއެދުރު

  އެމީހުން ބޭނުންވާނީ ވަގުތީ އުފާ އެމީހުން އުޅޭނެގޮތަކައްއުޅެން ބައިތިއްބަ އެހެންއުޅެއުޅެފަ ވަޤުތުޖެހެން ކައިރިވީމަ ދުއްވައިގަންނާނެ

 11. ޓޮއިލެޓް ޕޭޕާ

  މިހާ ފުރިހަމަ ސަރުކާރަކަށް ފާޑުކިއަން ހުއްދަ ކަލެއަށް ދިނީކާކު ފާޑުކިޔޭ ވަރު މީހެއް ނަމަރަނގަޅުތާ!

  1
  10
 12. ކައްޕިތާން

  އެހެން ނޫންތޯވާނީ ކުރާނެކަމެއް ދާނެތަނެއް ނެއްބަޔަކު ޗިސްލާފަ ވަޒީފާތަކެއް ލިބުނީމަ ވާނެގޮއް ޙިޔާލައް ގެންނަވާ އެހެންނޫންނަމަ ފާހާނާ ފުހޭ ކަރުދާހުން ބޯޅަކުޅެ ނަށާ ނުހަދާނެ އިބިލީސް ބުންޏަސް ތެދެއް ވާނީތެދަކައް އިބިލީސްވެސް ބުންޏެއްނު ކުރުސި ކިޔާ ފިއްޔާ ޖިންނި ޝައޮތޯނުންނެއް ނާނާނޭ

 13. ނަހުލާ

  ރީކޯ ވިދާޅުވިއަސް ތެދެއްވާނީ ތެދަކަށް މި މީހުންނަށް ނިކަމެތިން އުޅޭގޮތެއް ނުފެންނަހެންހީވަނީ މީވާ ސަރުކާރެއް

 14. ދަވާލި19

  މޫސަ ކަމަކުން ރަނގަޅު ވާހަކައެއް ވާނީ ރަނގަޅުވާހަކަޔަކައް

 15. ަޢަހަރެން?

  ޢާނ، ގައިމު ކީއްވާނީ އެގޮތަށް ޤުރުޢާން މުބާރާތެއް ބާއްވާ، ޤުރުޢާން ކިޔެވިއްޔާ...
  ޢެގޮތަށް ޤުރުޢާން ކިޔަވަން ވެއްޖިޔާ އެކަމަކާ އަޅައެއްވެސް ނުލާނެ..ކީއްކުރާނީ، ގައުމުގައި ތިބޭ ބޮޑުންގެ ޙާލަތު މިއީ...

 16. ދިވެއްސެއް ވީމަ ބުނަމޭ

  އަސްލު އެވެރިންގެ ވިސްނުމާ އަޚްލާގު އެފެންނަނީ ދިވެހިންގެ ގިނައާންމުންނަކީ ރިސޯޓަށް އެމީހުންގެ އާއިލާ މީހުން މަހުމުސާރަ ކޮޅުގެ ބޭނުމުގައި ފޮނުވައިގެން އުޅޭބައެއް މިދަނޑިވަޅު ދިވެހިން ރިސޯޓް ބޯއިސް އާހެދި ހާސްވެގެން ތެޅި ފޮޅެމުންދާއިރު އެވެރިން ޓިޝޫ ކުޅި ކުޅެނިީ އެމީހުންގެ ހާސްކަމެއްނެތް އޭތި ވަރަށް ކަޑަ