ކޮވިޑް-19 އާއި ގުޅިގެން އެކި ފަރާތްތަކުން ތަފާތު ޗެލެންޖްތައް ކުރަމުން ދަނިކޮށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކީރިތި ޤުރުއާން ހަތިމް ކުރުމުގެ ޗެލެންޖެއް ފައްޓަވައިފިއެވެ.
މުޅި ޤުރުއާން ކިޔަވައި ނިންމުމުގެ ޗެލެންޖަކަށް ތައްޔާތީ ކޮން ކުދިންނެއްތޯ ސުވާލު ކުރައްވާފަ ޝަހީމް ރޭ ޓްވިޓާ އާއި އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓަށް ގިނަ ބައެއްގެ ތަރުހީބް ވަނީ ލިބިފައެވެ. އެއާއި އެކު އޭނާ ވަނީ ޗެލެންޖް ފައްޓަވާ، ޤުރުއާން ކިޔަވާ ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ކުރައްވާފައެވެ.
ވީޑިއޯ އާއްމު ކުރައްވަމުން ޝަހީމް ވިދާޅުވީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމްކުރުން ފެށުނީ ކަމަށެވެ. މީގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ބައިވެރިވެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. "ޓުވިޓަރ، އެފްބީ، އިންސްޓްގްރާމް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ. އަޅުގަނޑު ފަށައިފިން." ޝަހީމް ވިދާޅުވިއެވެ.
އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމްކުރުން ފެށުނީއެވެ. މީގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށްބައިވެރިވެވޭނެއެވެ. ޓުވިޓަރ، އެފްބީ، އިންސްޓްގްރާމް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ. އަޅުގަނޑު ފަށައިފިން.
@Hasan05840777 pic.twitter.com/HvjOZCbfGx— Mohamed Shaheem Ali Saeed (@Mohamedshaheem1) March 29, 2020
ޝަހީމްގެ ޗެލެންޖާއި އެކު ގިނަ ބަޔަކު ގެންދަނީ މިހާރު ޤުރުއާން ކިޔަވަމުން ނަގާފައިވާ ވީޑިއޯތައް މީސް މީޑިއާގައި އާއްމު ކުރައްވަމުންނެވެ.
ޝަހީމް ވިދާޅުވީ ޤުރުއާން ޗެލެންޖް ކުރިއަށްދާއިރު، އެކި އާޔަތްތަކާއި، ނަބީބޭކަލުންގެ ވާހަކަތަކާއި، ޤުރުއާނުގައިވާ އެކި މުހިއްމު ކަންކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާ، އޭނާގެ ފޭސްބުކް ޕޭޖްގައި ވީޑިއޯތައް އާއްމު ކުރައްވާނެ ކަމަށެވެ.
ޝަހީމް ފެއްޓެވި ޤުރުއާން ހަތިމް ކުރުމުގެ ޗެލެންޖަށް އާއްމުން ދެއްވަމުން ގެންދަވާ ތަރުހީބަށް ޝުކުރު އަދާކުރައްވާ އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިޔެވުން ކުރިއަށް ގެންދަވާ މަންޒަރު ފެންނަ ވީޑިއޯ ފޭސްބުކްގައި އާއްމު ކުރައްވާއިރު އޭނާ ޓެގް ކުރެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ. އޭރުން އެކިޔުވުމެއް އޭނާގެ ފޭސްބުކް ޕޭޖްގައި ޝެއާ ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު ގޭގައި ތިބެން ޖެހި، ހުސްވަގުތު ގިނަވަމުން ގިނަ މީހުން އަންނަނީ ތަފާތު ޗެލެންޖްސްތައް ފުރިހަމަ ކުރަމުންނެވެ.
ސޯޝަލް މީޑިއާގަ ނުފެލި ހެޔޮކަމެއްވެސް ނުކުރާތި...
އަޅުކަމެއްކަމުގައި ކުރާ ގިނަ ކަންކަން ވާންޖެހޭނީ ސިއްރު. މީސްތަކުންނަށް ކަންކަން އޮޅުންފިލުވައިދޭން ކުރާ މަސައްކަތެއް ނަމަ އެކަން ކުރަންވާނީ މުފްތީ މެންކު ފަދަ އިލްމުވެރިން ކުރައްވާ އުސޫލުން ރިވެތިކޮށް. ގުރުއާން ކިޔެވުމަކީ ދެދުނިޔޭގައި ފައިދާ ހުރި ކަމެއް. އަޅުކަމެއް. ރީތި މޮޅުކަމެއް. އެކަމަކު އެއީ ބަޔަކު ކަމެއް ކުރާތީ ދިމާކުރުމަށް ޖެއްސުމަށް ބަޔަކާ ޗެލެންޖުކުރުމަށް ގޮންޖަހަން ކުރަންޖެހޭ ކަމެއް ނޫން.
