ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލިސް ޖަލްސާތައް މެދުކަނޑާލުމަށްފަހު މާދަމާއިން ފެށިގެން އަނެއްކާވެސް މަޖިލީހުގެ ޖަލްސާތައް ފެށުމަށް ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ މި މަހުގެ 18ވަނަ ދުވަހުއެވެ. އެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ބަންދު ކޮށްފައި ނުބޭއްވޭނެ ކަމަށާއި ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ މެންބަރުން ގޭގައި ތިއްބަވާ ވެބް ކޮންފަރެންސް މެދުވެރިކޮށެވެ. މިއީ މިފަދަ ގޮތަކަށް މަޖިލީހުގެ ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރުވެސްމެއެވެ. މާދަމާ މަޖިލީހުގެ ޖަލްސާތައް ފަށާނީ ހެނދުނު 11:00ގައެވެ.

މާދަމާގެ ޖަލްސާއަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވަނީ ކޮވިޑް-19 އާ ގުޅިގެން އާއިލާތަކާއި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމާއި ބެހޭ މައްސަލައެއް ހުށަހަޅާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މަޖިލީހުގެ ޖަލްސާތަށް ވެބް ކޮންފަރަންސިން މެދުވެރިކޮށް ބާއްވަމުންދާއިރު ޖަލްސާތައް ލައިވްކޮށް ޔޫޓިއުބް އިން ބެލޭނެކަމުގައި މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަދުރޭ

    އިތުރުގަޑިޔާ އެލިވަސްތައް ގެލިދާނެތީ އެހެންނޫނީ މިކަހަލަ ދުވަސްވަރަކު ކުރަން ބޭނުން ކަމެއްވެސް ނޫންހެން ހީވަނީ ޖީބަށްމަދުވެދާނެ އެހެންނުނީ ގިނައިން ކެވޭނެގޮތެބަލާ.....

  2. އިންނު މުހައްމަދު

    ލާދީނީ މަޖިލިސް.. މިނޫން ދުވެހެ އއް އަދި އޮންނާނެ ކަލޯ ގަބޫލު ނުކުރި އަށް.. ގުރު އާން ބަލާލަބަ މާނަ އާ އެ އްކޮށް

  3. މާމީ

    މަތީ މަގާމެއްގަ އުޅޭނެ ވެބުކެމް އާ ވަރައް ދޯޅަމީހެއް...