ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިް-19 ގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތާ ގުޅިގެން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ކުޑަ ކުރުމާއި މުސާރަ ނުދޭގޮތަށް ދިގު މުއްދަތަށް ޗުއްޓީ ދިނުން ފަދަ ކަންކަން ހިނގަމުންދަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެފިއެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ނޯޕޭ ލީވްއަށް ފޮނުވާލުމާއި މުސާރަ އާއި އިނާޔަތްތައް ކުޑަ ކުރާ ކަމުގެ ޝަކުވާތައް ގިނަ މުވައްޒަފުންގެ ފަރާތުން އެ އޮތޯރިޓީ އަށް ލިބެމުންދާ ކަމަށެވެ. ގިނަ ކުންފުނިތަކުން އެކަން ކުރަނީ ގާނޫނާ ހިލާފަށް ކަމަށް ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ވަޒީފާއިން މުވައްޒަފުން ވަކިކުރުމުގެ މައްސަލަތައް ކުޑަ ކުރުމަށާއި، ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުމަށް ސަރުކާރުން ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އެފަދައިން މުވައްޒަފުންގެ ވަޒީފާއަށް ނުވަތަ އުޖޫރައަށް ބަދަލެއް ގެންނަ ކަމުގައިވާނަމަ އެ އޮތޯރިޓީ އާއި މަޝްވަރާ ކުރަން ޖެހޭނެ ކަމަށާއި، އެ އޮތޯރިޓީގެ މަޝްވަރާއި ވަކިން އެއްވެސް ކަމެއް ނުކުރުމަށް ވަނީ އަންގާފައެވެ.

އަދި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މުވައްޒަފުންގެ ވަޒީފާ އަށް ނުވަތަ އުޖޫރައަށް އުނި ކަމެއް ގެނެސްފައި ވާނަމަ އެކަން ލޭބާ އޮތޯރިޓީއަށް އަންގަން ޖެހޭނެ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

ވައިރަސްގެ ސަބަބުން ފަތުރުވެރިކަން ދަށަށް ދިއުމާއެކު އެ ސިނާއަތަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދަށް ވެސް ވަނީ ވަރަށް ބޮޑަށް ލޮޅުން އަރާފައެވެ. ރިސޯޓުތަކަށް ވަންނަ ފައިސާ އެއްކޮށް ކަހަލަ ގޮތަކަށް ވަނުން ހުއްޓި، ގިނަ އަދަދެއްގެ ގެސްޓު ހައުސް، އަދި ރިސޯޓުތައް ބަންދުކުރާ ހާލަތަށް ގޮސްފައި ވަނިކޮށް މިހާރު ވަނީ އެ ތަންތަނުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ވަޒީފާ ގެއްލުން، އަދި ދިގު މުއްދަތަކަށް ނޯޕޭ ލީވްތަކަށް ފޮނުވާލުން ފަދަ ކަންކަން އިތުރުވެފައެވެ.

މިކަމާ ގުޅޭ ގޮތުން "ވަގުތު"ން ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ބައެއް މުވައްޒަފުންނަށް ގުޅުމުން އެމީހުން ބުނީ ކުރިއަށް އޮތީ ރޯދަ މަސް ކަމަށާއި، އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ މުޅި އާއިލާ އިން ތިބީ އެމީހުންނަށް ބަރޯސާ ވެގެން ކަމަށެވެ. އަދި އެފަދައިން ދިގު މުއްދަތަކަށް ނޯޕޭ އަށް ފޮނުވާލުމުން ނުވަތަ ވަޒީފާއިން ވަކިކުރުމުން ހަދާނެ ގޮތް ހުސްވެފައިވާ ކަަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ.

"އަހަރެންގެ މުޅި އާއިލާގެ ހުރިހާ ހަރަދެއް ބަލަހައްޓަމުން މިގެންދަނީ އަހަރެން ކުރާ މަސައްކަތުން. މީގެ ދިހަވަރަކަށް ދުވަސް ކުރިން ރިސޯޓުގެ މެނޭޖްމެންޓުން ބާއްވާ މީޓިން އަކަށް ދިޔައީމަ ބުނީ، ރަށަށް ދާން ޓިކެޓު ދޭ ނަމޭ އޭގެ ފަހުން މުސާރަ ނުހިނގާ ގޮތަށް ތިންމަސް ދުވަސް ވަންދެއް ރަށުގަ ހުރެފަ އަލުން ރިސޯޓު ހުޅުވީމަ އަންނާށޭ. މިއީ ކުޅޭ ކުޅިވަރެއް ނޫން. ވަޒީފާގެ ޔަގީންކަމެއް ނެތް" އޭނާ ބުންޏެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ގެސްޓު ހައުސްއެއްގައި މަސައްކަތް ކުރަމުން ދިޔަ މީހަކު ވެސް ވަނީ އެތަނުގެ ވެރިން ކަންކަން ކުރަމުން އަންނަ ގޮތާ މެދު ނުރުހުން ފާޅުކޮށްފައެވެ.

