ރާއްޖޭގެ ތަރައްގީ މިދަނީ " ޔާނު ސްޕީޑް " ގައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

މިއަދު ކ.ތުލުސްދޫ ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ރައީސް ޔާމީން އަކީ ސަތޭކަ ވަނަ އަށް ރާއްޖޭގެ ވެރިކަމާއި ހަވާލުވި ފަރާތް ކަމަށާއި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރުވެސް ރާއްޖޭގެ ރަށްތައް އޮތް ކަމަށެވެ.

" ފެނާއި ނަރުދަމާއަކީ ވަކި މާލެއާއި ގާތް ވެގެން ނުވަތަ މާލެއާއި ކައިރިވެގެން ލިބޭ އެއްޗެއް ނޫންކަން ރާއްޖެއަށް އަންނަ ތައްރައްގީ އިން ސާފުވަމުންދޭ " ނިހާން ވިދާޅުވިއެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު ސަރުކާރާއި ދެކޮޅުވި ނަމަވެސް ސަރުކާރުން ދިޔައީ ތަރައްގީ މަސައްކަތް އެ ރަށުގައި ކުރައްވަމުން ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

" 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު ދައްކާލަން އެންމެ ރަނޅަގު ވާހަކަ އަކީ މިހާރު މިއަންނަ ތަރައްގީގެ ވާހަކަ. ކުރިއަށް އޮތް ފަސް އަހަރުވެސް ރައީސް ޔާމީން އާއެކު މިއަށްވުރެ ގިނަ މަސައްކަތް ފެނިގެންދާނެ " ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ 2013 ގައި އެއްބަސް ވުންތަކެއް ރައްޔިތުންނަށް ވި ކަމަށާއި އަދި ޖެހިގެން 2014 ވަނަ އަހަރު ވެސް އަމާނަތް ތަކެއް ރައްޔިތުން ހަވާކުރި ކަމަށެވެ.

" ހާއްސަކޮށް ތުލުސްދޫ ދާއިރާއިން އެއަމާނަތް ފުރިހަމަ ކަމާއި އެކު މި ސަރުކާރާއި ހަވާލުކޮށްފި. ތިޔަބޭފުޅުން ކައިރިން އަޅުގަނޑުމެން އެދުނިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް. އެ މަސައްކަތް ކޮށްދެއްވި ތިބޭފުޅުން. އަދި އޭގެ ކުރިން 2013 ވަނަ އަހަރު ރައީސް ޔާމީން އަށް ވޯޓް ވެސް ދެއްވި " ނިހާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ލޯ އަނދިރި ނުވަތަ ލޯމަރާލައިގެން އުޅޭ މީހުންނަކަށް ތަރައްޤިއެއް ނުފެންނާނެ! އެކަމަކު ކަންފަތަށް އަޑުއިވެންޏާ އެމީހުނަށްވެސް އެ ވާހަކަތައް އަޑުއިވޭނެ! އަތްލަން ބޭނުމިއްޔާ އަތްވެސް ލެވޭނެ! ބުއްދި ސަލާމަތުންހުރިއްޔާ ބުއްދިވެސް ކުރާނެ!

  2. ހަޖަމް

    ފްލެޓް ގަންނާނެއްބާ ނިހާނު ދަރިންނައް ފުލެޓް ވިއްކަނީޔޯ

    • ޖޮއްބެ

      އަހަރެމެން ކުރިން އަޑުއެހިން މީހަކު އެއަރޕޯޓް ގަންނާނެއްބާއޭ ގޮވިއަޑު. އަދި އެއަރޕޯޓް ގަންނާނެ ބަޔަކު ވެގެން އެމީހާއަށް ބައި އަޅާގޮތަށް އެއަރޕޯޓް ވިއްކާވެސް ލި. ?

  3. ބަފާ

    ކޮބައިތަ ޔާނުސްޕީޑަކީ

    • އިސްމާއިލް

      ޔާނު ސްޕީޑުގަ އިންނާނެ 25 ގިޔަރު. އައިޖީއެމްއެޗާ ޖެހިގެން ދެކުނަށް އިންނާނެ 25 ގަ ދުއްވި އުޅަނދެއް އެހެލާފަ. މިހާރު ހުޅުމާލޭގަ އެބަދުއްވާ އޭގެ ބައިވަރު

  4. ރަނގަޅު

    ޔާނުސްޕީޑްގައި މިސްކިތްތަކަށްފިލައިގެން ތާސްބައިހިފައިގެން އިސްލާމްދީނާދުރަށް!!!

  5. ދިވެހިން

    ރާއްޖޭގެ ތަރައްޤީ ޔާނު ސްޕީޑްގައި ކުރިއަށް
    ގެންދިއުމަކީ ރައްޔިތުންނަށްލިބޭ ވަރަށްބޮޑުއުފަލެކެވެ އެހެންވީމާ ޔާނު ސްޕީޑުގައި
    ޔާނު ސްޕީޑްގައި ކުރިއަށް ވަޑައިގަތުމަށް މަރުޙަބާ ދަންނަވަމެވެ. 2018 ރައީސް ޔާމީން
    ޔަގީން!

  6. މަ މިއު މަ

    ތި ބޭނުން ކުރީ ހަމަ ރަނގަޅު ބަސް. ޔާނު ސްޕީޑް އެއީ ވަރަށް ދަށް ސްޕީޑެެއްވީމަ މައްސަލައަކީ

  7. ނާސީ

    ތަރައްގީ ނަގައިގެން ބޮލައްލައިގެން ދުވިއަސް އިދި ކޮޅުގަ އޮށްނާނީ ކާމިޔާބު ތީ އެކެއް، އިދިކޮޅުގަ 3

  8. ނުރަބޯ

    ރީނދޫ ފަނާކުރަނިވި ތިން އަހަރުގައި ތަރައްގީގެ އެއްވެސް ފިޔަވަޅެއް އެޅިފައެއްނެތް. ދެން މިއަދުގެ ސަރުކާރުން ގައުމުގެ ތަރައްގީއަށް ޓަކައި އަޅަމުންދާ ހަލުވި ފިޔަވަޅު ތައް ފެނުމުން އެކަން ޝުކުރުވެރި ކަމާއެކު ބަލައިގަތުމުގެ ބަދަލުގައި އެކަމާ ޙަސަދަވެރިވެ ފާޑުފާޑުގެ ފުރައްސާރަ ކުރަނީ ހަމަ ގޮތެއް ފޮތެއް، ލަދުޙަޔާތެއް ނެތީމާ.