ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވީ ނަމަވެސް، "ޑިމޮކްރަސީ ގޭބަންދަކަށް" ނުދާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާނެ ކަމަށް މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން މަޖިލިހުގެ މެމްބަރުން ގޭގައި ތިއްބަވައިގެން އިންޓަނެޓު މެދުވެރިކޮށް ޖަލްސާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ބާއްވާ ފުރަތަމަ ޖަލްސާ މިއަދު އޮންނަ އިރު، އިންޓަނެޓް ބޭނުންކޮށްގެން ޖަލްސާ ބޭއްވުމަށްޓަކައި ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފައެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންމެން ގޭގައި ތިބި ކަމުގައިވިޔަސް، ޑިމޮކްރަސީ އޮތީ ގޭބަންދުގައި ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ދާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު ވަނީ ދެއްވައިފައެވެ.

މަޖިލީހުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްޓަކައި މިދިޔަ ބުރާސްފަތި އަދި ހޮނިހިރު ދުވަހު މެމްބަރުން ވަނީ ޖަލްސާއެއްގެ ޓެސްޓް ސެޝަންތަކެއް ކުރިއަށް ގެންދަވައިފައެވެ. އެ ޓެސްޓް ސެޝަންތައް ވަރަށް ކާމިޔާބު ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައި ވަނީ ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ މައްސަލައަށް ބަހުސް ކުރުމެވެ.

ނަޝީދު މީގެކުރިން ވިދާޅުވީ މި ހައްސާސް ވަގުތުގައި މަޖިލިހެއް "ބަންދެއް" ނުކުރެވޭނެ ކަމަށެވެ. އަދި ކަމެއް ވެދާނެ ކަމަށް ވިސްނައިގެން ތައްޔާރަށް މެމްބަރުން ތިބުމަކީ ރައްޔިތުން މަޖިލިހާ ހަވާލުކޮށްފައި އޮތް މަސްއޫލިއްޔަތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ގާނޫނީ މަސްއޫލިއްޔަތާއި މަޖިލިހުގެ ޒިންމާ އަދާކުރާނެއެވެ. އަދި ސަރުކާރުން ކަމެއް ކުރަން ބޭނުންވެއްޖެ ނަމަ، އެކަން ކުރުމަށް ނުވަތަ ގާނޫނީ ޖާގައެއް ހޯދަން ބޭނުންވާ ނަމަ، އެ މަސައްކަތުގައި މެމްބަރުން އަވަސްވެ ގަނެގެން ކުރިއަށްދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ޑިމޮ ކުރަސީއޮތީ ޖަލުބަންދެއްގަ...މިނިވަން ކުރޭ.....ހަމަ މިހާރުންމިހާރަށް މިނިވަން ކުރޭ.....ނުހައްގުން ހު ކުމެ ކޮއްފަ ޖަލަށްލީ ތިޔަ ޑިމޮ ކުރަސީގެ ދޮންބަފާގެ ކުންފުނި ޖޭއެސްސީގެ ނުފޫޒުން....މިބުނަނީ ރޔާމީން ދޫ ކޮއްލާށޭ އެއީ މިގައުމުގެ ހިތްތަ ކުގެ ރަސްގެފާނޭ ނި ކަމެތިންގެ އުއްމީދޭ ބަލިމީހުންގެ ދިރުމޭ ޒުވާނުންގެ ހަ ކަތައޭ ހަވާސާގަތިބި ފަރުދުންގެ އެހީތެރިޔާއޭ ހާއްސައެހީއަށް ބޭނުންވާމީހުންގެ ބާރޭ އިސްރައްވެހިންގެ ދަރިއޭ އަންހެނުންގެ ހައްގުތައް ހޯދަދޭން މަސައް ކަތް ކުރި ވަ ކީލޭ....ގައުމުގެތަރައްގީއޭ މިގައުމުގެ ފަޙުރުވެރި ބަތަލޭ ރޔާމީނަ ކީ....ދޫ ކޮއްދޭށޭ އެމަނި ކުފާނު ޖަލުގަ ހައްޔަރު ކޮއްފަ ބާއްވައިގެން ތިއުޅެނީ މަޖުލިހުގަައިން ޓެރަރިސްޓެ ކޭ...

