މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ތަސްދީގު ކުރައްވައިފިއެވެ.

މި މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ބިލްގައި އިސްލާހުކޮށްފައި ވަނީ 60 ވަނަ މާއްދާގެ (ށ) އަށެވެ. އެ މާއްދާގައި ވަނީ ޓެރެފިކް ކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމެޓީ އެކުލެވިގެންވާ ގޮތެވެ.

އެގޮތުން މި މާއްދާގެ ދަށުން އުފައްދާ ކޮމިޓީ އެކުލެވިގެންވާނީ، އެކި ދާއިރާތަކުން އައްޔަންކުރެވޭ 10 މެންބަރުންގެ މައްޗަށް ކަމަށް ބަޔާންކޮށް އެ ދިހަ ދާއިރާ މި އިސްލާހުގައި ހިމަނާފައިވެއެވެ. މި މާއްދާ އިސްލާހުކުރުމުގެ ކުރިން އެ މާއްދާގައި އޮންނަނީ މި ކޮމެޓީގައި ހިމެނޭނީ އެކި ދާއިރާތަކުން އައްޔަންކުރެވޭ 14 މެންބަރުންގެ މައްޗަށް ކަމާއި އެ 14 ދާއިރާ ހިމަނައިފައެވެ.

ބިލު ތަސްދީގުވެ ގާނޫނަކަށްވާ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ ގޮތަށް ފާސްކޮށްފައިވާ މި އިސްލާހުގައި ބުނާ ކޮމިޓީ ގާނޫނު ތަސްދީގުވާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެކުލަވާލަންވާނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އަދި އާ ކޮމެޓީ އެކުލަވާލެވެންދެން ކުރިން އޮތް ކޮމެޓީ ދެމި އޮންނާނެ ކަމަށް ބުނެފައިވެއެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން ގާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާއިޒު

    ތި ކަންވެސް ރަނގަޅަށް މޮނިޓަރ ކުރެވެން ވާނެ

  2. މިއަދު

    ކޯވިޑް 19 އާ ގުޅިގެން ވެރިމީހާގެ ބަހަކީ ގޮތް ކަނޑައަޅަނީ ޞިއްޙީ މާހިރުން ކަމޭ. އެބޭފުޅުން ބުނާގޮތަށް ރައީސް ހެއްދެވުމޭ.
    ޤައުމުގެ ދީނީ ޢިލްމުވެރިން ޤައުމުގެ ކަންކަން އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ގެންދަން ބުނުމުން އަޑެއް ނީވެ. މި ޢިލްމުވެރި ން ބުނާގޮތަށްހެދުމެއް ނެތް.
    މިއަދު އެނގިގެން ދިޔައީ އެކަމެއްގެ އަހުލުވެރިން ބުނާގޮތަށް ޢަމަލުކޮށްގެންނޭ ޙައްލު އޮތީ.
    ޤާނޫނުތައް ފާސްކުރާއިރު ދީނާއި ތަޢާރުޟުވަނީ ކިހާވަރަކަށް ނަމެއް ނުބަލަ.
    ޕާާޓީ ކުދިން ލޯބިކުރާގޮތަށް މަނާކުރުން ދޫކޮށްލައްވާ ﷲއާއި ރަސޫލާ އަންގަވާފައިވާ ގޮތް ބައްލަވާ ފަސްޓް ޗޮއިސް އަކީ އެއީ