ދިވެއްސެއްގެ ގައިން އަނެއްކާވެސް ކޮވިޑް-19 ގެ އަލާމާތްތައް ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ލަކްސް ނޯރތު މާލެ އެޓޯލް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

އެހެންކަމުން މިހާރު އެރިސޯޓަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 17 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އޭގެ ތެރެއިން ދެމީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. 13 މީހަކު މިހާތަނަށް ބަލިން ރަނގަޅު ވެއްޖެއެވެ. މިހާރު ރާއްޖޭގައި ތިބީ ކޮވިޑް-19 ޖެހިފައި ތިބި ދެމީހުންނެވެ. އެއީ ދެދިވެހިންނެވެ.

ރާއްޖޭގެ އައިސޮލޭޝަން ފެސިލިޓީތަކުގައި 18 މީހަކު އެބަތިއްބެވެ. 868 މީހަކު ކަރަންޓީން ފެސިލިޓީތަކުގައި އެބަތިއްބެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުމާއި ގުޅިގެން ޖުލައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން 12 މާރިޗު 2020 އިންފެށިގެން 30 ދުވަހަށް ރާއްޖޭގައި ސިއްހީ ކުއްލި ހާލަތުވަނީ އިއުލާން ކުރައްވާފައެވެ. ސިއްހީ ކުއްލި ހާލަތުގެ ދަށުން ރާއްޖެ އިން ވަނީ މިހާތަނަށް ވަރަށް ގިނަ ފިޔަވަޅުތައް އަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު