ކޮވިޑް-19 އާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަންކަން އެބަހުރި ކަމަށާއި ނަމަވެސް މިވަގުތު އެދިވަޑައިގަންނަވަނީ ރައްޔިތުން އިތުބާރު ކުރެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް ފުރަތަމަ ފަހަރަށް ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ މީގެ ކުރިން ވެސް ރާއްޖެ އަށް ކާރިސާތަކާ ކުރިމަތިވެވަޑައިގެންނެވި އިރު، އެކަންކަމުން އަރައިގަނެވިފައިވާ ކަމަށެވެ.

ސިއްހީ ކާރިސާއަކަށް ކުރިމަތިލާ ގައުމެއްގެ ގޮތުގައި ހިނގާނެ ގޮތް ވަރަށް ފުރިހަމައަށް ގާނޫނުއަސާސީގައި ލިޔެފައިވާ ކަމަށާއި އެކަން އެގޮތަށް ކުރެވުނީ ކާރިސާއެއް ދިމާވާ ހާލަތުގައި ކަންކަންވާ ގޮތުގެ ތަޖުރިބާ ކުރެވުމުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަޝީދު ވަނީ މި ދަނޑިވަޅުގައި ހުރިހާ މެމްބަރުން ވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރައްވައިފައެވެ.

"މިއީ ރައްޔިތުން ގާތުގައި ރައްޔިތުންގެ ވަކީލުން ތިއްބަވަންވީ ވަގުތު. ރައްޔިތުންނާއި އެކުގައި ވަކީލުން ތިއްބަވަންވީ ވަގުތު. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ ގުޅިފައި ތިއްބަވަންވީ ވަގުތު ކަމަށް. ބޭނުން ޖެހޭ ގަޑީގައި ހުރި ރަހުމަތްތެރިޔާ އެއީ ހަގީގީ ރަހުމަތްތެރިޔާ. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ ހަގީގީ ރަހުމަތްތެރިންނަށް ވުމަކީ، ހަގީގަތުގައި ކޮންމެހެން ބޭނުން ކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަކި ކަހަލަ ކަމެއް މަޖިލިހަށް ކުރެވިދާނެ ކަމަށް ފެނިއްޖެ ނަމަ، އެ މުއްދަތަށް މަޖިލީސް ނުބޭއްވުމުގެ އިހްތިޔާރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިފައިވާ ކަމަށާއި މި ދަނޑިވަޅުގައި މަޖިލީސް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ މިވަގުތު ސަރުކާރުން ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތައް ރަނގަޅު ކަމަށް ވިދާޅުވެ، އެ ބައްޔާ ދެކޮޅަށް މަސައްކަތް ކުރައްވާ އެންމެންނަށް ޝުކުރު އަދާކުރައްވައިފައެވެ.

"މުޅި ދުނިޔެ މިވަނީ ކޮވިޑް-19އިގެ އަނދިރި ވިލާގަނޑެއްގެ ދަށުގައި. ރާއްޖެ ވެސް މިވަނީ އެ ވިލާގަނޑުގެ ދަށުގައި. ދިވެހިން މި ވަނީ ކަންބޮޑުވެފައި. ދުނިޔޭގެ ހުރިހާ ރައްޔިތުންވެސް މިވަނީ ކަންބޮޑުވެފައި. ރޯގާ ފެތުރުނަ ނުދިނުމަށް އަޅާން ހުރި ފިޔަވަޅުތައް ސަރުކާރުން ދަނީ ވަރަށް ފުރިހަމައަށް އަޅުއްވަމުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޯގާއިން ސަލާމަތްވާން އަޅާ ފިޔަވަޅުތަކުގެ ސަބަބުން މި ދަނޑިވަޅުގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މި ދަނޑިވަޅުގައި ދެރައަކާއި ކުރިމަތިވެދާނެ ކަމަށާ، ނިކަމެތި ވެދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ސުކުންޕްލޭ

    ރައްޔިތުންގެ ފުރިހަމަ އިތުބާރު އެބޮތް

    4
    90
  2. ށުކުރު

    މަހީކުރީ މައިބަދައިގަ ރިއްސާތީ ހޮސްޕިޓަލުގަ ކަމަށް

    72
    2
  3. މޯދީގެ ބޭބެ

    މީނާ އަށް ނުކެރޭނެ ﷲ އަށް ވަކީލުކޮށް އެކަލާނގެ ރަޙްމަތްފުޅުން މިކަމުން ސަލާމަށްވާނެ އެކޭ ބުނަން. މަށެއް ހަމަ ގައިމު އިތުބާރެއް ނުކުރަން ނަޝީދު ދައްކާ ވާހަކައަކަށް.

    82
    2
  4. ހަކިމް

    އަހަ ކުރިން ބުނީ މިއެއްވެސް ކަމެއނޫނޭ ގައުމު ބަންދެއްނުކުރެވޭނެޔޭގެސްޓުން ވެސް އަންނާނެޔޭ ހުން އައުމުގެ ކުރިން ރަޖައެއްނުލެވޭނެޔޭ ބޯހަލާ މިކޮންވައްތަރު ވާހަކަދައްކާމީހާ

    72
  5. މުރާސިލް

    ނަޝީދެވެ. މަނިކުފާނަށްވުރެ ގިނައިން ދޮގު ހެދި އެއްވެސް ސިޔާސީ ބޭފުޅަކު ރާއްޖޭގެ ސިޔާސީ ދާއިރާއަކުން ފެންނާކަށް ނެތެވެ. އެހެން ކަމުން ތިޔަ ވިދާޅުވާ ވިދާޅުވުމަށް އެއްވެސް އިތުބާރެއް ނުކުރަމެވެ. ތިޔަށް ވުރެ އަނިޔާވެރ، ޚުދުމުޚުތާރު އަދި ހަތަރު އަނގައިން ވާހަކަ ދައްކާ މީހަކު ނެތެވެ. އެހެންވީމާ ނަޝީދަށް ދުވަހަކުވެސް އިތުބާރެއް ނުކުރާނަމެވެ. އެހެނާސް މިބަލިމަޑުކަމުން އަރައިގަތުމުގައި ދިވެހިންނާއި މުސްލިމް އުއްމަތަށް އަދި ދުނިޔޭގެ އެންޤައުމުތަކުގެ ރައްޔިތުންނަށް ކާމިޔާބު ލިބުމަކީ އަޅުގަނޑުގެ ދުޢާއެވެ.

    77
    2
  6. ރަޝީދު

    މި ކަރިސާ އަށްފަހު ނުވަތަ މިކާރިސާއާއި އެކު ކުރިލަމުން މިދަނީ ރަމަޟާން މަހާއި، މި މަހުގައި ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތިކަމުން އަރައިގަތުމަށް ވެދެވޭނީ ކޮން އެހީއެއްކަން ބުނެ ދެވިދާނެ ތޯ؟ އަދި ރަމަޟާންމަހު ޖަމާޢަތުގައި ނަމާދު ކުރެވިތޯވެސް ސާފުކޮށްދެއްވަންޖެހޭ.

    43
  7. ނޫސްކިޔާމީހާ

    މާތްﷲ ގެ ރަޙްމަތް ފުޅުން ރޯގާ ރަގަޅުވާހެން ހިވާއިރަށް އަނގަތަޅަންފެށީ. މިއޮތް ހުރިހާދުވަހު ފިލާއޮވެފައި. ރައްޔިތުން ބިރުގަތްދުވަހު ޓޮއިލެޓް ޓިޝޫއިން ކުޅެ މަޖާކުރީ.

    54
    1
  8. ޢާދަނު

    ތިބޭފުޅާ ރަޖާލައިގެން ގޭގަ އޮތިއްޔާ ރަނގަޅީ ބާކީ އޮތް ހުރިހާ ދުވަހަކުވެސް.

    55
    1
  9. ބްރޯ

    މިކަލޭގެ ހަޅެއްލެވިމަ ފޫހިވޭ . ކޮންވަހަކައެއް ދައްކަން މި ގައުމަށް މިހާލަތުގެނައީވެސް މިނާ

    50
    2
  10. އިތުބާރު

    ކަލެއަށް ކުރާނެ އިތުބާރެއް މި ދުނިޔެމައްޗަކު ނެތް.

    63
    2
  11. އިތުބާރުކުާއްވާ

    ކަލެއަށް ކުރާނެ އިތުބާރެއް މި ދުނިޔެމައްޗަކު ނެތް.

    49
    2
  12. ފެކްޓް

    ނަޝީދަށް ހީފުޅުވަނީ ޤާނޫނަކުން ހުރިހާ ކަމެއް ހާސިލްވާނެއޭ! ޑިމޮކްރަސީއިން ހުރިހާ ކަމެއް ހާސިލްވާނެއޭ! އެވަރިހަމަ އުޑު ބޮލަށް ވެއްޓުނަސް!
    ވާހަކަ ދައްކާނީ އެްްވެސް ވަރެއްގެ ބެލުމެއް ހިސާބުޖެހުމެއް މިންކުރުމެއް ވަޒަން ކުރުމެއް ނެތި!