"މިކަމާ ދެކޮޅަށް އަޑު އުފުލުމުގެ ހައްގެއް އަހަރުމެންނަކަށް ލިބިގެނެއް ނުވޭ. އެންމެ ފުރަތަމަ މި ކަންތައްގަނޑު ލައިގަތް އިރަށް މެނޭޖްމެންޓުން ޖެހޭނެ އެއްނު މިކަމާ ވިސްނަން. މިހެން ސަޕްރައިޒް ކޮށް ވަޒީފާއިން ވަކިކޮށްލީމަށް އަހަރުމެން އުޅޭނެ ހާލާއި މެދުވެސް އެމީހުން ވިސްނަން ޖެހޭ،" އޭނާ ބުްނޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު

    ގާނޫނާ ހިލާފުވާ ރެސޯޓް ތަށް ސަރުކާރަށް ނަގަންވީ އޭރުން މައްސަލަ ހައްލިވީ.

    15
  2. ތިރިބެ

    ކުންފުނި އިދަޖެހި އޯނަރު ދަރަނިވިއަސް މުއައްޒަފުން ބައިތިއްބައްޖެހޭތަ؟ ސަރުކާރު ދަރާވިކުނަސް މުއައްޒަފުން ބައިތިއްބާނެ ރުފިޔާ ޖަހައިގެންވިޔަސް ސަބަބަކީ ވެރިމީހާ ވަކިވީމަ ދަރައްޏައް ޒިންމާވާނީ އައްޔިރުން މިސާލަކައް އެސްޓީއޯގެ އަމުރު ފުޑުކޯތުގެ ކުލިކަޑާލީ ހިތައް އެއްޗެއްވެސް ނާރާނެ އޭނާޖީބުން ދާއެއްޗެއްނޯނާނެ ( ސަރުކާރު ހިއްސާދާރުން ވިދޭނީ) ޓުވިޓަކުން ކޮއޮލަންފަސޭހަ

    1
    6
    • ޢަބްދުއްލަޠީފު

      ދަހިސާދާގަރުކަލޭގެ ރަންގަނޑު ގެންގުޅޭހެން ފޮރުވައިގެން ތިޔަރިސޯރޓުގެ އޯނަރު ގެންގުޅޭ ވޯލްޑުބޭންކުގެ އެކައުންޓުބެލެންސް ޒީރޯ އަށްދާން 3-2 އަހަރު ނަގާނެ. އެހެންވީމަ 3 މަސްދުވަހުން ބަނގުރޫޓުވާފަދަ ޙާލަތެއްމެދުވެރިވުމަކީ މުސްތަޙީލު ކަމެއް. ދަހިވެތިކަން ބޮޑުވިޔަސް މިދެނބޮޑުވަރު. ހާދަ އަގުބޮޑުކޮށް ވިއްކަމުންއައި ކޮޓަރިތަކެކޭ މިވަގުތު ހުހަށް ހުއްޓެއްކަމަކުތިޔައީ، ދަހިސާދާގަރުކަލޭގެ އެޖެންޓުން އޯނަރު ހަފުސްވާވާހަކަ ނުދައްކަބަލަ. އަހަރުމެން ދަންނަމޭ ތިޔަ ރަންގަޑުގެ ކަންތައް.

  3. އަހްމަދު

    މީގެއެންމެހިތާމަހުރިކަމަކީ މިކަމުގައިއެންމެކުރީގަ އުޅުއްވަނީ މިސަރުކާރުގެނައުމުގައި ބުރަމަސައްކަތްތަކެއްކުރިބަޔަކަށްވާކަން ބައެއްމީހުންނަކީ އަނބިދަރިން ރާއްޖޭންބޭރުގަޔާ މާލެއިން އެޕާޓްމަންޓު ބޮޑުއަގުގަހިފައގެން އުޅޭމީހުންނައްވުން ކުރިޔައްމިއޮތީ ރަމްލޯންމަސް އަނެއްކާމަސްހުސްވަނީ ދިހައެއްގެކުރިންކުލި ނުދެއްކިއްޖެނަމަ ގޭގެވެރިފަރާތުން ނިންމާނެގޮތަކާމެދުވެސްވިސްނަން އެބަޖެހޭ ސަރުކާރުންމިކަމުގަ އަވަސް ނިންމުމެއް ނުނިންމައިފިނަމަ ބައެއްރައްޔިތުންނައް ވަރައްނިކަމެތިގޮތްތަކެއް މަދުވެރިވެދާނެ

  4. ޙަމަހަމަ

    ޙަނދާންވޭތަ އެކަމަކު ވެރިކަމުގެ ދަހިވެތިކަމުގަ މޑޕ އިން ރާ އްޖޭގެ ފަތުރުވެރިކަން ބޮ އިކޮޓުކުރަން ބޭރުދުނިޔޭގަ އާދޭސް ކުރި އިރު ؟ ހަމަ މިހެން ދޯ އޭރުންވެސް ވާނީ. ޥިޔަފާރި އަށް ގެ އްލުން ވަންޔާ ހަރަދުކުޑަކުރަން ފިޔަވަޅު އަޅާނެ.