ކ. ތުލުސްދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއަދު ކ. ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ އެންވާރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް އެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ތުލުސްދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ތުލުސްދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވާރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވީ ތުލުސްދޫގެ ތަރައްގީއަށް ތުލުސްދޫ ރައްޔިތުން އަދި ކައުންސިލުން ކުރައްވަމުން ގެންދާ މަސައްކަތަށް ރައީސް ޔާމީން ގެންދަވަނީ ކުލަ ޖައްސަވަމުން ކަމަށެވެ.

" ތުލުސްދޫ ރައްޔިތުން ރާއީސް ޔާމީން އާއެކު ތިއްބައިފި ކަމުގައި ވަނީ ނަމަ ތުލުސްދޫގެ ރައްޔިތުންގެ އުންމީދު ތަކުގައި ލަސްތަކެއް ނުވެ ކުލަ ޖެހިގެންދާނެ " މިނިސްޓަރ ވިދާޅުވިއެވެ.

ތުލުސްދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިނިސްޓަރ ތޯރިގް ވިދާޅުވީ ރައީސް ޔާމީން އަކީ ވައުދެއް ވެއްޖެއްޔާ އެ ވައުދެއް ފުއްދަވާ ބޭފުޅެއް ކަމަށާއި ތުލުސްދޫ އަކީ ރައީސް ޔާމީން ސަރުކާރުގައި ބޮޑެތި ކުރިއެރުން ތަކެއް ހޯދާފައިވާ ރަށެއް ކަމަށެވެ.

އެކަށީގެންވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ކ. ތުލުސްދޫގެ ނަރުދަމާގެ މަސައްކަތް 46.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ސިއެރާ ކޮންސްޓްރަކްޝަންއާއެވެ.

ތުލުސްދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އައިޑީބީގެ ލޯނުގެ އެހީގެ ދަށުން ކ.ތުލުސްދޫ އަދި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިޢުލާނު ކޮށްފައިވަނީ 12 ޑިސެންބަރު 2016 ގައެވެ. އަދި 8 މާރިޗު 2017ގައި ވަނީ ބިޑް އިވެލުއޭޝަން ނިމި ފަންޑިންގެ އެޖެންސީއަށް ނޯއޮބްކެޖެކްޝަނަށް ފޮނުވިފައެވެ. އިވެލުއޭޝަން ރިޕޯޓަށް ނޯ އޮބްޖެކްޝަން ލިބިމަށްފަހު ބިޑް ކާމިޔާބު ކުރިފަރާތަށްވަނީ 20 ޖުން 2017ގައި އެވޯޑް ލެޓަރ ހަވާލުކުރެވިފައެވެ.

މި މަޝްރޫޢަށް ފައިސާ ހަމަޖެހުމަށްފަހު ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ޢަމަލީ މަސައްކަތް ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާފައިވަނީ ފަންޑިންގް އެޖެންސީ ގެ ބެލުމުގެ ދަށުން އިންޓަރނޭޝަނަލް ޓެންޑަރގެ ތެރެއިންނެވެ. މިގޮތުން މި މަޝްރޫޢުގެ ޑިޒައިން މަސައްކަތާއި ޓެންޑަރ ޑޮކިއުމަންޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮންސަލްޓަންޓުންނާއި ހަވާލު ކުރެވިފައިވަނީ 2015ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ ތެރޭގައި ރިޔަން ކޮންސަލްޓަންޓް ޕްރައިވެޓް ލިމިޓެޑް އާއެވެ.

ތުލުސްދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަދި ކޮންސަލްޓަންޓް ވަނީ 9 ސެޕްޓެންބަރު 2016ގައި ޑީޓައިލް ޑިޒައިންގެ މަސައްކަތްތައް ނިންމާފައެވެ. އަދި ޓެންޑަރ ޑޮކިއުމަންޓްވަނީ 26 ޖޫން 2016 ނިންމާ މިނިސްޓްރީއަށް ހަވާލުކުރެވިފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 468 ދުވަހެވެ.