ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އިން ދިވެހިރާއްޖެ ސަލާމަތްކުރުމަށްޓަކައި ސަރުކާރުންނާއި ޢާންމުން ގުޅިގެން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ މިދަނޑިވަޅުގައި އަވަސް ރައިޑު ބޭނުންކުރާ ޑުރައިވަރުންނާއި ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުންފުނިން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެގޮތުން އަވަސް ރައިޑުގެ ހުރިހާ ޑުރައިވަރުންނަށް ބައްޔާ ގުޅޭ ހުރިހާ މަޢުލޫމާތެއް ފޯރުކޮށްދިނުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުގައި އަޅަންޖެހޭ ފިޔަވަޅުތައް ބުނެދީ ހޭލުންތެރިކުރުމުގެ މަސައްކަތްކޮށްފައިވާ ކަމުގައެވެ. އަދި އެޗްޕީއޭއާއި އަވަސް ރައިޑުގެ އިތުރަށް ޓްރާންސްޕޯޓު ވޯކާސް ޔޫނިއަން އޮފް މޯލްޑިވްސް ގުޅިގެން ކޮރޯނާ ވައިރަސްއިން އުޅަނދުފަހަރު ސަލާމަތްކުރުމަށް ކަންކުރަންޖެހޭ ގޮތުގެ ސްޓޭންޑާރ އޮޕަރޭޝަން ޕްރޮސީޖާ (އެސްއޯޕީ) އެކުލަވައިލާފައިވާ ކަމުގައެވެ. އަދި މިޕްރޮސީޖާއާ ގުޅޭ މަޢުލޫމާތު ޑުރައިވަރުންނާ ހިއްސާކުރުމާއެކު މިހާރު ގިނަ ޑުރައިވަރުންވަނީ މިޕްރޮސީޖާގައިވާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަން ފަށާފައި ކަމުގައިވެސް އަވަސް ރައިޑުން ބުންޏެވެ.

މިޕްރޮސީޖާގައި ހިމެނޭ މުހިއްމު ކަންކަމުގެ ތެރޭގައި، ދަތުރު ނިންމާލުމަށްފަހު ކާރުގެ އެތެރޭގައާއި ބޭރުގައި އަތްލެވޭ ތަންތަން ސާފުކުރުމާއި، ފަސިންޖަރު ކެއްސާ ކިނބިހިއަޅާނަމަ ދަތުރު ނިމުމާއެކު އަވަހަށް އުޅަނދު ސާފުކުރުން ހިމެނެއެވެ. އަދި އޭގެ އިތުރަށް ޑުރައިވަރުންގެ ރައްކާތެރިކަމަށް އަންގިއާއި މާސްކު އެޅުމަށާއި، ޑުރައިވަރުންގެ އަންނައުނު ވަކިކޮށް ދޮތުން ހިމެނެއެވެ.

https://www.facebook.com/293498351263734/posts/570529416893958/

މިޙާލަތާ ގުޅިގެން ގިނަ ޑުރައިވަރުންވަނީ އަމިއްލައަށް އިސްނަގައިގެން ވަރަށް ރަނގަޅަށް މިކަމަށް ތައްޔާރުވެފައެވެ. އެގޮތުން ކާރު ދޮވެ ޑިސްއިންފެކްޓުކުރުމާއި ފަސިންޖަރުންގެ ރައްކާތެރިކަމަށް ބޭނުންވާ ސާމާނު ފަސޭހައިން ލިބޭނެ ގޮތްތައްވެސް އަމިއްލައަށް ޑުރައިވަރުން ހަމަޖައްސާފައިވެއެވެ.

