އިންޑިއާއިން އައްޑޫ ސިޓީއަށް ދިޔަ މީހާ ހުން އައިސްގެން އައްޑޫ ހޮސްޕިޓަލަށް ދިޔައިރު، ސާމްޕަލްވެސް ނަގާފައި ނުވާ ކަމަށާއި، އެމީހާއާ ޑޮކްޓަރާއި، ނަރުހުންވެސް މިހާރު ތިބީ ގޭގައި ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

މިއަދު ސަރުކާރުން ދަރުބާރުގޭގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ، ކޮޗިން އިން ރާއްޖެ އަށް އައި މީހަކު، ބަލިވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ދިޔަ ކަމަށާއި، އެމީހާގެ ބަލީގެ އަލާމާތްތަކެއް ފެންނަން ހުރި ކަމަށެވެ. އެހެންވެ އެމީހާއާ ފުރަތަމަ އެޓެންޑްވި ދެ ނަރުހުންނާއި ޑޮކްޓަރުން ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ރައްކާތެރިކަމުގެ ގޮތުން އެ ދެ ނަރުހުންނާއި، ޑޮކްޓަރުން ހޯމް ކަރަންޓީންގައި މިވަގުތު ތިބީ އޭނާގެ ސާމްޕަލް ނެގި ސާމްޕަލްގެ ނަތީޖާ ލިބެންދެން" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކްގެ ވާހަކަތައް ސޯބެ ވަނީ ދޮގުކޮށް ޓްވީޓެއްކޮށްފައެވެ.

ސޯބެ ވިދާޅުވީ، މަބްރޫކް އާއި އެޗްޕީއޭއިން ރައްޔިތުންނަށް މައުލޫމާތު އޮޅޭ ގޮތަށް ނުފެތުރުމަށް އެދޭ ކަމަށެވެ.

"އަދި މިހާލަތަށް ދިއުމުން ޝައްކު ކުރެވޭ އެންމެން ކަރަންޓިންކޮށް ޓެސްޓު ކުރައްވާ" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ، މި މައްސަލައާ ގުޅިގެން އައްޑޫ ރައްޔިތުން ތިބީ ވަރަށް ކަންބޮޑުވެފައި ކަމަށެވެ.

"އެޗްޕީއޭއިން ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ޔަގީންކަން ހޯދައި ދިނުމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ލަސްނުކޮށް އަވަހަަށް އެޅުމަށް ގޮވާލަން". ސޯބެ ވިދާޅުވިއެވެ.

ސޯބެ އެޗްޕީއޭ ދޮގު ހެދި ކަމުގެ ތުހުމަތު ކޮށްފައިވާއިރު، އައްޑޫ ވިޔަފާރި ކުރާ ތަންތަން 6:00 ގައި ބަންދު ކުރުމާއި ގުޅޭގޮތުން ސޯބެ ދޮގު ހަދާފައިވާކަން އެޗްޕީއޭ އިން ވަނީ ތުހުމަތު ކޮށްފައެވެ. އެގޮތުން ސޯބެ ވަނީ އެކަން ކުރުމަށް ނިންމީ\ ޑައިރެކްޓަރ އޮފް ހެލްތް ސާވިސް އާ މަޝްވަރާ ކުރުމަށްފަހު ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

ސޯބެގެ އެ ޓްވީޓާއި ގުޅިގެން އެޗްޕީއޭއިން ދޮގުހަދާ ކަމުގެ ތުހުމަތުތައް ކުރެވެން ފެށުމުން އެޗްޕީއޭއިން ފަހުން ކުރި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެންނަންވެސް ލޯކަލް ކައުންސިލަކަށް އަންގާފައި ނުވަތަ އިރުޝާދެއްވެސް ދީފައިނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޒުބައިރު

  އަޅުގަޑުގޮވާލަން މަބުރޫހުއެދިންބަޔާންދޮގުކަމަތްވަތްޏާމިވަގުތުން މަބުރޫހުއިސްތިއުފާދިނުމަތް މަބުރޫހުއަތްޑޫގެރަތްޔިތުންބިރުވެރިކަމުތެރެއަތްވެތްޑޭގޮތައްމައުލޫމާތުފަެތުރުންއަޅުގަޑުހަރުކަށިއިބާރާތުންކޮއްވެރިކުރަމެވެ އަދިހަމަމފުރުސަތު މަބުރޫހު ރައްޔިތުންކާރިންމާފައްއެދޭށެވެެ

  35
  1
  • ލޮލް

   ހަމަޔަށް ޓައިޕް ކޮއްބަލަ އިހަށް

   23
   1
 2. އަހަމަދު

  މިދެން ދެރަވެއްޖެ ކަމެއްނު؟ ކަލޭމެން މިކަން ކުޅޭ ކުޅޭ ކަމަކަށް ހަދަން ވިސްނަނީތަ؟

  39
  1
 3. ބޯކިބާ

  ދެމީހަކު ތިއޮތީ ދެގޮތަށް ބުނެފަ، އޭގެ މާނައަކީ އެކަކު ދޮގުހަދައިފި. މިވަރުކަމެއްގަ ދޮގުހަދައިފިއްޔާ އެއީ ކާކުތޯބަލާފަ ހައްޔަރުކުރަންޖެހޭ.