    33
    3
  2. Anonymous

    ކަލޯ ނަޝީދޫ ކައޭ އަދިވެސް މައިތިރިނުވެ ދޯ. އެންމެ ފަހަރަކުވެސް ﷲ ގެ ހަނދުމަކޮށް އެހެންމީހުންނަށް ވެސް އެކަލާނގެ އަށް ބިރުވެތިވުމަށް ހަނދާން ކޮށްދީބަލަ. މިބަލި މަޑު ކަމާއި ތަދުމަޑުކަން ފިއްލަވާތޯ ﷲއަށް ދުޢާދަންނަވާބަލަ.

    29
  3. ކޮރަލް

    މަޝްހޫރު ވާން އުޅޭ މީހެކެވެ. ސަރުކާރައް ޖެއްސުން ކުރަން ވެގެން ނެވެ. މިވަގުތު ސަރުކާރައި ހެލްތް އަށް ފުރުރސަތު ދޭން ވީ އެވެ.

    27
  4. އެމަންޖެ

    ޑިމޮކްރަސީ އޮތީ ނަސީދު ދެފައި ދޭތެރޭ ބުންޏަސް ދޮގަކަށް ނުވާނެ.

    26
  5. ހުސޭނުބޭ

    ކަލޭ ދަންނަ ޑިމޮކްރަސީއަށް ތަބާވާ ބައެއް އިޓަލީގެ މޮސިލީނީ އާ ޖަރުމަނުގެ ހިޓިލަރު!

    28
  6. ދައްޖާލަ

    ވެރިކަން ފޭރިގަނެ ރައީސްޔާމީން ޖަލަށް ލީމަ ތިބައިގަނޑަށް ވަރަށް މޮޅުތަކެތް ވެއްޖެނު!

    17
  7. ބުއްޅަބޭ

    ރައީސްޔާމީން މިނިވަންކުރާށޭ އެމަނިކުފާނުންގެ އަގުހުރި މިންނެތް މަސައްކަތްޕުޅުގެސަބަބުންނޭ މިނުރައްކާތެރިބަލި މިގައުމުުގަ ކޮންޓްރޯލްވެފަމިއޮތީ 25ބުރިއެކަނި މިކަމުގެ ހެއްކަކައްފުދޭ. #ރައީސްޔާމީން މިނިވަންކުރޭ

    14
    1
  8. Anonymous

    އާއެކެވެ. ޓޮއިލެޓް ރޯލްގައި ފައިންތަޅަން އުޅެނިކޮށް ޑިމަކުރަސީ ތަޅުންމައްޗަށް ގުޅައަކަށް ޖެހިފައި އޮތްތަން ދުށީމެވެ. ނަސީމބަކުން މަރެއް ނުވެއެވެ. ޑިމަކުރަސީއަށް އަނިޔާއެއްވެސް ނުވެއެވެ. ޑިމަކުރަސީގެ ތަނެއް ބިންދައިގެން ނުދިޔަކަން ނަސީބެއް ނޫން ހެއްޔްވެ؟ އެހެންނޫންނަމަ ރާއްޖޭގެ ޑިމަކުރަސީ ހިނގާނީ ކޮރުޖަހަމުން ނޫންހެއްޔެވެ؟

    16
  9. ހަސަންކޮއި

    ނިމިދިޔަދެއިންތިހާބުއޮޅުވާލާގެންގޮނޑިއައް
    އަރާތިބުމަކީޑިމޮކްރަސީތޯ؟

  10. ޢަހުމަދު

    ޑިމަކުރަސީ އޮތީ ކަހައިލައިގެން ވެެއްޓިފައި.

  11. ޏަމްޏަމް

    އަދިވެސް ކުފުރުގެ ބަސް. ﷲ އިރާދަފުޅުން ތިޔަ މަޖިލިސްވެސް ފުރަބަންދު ކުރާނެ. އޭރުން ދެން ޑިމޮކްރެސީ އޮންނާނެ ތިރާވެފަ ބަދަތައް ވަކިވަކިން. މާ ފުއްޕާފަ އުޅޭ ފުއްޕާހަމެއް.

  12. ޙަމަހަމަ

    ޑިމޮކުރަސީއަކީ ކަލޯ ހިތުހުރި އިރަކު ހިތުހުރި އެއްޗަކަށް ކިޔާ ނަމެއް ނޫން.

    ނަށީދަކީ އަދި ތި މަޖްލިސްއަކީ ރައްޔިތުން ތަމްސީލުކުރާބައެއް ނޫންކަން ރީއްޗަށް ފަޅާއަރައިފި.

    ތިއީ ހަމަ ބާރުގެ ދަހިވެތި ބައިގަނޑެއް.