ދިމާވާ ޙާލަތެއްގައި މީހުން ހިމޭނުން އެކަހެރިވެގެން ތިބޭ އިރުނަމަވެސް، މުނިފޫހި ފިލުވުމުގެ ގޮތުން ކުރާނެ ރަނގަޅު ކަމެއް ބަޔާންކޮށް އެކަން ކުރާނެ ގޮތުގެ މައުލޫމާތު ދީ ތިމާ އޭގައި ނަމޫނާ ދެއްކުމަކީ މުންކަރާތެއް ކަމަށް ތިބާ ދެކެނީހެއްޔެވެ؟ ކަންކަމުގެ މައުލޫމާތު ފުރިހަމައަށް އެނގިގެން ފާޑު ކިޔާށެވެ.
މީތި ސަޅި.
މި ޗެލެންޖް ސަޅި. ކޮން ޓޮއިލެޓު ޓިޝޫ އެއްތަ.
ވަރަށް ރަނގަޅު ކަމެއް! ޑރ. ޝަހީމުއަށް ހެޔޮގޮތް މިންވަރު ކުރައްވާށިއެވެ! ފޮހޭ އެތިން ކުޅޭމީހުންނަށް ވިސްނުން ދެއްވާށީ!
ތިޔައީ އަޅުގަނޑުމެންގެ ތެރެއިން ފެންނަން އެންމެ ބޮޑަށް އެދޭ ނަމޫނާ އަ ކީ...ދެން ތިއްބެވި ބޭފުޅުންވެސް މިފަދަ ނަމޫނާ ދައް ކަވަމުން އައިނަމަ ހާދަ ރަނގަޅުވީހެވެ. މި ޗެލެންޖުގަ އި ހުރިހާ ބޭފުޅުންވެސް ބައިވެރިވަމާ ހިނގާށެވެ.
ޑރ. ޝަހީމް ކަހަލަ ބޭފޫޅުން މި އިސްލާމީ ޤައުމޫގެ ނަޢުގެ ހުންގާނު ދިނުމަށް ބޭނުންވަނީ ޝުކުރުވެރިވާންޖެހޭ އެބޭފުޅާ އެކުރައްވާ ކަންތައްތަކަށް.. ނިކަންބަލާތި މިނިސްޓަރުންނާއި އިއްޒަތްތެރި މެންބަރުންގެ ތެރެއިން ކިތައްބޭފުޅުންނަށްތޯ މިޗެލެންޖުގައި ބައިވެރިވާންކެރޭނީ، އަދި މިކަން ޓީ.ވީ އިން ދައްކަންކެރޭތޯ އެކަމަކު މުސްލިމް ޤައުމެކޯމިވެސް.. މިސްކިތްތަކުން ފެންކަޑާލާ ނަމާދުކުރުން މިސްކިތްތަކުގައި މަނާ ކުރެވިދާނެ އެކަމަކު މިޤައުމުގައި އުޅޭ މުސްލިމުންގެ އަޤީދާއެއް ބަދަލެއް ނުކުރެވޭނެ ، ކުރުސޯޓް ބުރިލާފައި ޓޮއިލެޓް ޓިޝޫ ޕޭޕަރ ރޯލުން ޗެލެންޖު ކުރިކަމުގައި ވިއަސް އަދި ޓީ.ވީ ތަކުން ލައިވް ކުރިއަސް/// ޝުކުރިޔާ ޑރ. ޝަހީމް
އަޅުގނޑު ބައިވެރިވާނަން އެންމެފަހުގެ ނިމުން ހެޔޮހަމެއްގެ މަތީ ނިއްމެވުން އެއީ އެދުމަކީ މާތްﷲ ގެ ރަރުމަ އަޅަމެނަށް ދެއްވާށި އާމީން
ތީ ވަރަށް ރަނގަޅު ކަމެއް ﷲ ތިބާއަށް ހެޔޮ ދަރުމަ ދެއްވާށި
އިމްރާނު ކިޔާމީހަކު ޓޮއިލެޓް ޕޭޕަރުގައި ތެޅުމުގެ ޗެލެންޖް ނިއްމައުފި!
ޝަހީމު! މިފަދަ ދަނޑިވަޅުތަކުގައި ޤުރްއާން ކިޔެވުމޭ ކިޔައިގެން އެއިންވެސް ކުޅިވަރުތަ ކުޅެންވީ! ޤުރްއާނާމެދު ޢަމަލުކުރަން އޮތީ ތިގޮތައްތޯ! މިފަދަ މުސީބާތުގެ ވަގުތުތަކުގައި ތިއީތޯ ސަހާބީން ޢަމަލުކުރެއްވި ގޮތަކީ! ތިއީތޯ ދަސްވި އެއްޗަކީ! ޤުރްއާނޭ، ނަމާދޭ، ދުޢާއޭ ކިޔައިގެން ކޮންމެކަމެއް ކުރަންވެސް ރަނގަޅުދޯ؟
ކުރަންވީކަމަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ނަފްސު އިސްލާހް ކުރަންވީ ނޫންތޯ! ތައުބާވުން ގިނަކޮށް ﷲ ތަޢާލާ ނަހީ ކުރެއްވި އެންމެހާ ކަންކަމުން ދުރުވެ، އަމުރު ކުރެއްވި އެންމެހާ ކަންތައްތައް ކުރަންވީ ނޫންތޯ! ރަސޫލު ޞ އަމުރުތަކާއި ސުންނަތުގައި ދެމިތިބުމަށް ގަދައަޅާ މަސައްކަތް ކުރަންވީ ނޫންތޯ. ސަހާބީންގެ ފިޔަވަޅުތަކަށް ބަލަންވީ ނޫންތޯ! އެގޮތަށް ތަރުބިއްޔަތު ވާންވީނޫންތޯ! މިމަގަށް މީސްތަކުންނަށް ގޮވާލަންވީނޫންތޯ. މިއީ މީސްތަކުންގެ ފަސާދަތަކުގެ ސަބަބުން ދިމާވާ މުސީބާތްކަން ހަނދުމަކޮށްދެންވީނޫންތޯ! ޖާހިލުކަމާއި ޣާފިލްކަމުން މީސްތަކުން ހޭ އެރުވޭތޯ އުޅެންވީނޫންތޯ! މާމޮޅުކަމެއް ކޮށްލަންވެގެން، ކޮންމެ ކަމެއްވެސް ކުޅިވަރަކަށް ހަދައިގެން، ދެއްކުންތެރިކަން އިސްކުރަންވީ އެއްނޫން!
ކޮއްކޯ ކަލޭދޭބަލަ ދެއަތް ދޮވެގެން ބަތްކާން. ރަސޫލާ އެންގެވީ ގުރުއާން ކިޔަވަން. އެެއީ ﷲގެ އަމުރުފުޅު. ހެޔޮކަންތައްތައްކޮށް އެކަކު އަނެކަކަށްވުރެން ކުރިއަރާދާންވީ. އެކަމަށް ޝަހީމް ހިއްވަރު އެދެއްވަނީ.
ބޭބޭ! ރަސޫލާ ޞ އަމުރު ކުރެއްވި ކަމެއް ކުރަންވާނީ އަމުރު ކުރެއްވި ގޮތަ ކަށް! އެބަޔަ ކު ހިތްއެދޭ ގޮތަ ކަށްނޫން! ރަސޫލާ ޞ ކުރެއްވިއަމުރަށް އެންމެ ފުރިހަމައަށް ޢަމަލު ކުރި ބަޔަ ކީ އެ ރަސޫލާގެ ސަހާބީން! އެއަށްުވުރެ ފުރިހަމައަށް އެ އަމުރުތަ ކަށް އަމަލު ކުރެވޭނެ ބަޔަ ކު އަންނާނީތޯ! އެބޭ ކަލުން ޤުރްއާނާމެދު އަދި މިފަދަ މުސީބާތުގެ ދަނޑިވަޅުގައި ޢަމަލު ކުރެއްވިގޮތް ބައްލަވަންވީ ނޫންތޯ! އެބޭ ކަލުން ރަސޫލާގެ އަމުފުޅުތަ ކަށް ޢަމަލު ކުރެ ގޮތް ބައްލަވަން ކިހިނެއްތޯ! ސަބަބަ ކީ އިސްލާމް ދީނުގެއަސްލު އައިސްފައިވަނީ އެބޭ ކަލުންގެ އަތްމަތިން..
ރަސޫލާ ޞައްލަﷲ ޢަލިހި ވަސައްލަމަ ކަންތައް ކުރެއްވި ގޮތާ އަކުރުން އަކުރަށް ތަފާތުކޮށް ކަމެއް ކުރުމަކީ ބިދުޢަ އަކަށް ވެދާނެތޯއެވެ؟ ޓިޝޫރޯލުން ޗެލެންޖު ދެއްކުން އެއީ ކިހާވަރެއްގެ ސުންނަތެއް ތޯއެވެ؟ މުނި ފޫހި ފިލުވަން އެކަކު އަނެކަކާ ވާދައަށް ޤުރުއާން ކިޔެވުމުން ފާފައެއް ލިބިދާނެތޯއެވެ؟ މުނި ފޫހި ފިލުވުމަށް ރަނގަޅު ކަމެއް ކުރުމަށްވުރެ ވިޔާ ނުދާ ކަމެއް ކުރުމުން ފައިދާ އޮންނާނެތޯއެވެ. މި ކަންކަަމަށް "ފެކްޓްގެ" ޖަޖުމަންޓަކީ ކޮބައިތޯއެވެ؟
ތި ބުނުއްވިހެން ވިޔާނުދާ ކަމަކީ އެންމެން ދަންނާނެހެން އޭގައި އެއްވެސް މަންފާއެއް އޮތް ކަމެއް ނޫން! އެއީ އެއްވެސް ބަހުސެއް އޮތް ކަމެއްނޫން! ނަމަވެސް އަޅުކަންތަކަކީ ﷲ ގެރުއްސެވުމާއި ފުއްސެވުމާއިޘަވާބުލިބުމަށް އެދިގެން ކުރާނެ ކަންކަން! އެހެންކަމުން މިކަންކަން ހަޤީޤީ މާނާގައި ހާސިލް ކުރަން ބޭނުންވާ ނަމަ އެގޮތުން އެކަން ހާސިލްވާނެތޯ ވިސްނާލަންޖެހޭ! ދީންއޮތީ ވަކިގޮތަކަށް ބާވާލެއަވާ ނިމިފަ.އޭގައިވަނީ އިންތަކާއި މިންތައް ކަނޑައެޅި ފައި. އޭގެ އިތުރު ޝަރަޙައާއި މާނަތައް ވަނީ ފުރަތަމަ 3 ޤަރުނުގެތެރޭގައި. އެމީހުންގެ ޢަމަލުތަކުގައި. ޤަރުނަކަށްފަހު ޤަރުނެއް ފަސާދަ ވަމުންދާ އެންމެ ބޮޑު ސަބަބަވީވެސް މިދެންނެވި އަސްލަށް ރުޖޫޢަ ނުވުން. ބުނެވޭ ބަސްތަކާއިކުރެވޭ ޢަަމަލްތައް އަމިއްލަ ވިސްނުމުގެ މައްޗަށް ބުރަވުން. ވިސްނަންޖެހޭކަމެއް ނޫންތޯ؟
ބުއްޅަބެ އަށް ވުރެ ތިބޭ ފުޅާ މާ ފިރިހެން ވަންތަ އިގޭތޯ . ތިބޭފުޅާ ކުރައްވާ ހުރިހާ ކަމެއްގައި ﷲ ބަރަކާތް ލައްވާށި
މީސްތަކުންގެ ޢަމަލުތައް ހަމަ އެގޮތުގައި! ބަދަލެއް ނާދޭ! ޤުރްއާން ޚަތިމްކުރުން ހުރި ފައިދާއަކީ ކޮބާ؟ ހިތްތަށް އެހެން ގޮތަކަށް، ޢަމަލުތައް އެހެން ގޮތަކަށް، ދޫތައް ޙަރަކާތް ކުރުމުން އޮތީ ކޮން ފައިދާއެއް! ﷲ ތަޢާލާ ބައްލަވާ ވޮޑިގަންނަވަނީ ޢަމަލުތަކުގެ ތެެރެއިން އިޚްލާސްތެރި ޢަމަލަށް! ދުލުން ކުރާ ޙަރަކާތަކަށްނޫން. އަނގައިން ލައްވާ އަޑަކަށް ނޫން! ބޭރުފުށުން ފެންނަ ކަންކަމަކަށްނޫން! މީހަކު ދީނޭކިޔައިގެން ކުރާހާ ކަމަކީ އެކަލާގެ ރުހިވޮޑިގަތުން ޙާސިލް ކުރެވޭބެ ކަމެއްނޫން! ﷲ ތަޢާލާ ގެ ރުހިވޮޑިގަންނަވާ ޢަމަލުތަކުގެ މަތީގައި ތިއްބެވީ ނަބިއްޔާގެ ޞަޙާބީން! އެބޭކަލުންނާމެދު ﷲ ތަޢާލަ ވަނީ ރުހިވޮޑިގެންފައި! އަހަރުމެނނާ ހަމައަށް އިސްލާމް ދީން ގެނެސްދީފައިވަނީ މީދެންނެވި ޞަޙާވީން. ވީމާ، މިބޭކަލުންގެ މަގު އިޚްތިޔާރުކުރަން ޖެހެނީ! މޮޅުކަމަކަށް ހަދައިގެން ތިމާއަށް ފެންނަހާ ކަމެއް ކުރުމަށް ބިރުވެތިޥަންޖެހޭ!
ޖާހިލިއްޔަ ޢަމަލުތަކުން ދުރުވާބް ޖެހޭ!
މާބޮޑަށް ކަލެޔަށް އިގެނީ... ގިނަ ގިނައިން އަތްދޮވެގެން ގޭގަ ރަގަޅަށް ބަސްއަހާގެން އޮވެބަލަ. މިއުޅޭ ބަލިމަޑުކަމުން މުޅި ދުނިޔެ ސަލާމަތްވީމަ އަވަސްވީ ގޮތަކުން ކަލޭދޭ ބޮލަށް ބޭސްކުރަން... ވަރަށް ސަލާމް
ހެހެ! ފަތިސް ނަމާދުގަ ތަންކޮޅެއް ރަކުޢަތް ގިނަކޮށްލައިގެން ތަންކޮޅެއް ފުރިހަމަ ވާނެއޭ ހިތާ ކުރީމަ ވަކި ބަލިމަޑުކަމުން ސަލާމަތް ވެވޭނެތޯ!ކުރިމަތިވާ ބަލިމަޑުކަމެއް ވިއްޔާ ކުރިމަތިވަނީވެސް މިފަދަ ކަންކަން އާންމުވީމަ! ޖާހިލުކަން އާންމުވީމަ. ޣާފިލުކަން އާންމުވީމަ. އީޖާދުތައް ގިނަވީމަ!
ހެޔޮކަމެއްވެސް ދެއްކުމަށް ނުވަތަ ޖެއްސުމަށްކުރާނަމަ އެއީ ހަސަދަވެރިކަން
އަޅުގަނޑު ވެސް ބައިވެރި ވާނަން ޤުރްއާން ކިޔެވުމުގައި .ޓިޝޫ ރޯލްކުޅެގެން އެއްވެސް ސަބަބެއް ނުލިބޭނެ.
ވވވސަޅި ތިއީ ދިވެހީން ފަޚުރު ވެރި ވާފަދަ ދަރިއެއް މާތްﷲ މަކިކުފާނަށް ދިގުއުމުރެއެއް ދެއްވާށި އާމީން ޔާﷲ ޑރ ޝަހީމް އަކީ މާތްﷲ ގެ ރުހުން ލިބިގެންވާ ދަރިއެއް ކަމުގައި ލައްވާށި އާމީން
ތިކަހަލަ ދީނީ ކަންތައް ކުރުމަ އުމުރު ހުސްކުރުމަށްވުރެ ލިބިފައިވާ މަދު ވަގުތުކޮޅުގަ މަޖާކުރާނީ
މާތްﷲ ހެޔޮވިސްނުން ދެއްވަވާށި އާމީން
ވަރަށް ރަނގަޅު ރޫޙެއް. އެ އެކުވެރިޔާގެ އެ ބަސްފުޅާއެކު އަޅުގަނޑުވެސް އެކަން ފަށައިފިން. މޫވީ ނުލިޔަސް އަދި އަޑު ނުއިއްވިޔަސް އެކަން ފަށައިފީމު. ގޭތެރޭގައި މެދު ނުކެނޑި ޤުރުއާނުގެ އަޑު ދެމެހެއްޓޭތޯ އެބަ ރާވަން. އެހެން ކުދިންނާއި ބޭފުޅުންވެސް ހިނގާ މިގޮތަށް ޢަމަލުކުރަމާ. ދެ ނިޔަތެއްގައި. 1: މި ބަލި މަޑުކަމުން މިންޖުވޭތޯ. 2: ދީނީ ރޫޙެއް އާލާކޮށް ދިރުވޭތޯ
ކޮބާ މިގައުމުގެ ތިކަހަލަ ޖެލެންޖުތަކުގަ ދެއްކެން ބައިވެރިވާ ވެރިން ކިހާވަރަކަށް މިކަމުގަ އުޅޭނެބާ؟