ގިނަ ޑުރައިވަރުންނަކީ ހަމައެކަނި ޓެކްސީ ދުއްވައިގެން އާމްދަނީ ހޯދާ ފަރާތްތަކެވެ. އެހެންކަމުން އެފަރާތްތަކުގެ ދިރިއުޅުމަށް ވަރަށް ބޮޑު ދަތިކަމެއް މިހާރު ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން މެދުވެރިވެފައިވެއެވެ. އެހެންކަމުން ޓްރާންސްޕޯޓު ވޯކާރސް ޔޫނިއަނުން ސަރުކާރުގެ ކިބައިން ޑުރައިވަރުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް އެދިފައިވެއެވެ. އަދި މިދަނޑިވަޅުގައި ޑުރައިވަރުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ޓްރާންސްޕޯޓް ވޯކާރސް ޔޫނިއަނުން އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙhސ

    ސަ ިިިިޅ

    20
  2. އިސްމާލް

    މިހިރީ އަހަރުން ބޭނުންވާކަހަލަ ޑްރައިވަރުންނަކީ!! އަވަސް ރައިޑަށް ޝުކުރިއްޔާ

    38
    1
  3. Anonymous

    އަވަސް ރައިޑަކީ ހުރިހާ ގޮތަކުން ވެސް ނަމީނާބައެއް. ބައެއް ކާރުތަކުގައި ދާއިރު ދުއްވާމީހާ ފޯނުން އެކި މީސް މީހުންނަށް ގުޅައިގެން ވާހަކަ ދައްކާ ވަރުން ބޯއިހަލާކުވޭ. އަންހެންކުދިންނަށް ގުޅައިގެން ފޮނިވާހަކައިގައި ،ހިތަށްއަރާ ކިހާ އަވަހަކަށް ބާއޭ ދަތުރު ނިމޭނީ. އަވަސް ރައިޑަކީ މިގޮތުންވެސް ފާހަގަ ކޮށްލެވޭ ބައެއް

  4. ސާލިހް

    އަވަސް ރައިޑްތިއީ ނަމޫނާ ސެންޓަރެއް. ޙިދުމަތަ އެހާ ފުރިހަމަ. ޝުކުރު ހައްގު. ޙެޔޮ ރަހްމަތްލައްވާ ވިޔަފާރީގަ ބަރަކާތްލައްވާންދޭ. އާމީން

  5. Anonymous

    ޙީކުރީ ރައްޔިތުންނަށް ކުރިމަތިވެފައިމިވާ ދައިތަކަށްޓަކައި އަވަސްރައިޑު ޓެކްސީދަތުރުގެ ފީ ކުޑަކުރާ ވާހަކަކަމަށް،!! ކުއްޔަށް ދީފައިވާ ބައެއް ގެތަކުގެ ކުލިވެސް އެބަކުޑަކުރޭ ވިއްޔާ!!! ޓެކްސީ ދަތުރު ފީވެސް ކުޑަތަންފުކެއް ބަމަވެސް ކުޑަކުރަން ކީއްތޯ!؟؟؟

  6. ޑުރައިވަރ

    ޓެކުސީ ޑުރައިވަރުން މިހާރު އިދަޖެހެނީ ދުވާލު ހަތަރު ދަމު ދުއްވާގެން ވެސް ނުލިބޭ 200ރ ވެސް ކާރުގެ ވެރިމީހާޔަށް 300ރ ނޫނީ 400ރ ދުވާލަކު ދޭންޖެހޭ ޕެޓްރޯލް އަޅަންޖެހޭ ކޮންމެދުވަހަކު .އަދި އެޕާޓުމެންޓްގެ ކުލި ދައްކަންޖެހޭ ދަރިން ބަޑުހައި މުއްތިކުރަންޖެހޭ ..މިވަރުންވެސް މި ޓެކުސީ ސެންޓާ ތަކުން އުޅެނީ މީހުންގެ ލޮލުގަ އަދުން އަޅުވަން މާރަގަޅު ބަޔަކައްހެދިގެން ....އަހަރުމެން މިހަނާވަނީ މިކަމާ އަޅާލާނެ ސެންޓަރަކުނެތް....އެމީހުންނަށް ކޮންމެ މަހަކު ބަރާބަރައް ފީދައްކަންޖެހޭ އެމީހުނައް އޯކޭ

  7. އޮޕަރޭޓަރ ޔޫސޭ

    އަވަސް ރައިޑްގެ ހުރިހާޚިދުމަތަކުންވެސް ވާނީ%50އަށް ކުރެވިފައި.އޭޕްރީލް އަދި މެއިމަހުގެނިޔަލަށް