    45
    2
  13. ކީކޭ ބުނާނީ

    ހައް ހައް...
    މިކަން ހުއްޓުވަން އުޅޭ މީހުން އެދުނު އާއްމު އެއްވުންތައް ނުބާއްވަން، އިންތިހާބު ލަސްކުރަން. ކެމްޕޭން ހުއްޓާލަން. ކޮން ޖަވާބެއް ކޮން މަސައްކަތެއްތޯ ކުރެއްވީ ؟

    ތިކަހަލަ މީހުންނަށް ފޮނިކޮޅުބޯލަން މިގައމުގެ ސިއްހީ ދާއިރާގެ އެއްވެސް މީހަކު މިފަހަރު ފުރުސަތެއް ނުދޭނެ

    24
  14. އުނަގަނޑު

    ހެޔޮނުވާނެ މިގައުމުގައި ތިބި ސިއްހީދާއިރާގެ ބޭފުޅުން ރުޅިނާރުވާ.
    ހައެއްކަ ޑޮކްޓަރުންނާއި ދޮޅަސް ނަރުހުން ތިބީ. އެމީހުންނަށް ސިއްހީދާއިރާ އޮތްހާލު އިނގޭތީ އާދޭސްކުރީ މިކަމަށް ގައުމު ހުށަނާޅަން. އެދުވަހު ދިނީކޮންޖަވާބެއް. މިގައުމުގައި ތިބީ ފައްނުވެރި ކުޅަދާނަ ސިއްހީ ބޭފުޅުން ނަމަވެސް އެބޭފުޅުންނަށްވެސް ކުރެވޭނީ ވަކިވަރެއް. އެހެންވެ އާދޭސްކުރީ

    26
  15. އަބޯބޯ

    ކޯފާގެ ވަގުތުގައިވެސް މިރާއްޖޭގެ ވެރިން ގުއިފުހޭ ކަރުދާހުން ޗެލެންޖު ކުރުމުގައި. ހިތާމައިގެ ކޮޅެއްވެސް ނެތް. މީ އިސްތިގްފާރު ގިނަކުރަންވީ ވަގުތު

    31
  16. ބޮލުރޮދި

    އަދިވެސް ކި އޭނުކި އޭ ނޭނގޭ

    23
  17. ބްރޯ

    ދިވެހިގައުމަކިީ މަތްﷲ ގެ ރަހުމަތް ކޮޅުނެތްކޮޅަށް ލިބިފާ އޮތް ގައުމެއް .ވިސްނަލަބަލަ ދިވެހި ގައުމުގެ ވަށައިގެން ދެތިން ތޫފާނު އުފެދިފާ އޮންނަ އިރުވެސް އެއިން ތޫފާނެއް ރާއްޖެ އަކަށް ނަރާ ދުރަށް ދަނީ ދިވެހިގައުމާ ދިމާވަހަަާ ބަދު ކަންކަން މެދުވެރިވަނީ ނަސިދު އައި ނަސިދުގެ ބައިވެރިންގެ ސަބަބުން މި މީހުންނަކި ދިވެހިގައުމުން އިސްލާމްދިން ފޮހެލަާ މިސްކިތްތަކުން ބަންގިގެ އަޑުކަނޑުވަލަން މަސައްކަތް ކުރާ ބައެއް މިމީހުންގެ ކިބައިން ދިވެހިގައުމު ސަލަމަތްކުރައްވާނދޭވެ. އާމީން

    31
  18. ޙަަނީފު

    އަހަރެން އިތުބާރު ކުރަނީވެސް އަދި ވަކީލުކުރަނީވެސް ކާއިނާތުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް. ތިޔަމަޖިލީހަކާ ނޫން.

    32
    1
  19. ހަސަންބޭބެ

    ކޮވިޑާއެކު މި ސުންޕައި އަގައިން ވެސް ސަލާމަތް ކުރައްވާށި. އާމީން

    31
  20. ސޯދިގު

    ޢޭ ކަލޭ އަގަ މަޑުންލައިގެން ހުރޭ. ކަލޭ ތީ މާ މުހިންމު މީހެއް ނޫން މި މަސްރަހަށް.

    30
  21. ޢަބުއްﷲ

    ޢެޖެންޑާ 19 ގަ އޮތީ ބާ؟

    16
  22. ޓުރަމްޕް

    ތިމީހާގެ ބަސް އެހުނީމަ އަހަރެންގެ ޤަޢުމު ފުނޑުނީ

    16
  23. ޢާމިރު

    ﷲ ގެ ގެކޮޅު ތަކާ މީސްތަކުން ދުރުކުރަން ވީކީނޫން މިފަދަ ބަލިމަޑު ކަމެށް ޖެހުނީމާ ދުޢާކޮއް މީސްތަކަކުން ޖަމާއަތުގެ ނަމާދު ފަސްވަގުތު ކޮއް އަހުރެންގެ ނުބައި އަމަލުތަކާ މެދު ރޮއި ތައުބާވާންވީ
    މިސްކިތްތަށް ތަޅުއަޅުވާ އެތަންތަން ފަޅުކުރަންވީކީނޫން .

