ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރެގެން އައްޑޫ ހޮސްޕޮޓަލަށް ދިޔަ މީހާ ބެލި ޑޮކްޓަރާއި ނަރަހުން ތިބީ ޕްރޮޓެކްޓިވް އިކިއުޕްމަންޓަކު ނޫން ކަމަށް ކޮވިޑް-19 ގެ ހާއްސަ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، އައްޑޫ ހިތަދޫ އަށް ނިސްބަތްވާ ދިވެއްސަކު އިންޑިއާގެ ކޮޗިން އަށް ދަތުރު ކުރުމަށް ފަހު އަނބުރާ އައިއިރު ބަލީގެ އަލާމާތްތަކެއް ހުރެގެން ހޮސްޕިޓަލުގަށް ދެއްކި ކަމަށެވެ. އަދި އޭނާ އެތަނަށް ދިޔައީ އަމިއްލައަށް ކަމަށާއި އޭނާ ބެލި ޑޮކްޓަރުގެ އިތުރުން 2 ނަރުހުން ތިބީ އެންމެ އެދެވޭ އިކިއުޕްމަންޓް އަޅައިގެން ނޫން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކުރި ވިދާޅުވީ، ރައްކާތެރިކަމުގެ ގޮތުން އޭނާ ބެލި ޑޮކްޓަރާއި ދެ ނަރުހުން މިވަގުތު ތިބީ ހޯމް ކަރަންޓީނުގައި ނަތީޖާ ލިބެންދެން ކަމަށެވެ.

"އޭނާ އެ ހޮސްޕިޓަލަށް ދިޔައިރު ފުރަތަމަ އެޓެންޑްވި ދެ ނަރުހުންނާއި އެއް ޑޮކްޓަރު ހުރީ ޕްރޮޓެކްޓިވް އިކިއުޕްމެންޓް އަކު އެއް ނޫން. އެހެން ކަމުން ރައްކާތެރިކަމުގެ ގޮތުން އެ ދެ ނަރުހުންނާއި އެއް ޑޮކްޓަރު ހޯމް ކަރަންޓީނުގައި މިވަގުތު ތިބީ އޭނަގެ ސާމްޕަލް ނެގި، ސާމްޕަލްގެ ނަތީޖާ ލިބެން ދެކަށް" މަބްރޫކު ވިދާޅުވިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އިންޑިއާއިން ރާއްޖެ އައިތާ އަދި 14 ދުވަހުގެ މުއްދަތެއް ހަމައެއް ނުވެއެވެ. އަދި އޭނާ ޑޮކްޓަރަށް ދައްކަން ގޮސްފައިވަނީ އަރިދަފުސް ރޯގާގެ އަލާމާތްތަކެއް ހުރެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ޕްރޮޓެކްޓިވް ހުރީ މާލޭގައެވެ. ރަށުގަ ހުރީ ސިއްހީ މަރުކަޒެވެ. އަންނި ބުނީ އެތާ.މަޑު ކުރުމަށެވެ.

  2. ރުމޭ

    ކީކޭ ބުނާނީ! މިހާލަތުގަ ނުގެންނަން ވެއްޖެއެއްނުން އެތެރެ މީހަކަސް ބޭރުމީހަކަސް އިހަށް. މިތާ ތިބިބަޔަކު ބަހައްޓާ އެކި ކޮޅުކޮޅުން މީހުން ނުގެނޭ މިތާތިބި މީސްކޮޅު ގެ ރައްކާތެރިކަމައްޓަކާ.