  25
 4. ކޮކަޑިސޯލިހު

  މަބްރޫކްގެ ވިސްނައި ދިނުމަށް 100، ހިތްވަރަށް 500، ރައްޔިތުން ބޮލުފޮށާ އެޅުވުމަށާއި އޮޅުވާލުމާއި ދޮގުހެދުމަށް 1000

  32
  4
 5. Alibe

  މިމީހުންނަށް ބާރުތަ އް ލިބޭނެކަމުގެ ކުލަވަރު ފެންނަންފެށީމަ ތެޅޭވަރުމީ، އަދިކޮބާ ބާރުވެރިކަމާ ބަޖެޓާ އަތްމަށްޗަށް އަރަ އިފި އްޔާ ތެޅޭނެވަރު، އަނެ އްކާވެސް އަފީފު ހެދިކަހަލަ މަގޫދަނޑި ސަރުކާރެ އް ކަންނޭގެ ހަދާނީ.

  5
  4
 6. ހަސަން

  ސޯބެ ޕްރޯ އެކްޓިވް ވެގެން ކަމާއި ގުޅުން ހުރި އިދާރާތަކުގެ ބޮލުގައި އަޅުވާފައި ރައްޔިތުންނަށް އުނދަގޫ ޖެއްސުމަށްފަހު އެކަން ފަޅާއެރީމަ މިހާރު މިކަމުގެ ތެރޭގައި މުޖުތަމައު ފަސާދަކޮށް ފިތުނަ އުފައްދަން ހިފާފައި. ސިޔާސީ ގޮތުން ބަލިވާ ކޮންމެ މީހަކުގެ ހާލަތު.

  5
  2
 7. މަޒް

  އައްޑޫ މޭޔަރަށް މިހާރު ނޯންނާނެ ރަނގަޅު އެއްކަމެއްވެސް.. އޭނާ އެހެރީ ޕަރައިމަރީން ހިތި ގޮތަކަށް ބަލިވެފައި.. އެކަމުގެ ރުޅިގަނޑު މިހާރު އެބާލަނީ.. ތީދެން ފުކެއް ބޮޑުވަރު.. ލައްކަ ދުވަހު ތި މާގާމުގައި ހުރެވިއްޖެއެއްނުން

  3
  6
 8. މަބްރޫކު

  ސޯބެ އެބުނަނީ ސާމްޕަލްގެ ވާހަކަ އެކަންޏެއް ނޫން! އެޗްޕީއޭއިން ސާމްޕަލް ނަގަން ހުއްދަ ފުރަތަމަ ނުދިން އެއީ ލޯ ރިސްކް މީހެކޭ ކިޔާފަ! އަދި މަބްރޫކް އެބުނާ ބަލިމީހާޔާއި ނަރުސް އަދި ޑޮކްޓަރު ހޯމް ކަރަންޓީން ކޮއްފަކާނެތް! އެވެސް ކުރަން ހުއްދަ ދެނީ ތި އެޗްޕީއޭއިން! އެހެންވީމަ އެއީ މަޢުލޫމާތު އޮޅޭ ގޮތަށް ވާހަކަ އެ ދެއްކުނީ! ސޯބެ ތިހެން ބުނިފަހުން ސާމްޕަލް ނަގަން ހުއްދަ ދިނީ! ވަގުތު ނޫހުން އަދި އިތުރަށް މަޢުލޫމާތު ކައްބާބުގޭ މީހުން ކައިރިން އަހާް! ޝުކުރިއްޔާ މުޝް! މި ޕޯސްޓް ޖަހައިދީ!

 9. Anonymous

  މަބޫ ބުނި ގައިމު ، ތިމަންނާ އަށް ދޮގެއް ހަދަންޖެހޭ ހިސާބުން. އެގޮނޑިން ފައިބާނަމޭ! ސަތޭކަ ދޮގު ހެދުނީމަތަ ގޮނޑިންފައިބާނީ!!

 10. މާމީ

  އިދިކޮޅު މީހުން ޖައްސަން ބުނިއެތި މިހާރު އެއްކޮޅު މީހުނަށްވެސް ނުބަލާ ބަހަނީ ތޯއެވެ......

 11. ރުޅި ބާލާލީ އުތަ!

  މިމީހު ން އައްޑޫގައި ފިހާރަތައް 6.00 ގައި ބަ ންދު ކުރަ ން ނިންމީމައި، އައްޑޫގެ ގި ނަ ބަޔަކު އެކަމާ ޝަކުވާ ކުރުމު ން، އެގޮތަށް ޢަމަލު ނުކުރެވޭ ނެ ކަ ން އެ ންގީމައި، މަބޮޑޭ ނުވެވު ނީމައި އެކަމުގެ ޙަސަދަ ފިލުވާލީ އެވެ. ބަލަ، ތިކިޔަ ނީ މަބްރޫކު ވެސް ދެއްކި ވާހަކައެވެ. އެމީހު ން ތިބީ ހޯމް އައިސޮލޭޝަ ންގައި ކަމެވެ. ހޯމް އައިސޮލޭޝަ ންގައި ތިބޭ ނީ ގޭގައެވެ.