ވަރަށް ރަނގަޅު ކަމެއް. ދީނީ ކާޑު ބޭނުން ކޮށްގެން އަދި ވެސް ވެރިކަން ލިބޭތޯ ނޫޅުން ރަނގަޅު. އެއީ ކޮންމެ އަޅެއްގެ ވެސް ހިތުނިޔަތް މާތް ﷲ ދެކެދެނެ ވޮޑިގެން ވާތީ. އަދި ދިވެހިން ގެ ބުއްދި ވެސް މިހާރު ގަދަ ވީމާ ތިއީ ފޭކު ކަން މިހާތަނަށް ޝަހީމް ގެ އަމަލުތައް ހުރި ގޮތުން ހާމަ ވެފައި ވާތީ. ވައްކަން ކުރިކަން ސާބިތު ވީމީހަކަށް ސަޕޯރޓު ދޭނީ ނުބައި މީހެއް ކަމަށް ގިނަ އިންސާނުން ގަބޫލު ކުރާނެ. ޝަހީމު ނުބުންޏަސް ތިޔައީ ދިވެހިން ބަލާއާއި އާފާތު ގައި އަބަދުވެސް ކުރަމުން އަންނަ ކަމެއް. ވީމާ އަންގަވާފައި ގޮތަށް، "ތިމާ ކަނާތުން ކުރާ ރަނގަޅު ކަމެއް ތިމާ ގެ ވާއަތަށް ވެސް ނޭންގި" ކުރުމަށް ނަސޭހަތް ތެރިވެ އިލްތިމާސް ކުރަން. ދީން އޭގެ މަގާމުގައި ބޭއްވުމަށް ދަންނަވަން !
ބަޔަކު ކުރީމަ ކުރަން އެނގެނީ. ފުރަތަމަވެސް ތިޔަ ޗެލެންޖް ފެށިނަމަ މިކަން ހަމަޔަކަށް އެޅުނީހެއްނު؟ ތިއީ ދުއާކުރުމުގައި އަރާހުރި ބޭކަލެއް ނޫންތަ؟
އަލަށް ކަމެއް ނުދެއްކި ނަމަވެސް ގޯސްކޮށް ދާފަހަރު މަގު ދައްކާލުންވެސް ރަނގަޅުވާނެ
މިފަދަ ޚުޟޫރަތް ތެރި ދަޑިވަޅުގައިވެސް ތިޝަހީމް ކީރިތި ޤުރުއާން ސިޔާސީކަމަކަށްނަހަދައި ތިޔަ ޗެލަންޖް ކުރުމަށް ނަސޭޙާތް ތެރިވަން.
ޝަހީމުގެ މި އިސްނެގުމަށް ފާޑުކިޔާ ބައެއް މީހުންނަށް އޮޅިފައިވާ ބައެއް ނުކުތާތަކަށް ޖަވާބެއް:
* ސިއްރުގަޔާއި ފާޅުގަ ހެޔޮކަންތައްކުރުމަށް ޤުރުއާނުގައި އަންގަވާ. ޢަދި ފާޅުގައި ކުރުމުން އިތުރުބަޔަކަށް ހިތްވަރުލިބޭނަމަ އެގޮތް ރަނގަޅުކަމަށް އިލްމުވެރިން ދެކިލައްވާ.
* ނިޔަތަކީ މާތްﷲ ބައްލަވާއެއްޗެއް.
* ހެޔޮކަންކަމުގައި ވާދަކުރުމަށް ޤުރުއާނުގައިވެ.
* އެއްބަޔަކު އަނެއްބަޔަކަށް ހެޔޮކަންކަމަށް ގޮވާލައި އެއްބާރުލުންދިނުމަށް ޤުރުއާނުގައިވެ.
* މިއީ ސުންނަތާ ހިލާފުވުމުގެ މާނައަށް ވަންނަކަމެއް ނޫން، އެއީ ބިދުޢަގެ ތައުރީފަށް ނުފެތޭތީވެ.
* މި ކަމުގައި ވަކި ބަޔަކަށް ޖެއްސުންކުރުމުގެ އަދި ސިޔާސީކުރުމުގެ މާނަދޭހަވާ ކަމެއް ނެތް. ޢެކި މީހުން އެކި ޗެލެންޖް އެބަ ކުރެ.