    15
  24. ޑީން

    ފުރިހަމަ އިތުބާރު އަޅަމެންގެ ވެރި ފަރާތާ އެކު ވޭ.

    14
  25. އާމިނަ

    މަށެއް ހަމަ ގައިމު އިތުބާރެއް ނުކުރަން ނަޝީދު ދައްކާ ވާހަކައަކަށް.

    18
  26. އާމިނަތު

    އައްޗީ! ކަލެއަށް ކުރާނެ އިތުބާރެއް މި ދުނިޔެމައްޗަކު ނެތް. ކަލޭ ދާންވީނު ކަލޭގެ މުއްސަނދި ކަމުގަ ކުޅެން އޮންނަން. ކަލޭ އަނގަ ހުޅުވިއިރަށް މުޅި ސަރުކާރު ދެކެވެސް ވަނީ ފޫހި

    16
    1
  27. ސަމްކުޅިބޭ

    ކަލޭ ނުބުންޏަސް އަހަރެންނަށްއެނގޭ ކޮންމެސް ދުވަހަކުން މިބަލިން ސަލާމަތްވާނެކަން. އަހަރެން އިތުބާރު ކުރަނީވެސް ވަކީލު ކުރަނީވެސް އަހަރެން ހެއްދެވި ޢާލަމްތަކުގެ ވެރިﷲ އަށް. އެކަނލާގެ އީ ބަލި ޖައްސަވާ އަދި ބަލިފަސޭހަ ކުރައްވާ ރަސްކަނލާންގެ. ރަޖާލާ ވަރަށް ހުން އައީތޯ؟

  28. ސަލީމް

    وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾ إِلَّا أَن يَشَاءَ اللَّـهُ ۚ وَاذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَـٰذَا رَشَدًا ﴿٢٤﴾
    އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ!
    اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!

  29. މޯދީ

    އެކަނި މާއެކަނި މަޖުލިސްގަ ހުރިހާ އޭސީއެއް ޖައްސާގެން އިނުން އެއީީ ރައްޔިތުން އެދޭކަމެއްނޫން، ތިކަންހުއްޓާލަ ރައްޔިތުންގެ ލާރި އެކަނިމާއެކަނި ކަނީ

  30. Anonymous

    މިނަޝީދު އަޑެއް ބަޑެއްނީވި މިދިއައީ އިނގިރޭސި ވިލާތަށް ގޮސްފަޔޯއެއައީ .ވަގުތު މިޚަބަރު ކަށަވަރުކުރޭ. ކީއްވެ މީނާ ކަރަންޓީން ނުކުރީ. ޖިހާދުގެ ވެސް ހަމަ ކަރަންޓީން ކުރި ޑިސްކްރިމިނޭޓް ކުރުމަކީ އިސްލާމީ އުޞޫލެއްނޫން . ރައީސަކަސް ފަޤީރަކަސް ބަލިފެތުރޭ ޤައުމަށް ގޮސްފަ އައީމަ ކަރަންޓީން ކުރަންޖެހޭ. އަނެއްކާ ޤަސްތުގައި ބަލިއަރުވާ ހިތުން ދިއައީނޫންބާ؟

  31. އެމަންޖެ

    ކަލެޔަކައްނެއް އިތުބާރެއް، ކަލޭ މުޅި އުމުރު ކަރަންޓީން ކޮއްފަ ބަހައްޓަން ފެންނަނީ.

  32. ޙަސަނާ

    މީނަގެ ދުލުގެ ސުންޕާކަމުން ދިވެހިގައުމު ސަލާމަތްކުރައްވާންދޭވެ..އާމީން..

  33. ދދ

    މި ކަމުގަ ދެން ކަލޭގެ ބަހެއް އިތުރަށް ބޭނުން ނުވޭ

  34. ދެފުށް

    މި ނަޝީދު ނޫންތަ މިޤައުމަށް ކޮވިޑް އަންނަން ޖެހޭނެއޭ މަޖިލީހުގައި ގޮވީ މީނަގެ ސަބަބުން ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅުނީވެސް ދެން ބުނެވޭވެތަ މީރައްޔިތުންނަށް ހެޔޮއެދޭބަޔެކޭ އަދަވިހަވެގެން އުޅޭނެކަމެއްނެތް