އަނެއްކާވެސް ރާއްޖޭގައި އުމުރުން އެންމެ ދެއަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ހުށަހަޅާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށާއި، މިކަން ހިނގާފައި ވަނީ ކ، އއ، އދ، އަދި ވ. އަތޮޅު ހިމެނޭ ރަށެއްގައި ކަަމަށެވެ. މިފަހަރު ވެސް ޖިންސީ ގޯނާ ކޮށްފައި ވަނީ އުމުރުން ދެއަހަރުގެ އަންހެން ކުއްޖަކަށް ކަމަށް ފުލުުހުން ވިދާޅުވި ނަމަވެސް މައްސަލައިގެ ތަފްސީލެއް ނުދެއްވައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، އެހެން ނަމަވެސް މި މައްސަލަ އަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ކަމުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ ތުއްތު އަންހެން ކުއްޖާގެ އަބުރާއި ކަރާމާތަށްޓަކާ އެކުއްޖާގެ މައުލޫމާތު ދެނެގަނެވޭފަދަ އެއްވެސް މައުލޫމާތެއް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

މީގެ ކުރިން ގއ. ކަނޑުހުޅުދޫގައި ވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ ފިރިހެނަކު ވެގެން ދެއަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ. މި މައްސަލައިގައި ހިމެނެނީ އެކުއްޖާގެ ކާފަ އަދި މުނިކާފައެވެ.

އެމައްސަލައިގައި އެކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައި ވީނަމަވެސް އޭނާ އެފަދަ އަމަލެއް ހިނގާފައި ނުވާކަމަށާއި، އޭނާގެ މައްޗަށް ކުރެވެނީ ކުޑަކުއްޖަކު ބެލުމުގައި އިހުމާލުވެފައިވާ މައްސަލަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކަނޑުހުޅުދޫ މައްސަލަ އަށް ފަހު ޖިންސީ ގޯނާގެ މައްސަލަތަށް ފުލުހުންނަށް ހުށަހަޅާާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސޮނިފުހޭ

    ކުޑަ ކުދިންނާ ބެހޭ މީހުންނަކީ ވަލުޖަނަވާރުންނާ އެއްފަދަބައެއް ކުރޯނާ ވެސް އެމީހާ ގާތައް ދޭ ގޮސް ދީވަލްޕާ ގޮތައް އޭނަގައިގަ ހިއްޕަންވީނު.ނަމަނަމަ އެހެންމީހެއްގެ ގައިގާ ނުބައްދާތި ކުރޯނާ އެއްކަމަކު،

    20
    • ދޮންތި

      ކިހާދެރަކަމެއް.ކުރާނެކަންތައް ހުސްވީތައް

      21
  2. ދޮންތި

    ކިހާދެރަކަމެއް.ކުރާނެކަންތައް ހުސްވީތައް

    16
  3. ކުޑަކާށި

    މި އީ އެޖެންޑާ19ގަ ހިމެނޭކަންކަން މިކަންކަންދާނީ ދުވަހަކަށްވުރެ ދުވަހެ އްކުރި އަށް ، އަނެ އްދިވެހިރާ އްޖެ ، އެހެންގަ އުމި އްޔަތެ އް ، އެހެންގޮތެ އް، ކޮވިޑް19 ، އެޖެންޑާ19 . މިޝި އާރުތަކުގެ ދަށުގަހިމެނޭ ކަންތަ އްތަ އް މި އީ ... ޝުކުރި އްޔާ ރަ އްޔިތުން ޝުކުރި އްޔާ އީސީ ...

    2
    3
    • ލިޔަން ކިޔަން ދަސްކޮއްބަލަ

      ތިމާ އިންޓަނެޓުގައި ލިޔަމުން ދާއިރު ވިސްނަވަންވީ، ތިމާ ލިޔާ އެއްޗެހި އެއީ ބޯހަމަ ޖެހޭ އެއްޗެތިތޯއެވެ.
      މިސާލަކަށް، ތިވިދާޅުވަނީ ސަރުކާރުގެ އެޖެންޑާ ތެރޭ ހިމެނޭ ކަމެކޭ ކޮވިޑް 19 އަކީ. އެހެން ކަމުގައި ވަނީނަމަ، ކީއްވެތޯ ކޮވިޑް 19 ޗައިނާގައި ފުރަތަމަ ފެތުރެން ފެށީ؟
      މިސަރުކާރުގެ އެޖެންޑާ ތެރެއިން ލިބުނު ކުރިއެރުމަކީ މިކަހަލަ ކަން ކަން މީހުން ބިރެއްނެތި ރިޕޯޓުކުރުމެވެ.

  4. މަލް

    ރޭޕް ކުށްރާ މީހުން ހަމައް މަރަންވި.

  5. ޙަމަހަމަ

    ޜޭޕިސްޓުންނާ ޕާޓޭންނާ އެއްކޮށް ގެތަކުގައި ތާށިވުމުން ނުކުންނާނެ މައްސަލަތަކެއް މިއީ.

    ކަމާބެހޭ ފަރާތްތަކުން މިކަންކަމާއިމެދު ވިސްނާނެކަމަށް އުންމީދުކުރަން. ޢަދި މި ދަނޑިވަޅުގައި އާއިލާ އަދި އަވަށްޓެރިންގެ އެހީ އިންތިހާއަށް ބޭނުންވާނެ. ނޫންނަމަ މިކަހަލަ ކަންކަމުގެ ށިކާރައަކަށްވާ ބަޔަކަށް ސަލާމަތެއް ނެތްފަދަ ބަންދެއްގަ މިތިބީ.

  6. ސާލިމް

    މިކަންތައް ނުހުއްޓޭނެދޯ.މިއިން މީހަކާމެދު ފިޔަވަޅުއެޅެނީއަކީނުން.ދުވަހަކުވެސް މީގެ މައްސަލައެއް ނިމޭކަމަކަށް ނުވޭ.

  7. ޢަބްދުﷲ

    ކުއްޖާ ބާލިޣުވުމާއި އަށާރަ އަހަރު ފުރުމާއި ދެމެދުގައި މިއޮންނަ މުއްދަތުގައި ދީނާވެރިކަން ނުހުންނަ ކުދިންނަށް ތިޔަޒާތުގެ ކަންކަމާއި ކުރިމަތިވެ، މުޖުތަމަޢުގައި އަބުރުގެއްލި އަގުވެއްޓެއެވެ.